5  ހެޔޮލަފާ ޞާލިޙް އަޅުންނާ އެކުގައި އުޅުމަށް ފުރުސަތު ލިބުމަކީ ﷲ ދެއްވި ނިޢުމަތެއް - العَلاَّمة الشَّيخ ابن سعدي رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

الشيخ العلامة ޢަބްދުއް ރަޙްމާން ބިން ނާޞިރު އައް-ސަޢުދީ رحمه الله

 ހެޔޮލަފާ ޞާލިޙް އަޅުންނާ އެކުގައި އުޅުމަށް ފުރުސަތު ލިބުމަކީ ﷲ ދެއްވި ނިޢުމަތެއް - العَلاَّمة الشَّيخ ابن سعدي رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ލިޔުން

"ހެޔޮލަފާ ޞާލިޙް އަޅުތަކުންނާ އެކުގައި އުޅުމަކީ ﷲ އެ އަޅަކަށް މިންވަރު ކުރައްވާފައިވާ ނިޢުމަތެކެވެ. އަދި އަޅަކު ނުބައި މީސްތަކުންނާ އެކުގައި އުޅުމަކީ އެ އަޅާއަށް ﷲ ނިޔާކުރައްވަފައިވާ ޢުޤޫބާތެކެވެ. ހެޔޮލަފާ ޞާލިޙް އަޅުތަކުންނާ އެކުގައި ވުމަކީ، އޭގެ ސަބަބުން އަޅާ ޢިއްލިއްޔީންގެ އެންމެ މަތީ ދަރަޖައަށް އުފުއްލެވިގެންދާނެ ކަމެކެވެ. އަދި ނުބައި މީސްތަކުންނާ އެކުގައި އުޅުމަކީ އޭގެ ސަބަބުން އަޅާ ސާފިލީންގެ އެންމެ ދަށުދަރަޖައަށް ވެއްޓިގެންދާނެ ކަމެކެވެ. އަދި ހެޔޮ ޞާލިޙް އަޅުތަކުންނާ އެކުގައި އުޅުމަކީ އޭގެ ސަބަބުން ފައިދާކުރާނެ ޢިލްމު ލިބިގެންދާނެ، މާތްމަތިވެރި އަޚްލާޤު ޙާޞިލް ކުރެވޭނެ އަދި ޞާލިޙް ޢަމަލުތަކުގައި ޤާއިމްވެވޭނެ ކަމެއްގެ ގޮތުގައިވެ އެވެ. ނުބައި މީސްތަކުންނާ އެކުގައި އުޅުމަކީ މިއެންމެހައި ކަންތައްތަކުން މަޙްރޫމު ވެގެންދާނެ ކަމެކެވެ. 
 

ﷲ ވަޙީކުރެއްވި އެވެ. ﴿وَيَوْمَ يَعَضُّ الظَّالِمُ عَلَى يَدَيْهِ يَقُولُ يَالَيْتَنِي اتَّخَذْتُ مَعَ الرَّسُولِ سَبِيلًا  يَاوَيْلَتَى لَيْتَنِي لَمْ أَتَّخِذْ فُلَانًا خَلِيلًا  لَقَدْ أَضَلَّنِي عَنِ الذِّكْرِ بَعْدَ إِذْ جَاءَنِي وَكَانَ الشَّيْطَانُ لِلْإِنْسَانِ خَذُولًا﴾ الفرقان : 27 - 29 "އަނިޔާވެރިޔާ އޭނާގެ އަތުގައި ދަތްއަޅާ ދުވަސް ހަނދުމަކުރާށެވެ. އޭނާ އެދުވަހުން ބުނާނެތެވެ. އޭ ސަހަރޯ އެވެ! ރަސޫލާގެ މަގެއް ހިފައި ބޭނުންކުޅަނަމަ ތިމަންނާއަށް ކިހާ ރަނގަޅުވީސް ހެއްޔެވެ؟ 

އޭ ހުރި ހަލާކެއްގެ ބޮޑުކަމާ އެވެ. ތިމަން އެވެނި މީހަކު ރައްޓެއްސެއްގެ ކަމުގައި ނުހިފިނަމަ، ކިހާ ރަނގަޅުވީސްހެވެ. ހަމަކަށަވަރުން ތިމަންނާއަށް އެ ޤުރުއާން އައުމަށްފަހު، އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފި އެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއް ކަމުގައި ޝައިޠާނާވެ އެވެ."
****
ލިޔުން ނަގާފައިވަނީ : بهجـــة قلــوب الأبــرار وقــرة عيــون الأخيــار فــي شــرح جوامــع الأخبــار (ص 189)

 

ލިޔުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ޤިޔާމަތް ދުވަހެވެ! މި ދުވަހުގެ ޙާލަތާއި މެދު ވިސްނާ މީހާ މި ދުވަހަށް ތައްޔާރުވާނެކަން ޔަޤީނެވެ! - الإمام العلامة الشيخ صالح الفوزان حفظه الله | 01 އޮކްޓޯބަރ 2018

 ރަމަޟާން މަސް ވަނުމާއި ނުކުތުން ފަލަކީ ޙިސާބަށް ބަލައިގެން ނިންމުން (އުންމަތުގެ އިޖުމާޢު އާއި ޚިލާފު ޝާއްޛު ބަސްތަކަށް ތަބަޢަވުން) - الشَّيخ أ.د. سُليمَان بن سَلِيم الله الرُّحيلي حفظه الله | 17 މެއި 2018

الدكتور نادر العمراني ޤަތުލުކޮށްލީ ކޮންބައެއްކަން އިނގޭތޯ؟ ސަލަފީން ވަނީ އެ މުޖްރިމް ޢަމަލުން ބަރީޢަވެގެން - الشيخ محمد سعيد رسلان | 22 ނޮވެމްބަރ 2016

ޤައުމީ ލަވައެއް، ޤައުމީ ދިދައެއް މަތިވެރިކުރުމުގެ ގޮތުގައި ކޮޅަށް ހުރުމުގެ ޙުކުމް - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 03 ނޮވެމްބަރ 2016

އިސްލާމް ދީނުގެ ފުރިހަމަކަން - الإِمَامُ ابن القيم رحمه الله | 03 އޮކްޓޯބަރ 2016

ޝަޢިތާނާއި އެހެނިހެން އުނދަގޫތަކުން ސަލާމަތް ކުރުމަށް ގޭގެ އޮޅިގަނޑު ކައިރީގައި ޤުރުބާން ކުރުން - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 19 އޭޕްރީލް 2016

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...