ލިޔުންތައް

 އަންނަ ޑިސެންބަރ މަހު އުސްތާޛް އަބޫ އަނަސް އާއި އުސްތާޛް ރިފާދު ޢިލްމީ ދަޥްރާއަކަށް އިންޑިއާ އަށް ވަޑައިގަންނަވަނީ إن شاء الله

ޝާއިޢުކުރީ: މައްކްތަބާ ސަލަފިއްޔާ. ކެޓަގަރީ ޚަބަރު

އިންޑިއާގެ ހައިދްރާބާދް ކައިރީގައިވާ ސިޓީއެއް ކަމުގައިވާ ވިޖޭވާޑާގެ މަސްޖިދި-އޭ-އަޤްޞާ އައް-ސަލަފިއްޔާ ގައި އަންނަ ޑިސެންބަރ މަހު އުސްތާޛް އަބޫ ނޫޙް މުޙައްމަދު ރިފާދް  حفظه الله އަދި އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله އެކުގައި "ޢިލްމީ ދަޥްރާއެއް" ކުރިޔަށް ގެންދިޔުމަށް إن شاء الله ވަނީ ހަމަޖެހިފަ އެވެ. މި ދަޥްރާ ކުރިޔަށްދަނީ ޑިސެންބަރ 15 އިން 22 އަށެވެ.

މިދިޔަ އަހަރު "ޓެރަރިޒަމް" އާއި ބެހޭގޮތުން މަކްތަބާ ސަލަފިއްޔާއިން އުސްތާޛް އަބޫ ޚަދީޖާ އާއި އެކު މާލޭގައި ކުރިޔައްގެންދިޔަ ދަޥްރާ ޢިލްމިއްޔާގައި ވިޖޭވާޑާގެ ސަލަފީ މަސްޖިދުގެ އަޚުން ބައިވެރިވި އެވެ. އަދި އިންޑިއާ ގައި ޢިލްމީ ދަޥްރާއެއް ބޭއްވުމަށް ވަޑައިގަތުމަށް އެދި މި އަޚުން އޭރު ދަޢުވަތު އެރުވި އެވެ.

އޭގެ އިތުރަށް، މި އަހަރުގެ އޭޕްރީލް މަހުގައި ޔޫކޭގެ މަކްތަބާ ސަލަފިއްޔާ އިން މަދީނާގައި އިންތިޒާމްކޮށް ބޭއްވި "މަދީނާގެ ބޮޑެތި ޢިލްމުވެރިންގެ ދަޥްރާ" ގައިވެސް މި އަޚުން ބައިވެރިވި އެވެ. މި ދަޥްރާ އަށްފަހު އުސްތާޛް އަބޫ ޚަދީޖާ އަދި އަބޫ އަނަސް އާއިއެކު މި އަޚުން ބޭއްވި ޚާއްސަ ބައްދަލްވުމެއްގައި މި ދަޢުވަތު ތަކުރާރުކޮށް އެރުވި އެވެ.

މި ކަމުގެ ހެޔޮ ޖަޒާ މާތް ﷲ އެ އަޚުންނަށް ދެއްވާށި އެވެ. އަދި ހައްޤު ދަޢުވަތު ފެތުރުމުގައި އަހަރެމެންގެ ސަލަފީ އުސްތާޛުން ކުރަމުންގެންދާ ބުރަ މަސައްކަތުގައި ﷲ ބަރަކާތް ލެވުން އެދި ދުޢާ ކުރަމެވެ. وفقنا الله وإياكم لما يحبه ويرضاه من القول والعمل

Like what you see?

Close

Hit the buttons below to follow us, you won't regret it...