5  އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކަމަށް ގޮވާ ގޮވާލުމުގެ (ފެމިނިޒަމް؛ ދެ ޖިންސުގެހަމަހަމަކަމަށް ގޮވުމުގެ) ނުރައްކަލާއި އޭގެ ފިތުނަވެރިކަން - الإمام العلامة الشيخ صالح الفوزان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކަމަށް ގޮވާ ގޮވާލުމުގެ (ފެމިނިޒަމް؛ ދެ ޖިންސުގެހަމަހަމަކަމަށް ގޮވުމުގެ) ނުރައްކަލާއި އޭގެ ފިތުނަވެރިކަން - الإمام العلامة الشيخ صالح الفوزان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ الحركة النسوية - ފެމިނިސްޓު ޙަރަކާތްތައް

އަންހެނުންނާއި ފިރިހެނުން ހަމަހަމަކަމަށް ގޮވައި ކުފުރުވުން

 

الإمام العلامة الشَّيخ العَلاَّمَة صَالح الفَوزَان حفظه الله ވިދާޅުވި އެވެ. "އެންމެހައި ކަންތައްތަކެއް ޙަލާލުކޮށްފައިވާ އުއްމަތްތަކާއި އަދި ކުފުރުގެ އުއްމަތްތަކާ ޚިލާފަށް އިސްލާމް ދީނުގައި އަންހެނުންނަށް ޤަވާޢިދުތަކެއް ކަނޑައެޅިފައިވުމުން، އިސްލާމް ދީނަށް ދަޢުވާކުރާ ވަރަށްގިނަ ބަޔަކު އަންހެނުންނާއި ގުޅިފައިވާ ޝަރުޢީ ޙުކުމްތައް ނަފްރަތު ކުރެ އެވެ. އޭގެ މިޘާލަކީ އަންހެނުންނާއި ފިރިހެނުން ވާރުތަ މުދަލުގައި ހަމަހަމަ ވެގެންވާކަމަށް ގޮވުމާއި އަދި ފިރިހެނުންނަށް ޚާއްޞަވެގެންވާ ޢަމަލުތަކުގައި އަންހެނުން ހަމަހަމަކަށް ގޮވުމެވެ. އެއްވެސް ޙާލެއްގައި ފިރިހެނާއި އަންހެނާއި ދެމެދު އެއްވެސް ފަރަޤެއް އޮވެގެންވާނެކަމަށް ބޭނުން ނުވެ އެވެ. ސަބަބަކީ ހުޅަނގުގެ އަހުލުވެރިންވަނީ އަންހެނުން ފިރިހެނުންނާއި ހަމަހަމަ ކޮށްފަ އެވެ. ނުވަތަ އަންހެނުން ފިރިހެނުންގެ މައްޗަށް އިސްކޮށްފަ އެވެ. ފަހެ، އެބައިމީހުން ބޭނުންވަނީ ހުޅަނގުގެ ކާފަރުންނާއި އެއްސަފެއްގައި (ހަމަހަމަ) ކުރުމަށެވެ. (ދީނުގައި) އަންހެނުންނަށް ޚާއްޞަވެގެންވާ ކަންކަމުގައި އަންހެނުންނާއި ފިރިހެނުން ތަފާތުވެގެންވާކަމަށް ޤަބޫލުކުރުމަށް އެބައިމީހުން ބޭނުމެއް ނުވެ އެވެ. ފިރިހެނުންނަށް ވާރުތަ މުދަލުގެ ގޮތުގައި ލިބޭ މިންވަރުގެ ދެބައިކުޅަ އެއްބައި އަންހެނުންނަށް ލިބުމަށް އެބައިމީހުން ނޭނދެ އެވެ. ފިރިހެނުންނަށް ދިޔައިގެ ގޮތުގައި ދޭންޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައި އަންހެނުންނަށް ލިބުމަށް އެބައިމީހުން ނޭނދެ އެވެ. މި މާތް މަތިވެރި ޠާހިރު ޝަރީޢަތުގައި ކަނޑައެޅިފައިވާ އަންހެނުންގެ ހެކި ބަހަކީ ފިރިހެނުންގެ ހެކިބަކުގެ ދެބައިކުޅަ އެއްބައި ގޮތުގައި ވުމަށް އެބައިމީހުން ބޭނުން ނުވެ އެވެ. އަންހެނުންނާއި އަދި ފިރިހެނުން ޚަލްޤު ކުރެއްވީ ﷲ އެވެ. އަންހެނުންނާއި ފިރިހެނުންނަށް އެކަށީގެންވާ ކަންތައްތައް އެ އިލާހު سبحانه وتعالى މޮޅަށް ދެނެވޮޑިގަންނަވަ އެވެ. 


މި ޖުމްލަތަކުގެ ތެރޭގައި ހިމެނިގެންވާ ނުބައިކަން ބޮޑު އެކައްޗަކީ ޙިޖާބު ވުމުގެ މައްޗަށް ޢައިބު ބަސް ފާޅުކޮށް،
ޙިޖާބް ބަޔާންވެގެންވާ ޝަރުޢީ ދަލީލުތަކަށް ކުޑައިމީސް ބަސް ބުނުމުގައިވުމެވެ. އެ ދަލީލުތައް ބަލިކަށި ދަލީލުތަކެއްގެ ގޮތުގައި ހެދުމަށް އެމީހުންނަށް ކުޅަދާނަވެގެންވާނަމަ އެކަން ކުރުމަށް ކުރެވުނުހައި މަސައްކަތެއްކޮށް ބާރުއެޅީހެވެ. އެމީހުންނަށް އެކަން ކުރުމަށް ކުޅަދާނަ ނުވުމުން ޢަމަލުކޮށްފައިވަނީ އޭގެ މުރާދު ބަދަލުކޮށް އޭގެ ޙަޤީޤީ ތަފްސީރު ނޫން ތަފްސީރަށް ގެންދިއުމެވެ. ﷲ ގެ މުރާދުފުޅާއި އަދި އެއިލާހުގެ ރަސޫލާ ﷺ ގެ މުރާދުފުޅާއި ޚިލާފަށް ގެނައުމެވެ. މިއީ ﷲ އެ އިލާހުގެ ރަސޫލާގެ މައްޗަށް ބާވައިލެއްވި ތަކެތީގެ މައްޗަށް ނަފްރަތު ކުރުން ނޫން ހެއްޔެވެ؟ މިއީ މިއަދު މުޖުތަމަޢުގައި އަލަށް ފާޅުވެފައިވާ ކަންތަކެވެ. އެމީހުންގެ ބަސްތައް، ޖަދަލު ކުރުންތައް އަދި ބަޙުޘްތައް ބޭއްވުމެވެ. ﷲ ވަކިކޮށް ތަފާތު ކޮށްފައިވާ ތަކެތި، އެފަދައިން ވަކިކޮށް ތަފާތު ކުރުމަށް ބޭނުމެއް ނުވެ އެވެ. ﷲ ވަނީ މުއުމިނުންނާއި ކާފަރުން ވަކިކޮށް ތަފާތުކޮށްފަ އެވެ. އަދި މުއުމިނުންނާއި ޔަހޫދީންނާއި ނަޞާރާއިން ވަކިކުރައްވާފަ އެވެ. މިބައިމީހުން ބުނަނީ : މުއުމިނުންނާއި ޔަހޫދީންނާއި އަދި ނަޞާރާއިންގެ މެދުގައި ފަރަޤެއްް ނެތެވެ. އެންމެންނަކީ މުއުމިނުންނެވެ." ބަސްތައް ނަގާފައިވަނީ : دروس في شرح نواقض الإسلام ص 116

Like what you see?

Close

Hit the buttons below to follow us, you won't regret it...