ލިޔުންތައް

 "އިމާމް މުޙައްމަދް ބިން ޢަބްދުލް ވަހާބްގެ ދެވަނަ ދަޥްރާ" ތިނަދޫގައި މި މަހު 18 އިން 21 އަށް ކުރިޔަށްދަނީ

ޝާއިޢުކުރީ: މައްކްތަބާ ސަލަފިއްޔާ. ކެޓަގަރީ ޚަބަރު

"އިމާމް މުޙައްމަދު ބިން ޢަބްދުލް ވަހާބްގެ ދެވަނަ ދަޥްރާ" ތިނަދޫގައި އުސްތާޛް އަބޫ ޢައްމާރު އަބްދުލް ފައްތާޙް حفظه الله އާއިއެކު ނޮވެންބަރ 18 އިން 21 އަށް إن شاء الله ކުރިއަށް ގެންދާގޮތަށް ހަމަޖެހިފަވާކަން މި ދަޥްރާ އިންތިޒާމްކުރި ފަރާތްކަމުގައިވާ ތިނަދޫ ސަލަފީ ސެންޓާއިން ޢިޢުލާނު ކޮށްފި އެވެ.

މި ދަޥްރާގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله ގެ ފޮތް ކަމުގައިވާ عقيدة التوحيد އެވެ. ތިނަދޫ އަދި ތިނަދޫގެ ކައިރި ރަށްތަކުގައި ދިރިއުޅޭ އެންމެހާ މުސްލިމް އަޚުންނާއި އުޚްތުން މި ދަޥްރާއިގައި ބައިވެރިވެ ފައިދާ ހާޞިލްކުރުމަށް މި ދަރުސް އިންތިޒާމްކުރާ ފަރާތުން ދަޢުވަތު އަރުވަ އެވެ. މި ދަޥްރާގެ ދަރުސްތައް ވަގުތުން (ސަލަފީ ރޭޑިއޯ އިން) ލައިވް ކުރާނެ އެވެ.

ދީނުގެ ޞައްހަ އަޤީދާ ފެތުރުމަށް ތިނަދޫ ސަލަފީ މަރުކަޒުން ކުރަމުން ގެންދާ މި ފަދަ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށި އެވެ. وفقنا الله وإياكم لما يحبه ويرضاه من القول والعمل

DOmfNLSW4AE7Gaa.png

Like what you see?

Close

Hit the buttons below to follow us, you won't regret it...