نواقض الاسلام (އިސްލާމްކަން ބާޠިލު ކުރުވާ ކަންތައް) މަތުނު - شَيْخُ الْإِسْلَام مُحَمَّد بْنُ عَبْدِ الْوَهَّاب رحمه الله

شَيْخُ الْإِسْلَام مُحَمَّد بْنُ عَبْدِ الْوَهَّاب رحمه الله ވިދާޅުވި އެވެ:
بِسْمِ اللهِ الرَّحْمَنِ الرَّحِيمِ
اعْلَمْ أَنَّ نَوَاقِضَ الإِسْلَامِ عَشَرَةُ نَوَاقِضَ:
ދަންނަ ހުއްޓެވެ! ހަމަކަށަވަރުން އިސްލާމްކަން ބާޠިލުކުރުވާ ކަންތަކަކީ 10 ކަމެކެވެ.
شَيْخُ الْإِسْلَام مُحَمَّد بْنُ عَبْدِ الْوَهَّاب رحمه الله ވިދާޅުވި އެވެ:
الأَوَّلُ :الشِّرْكُ فِي عِبَادَةِ اللهِ، قَالَ تَعَالَى: ﴿إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَنْ يَشَاءُ﴾ [النساء: 116]
وَقَالَ تَعَالَى: ﴿ إِإِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ﴾ [المائدة: 72] وَمِنْهُ: الذَّبْحُ لِغَيْرِ اللهِ، كَمَنْ يَذْبَحُ لِلْجِنِّ أَوْ لِلْقَبْرِ.
ފުރަތަމަ ކަމަކީ: الله تعالى އަށް އަޅުކަން ކުރުމުގައި ޝިރުކު ކުރުމެވެ. الله تعالى ވަޙީ ކުރެއްވި އެވެ: ﴿إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَنْ يَشَاءُ﴾ [النساء: 116] މާނައީ: "ހަމަކަށަވަރުން الله، އެކަލާނގެއަށް ޝަރީކު ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވާނެތެވެ."
އަދި الله تعالى ވަޙީ ކުރެއްވި އެވެ: ﴿إِإِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ﴾ [المائدة: 72] މާނައީ: "ހަމަކަށަވަރުން الله އަށް ޝަރީކު ކުރާ މީހާ، ފަހެ ހަމަކަށަވަރުން الله އެމީހާގެ މައްޗަށް ސުވަރުގެ ޙަރާން ކުރެއްވި އެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް ނަޞްރު ދޭނެ އެއްވެސް ބަޔަކު ނުވެ އެވެ." އަދި އޭގެ (ޝިރުކުގެ) ތެރެއިންވެ އެވެ: الله ނޫން ފަރާތަކަށްޓަކައި ޤުރުބާންކޮށް ކަތިލުމެވެ. މިސާލަކަށް ޖިންނިއަށް ނުވަތަ ގަބުރަށްޓަކައި ޤުރުބާންކޮށް ކަތިލާ މީހާ އެވެ.
الثَّانِي :مَنْ جَعَلَ بَيْنَهُ وَبَيْنَ اللهِ وَسَائِطَ يَدْعُوهُمْ وَيسْأَلُهُمْ (الشَّفَاعَةَ)، وَيَتَوَكَّلُ عَلَيْهِمْ؛ كَفَرَ إِجْمَاعًا.
ދެވަނަ ކަމަކީ: އެމީހަކާ الله އާ ދެމެދު މެދުވެރިންތަކެއް އައްޔަންކޮށް، އެބައެއްގެ ފަރާތުން (ކަންކަމަށް އެދި) ދުޢާކޮށް، އަދި އެމީހުންގެ ގާތުން ޝަފާޢަތަށް އެދި، އެމީހުންނަށް ވަކީލު ކުރާ މީހަކު، ޢިލްމުވެރިންގެ އިއްތިފާޤުން ކާފަރުވާނެ އެވެ.
الثَّالِثُ: مَنْ لَمْ يُكَفِّرْ المُشْرِكِينَ، أَوْ شَكَّ فِي كُفْرِهِمْ، أَوْ صَحَّحَ مَذْهَبَهُمْ كَفَرَ.
ތިންވަނަ ކަމަކީ: މުޝްރިކުން ކާފަރު ނުކޮށް، ނުވަތަ އެބައިމީހުންގެ ކާފަރުކަމާ މެދު ޝައްކުކޮށް، ނުވަތަ އެބައިމީހުންގެ މަޒުހަބު ޞައްޙަ ކުރާ މީހާ ކާފަރުވާނެ އެވެ.
الرَّابِعُ: مَنْ اعْتَقَدَ أَنَّ غَيْرَ هَدْي النَّبِيِّ ﷺ أَكْمَلُ مِنْ هَدْيِهِ، أَوْ أَنَّ حُكْمَ غَيْرِهِ أَحْسَنُ مِنْ حُكْمِهِ، كَالذِي يُفَضِّلُ حُكْمَ الطَّوَاغِيتِ عَلَى حُكْمِهِ؛ فَهُوَ كَافِرٌ.
ހަތަރުވަނަ ކަމަކީ: ނަބިއްޔާ ﷺ ގެ ހިދާޔަތް ނޫން ހިދާޔަތެއް، ނަބިއްޔާގެ ހިދާޔަތަށްވުރެ ފުރިހަމަ ވާނެ ކަމަށް ޤަބޫލުކޮށް، ނުވަތަ ނަބިއްޔާ ނޫން ފަރާތެއްގެ ޙުކުމް، ނަބިއްޔާގެ ޙުކުމަށްވުރެ ހެޔޮވާނެ ކަމަށް އިއުތިޤާދުކުރި މީހާ، މިސާލަކަށް ނަބިއްޔާގެ ޙުކުމްގެ މައްޗަށް ޠާޣޫތުންގެ ޙުކުމް އިސްކުރި މީހާ، ފަހެ އޭނާ އަކީ ކާފަރެކެވެ.
الخَامِسُ :مَنْ أَبْغَضَ شَيْئًا مِمَّا جَاءَ بِهِ الرَّسُولُ ﷺ، وَلَوْ عَمِلَ بِهِ، كَفَرَ.
ފަސްވަނަ ކަމަކީ: ރަސޫލާ ﷺ ގެނެސްދެއްވި ކަމަކަށް ނަފްރަތު ކުރި މީހާ، އެކަމެއް އޭނާ ކުރިކަމުގައިވީ ނަމަވެސް، އޭނާ ކާފަރުވާނެ އެވެ.
السَّادِسُ: مَنِ اسْتَهْزَأَ بِشَيْءٍ مِنْ دِينِ الرَّسُولِ ﷺ، أَوْ ثَوَابِ اللهِ، أَوْ عِقَابِهِ، كَفَرَ. وَالدَلِيلُ قَوْلُهُ تَعَالَى: ﴿ وَلَئِنْ سَأَلْتَهُمْ لَيَقُولُنَّ إِنَّما كُنَّا نَخُوضُ وَنَلْعَبُ قُلْ أَبِاللَّهِ وَآياتِهِ وَرَسُولِهِ كُنْتُمْ تَسْتَهْزِؤُنَ (65) لا تَعْتَذِرُوا قَدْ كَفَرْتُمْ بَعْدَ إِيمانِكُمْ ﴾ [التوبة: 65-66].
ހަވަނަ ކަމަކީ: ރަސޫލާ ﷺ ގެ ދީނުގެ ކަމަކަށް، ނުވަތަ الله ގެ ސަވާބަށް، ނުވަތަ އެއިލާހުގެ ޢުޤޫބާތަށް މަލާމާތް ކޮށްފި މީހާ ކާފަރުވާނެ އެވެ. އަދި ދަލީލަކީ الله تعالى ގެ ވަޙީ ބަސްފުޅެވެ: ﴿ وَلَئِنْ سَأَلْتَهُمْ لَيَقُولُنَّ إِنَّما كُنَّا نَخُوضُ وَنَلْعَبُ قُلْ أَبِاللَّهِ وَآياتِهِ وَرَسُولِهِ كُنْتُمْ تَسْتَهْزِؤُنَ (65) لا تَعْتَذِرُوا قَدْ كَفَرْتُمْ بَعْدَ إِيمانِكُمْ ﴾ [التوبة: 65-66] މާނައީ: "(އިބަނަބިއްޔާ) ވިދާޅުވާށެވެ: ތިޔަބައިމީހުން މަލާމާތްކޮށް އުޅުނީ، الله އާއި، އެކަލާނގެ އާޔަތްތަކާއި، އެކަލާނގެ ރަސޫލާއަށް ހެއްޔެވެ؟ ތިޔަބައިމީހުން އުޒުރު ނުދައްކާށެވެ! ތިޔަބައިމީހުން އީމާންވުމަށް ފަހު، ތިޔަބައިމީހުން ކާފަރުވެއްޖެކަން ކަށަވަރެވެ."
السَّابِعُ: السِّحْرُ: وَمِنْهُ الصَّرْفُ وَالعَطْفُ، فَمَنْ فَعَلَهُ أَوْ رَضِيَ بِهِ كَفَرَ. وَالدَلِيلُ قَوْلُهُ تَعَالَى: ﴿ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ﴾ [البقرة: 102] .
ހަތްވަނަ ކަމަކީ: ސިޙުރު ހެދުމެވެ. އަދި އެ ސިޙުރުގެ ތެރެއިންވެ އެވެ: اَلصَّرْفُ وَالْعَطْفُ އެވެ. (ގާތްކޮށް ދުރުކުރުވުމެވެ.) ފަހެ، އެކަން ކޮށްފި މީހާ، ނުވަތަ އެކަމާ ރުހިއްޖެ މީހާ ކާފަރުވާނެ އެވެ. އަދި ދަލީލަކީ الله تعالى ގެ ވަޙީ ބަސްފުޅެވެ: ﴿ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ﴾ [البقرة: 102] މާނައީ: "ތިމަންމެން ވާކަން ކަށަވަރީ އިމްތިޙާނެއް ކަމުގައޭ، ފަހެ ކާފަރު ނުވާށޭ ވިދާޅުވެ މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން އުނގަންނަވައެއް ނުދެއްވަތެވެ."
الثَّامِنُ: مُظَاهَرَةُ المُشْرِكِينَ وَمُعَاوَنَتُهُمْ عَلَى المُسْلِمِينَ. وَالدَلِيلُ قَوْلُهُ تَعَالَى: ﴿ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ ﴾ [المائدة: 51].
އަށްވަނަ ކަމަކީ: މުސްލިމުންނާ ދެކޮޅަށް މުޝްރިކުންނަށް ވާގިވެރިވެ، އެބައިމީހުންނަށް އެހީތެރިވުމެވެ. އަދި ދަލީލަކީ الله تعالى ގެ ވަޙީ ބަސްފުޅެވެ: ﴿وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ﴾ [المائدة: 51] މާނައީ: "އަދި ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ، ފަހެ ހަމަކަށަވަރުން އެއީ އެއުރެންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން އަނިޔާވެރި ބަޔަކަށް الله ތެދުމަގެއް ނުދައްކަވާނެތެވެ."
التَّاسِعُ: مَنْ اعْتَقَدَ أَنَّ بَعْضَ النَّاسِ يَسَعُهُ الخُرُوجُ عَنْ شَرِيعَةِ مُحَمَّدٍ ﷺ كَمَا وَسِعَ الخَضِرَ الخُرُوجُ عَنْ شَرِيعَةِ مُوسَى عليه السلام، فَهُوَ كَافِرٌ .
ނުވަވަނަ ކަމަކީ: خَضِرُ އަށް مُوسَى عليه السلام ގެ ޝަރީޢަތުން ނުކުމެވަޑައިގަތުން ތަނަވަސްވެގެންވީ ފަދައިން، ބައެއް މީހުންނަށް مُحَمَّد ﷺ ގެ ޝަރީޢަތުން ނުކުތުން ތަނަވަސްވެގެންވާ ކަމަށް އިއުތިޤާދުކޮށްފި މީހާ އަކީ ކާފަރެކެވެ.
العَاشِرُ: الإِعْرَاضُ عَنْ دِينِ اللهِ تَعَالَى؛ لَا يَتَعَلَّمُـهُ وَلَا يَعْمَـلُ بِهِ. وَالدَلِيلُ قَوْلُهُ تَعَالَى: ﴿ وَمَنْ أَظْلَمُ مِمَّنْ ذُكِّرَ بِآيَاتِ رَبِّهِ ثُمَّ أَعْرَضَ عَنْهَا ۚ إِنَّا مِنَ الْمُجْرِمِينَ مُنْتَقِمُونَ ﴾ [السجدة: 22].
ދިހަވަނަ ކަމަކީ: الله تعالى ގެ ދީނަށް ފުރަގަސް ދިނުމެވެ. އެދީން ނުއެނގުނުމެވެ. އަދި އެދީނުގެ މައްޗަށް އަމަލު ނުކުރުމެވެ. އަދި ދަލީލަކީ الله تعالى ގެ ވަޙީ ބަސްފުޅެވެ: ﴿ وَمَنْ أَظْلَمُ مِمَّنْ ذُكِّرَ بِآيَاتِ رَبِّهِ ثُمَّ أَعْرَضَ عَنْهَا ۚ إِنَّا مِنَ الْمُجْرِمِينَ مُنْتَقِمُونَ ﴾ [السجدة: 22] މާނައީ: "އެމީހެއްގެ ވެރިއިލާހުގެ އާޔަތްތަކުން އެމީހަކަށް ހަނދާންކޮށްދެއްވުމުން، ދެން އެ އާޔަތްތަކަށް ފުރަގަސްދީ އެނބުރިގަތް މީހަކަށްވުރެން އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، ތިމަން الله ކުށްވެރިންގެ ކިބައިން ބަދަލުހިއްޕަވާހުށީމެވެ."
وَلَا فَرْقَ فِي جَمِيعِ هَذِهِ النَّوَاقِضِ بَيْنَ الهَازِلِ وَالجَادِّ وَالخَائِفِ إِلَّا المُكْرَهِ.
އަދި މިހުރިހައި ބާޠިލު ކުރަނިވި ކަންތަކުގައި، ސަމާސާ ކުރާ މީހާ އާއި، ޔަޤީންކަމާ އެކީ ބުނާ މީހާއާއި، ބިރުގަންނަ މީހާގެ މެދުގައި ތަފާތެއް ނުވެ އެވެ. اَلْمُكْرَه (ނުރުހެނިކޮށް ގަދަބާރުން، ނުވަތަ ބިރުދައްކައިގެން އަމަލުކުރުވޭ މީހާ) މެނުވީ އެވެ.
وَكُلُّهَا مِنْ أَعْظَمِ مَا يَكُونُ خَطَرًا، وَمِنْ أَكْثَرِ مَا يَكُونُ وُقُوعًا، فَيَنْبَغِي لِلْمُسْلِمِ أَنْ يَحْذَرَهَا وَيَخَافَ مِنْهَا عَلَى نَفْسِهِ.
އަދި މިއެންމެހައި ކަންކަމީ އެންމެ ނުރައްކައުތެރިކަން ބޮޑު ކަންތަކުގެ ތެރެއިންވާ ކަންކަމެވެ. އަދި އެންމެ ގިނައިން ހިނގާ ކަންތަކުގެ ތެރެއިންވާ ކަންކަމެވެ. އެހެންކަމުން އެކަންކަމާ ބެހޭގޮތުން މުސްލިމު މީހާ އިންޒާރު ލިބި ސަމާލުވެ ހުންނަން ޖެހޭނެ އެވެ. އަދި އެމީހެއްގެ އަމިއްލަ ނަފްސުގެ މައްޗަށް އެކަންކަމާ މެދު ބިރުގަންނަން ޖެހޭނެ އެވެ.
نَعُوذُ بِاللهِ مِنْ مُوجِبَاتِ غَضَبِهِ، وَأَلِيمِ عِقَابِهِ. وَصَلَّى اللهُ عَلَى خَيْرِ خَلْقِهِ مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ .
الله ގެ ކޯފާއާއި އެއިލާހުގެ ވޭންދެނިވި ޢުޤޫބާތް ވާޖިބުކުރުވާ ކަންކަމުން ރައްކައުތެރިކުރެއްވުމަށް الله ގެ ޙަޟްރަތުން އެދި ދަންނަވަމެވެ. وَصَلَّى اللهُ عَلَى خَيْرِ خَلْقِهِ مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ .
********
ފޮތުގެ އަޞްލު ނަގައިފައިވަނީ: التعليقات البهية على الرسائل العقدية لفضيلة الشيخ أحمد بن يحيى النجمي رحمه الله، ص177-178، دار المنهاج، الطبعة الأولى 1431 ه.