ވާރޭ ވެހެން ފެށުމާއެކު، ސުންނަތުގައި ޢަމަލުކުރުމަށް ބަޔާންވެގެންވާ ގޮތް - الإِمَامُ العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
الإِمَامُ العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
ވާރޭ ވެހެން ފެށުމާއެކު، ސުންނަތުގައި ޢަމަލުކުރުމަށް ބަޔާންވެގެންވާ ގޮތް
ސުވާލު: ފަޟީލަތުއް ޝެއިޚް އެވެ. މިސުވާލުގައިވަނީ، ވާރޭ ވެހެން ފައްޓާހިދނުގައި ނަބިއްޔާ صلى الله عليه وسلم ގެ ހިދާޔަކީ ކޮބައިތޯ އެވެ؟
ޖަވާބު: އެންމެ ފުރަތަމަ ވާރޭ ވެހެން ފައްޓާހިނދުގައި (އެންމެ ފުރަތަ ފެންފޮދުގެ ތެރެއަށް) ވާރޭ ތެރެއަށް ނުކުމެ، އޭނާގެ ހަށިގަނޑުން ކޮންމެވެސް މިންވަރެއް ކަޝްފުކޮށް، ވާރޭފެން ޖައްސާނީ އެވެ. ސަބަބަކީ އެއީ ބަރަކާތްތެރިވެގެންވާ ފެނެކެވެ. މިއީ ނަބިއްޔާ صلى الله عليه وسلم ޢަމަލުފުޅު ކުރެއްވި ގޮތެވެ.
އަދި ދުޢާ ކުރާނީ އެވެ. އެގޮތުން اللهمَّ اِجْعَلْهُ صَيِّبًا نَافِعًا މި ދުޢާ ކިޔާނީ އެވެ. އަދި اللهمَّ زِدْ وَ بَارِكْ އަދި މިފަދައިން ދުޢާ ކުރާނީ އެވެ.
****
ފަތުވާ ނަގާފައިވަނީ : https://goo.gl/L9WhFg