5 މީސްތަކުން ސުންނަތާއި ޖަމާޢަތުން (أهل السنة والجماعة) ބޭރުވެފައިވާ ސަބަބު - الإِمِام ابن بَطَّة العكبَرِي رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

މީސްތަކުން ސުންނަތާއި ޖަމާޢަތުން (أهل السنة والجماعة) ބޭރުވެފައިވާ ސަބަބު - الإِمِام ابن بَطَّة العكبَرِي رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ބިދުޢަވެރިކުރުން

"އެންމެހައި އަޚުންނޭވެ! އެނގިގަތުން ހުއްޓެވެ. ގިނަބަޔަކު ސުންނަތާއި ޖަމާޢަތުން ބޭރުވެފައިވާ ސަބަބާއިމެދު އަހަރެން ފިކުރުކޮށް ވިސްނައި ބަލައިފީމެވެ. އެބަޔަކު ސުންނަތުން ބޭރުވެ، ބިދުޢަތަކުގެ އަހުލުވެރިންނަށްވެ، އެބައިމީހުންގެ ނަފްސުތަކުގެ މައްޗަށް އެތަކެއް ބަލާވެރިކަމެއް އެބައިމީހުން ގެނެސްފައިވެ އެވެ. އަދި އެބައިމީހުންނަށް ޙައްޤުފެނިގެން ދިއުމުގެ މައްޗަށް އެބައިމީހުންގެ ލޯތައްވަނީ ކަނުވެފަ އެވެ.
 

މިކަމުގެ ސަބަބަކީ ކޮބައިކަން ބަލާލުމުން ބަޔާންވެގެންދިޔައީ އެކަމުގައިވަނީ މައިގަނޑު 2 ސަބަބެކެވެ.


ފުރަތަމައީ: ފައިދާއެއް ނުކުރާނެ ކަންތައްތައް ހޯދުމާއި އެކަންތަކުގެ މައްޗަށް ބަހުޘް ކުރުމާއި އަދި އެފަދަ ފައިދާއެއް ނުވާ ސުވާލުތައް ކުރުން ގިނަކުރުމެވެ. އެއީ އެފަދަ ކަންތައްތަކުގެ މައްޗަށް ޖާހިލުކަމުގައިވާ މީހާ އެކަންކަމުން ޖާހިލުވެފައިވުމުން ގެއްލުމެއް ނުވާނެ ކަންކަމެވެ. އަދި މުއުމިނު އަޅާއަށް އެ ފަހުމްވުމުން އެއްވެސް މަންފާއެއް ނުކުރާނެ ކަންކަމެވެ.

ދެވަނައީ: އެމީހެއްގެ ސަބަބުން ފިތުނަވެރި ވެދާނެކަމުގެ މައްޗަށް އަމާންކަން ލިބިގެންނުވާ މީހުންގެ މަޖްލިސްތަކުގައި އިށީނުމެވެ. އަދި އެކުގައި އުޅުމުގެ ސަބަބުން ހިތްތައް ފަސާދަވެދެ އެވެ."
****
ފަތުވާ ނަގާފައިވަނީ : لإبانة الكبرى لابن بطَّة ١/٣٩٠

Like what you see?

Close

Hit the buttons below to follow us, you won't regret it...