5  ޢިލްމު ޙާޞިލް ކުރާ ދަރިވަރެއްގައި ހުންނަންޖެހޭ ސިފަތައް - الشَّيخ العَلاَّمَة صَالح الفَوزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ޢިލްމު ޙާޞިލް ކުރާ ދަރިވަރެއްގައި ހުންނަންޖެހޭ ސިފަތައް - الشَّيخ العَلاَّمَة صَالح الفَوزَان حفظه الله

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ آداب طلب العلم ޢިލްމު ހާޞިލްކުރާ ދަރިވަރުގެ އަދަބުތައް

جِبرِيل ގެ މަޝްހޫރު ޙަދީޘް ޝަރަޙަ ކުރައްވާ ޝެއިޚް ވިދާޅުވެފައިވެ އެވެ.
(
شَدِيدُ بَيَاضِ الثِّيَابِ) "ލައިގެންހުރި ޘަޥްބު (ފޭރާމުގެ) ހުދުކަން ނުހަނު ގަދަ އެވެ." މާނައީ : ސާފު ޠާހިރުކަމެވެ.
 

(شَدِيدُ سَوادِ الشَّعْرِ) "އިސްތަށިފުޅުގެ ކަޅުކަން ނުހަނު ދަގަ އެވެ." މާނައީ : ޔަޢުނީ : ވަޑައިގެންނެވީ ނުހަރު ރިވެތި ޞޫރައެއްގަ އެވެ.
ފަހެ، މިޙަދީޘްއިން ބަޔާންވެގެންވާ ދަލީލުތަކުގެ ތެރޭގައި، ޢިލްމު ޙާޞިލްކުރާ ދަރިވަރު، ޢިލްމީ މަޖްލިސަށް ޙާޞިރުވާހިނދު، އެދެވިގެންވަނީ ރިވެރި ޞޫރައެއްގައި އަދި ސާފު ޠާހިރު ގޮތުގައި އައުމެވެ. ސަބަބަކީ އުނގަންނައިދޭ ފަރާތެއްގެ ގޮތުގައި އަދި އުނގެނޭ ފަރާތެއްގެ ގޮތުގައި ވަޑައިގެންނެވި ޖިބްރީލް  އެވެ. އަދި އެގޮތުން، ރަސޫލާ ﷺ ގެ މަޖްލިސްއަށް އެބޭކަލުން ޙާޟިރުވެވަޑައިގަންނަވަންޖެހެނީ ކިހިނަކުންކަން އަންގަވައިދެއްވި އެވެ. މީގެ ތެރޭގައި، ޢިލްމީ މަޖްލިސްތަކަކީ މަޑުމޮޅިކަމުގައި ޤާއިމްވާންޖެހޭނެ ތަނެއްކަމެވެ. އަދި ރަސޫލާ ﷺ އާ ބައްދަލުކުރުމަށް އަދި ޢިލްމުވެރިންނާ ބައްދަލުކުރުމަށް އަންނަ ފަރާތަކީ އެކަމަށް ތައްޔާރުވެ ޙާޟިރުވާ ފަރާތެއްކަމުގައި ވާންޖެހެ އެވެ. އަދި އެފަރާތަކީ ޢިލްމުވެރިންނަށް ޤަދަރާއި އިޙްތިރާމް ކުރާ ފަރާތެއްކަމުގައި ވާންޖެހެ އެވެ. ސަބަބަކީ ތިބާ ޢިލްމުވެރިންނަށް އިޙްތިރާމް ނުކޮށް ޤަދަރު ނުކުރާނަމަ އެބޭކަލުންގެ ޢިލްމުން ފައިދާއެއް ނުކުރާނެ އެވެ.


ޙަދީޘްގައިވެ އެވެ. (
فَجلسَ إلى النّبي صَلَّى اللهُ عَلَيْهِ وَسَلَّمْ) "ނަބިއްޔާ އަރިއަހަށް ވަޑައިގަންނަވައި އިށީނދެވަޑައިގެންނެވި އެވެ."
 

މިތަނުގައި ޢިލްމު ޙާޞިލްކުރާ ދަރިވަރުގެ އަދަބުތަކެއް ބަޔާންވެގެންވެ އެވެ. އޭގެ ތެރޭގައި :
 

ފުރަތަމައީ: އޭނާގެ ބޭރުފުށުގެ ޞޫރަ ސާފުތާހިރުކޮށް ބަހައްޓައި ރީތިކޮށް ހުރުމެވެ.
ދެވަނައީ: ހަމަކަށަވަރުން އޭނާ ޢިލްމު އުނގަންނައިދޭ ފަރާތުގެ ކުރިމައްޗަށްވާ ގޮތަށް އިށީނދެއިނދެ ޢިލްމު ޙާޞިލްކުރުމެވެ. އެއްވެސް ގޮތަކަށް ފުރަގަސްދީގެން ނުވާނެ އެވެ. ނުވަތަ އެކިފަރާތްފަރާތައް ނަޟަރުހިންގައި ސަމާސަކޮށްގެން ނުވާނެ އެވެ. ނުވަތަ އެހެނިހެން ކަންތަކާ މަޝްޣޫލުވެގެން ނުވާނެ އެވެ. އެއާ ޚިލާފަށް، ޢިލްމު އުނގަންނައިދޭ ފަރާތުގެ ކުރިމަތީގައި، އޭނާގެ ހަށިގަނޑާއި ބުއްދި އަދި ވިސްނުމާ އެކު އިށީނދެ އިނުމެވެ. އެއީ އޭނާއަށް އުނގެނުމުގެ ފުރުސަތު ފާއިތުވެ ނުދިއުމަށްޓަކއެވެ."
******
ފަތުވާ ނަގާފައިވަނީ : شرح الأربعين النووية (صـ٢٣/٢٢)

Like what you see?

Close

Hit the buttons below to follow us, you won't regret it...