މައުމޫމުން ނަމާދުކޮށް އަވަދިވުމުން ތެދުވާނީ ކޮންއިރަކުން - شَّيْخ الإِسلاَم ابن تَيْميَّة رحمه الله

"މައުމޫމުންނަށް އެދެވިގެންވަނީ އިމާމް ނުތެދުވާހިނދެއްގައި ނުތެދުވުމެވެ.
މާނައީ: އިމާމް ޤިބްލައަށް ފުރަގަސްދީ އެނބުރި އިށީނުމަށްފަހުގަ އެވެ. އަދި ސަލާމް ދިނުމަށްފަހު ޤިބްލައަށް ކުރިމަތިލައިގެން އިމާމް އިނުމަކީ އެދެވިގެންވާ ގޮތެއް ނޫނެވެ. އެގޮތުގައި އިމާމް އިންނާނީ أسْتَغْفِر الله ތިންފަހަރަށް ކިޔޭހާ މިންވަރަށެވެ.
އަދި އެއަށްފަހު اللهم أنت السلام، ومنك السلام، تباركت يا ذا الإجلال والإِكرام ކިޔާނީ އެވެ.
އަދި އިމާމް ޤިބްލައަށް ފުރަގަސްދީ އިށީނުމުން، ތެދުވަން ބޭނުންވާ މީހާ ތެދުވާނީ އެވެ. އަދި ޛިކުރު ކުރުމަށް އިނުމަށް ބޭނުންވާ މީހާ ޛިކުރުކުރުމަށް އިށީނދެ އިންނާނީ އެވެ."
*******
ފަތުވާ ނަގާފައިވަނީ : مجموع الفتَاوى 22-505