5  އިސްލާމް ދީން އެއީ މި އުޑުދަށުގައިވާ ހަމައެކަނި ޙައްޤު ދީން، އިސްލާމް ދީނުގައި ދީނީ މިނިވަންކަމޭ ބުނެ ކިޔާއެއްޗެއް ނޯންނާނެ - الإمام العلامة الشيخ صالح الفوزان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 އިސްލާމް ދީން އެއީ މި އުޑުދަށުގައިވާ ހަމައެކަނި ޙައްޤު ދީން، އިސްލާމް ދީނުގައި ދީނީ މިނިވަންކަމޭ ބުނެ ކިޔާއެއްޗެއް ނޯންނާނެ - الإمام العلامة الشيخ صالح الفوزان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ އަޤިދާގެ / ދީނީ މިނިވަންކަން حرية الاعتقاد حرية الأديان

 

ސުވާލު: ފަޟީލަތުއް ޝެއިޚް އެވެ. ﷲ ޝެއިޚްއަށް ތަޥްފީޤު ދެއްވާށި އެވެ. އިސްލާމް ދީނުގައި ބޭނުން ޢަޤީދާއެއް ޤަބޫލުކުރުމުގެ މިނިވަންކަން ދީފައިވާކަމަށް ބުނާމީހާއަށް ދޭނެ ޖަވާބަކީ ކޮބައިހެއްޔެވެ؟ ފަހެ، ތިބާ ބޭނުންވާ ފަރާތަކަށް ތިބާ އަޅުކަން ކުރާށެވެ. (އެފަދައިން ބުނާ) ބައެއް މީހުން ދަލީލެއްގެ ގޮތުގައި ﷲ ގެ މި ވަޙީބަސްފުޅު ގެނެ އެވެ. (لَكُمْ دِينُكُمْ وَلِيَ دِينِ)

 

ޖަވާބު: އަޚާ އެވެ! ތި އާޔަތުގައިވަނީ އެބައިމީހުންގެ ކިބައިން ބަރީޢަވެގެންވުމެވެ. ތިޔައީ މިނިވަންކަން ދީފައި އޮތުމެއް ނޫނެވެ. ތިޔައީ އެބައިމީހުންގެ ކިބައިން ބަރީއަވެގެން ވުމެވެ. قُلْ يَا أَيُّهَا الْكَافِرُونَ  "ނަބިއްޔާ ވިދާޅުވާށެވެ. އޭ ކާފަރުންނޭވެ." އެމީހުން ސޫރަތުގެ ފުރަތަމަކޮޅެއް ނުގެނެ އެވެ. މި ސޫރަތުގެ ފުރަތަމަ ކޮޅު ބަޔާންކޮށްދިނުން ހުއްޓެވެ. ﷲ ވަޙީ ކުރައްވާފައިވަނީ قُلْ يَا أَيُّهَا الْكَافِرُونَ  "ނަބިއްޔާ ވިދާޅުވާށެވެ. އޭ ކާފަރުންނޭވެ." ﷲ އެބައިމީހުންނަށް ދެއްވާފައި ނަމަކީ ކޮބައިތޯ އެވެ؟ (ބުނެބަލާށެވެ.) ﷲ އެމީހުންނަށް ދެއްވާފައިވާ ނަމަކީ ކާފަރުންނޭވެ. ކާފަރުންގެ ގޮތުގައި ނަން ދެއްވާފައިވެ އެވެ. يَا أَيُّهَا الْكَافِرُونَ  "ނަބިއްޔާ ވިދާޅުވާށެވެ. އޭ ކާފަރުންނޭވެ." މިތަނުގައި ޢަޤީދާގެ މިނިވަންކަން އެބައޮތް ހެއްޔެވެ؟ ﷲ ވަނީ އެބައިމީހުންގެ މައްޗަށް އެއީ ކާފަރުންގެ ގޮތުގައި ޙުކުމް ކުރައްވާފަ އެވެ. لا أَعْبُدُ مَا تَعْبُدُونَ "ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަން ނަބިއްޔާ އަޅުކަމެއް ނުކުރައްވަމެވެ." ބުދުތަކާއި، ހިލަތަކަށް އަޅުކަން ނުކުރާހުށީމެވެ. وَلا أَنتُمْ عَابِدُونَ مَا أَعْبُدُ "އަދި ތިމަން ނަބިއްޔާ އަޅުކަންކުރައްވާ ޙައްޤުވަންތަ، ﷲ އަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމު އެވެ." އެމީހުންނަކީ ﷲ އަށް އެކަނި އަޅުކަން ކުރާ ބައެއް ނޫނެވެ. ﷲ އަށް އަޅުކަންކުރާ ގޮތަށް ﷲ ނޫން އެހެން ފަރާތްތަށްވެސް އަޅުކަން ކުރެ އެވެ. މިއީ އެބައިމީހުންނާ ދެމެދުގައި އޮތް ފަރަޤެވެ.

އެއަށްފަހު (މި ޞޫރަތުގައިވަނީ) لَكُمْ دِينُكُمْ وَلِيَ دِينِ "ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަން ނަބިއްޔާއަށް ތިމަން ނަބިއްޔާގެ ދީނެވެ." މިއީ އެބައިމީހުންގެ ކިބައިން ބަރީއަވުމެވެ. މިއީ މިނިވަންކަމެއް ނޫނެވެ. މިއީ އެބައިމީހުންނަށް އިންޒާރު ދެވިފައި ވުމާއި އެމީހުންގެ ކިބައިން ބަރީއަވުމެވެ. އެމީހުންގެ މައްޗަށް އޮތް އިންޒާރެކެވެ. (އެފަދަ އެހެން އާޔަތަކީ) فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ ۚ "ފަހެ، ބޭނުން މީހަކު އީމާންވާށެވެ! އަދި ބޭނުން މީހަކު ކާފިރުވާށެވެ." މިއީ އިޚްތިޔާރު ކުރުމުގެ ބާބުގެ ތެރެއިން ނުވަތަ އިންޒާދު ދިނުމުގެ ބާބުގެ ތެރެއިން ހެއްޔެވެ؟ މިއީ، އިންޒާރު ދެވިގެންވުމެވެ. (ސަބަބަކީ) އެއަށްފަހުގައި މިފަދައިން ވަޙީބަސްފުޅުގައި ވުމެވެ. إِنَّا أَعْتَدْنَا لِلظَّالِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ۚ "ހަމަކަށަވަރުން އަނިޔާވެރިވެގަތް މީހުންނަށް، ތިމަން އިލާހު ނަރަކަ ތައްޔާރު ކުރެއްވީމެވެ. އެ ނަރަކައިގެ އަލިފާނުގެ ފާރުތައް އެބައިމީހުން ވަށާލެވިފައިވެ އެވެ." މިއީ އިޚްތިޔާރު ކުރުމުގެ ބާބުގެ ތެރެއިން ނޫނެވެ. މިއީ އިންޒާރު ދެވިގެންވުމުގެ ބާބުގެ ތެރެއިންނެވެ. 


އެހެނަސް ތިޔަ މީހުންނަކީ ޖާހިލުންނެވެ. ނުވަތަ މިފަދަ ކަންތައްތައް މީސްތަކުންނަށް އޮޅުވައިލުމުގައިވަނީ އެވެ. އެމީހުން ބުނާފަދަ އެވެ. ކާފަރެކޭ ނުބުނާށެވެ. އަނެކަކޭ ބުނާށެވެ. އަހަރެމެންނާއި އަދި އަނެކަކެވެ. މުސްލިމުން އަދި ކާފަރުންނޭ ނުބުނާށެވެ..."

 

ސުވާލު: އިސްލާމް ދީނުގައި ދީނީ މިނިވަންކަން ޔަޤީންކޮށްދީފައިވެއޭ ބުނާއަޑު މިއަދު އިވެ އެވެ. އެމީހުން މިކަމަށް ގެންނަ ދަލީލަކީ އެވެ. لَا إِكْرَاهَ فِي الدِّينِ ۚ މިއީ ޞައްޙަ ވާހަކަ އެއްތޯ އެވެ؟
 

ޖަވާބު: ތިޔައީ ﷲ ގެ މައްޗަށް ދޮގުހެދުމެވެ. އިސްލާމް ދީން ދީނީ މިނިވަންކަމާއިގެން ނާދެ އެވެ. އިސްލާމް ދީން އައިސްފައިވަނީ ކުފުރު އަދި ޝިރުކު މަނާ ކުރުމަށެވެ. އަދި މުޝްރިކުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށެވެ. ދީނީ މިނިވަންކަން އެއީ އޮތް އެއްޗެއް ކަމުގައިވާނަމަ، ރަސޫލުން ފޮނުއްވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ފޮތްތައް ބާވައިލެއްވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ދީނީ މިނިވަންކަމަކީ އޮތް އެއްޗެއް ކަމުގައިވާނަމަ ޖިހާދު ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ﷲ ގެ މަގުގައި ހަނގުރާމަ ކުރުމުގެ ބޭނުމެއް ނެތެވެ؟ ކޮންމެ މީހަކު އެމީހެއްގެ ހަވާނަފްސަށް އުޅެންވީ އެވެ. ކޮންމެ މީހަކީ މިނިވަނެކެވެ. 
 
މިހެނެއް ނުވާނެ އެވެ. ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. 
وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِۚ "ޖިންނީންނާއި އިންސާނުން ތިމަން ﷲ އަށް އަޅުކަން ކުރުމަށް މެނުވީ ތިމަން އިލާހު އެބައިމީހުން ޚަލްޤު ނުކުރައްވަމެވެ." އެމީހެއް އެމީހެއްގެ ނަފްސު އެދޭގޮތަކަށް އުޅުމަށް ވަޙީ ނުކުރައްވަ އެވެ. އެހެނަސް ވަޙީކުރެއްވީ "ﷲ އަށް އަޅުކަން ކުރުމަށްޓަކަ އެވެ." އަދިވެސް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِۚ "ޝިރުކާއި ކާފަރުކަން ހުއްޓި، މުޅި ދީންވަނީ ﷲއަށްޓަކައި ކަމުގައި ހިމެނިއްޖެއުމަށް ދާންދެން ތިޔަބައިމީހުން އެކާފަރުންނާ ހަނގުރާމަ ކުރަމުންގެންދާށެެވެ." ﷲ އަށް އަޅުކަން ކުރުމަށް ދެކޮޅުހަދައިފި މީހާއާ ދެކޮޅަށް ހަނގުރާމަ ކުރުންވެ އެވެ. އެނާއަކީ ދޫކޮށްލާފައިވާ މީހެއް ކަމުގައި ނެހެދޭނެ އެވެ. އޭނާއަށް އޮތީ އިސްލާމްދީނަށް ވަނުމެވެ. ނުވަތަ އޭނާއާ ދެކޮޅަށް ހަނގުރާމަ ކުރުމެވެ. ކާފަރު ދީންތަކަށް މިނިވަންކަމާއިގެން އިސްލާމްދީން ނާދެ އެވެ. މިއީ ﷲ ތަޢާލާ ގެ މައްޗަށް ހަދާފައިވާ ބުހުތާނު ދޮގެކެވެ. އެހެން ނޫންްކަމުގައިވާނަމަ ﷲ ރަސޫލުން ފޮނުއްވުމުގެ ބޭނުމެއް، ފޮތްތައް ބާވައިލެއްވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަދި ޖިހާދު ކުރުން ކަނޑައަޅުއްވާފައި، ޙައްދުތައް ޤާއިމްކޮށްފައި، ޢުޤޫބާތް ކަނޑައަޅުއްވާފައިވަނީ ކޮންބޭނުމެއްގައި ހެއްޔެވެ؟ އެއީ، ބާޠިލް ޢަޤީދާތަކުން ޙިމާޔަތް ކުރުމަށްޓަކަ އެވެ. އަދި ފަސާދަވެގެންވާ ރައުޔުތަކުން ރައްކާތެރި ކުރުމަށްޓަކަ އެވެ. ﷲ ގެ އަޅުތަކުން ޙިމާޔަތް ކުރުމަށްޓަކަ އެވެ. ކޮންމެހެންވެސް ﷲ އެއްކައުވަންތަކޮށް އެކަލާނގެއަށް އަޅުކަންކުރަންޖެހެ އެވެ. އެގޮތް ދޫކޮށްފި މީހަކަށް އޮތީ ﷲ ޝަރުޢުކޮށްފައިވާ ގޮތުގައި އޭނާއާ ދެކޮޅަށް (ޖިހާދު) ކުރުމެވެ.

ދެންފަހެ، ﷲ ގެ ވަޙީބަސްފުޅު ކަމުގައިވާ  لَا إِكْرَاهَ فِي الدِّينِ ۚ މާނައަކީ އޭނާއަށް ފަރުދީ މިނިވަންކަން ދެވިފައިވުމެއް ނޫނެވެ. އޭގެ މާނައަކީ އަހަރެމެންނަށް އެއްވެސް މީހެއްގެ ހިތަށް އިސްލާމް ދީން ވެއްދުމަށް ކުޅަދާނަކަން ލިބިގެން ނުވާކަމެވެ. އެކަމަކީ ހަމައެކަނި ﷲ އަށް ކުޅަދުންވަންތަ ވެގެންވާ ކަމެކެވެ. (ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ.)  إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَٰكِنَّ اللَّهَ يَهْدِي مَن يَشَاءُ ۚ وَهُوَ أَعْلَمُ بِالْمُهْتَدِينَۚ "ހަމަކަށަވަރުން ނަބިއްޔާ އެދިވަޑައިގަންނަވާހާ މީހަކަށް ނަބިއްޔާއަށް ތެދުމަގެއް ނުދެއްކެވޭނެތެވެ. އެހެނެއްކަމަކު، ﷲ އެއިލާހު އިރާދަ ކުރެއްވި އަޅަކަށް ތެދުމަގު ދައްކަވަތެވެ." ފަހެ، ހިތްތަކަށް ހިދާޔަތް ދެއްކެވުން ކުޅަދުންވަންތައީ ﷲ އަށެވެ. އެއީ މަޖްބޫރުން ކުރުވުން އޮތް ކަމެއް ނޫނެވެ. އެހެނަސް އެއީ އެމީހެއްްގެ އިޚްތިޔާރުގައި ކުރުންއޮތް ކަމެކެވެ. އެހެނަސް އަހަރެމެން ކާފަރުންނާއި އަދި މުޝްރިކުންނާ ދެކޮޅަށް ޖިހާދުކުރުންވެ އެވެ. ﷲ ވަނީ އެފަދައިން އަމުރުފުޅު ކުރައްވާފަ އެވެ. އަހަރެމެން ހެޔޮކަންތައްތަކަށް އަމުރު ކުރުމުގައިވަމެވެ. އަދި މުންކަރާތްތައް ނަހީކުރުމުގައިވަމެވެ. މީސްތަކުންނަށް ބަޔާންކޮށްދިނުމުގައިވަމެވެ. ދީނަށް ވެއްދުމުގައި މަޖްބޫރުކަމެއް ނެތޭ ބުނެ ތިބެނީއެއް ނޫނެވެ. މީސްތަކުން ދީނުގެ މައްޗަށް މަޖްބޫރު ނުކުރަމެވެ. އެހެނަސް އަހަރެމެން އެބައިމީހުންނަށް ދީން ބަޔާންކޮށްދެމެވެ. އަދި މި ދީން ދޫކޮށްލާމީހާގެ މައްޗަށް އެކަމުގައި ޢުޤޫބާތްދެމެވެ. އެހެނަސް އޭނާގެ ހިތަށް ހިދާޔަތް ހޯދައިދިނުން އެއީ ﷲ އަށް މިލްކުވެވޮޑިގެންވާ ކަމެކެވެ. ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެކަމަށް ކުޅަދާނަވެގެންނުވެ އެވެ.  لَا إِكْرَاهَ فِي الدِّينِ ۚ ގެ މާނައަކީ މި އެވެ. އެއީ ތިބާ ލޯބިވާ، ހިތްއެދޭ މީހަކަށް ތެދުމަގު ހޯދައިނުދެވޭނެ ފަދައިންނެވެ. އެހެނަސް ﷲ އެއިލާހު އިރާދަފުޅު ކުރެއްވި ފަރާތަކަށް ތެދުމަގު ދައްކަވަ އެވެ. ދީނަށް ވެއްދުމުގައި މަޖްބޫރު ކަމެއް ނެތް ކަމުގައި ވަހީކުރެއްވި ފަރާތް، މިފަދައިންވެސް ވަހީކުރެއްވި އެވެ.  وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِۚ "ޝިރުކާއި ކާފަރުކަން ހުއްޓި، މުޅި ދީންވަނީ ﷲއަށްޓަކައި ކަމުގައި ހިމެނިއްޖެއުމަށް ދާންދެން ތިޔަބައިމީހުން އެކާފަރުންނާ ހަނގުރާމަ ކުރަމުންގެންދާށެެވެ." ފަހެ، ތިޔަބައިމީހުން އެ އާޔަތް ނެގުމަށްފަހު މިއާޔަތް ދޫކުރަނީ ކިހިނަކުން ހެއްޔެވެ؟       
*****
ބަސްތައް ނަގާފައިވަނީ : https://goo.gl/AadGZQ 


އަޚުންނޭވެ! މިއަދު ދީނީ މިނިވަންކަމަށް ގޮވާލާ މީހުންގެ ޙައްދުފަހަނައަޅައިގޮސް އެންމެ ފަހުން އެބައިމީހުންގެ ދޫތައް އަމާޒުކޮށްފައިމިވަނީ ﷲ އަށާއި އެއިލާހުގެ ރަސޫލާ ﷺ ގެ މައްޗަށެވެ. ﷲ އަށާއި އެ އިލާހުގެ ރަސޫލާ ﷺ ގެ މައްޗަށް ބޮޑުވެގެންވާ ބުހުތާނާއި ދޮގުހެދުމުގެ މައްޗަށެވެ. ހުރި ނުބައި ނުލަފާކަމެއްގެ ބޮޑުކަމާ އެވެ. އެބައިމީހުން، ލިބަރަލް މީހުންގެ ދޫތަކުން ބުނާނެ ބަސްތައް ހުސްވެ އެންމެފަހުން އިސްލާމް ދީނުގެ އެންމެ ކުޑަމިންވަރަށް ޢިލްމު ފޯރައިފައިވާ މުސްލިމުންނަށް މަޢުރިފާވެގެންވާ ކަންތައްތައްވެސް މިފަދަ މީހުން ދެކޮޅަށް ބުނާއިރު ޢިލްމާނީ ލިބަރަލް މީހުންނަށް މިކިޔެނީ އެންމެ ތަންދޮރުނޭނގޭ މީހުންނަށްވެސް އިނގޭނެ އެއްޗެއް ކަމެއް ނޭނގެ އެވެ. 
ޢިލްމާނީ، ލިބަރަލް މީހުން މިއަދު ދަޢުވާކުރަނީ މާތް ނަބިއްޔާ ﷺ އަކީ ދީނީ މިނިވަންކަމަށް ވަކާލާތު ކުރެއްވި ބޭކަލެއް ކަމުގަ އެވެ. މިބައިމީހުންގެ މި ބަސްތަކުގެ ހުރި ނުބައިކަމާ އެވެ.


މިނިވަންކަމުގެ ދަޢުވަތު ދެއްވި ކަމުގައިވާނަމަ، މައްކާގެ މުޝްރިކުންނާ ދެކޮޅަށް ބަދުރު ހަނގުރާމަ، އުޙުދު ހަނގުރާމަ، ޚަންދަޤު ހަނގުރާމަ، ޙުނައިން ހަނގުރާމަ، ތަބޫކު ހަނގުރާމަ ކުރައްވައި އެބައިމީހުން ބަލި ކުރެއްވީ ކީއްވެ ހެއްޔެވެ؟ ބަދުރުގެ ދުވަހުގެ ވާހަކަ އަންގަވާ ﷲ  ވަޙީކުރައްވާފައިވެ އެވެ. 
وَلَقَدْ نَصَرَكُمُ اللَّهُ بِبَدْرٍ وَأَنتُمْ أَذِلَّةٌ ۖ فَاتَّقُوا اللَّهَ لَعَلَّكُمْ تَشْكُرُونَۚ އެ ދުވަހަށް ޙައްޤާއި ބާޠިލް ވަކިވި ދުވަހުގެ ނަމުން -ޔައުމުލް ފުރްޤާން- ގެ ނަން ދެވިފައިވަނީ ކިހިނަކުން ހެއްޔެވެ؟ وَمَا أَنزَلْنَا عَلَىٰ عَبْدِنَا يَوْمَ الْفُرْقَانِ يَوْمَ الْتَقَى الْجَمْعَانِ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ  ދީނީ މިނިވަންކަން އޮތްނަމަ ޙައްޤު އަދި ބާޠިލް ވަކިވެ، ފުރުޤާން އޮންނާނެ ހެއްޔެވެ. އޭގެ އިތުރަށް ﷲ ޙަޟުރަތުގައި ދީނީ އަދި ޢަޤީދާގެ މިނިވަންކަމަކީ އެއީ ހުއްދައެއްޗެއް ކަމުގައިވާނަމަ ބަދުރުގެ ދުވަހު މާލާއިކަތުން ފޮނުއްވާ، އިސްލާމް ދީން ނޫން ޢަޤީދާގައިވި ފަރާތްތަކާއި ދެކޮޅަށް ހަނގުރާމަ ކުރެވުމުގެ ފައިދާއެއް އެބައޮތް ހެއްޔެވެ؟ 
 
މިފަދަ ސާފު ބަޔާނަކުން ބަޔާންވެގެންވާހިނދު، ﷲ އަށާއި އެ އިލާހުގެ ރަސޫލާ އަށް ނިސްބަތްކޮށް މިބަސްތައް ބުނަމުންދާ މީހުންގެ ޙަޤީޤަތަކީ ކޮބައިކަން އެންމެހައި މުސްލިމުންނަށް ބަޔާންވެ އެވެ. މިފަދަ ބައެއް ކުފުރުވެފައިވާ ކަމުގެ މައްޗަށް ޝައްކެތްވެސް ނެތެވެ. ޢަޤީދާ އަދި ދީނީ މިނިވަންކަމަށް ގޮވާލާ ކޮންމެ މީހަކު ބަސްތަކުގެ ޙަޤީޤަތަކީ އެންމެހައި ރަސޫލުންނާއި ނަބިއްޔުންގެ ދަޢުވަތަކީ ބާޠިލް އެއްވެސް އޮށްޓަރެއްނެތް ދަޢުވަތެއް ކަމެވެ. ސަބަބަކީ ﷲ ތަޢާލާ އެންމެހައި އުއްމަތްތަކަށް ފޮނުއްވި އެންމެހައި ރަސޫލުންގެ ދަޢުވަތުގެ އަސާސް އަދި އެންމެ ގަދަފަ ރުކުން ކަމުގައި ވަޙީކުރައްވާފައިވަނީ، އެ އެންމެހައި ބޭކަލުން ގޮވައިލެއްވި ދަޢުވަތަކީ ހަމައެކަނި ﷲ އަށް އަޅުކަން ކުރުމެވެ. އަދި އެހެން އެންމެހައި އަޅުކަން ކުރެވޭ ތަކެތިން އެއްކިބާވެ އެ އެންމެހައި ޢަޤީދާތަކުން ވަކިވެ އެފަދަ ތަކެއްޗަށް ކާފަރުވުމެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. 
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَۚ "ހަމަކަށަވަރުން ތިމަން އިލާހު ކޮންމެ އުއްމަތަކަށް ރަސޫލަކު ފޮނުއްވީމެވެ. އެއީ ﷲއަށް ޙައްޤު ގޮތުގައި އަޅުކަން ކުރުމަށާއި، އަޅުކަން ކުރެވޭ އެހެނިހެން އެންމެހައި ފަރާތްތަކުގެ ކިބައިން ދުރުވުމަށެވެ." މިއީ އެންމެހައި ރަސޫލުންނާއި ނަބިއްޔުންގެ ދަޢުވަތެވެ. ދީނީ މިނިވަންކަމާއި ދެކޮޅަށް ހަނގުރާމަ ކުރެއްވުމެވެ. އެ ބާޠިލް ޢަޤީދާއާއި ބާޠިލަށް ދަޢުވަދޭ އެންމެހައި ފަރާތްތަކާއި ދެކޮޅަށް ހަނގުރާ ކުރެއްވުމަށެވެ. 


އިސްވެ ބަޔާންކުރެވުނު ފަދައިން އިސްލާމް ދީނުގެ އޮށްޓަރެއްހާ މިންވަރުގެ ޢިލްމު ޙާޞިލްވެގެންވާ ފަރާތަށްވެސް މިއީ އިސްލާމް ދީން އެ ދަޢުވާއަކުން ބަރީއަވެގެންވާ އިސްލާމް ދީން އެންމެ ކުރީންސުރެންވެސް ހަނގުރާމަ ކުރާ ބާޠިލް ބަސްތަކެެއްކަން އިނގެ އެވެ. އެހެނަސް މިއަދު އެބަޔަކު "ކިޔަވައިގެން" ތިބި ބައެއް ކަމުގައި ދެކި، ދަޢުވާކޮށް ދީނީ މިނިވަންކަމަކީ ރަސޫލާ ގެންގުޅުއްވި އެއްޗެއް ކަމުގައި ބުނުމުން މިބައިމީހުންގެ ޖާހިލު ކަމާއި، ތަންދޮރު ފިލައިފައި ނުވުމާއި، ދީނެއް ދުނިޔެއެއް ނުދަންނަ ޙައްދުފަހަނައަޅައިފައިވާ ބައެއްކަން ފާޅުކޮށް އިނގެ އެވެ. 

 


ރަސޫލާ ﷺ މަދީނާގައި ހުންނަވާ، އިސްލާމް ދީން ނޫން އެހެން ދީންތަކުގެ އަހުލުވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރައްވާ، ޖިހާދު ކުރެއްވުމުން ބަޔާންވެގެންދަނީ
ނަބިއްޔާ ﷺ ޤާއިމް ކުރެއްވީ ސެކިއުލާރ ދަޥްލަތެއް ހެއްޔެވެ؟ މިބައިމީހުންގެ ނުބައިބަސްތަކުގެ މުޑުދާރު ކަމާ އެވެ. وَلاَ تَقُولُواْ لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَذَا حَلاَلٌ وَهَذَا حَرَامٌ لِّتَفْتَرُواْ عَلَى اللّهِ الْكَذِبَ إِنَّ الَّذِينَ يَفْتَرُونَ عَلَى اللّهِ الْكَذِبَ لاَ يُفْلِحُون "ﷲ އާމެދު ތިޔަބައިމީހުން ދޮގުހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ދޮގުތައް ހަދައި ސިފަކޮށްއުޅޭ ކަންތައްތަކަށް، މިއީ ޙަލާލު ކަމެކޭ އަދި މިއީ ޙަރާމް ކަމެކޭ ތިޔަބައިމީހުން ނުބުނާށެވެ. ހަމަކަށަވަރުން ﷲ އާމެދު ދޮގުހަދާމީހުން ނުދިންނަވާނެތެވެ."  فَمَنْ أَظْلَمُ مِمَّنِ افْتَرَى عَلَى اللّهِ كَذِبًا لِيُضِلَّ النَّاسَ بِغَيْرِ عِلْمٍ إِنَّ اللّهَ لاَ يَهْدِي الْقَوْمَ الظَّالِمِينَ "ޢިލްމަކާ ނުލައި މީސްތަކުން މަގުފުރެއްދުމަށްޓަކައި، ﷲއާމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެ، އަނިޔާވެރިކަން ބޮޑުމީހަކީ ފަހެ، ކާކު ހެއްޔެވެ؟ ހަމަކަށަވަރުން އަނިޔާވެރިބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ."


ޔަހޫދީންނާއި ނަޞާރާއިންގެ ތެރެއިން ރަސޫލާ ﷺ ގެ ޚަބަރު ލިބުމަށްފަހު އިސްލާމް ދީން ޤަބޫލު ނުކޮށްފި ކޮންމެ މީހަކު ޖަހަންނަމައިގައިވާނެ ފަރާތެއްކަން ޙަދީޘްފުޅު ކުރެއްވުމުން އެއީ ދީނީ މިނިވަންކަން ދިނުން ހެއްޔެވެ؟ صحيح مسلم ގައި ޙަދީޘްގައި ބަޔާންވެގެންވެ އެވެ. (
والذي نفسُ محمدٍ بيده، لا يَسْمَعُ بي أحدٌ مِن هذه الأمةِ يهوديٌّ ولا نصرانيٌّ، ثم يموتُ ولم يُؤْمِنْ بالذي أُرْسِلْتُ به، إلا كان مِن أصحابِ النارِ) "محمد ﷺ ގެ ފުރާނަ އެފަރާތުގެ އަތްޕުޅުގައިވާ ފަރާތް ޤަންދީ ވިދާޅުވަމެވެ. މި އުއްމަތުގެ މީހުންގެ ތެރެއިން ޔަހޫދީއެއް އަދި ނަޞާރާއެއްވިޔަސް ތިމަން ނަބިއްޔާގެ ޚަބަރު އަޑުއިވުމަށްފަހު، އޭނާ މަރުވެދާހިނދު ތިމަންނަބިއްޔާ ގެނެސްދެއްވި އެއްޗަށް އީމާންނުވެ އެގޮތުގައި މަރުވެއްޖެނަމަ، ނަރަކައިގެ އަހުލުވެރިއެއްގެ ގޮތުގައި މެނުވީ ނުވާނެ އެވެ." مسلم 153


ދީނީ މިނިވަންކަން ކޮބައިހެއްޔެވެ؟ ރަސޫލާ ﷺ ދެއްވާފައިވާ ޢަޤީދާގެ މިނިވަންކަން ކޮބައިހެއްޔެވެ؟ އެމީހަކު އިޚްތިޔާރު ކުރާނެ ދީނަަކަށް އުޅުމަށް ދެއްވި މިނިވަންކަން ކޮބައިހެއްްޔެވެ؟ 


العَلاَّمَة د. صَالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ. "މީސްތަކުން ބޭނުންވާ ޢަޤީދާއެއްގެ މައްޗަށް މީސްތަކުން ދޫކޮށްލާށެވެ. މީސްތަކުން ދުރުކޮށް އެއްކިބާ ނުކުރާށެވެ. ކޮންމެ މީހަކަށްވެސް އޭނާގެ ޢަޤީދާވެ އެވެ. ފަހެ، މިފަދައިން ބުނާ ބުނުމަކީ، ހުއްދަވެގެންވާ ބުނުމެއް ނޫނެވެ. މިއީ ބާޠިލް ބަސްތަކެވެ. ކޮންމެ މީހަކަށް އޭނާއަށް ލިބިގެންވާ މިނިވަންކަމުގައި ބޭނުން ޢަޤީދާއެއް އިޚްތިޔާރު ކުރުމަށް ހުއްދަވެގެންވާ ކަމުގައި ބުނެފިމީހާވަނީ (އިސްލާމް ދީނުން) މުރުތައްދުވެފަ އެވެ." دروس في شرح نواقض الإسلام ص 103

Like what you see?

Close

Hit the buttons below to follow us, you won't regret it...