5  ސުންނަތުގެ އަހުލުވެރިންނަކީ މީސްތަކުންގެ ނިޔަތުގެ ތެރެއަށް ވަދެގަންނަ ބައެއް ކަމުގައި ތުހުމަތު ކުރުން - الشيخُ العلاَّمة عُبَيد الجَابِري حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ސުންނަތުގެ އަހުލުވެރިންނަކީ މީސްތަކުންގެ ނިޔަތުގެ ތެރެއަށް ވަދެގަންނަ ބައެއް ކަމުގައި ތުހުމަތު ކުރުން - الشيخُ العلاَّمة عُبَيد الجَابِري حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޙިޒްބިއްޔަތާއި ޙިޒްބީން

 

ބިދުޢައިގެ އަހުލުވެރިން ސުންނަތުގެ އަހުލުވެރިންގެ މައްޗަށް ދޮގުތައް ހެދުން

العَلاَّمَة عُبَيد الجَابِري  حفظه الله ވިދާޅުވެފައިވެ އެވެ. "އަހުލުއްސުންނަތަކީ މީސްތަކުންގެ ނިޔަތުގެ ތެރެއަށް ވަދެގަންނަ ބައެއް ކަމުގައި ތުހުމަތު ކުރުމަކީ ބޮޑުވެގެންވާ ބާޠިލް ބަހެކެވެ. އަދި ކިޔެއްތަ، ﷲ ޤަންދީ ބުނަމެވެ. ﷲ ޤަންދީ ބުނަމެވެ. އަދިވެސް ﷲ ޤަންދީ ބުނަމެވެ. މިއީ ބުހުތާނު ބަސްތަކެކެވެ. އަނިޔާވެރި ވުމެކެވެ. އަދި މިއީ ދޮގެކެވެ. އެންމެ ކުރިންސުރެންވެސް އަދި މިހާރުވެސް ސުންނީ އެއްވެސް ޢިލްމުވެރިއެއް މީސްތަކުންގެ އެތެރެފުށަށް ޙުކުމް ނުކުރައްވަ އެވެ. އެހެނަސް އެ އެންމެހައި އަހުލުވެރިން ޙުކުމް ކުރައްވަނީ މީސްތަކުންގެ ބޭރުފުށަށެވެ. ސުންނަތުގެ އަހުލުވެރިންގެ މައްޗަށް ބިދުޢައިގެ އަހުލުވެރިންއޮތް ނަފްރަތާއި ރުޅިވެރިކަމުގެ ބޮޑުކަމުން، އަހުލުއް ސުންނަތާއި ދުރުކުރުވާކަމެއް ބިދުޢައިގެ އަހުލުވެރިންނަށް ނުކުރެވިއްޖެ ނަމަ، ބިދުޢައިގެ އަހުލުވެރިން  އެމީހުންގެ މޭތަށް ފަޅަފަޅައިގެން ދެ އެވެ. އަދި ހިތްތައް ކުދިކުދިވެ ބޮލުގައި ރިއްސައިގަނެގެންދެ އެވެ."
****
ފަތުވާ ނަގާފައިވަނީ : قطع اللّجاجة صـ ٩

 

އަޚުންނޭވެ! ދަންނަ ހުއްޓެވެ! ސުންނަތުގެ އަހުލުވެރިންގެ މައްޗަށް މި ޙާލުގައިވާ ބަޔަކު ބުހުތާނެއް، ދޮގުތަކެއް ނަހަދައި ތިބޭނެ ހެއްޔެވެ؟ މިއަދު ފެންނަ މަންޒަރަކީ މިއެވެ. ބިދުޢަވެރިންވަނީ އެބައިމީހުންގެ ނަފްރަތްކުރުމުގައި ކޮޅުންލައިފަ އެވެ.

ޙިޒްބިއްޔަތާއި ޙިޒްބީން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ﷲ ގެ ޙިޒްބު (ޕާޓީ) ސަލަފީ ޙިޒްބާއި ގުޅުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއް - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله | 10 ސެޕްޓެމްބަރ 2017

 ސަލަފިއްޔާ ވަނީ ދީނުގައި ދެރަ ނިކަމެތިކުރެވިގެންވާ ޙިޒްބިއްޔަތުން ބަރީޢަވެގެން - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله | 02 ސެޕްޓެމްބަރ 2017

 ޙިޒްބީންނާއި ޙިޒްބިއްޔަތަކީ ކޮބައިކަން (ޙިޒްބީންނަކީ ޤައުމު ބައިބައިކޮށް ފަސާދަކުރާ ބައެއް) - العَلاَّمَة الشَّيْخ رَبِيع بن هَادي المَدخَلِي حفظه الله | 01 ސެޕްޓެމްބަރ 2017

 އޮޅުވާލާ، މަކަރުވެރިކަމާ އެކީ ސަލަފިއްޔަތަށް ނިޞްބަތްވެފައިވާ ޙިޒްބީންނާއި ހަވާނަފްސުގެ އަޙުލުވެރިން - العَلاَّمَة الشَّيْخ رَبِيع بن هَادي المَدخَلِي حفظه الله | 23 އޮގަސްޓު 2017

 ސަލަފީންގެ މައްޗަށް ޙިޒްބީންގެ ދޮގުވެރިކަމާއި މަކަރުވެރިކަން - الشيخ العلامة أحمد بن يحيى النجمي رحمه الله | 23 އޮގަސްޓު 2017

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...