5  ކިބުރުވެރިކަމަކީ ކޮބައިކަމާއި އޭގެ ނުރައްކައުތެރިކަމާ މެދު ވިސްނާލުން - العلاَّمة الشيخ محمد بن صالح العثيمين رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ކިބުރުވެރިކަމަކީ ކޮބައިކަމާއި އޭގެ ނުރައްކައުތެރިކަމާ މެދު ވިސްނާލުން - العلاَّمة الشيخ محمد بن صالح العثيمين رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ الكبر ކިބުރުވެރިކަން

عَبد الله بن مَسعود رضي الله عنه  ވިދާޅުވެފައިވެ އެވެ. رَسُول الله رضي ޙަދީޘް ކުރެއްވި އެވެ.
(لا يدخل الجنة من كان في قلبه مثقال ذرة من كبر)
"އޭނާގެ ހިތުގައި ކިބުރުވެރިކަމުގެ ޛައްރެއް މިންވަރުވާ މީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ." އެހިނދު މީހަކު ދެންނެވި އެވެ. "ހަމަކަށަވަރުން މީހަކު އޭނާގެ ފޭރާމަކީ ރިވެތި ފޭރާމެއްގެ ގޮތުގައި ވުމަށް ލޯބި ކުރެ އެވެ. އަދި އޭނާގެ ފައިވާނަކީ ރިވެތި ފައިވާނެއްގެ ގޮތުގައި ވުމަށް ލޯބިކުރެ އެވެ." ޙަދީޘް ކުރެއްވި އެވެ. (إن الله جميل يحب الجمال. الكبر بطر الحق وغمط الناس) "ހަމަކަށަވަރުން ﷲ އީ ރިވެތި ފަރާތެކެވެ. އަދި ރިވެއްޗަށް ލޯބިވެވޮޑިގެންވެ އެވެ. ކިބުރުވެރިކަމަކީ ޙައްޤު بَطَر ކުރުމެވެ. އަދި މީސްތަކުން غَمْط ކުރުމެވެ." رواه مسلم : 91

 

الإِمَام العَلاَّمة الشَّيخ العُثَيمِين رحمه الله  ވިދާޅުވެފައިވެ އެވެ. "ޙައްޤު بَطَر ކުރުމަކީ : ޔަޢުނީ، ޙައްޤު ރައްދުކޮށް ޙައްޤަށް ފުރަގަސް ދިނުމެވެ. އަދި އެ ޤަބޫލު ނުކުރުމެވެ. އަދި މީސްތަކުން غَمْط ކުރުމަކީ : ޔަޢުނީ، މީސްތަކުން ދެރަ ނިކަމެތިބައެއްކަމުގައި ދެކުމެވެ. އަދި މީސްތަކުންނަކީ އެއްވެސް ބައެއް ކަމުގައި ނުދެކުމެވެ. އަދި އޭނާއަކީ އެ މީސްތަކުންނަށްވުރެ މަތީގައިވާ ފަރާތެއް ކަމުގައި ދެކުމެވެ."

****
ލިޔުން ނެގިފައިވަނީ  : شرح رياض الصالحين

Like what you see?

Close

Hit the buttons below to follow us, you won't regret it...