އުޟްޙިއްޔާއަށް ކަތިލާ އެތީގެ ސިފަތަކަކީ ކޮބައިތޯ އެވެ؟ ކަތިލުމުގެ ބަދަލުގައި އެވަރަށް ފައިސާ ހޭދަކުރުމުން ފުދޭނެ ހެއްޔެވެ؟ - فضيلة الشَّيْخُ عُبَيْدُ الجَابِرِيْ حَفِظَهُ الله

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
فضيلة الشَّيْخُ عُبَيْدُ الجَابِرِيْ حَفِظَهُ الله
އުޟްޙިއްޔާ ކަތިލުމުގެ މައްޗަށް ދެއްވާފައިވާ ބައެއް ފަތުވާތައް
ސުވާލު: އުޟްޙިއްޔާއަށް ކަތިލާ އެތީގެ ސިފަތަކަކީ ކޮބައިތޯ އެވެ؟ ކަތިލުމުގެ ބަދަލުގައި އެވަރަށް ފައިސާ ހޭދަކުރުމުން ފުދޭނެ ހެއްޔެވެ؟
ޖަވާބު: "ފުރަތަމައީ : އުޟްޙިއްޔާގެ ގޮތުގައި ކަތިލެވޭ އެއްޗަށް ބަލަންޖެހޭނީ ރަސޫލާ صلى الله عليه وسلم ކަނޑައަޅުއްވާފައިވާ ފަދައިން، އެ އެއްޗެއްގެ ޢުމުރަށެވެ. އެއީ ޖަމަލު (އުޟްޙިއްޔާއަށް ކަތިލާނަމަ) އެއަށް ފަސް އަހަރުވެފައި ވުމެވެ. އެއީ ގެރި (އުޟްޙިއްޔާއަށް ކަތިލާނަމަ) އެއަށް ދެ އަހަރު ވެފައިވުމެވެ. ބަކަރި ކަމުގައިވާނަމަ އެއްއަހަރު ފުރިފައި ދެވަނަ އަހަރުގެ ތެރޭގައިވާ އެއްޗަކަށް ވުމެވެ. ކަންބަޅި ކަމުގައިވާނަމަ ހަމަސް ފުރިފައި ވާ އެއްޗެއްގެ ގޮތުގައިވާންޖެހެ އެވެ.
ދެވަނައީ : ޢައިބުކަންތަކުން ސަލާމަތްވެގެންވުމެވެ. ފަހެ، ލޮލުގައި ޢަވަރުކަން ބަޔާންވެ، ފާޅުވެގެންވާ ގޮތުގައި ޢަވަރުވެފައިވާ އެއްޗެއް، އަދި އޭގެ އަތް ނުވަތަ ފައި ބިދިގެން ފާޅުކަންބޮޑު ގޮތުގައި ކޮރުވެފައިވާ އެއްޗެއް، އަދި ބަލިކަމުގައިވެ، އޭގެ ބަލިކަން ފާޅުވެގެންވާ އެއްވެސް އެއްޗެއް އަދި ދުވަސްވުމުގެ ސަބަބުން ސިކުނޑި ގޮސްފައިވާ (މޮޔަ) އެއްވެސް އެއްޗެއް، އަދި އޭގެ ކަންފަތުން ބޮޑުބައެއް ނެތިވެފައިވާ، އޭގެ ދަޅުން ބޮޑުބައެއް ގޮސްފައިވާ އެއްވެސް އެއްޗެއް އުޟްޙިއްޔާއެއްގެ ގޮތުގައި ކަތިލުން ހުއްދައެއް ނުވާނެ އެވެ. އަދި ކަތިލުމުގެ ބަދަލުގައި އެމިންވަރަށް ފައިސާ (ބެހުން، ހޭދަކުރުން) ގެ ޞައްޙައެއް ނުވާނެ އެވެ. މިއީ މިކަމުގައި ޞައްޙަ ގޮތެވެ. ކުރީގައި ބަޔާންކުރެވިފައިވާ ފަދައިން ޢުމުރަށް ބަލައި، އަދި ނަޢަމްސޫފީގެ ހަށިގަނޑުގެ ބަލިކަށިކަމަށް ބަލައި އޭނާގެ މައްޗަށް ވަނީ ނަޢަމްސޫފި ކަތިލުމެވެ."
****
ފަތުވާ ނަގާފައިވަނީ : http://goo.gl/YOmY9X