5  ޣީބަ ބުނެވޭ މަޖްލިސްތަކުގައި އިނުމުގެ ޙުކުމް - الشَّيْخ العَلاَّمَة عَبدُالعَزِيز بن باَز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ޣީބަ ބުނެވޭ މަޖްލިސްތަކުގައި އިނުމުގެ ޙުކުމް - الشَّيْخ العَلاَّمَة عَبدُالعَزِيز بن باَز رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޣީބަ ބުނުން الغيبة

ސުވާލު: ޣީބަ ބުނެވޭ މަޖްލިސްއެއްގައި އިށީނދެ އިނުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ އެ މަޖްލިސްގައި އެބައިމީހުން ޣީބަ ބުނުމާއި އަދި ދެބައޮޑުވުމުގެ ވާހަކަތައް ދައްކާހިނދު، އެބައިމީހުންނަށް އޭގެ ޙުކުމްވެސް އޮޅުންފިލައިފައިވެ އެވެ. އަހަރެން އެ މަޖްލިސްގައި އިނދެ އެބައިމީހުންގެ އެވާހަކަ ތަކުގައި ބައިވެރި ނުވިކަމުގައި ވީނަމަވެސް އަހަރެން ފާފަވެރިވާނެ ހެއްޔެވެ؟ އަދި ބުނަމެވެ. ޢުމުރުގެ ގޮތުން އެ އެންމެނަށްވުރެ އަހަރެން ދޮށްޓެވެ.


ޖަވާބު: މުސްލިމް ފިރިހެނަކު ނުވަތަ މުސްލިމް އަންހެނަކު ޣީބަ ބުނެވޭ މަޖްލިސްއެއްގައި އިންނަހިނދު އެކަމަށް އިންކާރު ކުރަން ޖެހޭނެ އެވެ. ސަބަބަކީ ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. ﴿وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ﴾ "މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުންނަކީ އެއްބަޔަކު އަނެއްބައެއްގެ އެހީތެރިންގެ ގޮތުގައިވާ ބައެކެވެ. އެބައިމީހުން ހެޔޮކަންތައްތަކަށް އަމުރުކުރެތެވެ. އަދި ނުބައިކަންތައްތަކުން ނަހީ ކުރެތެވެ."


ފަހެ، ހެޔޮކަންތައްތަކަށް އަމުރު ކުރުމާއި މުންކަރާތްތަކުން ނަހީ ކުރުމަކީ އެންމެހައި މީސްތަކުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ކަމެކެވެ. އެންމެހައި ފިރިހެނުންނާއި އަންހެނުންގެ މައްޗަށެވެ. އެތަނެއްގައި ޣީބަ ބުނެވޭ މަޖްލިސްއެއްގައި ފިރިހެނަކު ނުވަތަ އަންހެނަކު އިށީންނަހިނދު، އޭނާ އެކަންތައް އިންކާރުކުރުން ހުއްޓެވެ. އަންހެނާ އޭނާއާ އެކުގައި އެތަނުގައިވާ އެހެންފަރާތްތަކަށް އެކަން އިންކާރުކުރުން ހުއްޓެވެ. އެތަނުގައިވާ އަންހެނުން އޭނާގެ ބަސްތައް އަޑުނާހައިފި ހިނދު އެ މުންކަރާތަށް ޙާޟިރުނުވެ އެތަނުން ތެދުވެގެން ދިއުން ހުއްޓެވެ. އެތަނުގައިވާ އަންހެނުން އެބަސްތައް އަޑުއަހައިފި ހިނދު الحَمدُ لله އެވެ. އަންހެން މީހާ އަދާކުރަންޖެހޭ ޙައްޤު ކަމުގައިވާ މުންކަރު އިންކާރުކުރުން އަދާކޮށްފި އެވެ. އެހެނަސް އެތަނުގައިވާ އަންހެނުން އެކަމަށް ސަމާލުކަމެއްނުދެ އެވެ. އަދި އެބަސްތައް އަޑުވެސް ނާހަ އެވެ. ފަހެ، ހަމަކަށަވަރުން އަންހެންމީހާ އެ މުންކަރާތުގައި ބައިވެރިނުވެ، އެ މުންކަރާތަށް ޙާޟިރުނުވެ އަދި އެ މުންކަރު އަޑު ނާހައި އެތަނުން ވަކިވެގަތުން ހުއްޓެވެ.

****
ފަތުވާ ނަގާފައިވަނީ : فتاوى نور على الدرب 4-2174

Like what you see?

Close

Hit the buttons below to follow us, you won't regret it...