5  "ހަޖުރު ކުރުން، ގުޅުން ކެނޑުން ދީނުގައި އަސާސެއް ގޮތުގައިވާ ޒަމާނެއް ނުވާކަމަށް" ބުނާ ދޮގުވެރި ޖޭ.އެސް އަށް ބަޔާންވެގެންވާ ރައްދު - الإِمَامُ شيخ الإسلام ابن تيمية رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 "ހަޖުރު ކުރުން، ގުޅުން ކެނޑުން ދީނުގައި އަސާސެއް ގޮތުގައިވާ ޒަމާނެއް ނުވާކަމަށް" ބުނާ ދޮގުވެރި ޖޭ.އެސް އަށް ބަޔާންވެގެންވާ ރައްދު - الإِمَامُ شيخ الإسلام ابن تيمية رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ އިސްލާމް ދީނުގައި ހަޖުރުކުރުން

ޙީލަތްތެރިކަމާ މަކަރުވެރި ކަމާއެކު ޖޭ.އެސް އިން ލިޔެފައިވެ އެވެ. "ތިމާގެ މުސްލިމް އަޚާ އާއި ގުޅުންކެނޑުމާއި ރަޙިމުގެ ގުޅުން ކެނޑުން އެއީ އިސްލާމްދީނުގެ އަސާސެއްގޮތަށް އޮތް ޒަމާނެއް އިސްލާމީ ތާރީޚުން ފެންނަން ނެތްކަމަށް ޖަމްޢިއްޔަތުލް-ސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ. ސަންޓީވީ އިން ފޮނުވި ‘ޢިލްމީ ޚަޒާނާ’ ޕްރޮގްރާމުގައި ވާހަކަދައްކަމުން އޭނާ ބުނެފައިވަނީ ދީންވެރިކަން ދެއްކުމުގެ ގޮތުން ތިމާގެ މުސްލިމް އަޚާ އާއި ގުޅުން ކެނޑުން އެއީ އިސްލާމްދީނުގެ އަސާސެއްގޮތަށް ދެކިފައި އޮތް ޒަމާނެއް ފެންނަން ނެތްކަމަށާއި އަދި ރަޙިމުގެ ގުޅުން ކެނޑުން އެއީ ތަޤުވާވެރިކަންކަމަކަށް ސަލަފުއްޞާލިޙުން ދެކެވަޑައިގަތްކަން އިސްލާމީ ތާރީޚުން އަޅުގަނޑުމެންނަށް ފެންނަން ނެތްކަމަށެވެ." - މަޞްދަރު (https://goo.gl/qNp2Nk)، ސަލަފީ އަޚުން މި ބަސްތަކަށް ރައްދު ދިނުމުން މި އިބާރާތް މި ހާރުވަނީ ބަދަލުކޮށްފަ އެވެ.


الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. ”މީހަކު ދީނުގެ ތެރެއަށް ބިދުޢައެއް ގެނެސްފިކަން ޘާބިތުވެ އަދި އެއިން ރުޖޫޢަވުމަށް އޭނާ ދެކޮޅުހަދައިފި ހިނދުގައި، ފަހެ ހަމަކަށަވަރުން އެހިނދުގައި ސަލަފުންގެ މަންހަޖުގައިވަނީ އޭނާ ހަޖުރު ކޮށް އޭނާއާ ވަކިވެ ދުރުވުމެވެ. އަދި އޭނާއާ އެކުގައި އިށީނދެ ނަހަދާނެ އެވެ.“
المنتقى1/63

ޙިޒްބީންނާއި ޕާޓީ ތަކުގެ އަހުލުވެރިން ދީނާއި ޚިލާފަށް ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ދީނުގައި ހަޖަރު ކުރުން ބަޔާންވެފައި ވުމުން، އެމީހުންގެ ނަފްސުތައް ސަލަމާމަތް ކުރަން ހަޖުރު ކުރުމަކީ ނެތް އެއްޗެއް ކަމުގައި ހަދަ އެވެ.

الإِمَام الخَطَّابي رحمه الله (ت 388) ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން ހަވާނަފްސުގެ އަހުލުވެރިންނާއި އަދި ބިދުޢައިގެ އަހުލުވެރިން ހަޖުރުކުރުން އެންމެހައި ޒަމާންތަކާއި އެންމެހައި ވަޤުތުތަކުގައި އޮތީ ދާއިމަށެވެ. އެއީ އެބައިމީހުން ތަޥްބާވެ ޙައްޤަށް ރުޖޫޢަވެއްޖެކަން ފާޅުވެ ބަޔާންވުމަށް ދެނެވެ.“معالم السنن 5-9 

އިސްލާމްދީނުގައި ހަޖަރު ކުރުމަކީ ނެތް ކަމެއްތޯ އެވެ؟އެއީ ވަކިޒަމާނެއްގައި އޮތް ކަމެއްތޯ އެވެ؟

الإِمَام البَغَوي رحمه الله (ت 516) ވިދާޅުވެފައިވެ އެވެ. ”މި ޙަދީޘްއިން ދަލީލުކޮށްދެނީ، ބިދުޢައިގެ އަހުލުވެރިން ހަޖަރުކުރުންވަނީ އަބަދުގެ އަބަދަށް ކަމެވެ.“ شرح السنة 1-226

ގުޅުން ކަނޑާލުމަކީ ދީނުގައި ނުވާކަމެއް ކަމުގައި ބުނާމީހާގެ މަޤްޞަދަކީ އިސްލާމްދީނަށް ފާޅުވެފައިވާ އެންމެހައި ފިރުޤާތްތަކެއް، އެންމެހައި ބިދުޢަތަކުގެ އަހުލުވެރިން އެއްފުރާޅެއްގެ ދަށަށް ގެނައުން ނޫން ކޮންްކަމެއް!

الإِمَام شيخ الإسلام ابن تيمية رحمه الله (ت 728) ވިދާޅުވެފައިވެ އެވެ. ”ފަހެ، ޝަރުޢީގޮތުން ހަޖުރު ކުރުމަކީ (ގުޅުން ކެނޑުމަކީ) އެކަމަށް ﷲ އާއި ރަސޫލާ ﷺ އަމުރުފުޅުުކުރައްވާފައިވާ ޢަމަލެކެވެ. ފަހެ، އެއީ ހެޔޮ ޢަމަލެއްގެ ގޮތުގައިވުމުން ކޮންމެހެންވެސް އެއީ ﷲއަށް ޚާލިޞް ކުރެވިފައިވާ އަދި އެއިލާހުގެ އަމުރުފުޅާއި އެއްގޮތަށް ކުރެވޭ ޢަމަލެއް ކަމުގައި ވާންޖެހޭނެ އެވެ. ފަހެ، އެހިނދު އެއީ ޚާލިޞް އަދި ސުންނަތުގައި ބަޔާންވެގެންވާ ގޮތުގައި ކުރެވޭ ޢަމަލެއްގެ ގޮތުގައިވެ އެވެ. ފަހެ، އޭނާގެ ހަވާނަފްސަށް އެކަން ކޮށްފިމީހާ ނުވަތަ އެކަމަށް އަމުރުފުޅު ކުރެވިގެންވާ ގޮތާ ޚިލާފަށް އެކަން ކޮށްފިމީހާވަނީ މި (ހެޔޮ) ޢަމަލުން ބޭރުވެގެންނެވެ. .... އެހެންވުމުން ﷲގެ ޙައްޤަށްޓަކައި ކުރެވޭ ހަޖުރު އަދި އަމިއްލަނަފްސުގެ (އެދުމަށް) ކުރެވޭ ހަޖުރު ތަފާތު ކުރަންޖެހޭނެ އެވެ. ފަހެ، ފުރަތަމަ ބާވަތަކީ (ދީނުގައި) އެކަމަށް އަމުރު ކުރެވިފައިވާ ކަމެކެވެ. ދެވަނަ ބާވަތަކީ އެކަން ކުރުން ނަހީ ކުރެވިފައިވާ ކަމެކެވެ.“ منهاج السنة : (5-239)


الإمام الحَافظ أبوداود رحمه الله (ت 275) ވިދާޅުވެފައިވެ އެވެ. ”ނަބިއްޔާ ﷺ ބައެއް އަނބިއަނބިކަނބަލުން ސާޅީސް ދުވަސްވަންދެން ހަޖުރު ކުރެއްވި (ގުޅުންކަނޑާލެއްވި) އެވެ. އަދި ابن عُمر އެބޭފުޅާގެ ދަރިކަލެއް ދުނިޔެދޫކުރުމަށް ދާންދެން ހަޖުރު ކުރެއްވުމުގައި (ގުޅުންކަނޑުއްވައި) ދެމިހުންނެވި އެވެ.“ في السنن 4- 280

الإِمَام ابن باز رحمه الله ވިދާޅުވެފައިވެ އެވެ. ”ނަމާދު އެޅުމުގައިވާ މީސްތަކުން ހަޖަރު ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.“مجموع الفتاوى ١٠/٣٠٨

 

 

އިސްލާމް ދީނުގައި ހަޖުރުކުރުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ނަމާދަށް ނާރާ އަދި ބަނގުރާ ބުއިމުގައިވާ އަވަށްޓެރިޔާ މެދު ޢަމަލުކުރާނީ ކިހިނެތް؟ - الشَّيْخ العَلاَّمَة عَبدُالعَزِيز بن باَز رحمه الله | 20 މާރޗް 2018

 ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން ހަޖުރުކުރުމަށް ޢިލްމުވެރިން ވެފައިވާ އިޖުމާޢު 02 - عبد الرحمن بن أبي الزّناد رحمه الله | 28 ސެޕްޓެމްބަރ 2017

 ޙައްޤު އޮޅުވާލައި ބާޠިލް ފެތުރުމަށްޓަކައި ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން ބޭނުންކުރާ އުސްލޫބުތައް 01 - މުތަޝާބިހު ނައްޞުތަކުން ދަލީލު ނެގުން | 23 ސެޕްޓެމްބަރ 2017

 ބިދުޢައާއި ހަވާނަފްސުގެ އަހުލުވެރިން ހަޖުރުކުރުމަށް ޢިލްމުވެރިން ވެފައިވާ އިޖުމާޢު 01 - الإمام عبد الرحمن بن عمرو الأوزاعي رحمه الله | 18 ސެޕްޓެމްބަރ 2017

 އިޚްވާނުލް މުސްލިމީންނަށް ދަޢުވަތު ދޭ މީހުންނާއި، ޚަވާރިޖު ފިކުރަށް ދަޢުވަތުދޭ މީހުން ޙަޖަރު ކުރުން - الإِمَامُ العَلَّامَة رَبِيع بن هَادي المَدخَلِي حفظه الله | 21 ޖުލައި 2017

 هجر ކުރުން - ގުޅުން ކެނޑުން ދީނުގެ އަސާސެއް (އުޞޫލެއް) ގޮތުގައި އިސްލާމީ ތާރީޚު ފެށުނީއްސުރެ ފެންނަން އެބައޮތް (އުންމަތުގެ ސަލަފުންގެ އިޖްމާޢު) - أُسْتَاذ أبو أنس محمد حسن حفظه الله | 16 ޖުލައި 2017

ބިދުޢައިގެ އަހުލުވެރިން ހަޖުރުކުރުމަކީ ސުންނަތުގެ ތެރެއިންވާ ކަމެކެވެ. - الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله | 28 އޮކްޓޯބަރ 2016

ބިދުޢައިގެ އަހުލުވެރިއަކަށް ހެޔޮކޮށް ހިތުމުގެ ގޮތުން ނުވަތަ ލޯބިވާތީވެ ޒިޔާރަތްކުރުމުގެ ޙުކުމް - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 29 މާރޗް 2016

ފިރިމީހާ އޭނާގެ އަނބިމީހާއަށް ފިކުރީ ފޮތްތައް، ޙިޒްބީންގެ ފޮތްތައް ކިޔުން މަނާ ކުރުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 04 ފެބުރުއަރީ 2016

ޒުވާނުންނަށާއި އެނޫން މީހުންނަށް ވާޖިބުވެގެންވަނީ أَهْلُ السُّنَّة އާ ޚިލާފުވާ އެންމެނާ ދުރުވުމެވެ. - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 14 ނޮވެމްބަރ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...