ސައްޔިދު ޤުތުބަކީ ޚަވާރިޖުން، ތަކްފީރީންގެ އިމާމް ކަމުގައި ބަޔާންވެގެންވުން
سيد قطب އޭނާ ލިޔެފައިވާ ޤުރުއާނުގެ ތަފްސީރުގައި ބުނެފައިވެ އެވެ.
"މިއަދު މި ބިންމަތީގައި މުސްލިމް އެއްވެސް ދައުލަތެއް ނުވެ އެވެ. އަދި (މިއަދު މި ބިންމަތީގައި) މުސްލިމް މުޖުތަމަޢެއް ނެތެވެ." ظلال القرآن 4-2122
އިޚްވާނުންނޭވެ! މިއީ އެ އޭނާ ލިޔެފައިވާ ޤުރުއާނުގެ ތަފްސީރުގައި ދައުލަތްތަކާއި، މުޖުތަމަޢުތައް ސިފަކޮށްދީފައިވާ ގޮތެވެ. މި ދުނިޔެމަތީގައި މުސްލިމް އެއްވެސް ދައުލަތެއް ނެތް ކަމާއި، މުސްލިމް އެއްވެސް މުޖުތަމަޢެއް ނެތް ކަމުގަ އެވެ. އެންމެހައި ދައުލަތްތައް ކާފަރުކޮށް އެންމެހައި މުޖުތަމަޢު ތަކެއް މިވަނީ ކާފަރު ކޮށްފަ އެވެ. މިއީ ތަކްފީރެއް (މީސްތަކުން ކާފަރުކުރުން) ނޫން ތޯ އެވެ. މިފަދަ މީހެއްގެ، މި ފޮތްތަކުގެ މައްޗަށް ދަރިވަރުވެއްޖެ މީހެއްގެ ޢަޤީދާގައި މީސްތަކުން ޤަތުލުކޮށް މަރާލައި، ޤައުމު ތަކުގައި ލޭއޮހޮރުވައިލުމަކީ ޙަރާމް ކަމަކަށް ވާނެ ހެއްޔެވެ؟
ރަސޫލާ صلّى الله عليه وسلّم أُسَامَة بِنْ زَيْد رضي الله عنه އަށް އިންކާރު ކުރައްވާ އެކަން ނަހީކުރައްވާ، ޙަދީޘް ކުރެއްވި އެވެ. "އޭނާ لاإله إلا الله ކިޔުމަށް ފަހުގައިވެސް ޤަތުލުކުރީ ހެއްޔެވެ؟" ޙަދީޘް ކުރެއްވި އެވެ. "އޭނާގެ ހިތް ފަޅައި (އޭނާ ޝަހާދަތް ކިޔާފައިވަނީ) ކީއްވެގެންތޯ ބެލީހެއްޔެވެ؟"
ޚަވާރިޖުން ބުނެފައިމިވަނީ : އާއެކެވެ. އަހަރެމެން އޭނާ ޝަހާދަތް ކިޔާފައިވަނީ، ކީއްވެގެންކަން އިނގެ އެވެ.
ދާޢިޝް ގެ އަހުލުވެރިން ބުނާކަހަލަ އެވެ. لاإله إلا الله ކިޔަސް އޭނާ ޤަތުލުކުރަން ޖެހޭނެ އެވެ.
ރަސޫލާ صلّى الله عليه وسلّم އަރިއަހުން بريدة بن الحصيب الأسلمي رضي الله عنه ރިވާކޮށްފައިވެ އެވެ. ނަބިއްޔާ صلّى الله عليه وسلّم ހަނގުރާމަ ކުރެއްވުމަށްޓަކައި އަމީރެއް ކަނޑައެޅުއްވުމަށްފަހުގައި ވަޞިއްޔަތް ކުރައްވަ އެވެ. އެވަޞިއްޔަތް ތަކުގެ ތެރޭގައިވެ އެވެ. "..... ތިޔަބައި މީހުން އެއްބަސްވުންތަކަށް ބޭވަފާތެރި (ޣައްދާރު) ނުވާށެވެ. މީސްތަކުންގެ ގުނަވަންތައް ނުކަނޑާށެވެ...."
ދާޢިޝް ގެ އަހުލުވެރިން ބުނާކަހަލަ އެވެ. މީސްތަކުންގެ އަތާއި، ފައި، ބޯ އަދި އެހެނިހެން ގުނަވަންތައް ކެނޑޭނެ އެވެ.
العلامة الشيخ عبد المحسن العباد حفظه الله ، ޚަލީފާއެއް ކަމަށް ދައުވާ ކުރާ ބަޣްދާދީ އެއީ ކާކުކަން ބަޔާންކޮށް ވިދާޅުވެފައިވެ އެވެ.
"އޭނާގެ ޙުތުބާގައި އޭނާ ދެއްކި ވާހަކަތަކުގެ ތެރޭގައި ބުނެފައިވެއެވެ: "ހަމަކަށަވަރުން އަހަރެން މިވަނީ ކަލޭމެންގެ މައްޗަށް ވާ ވެރިޔާ ކަމުގައި ކަނޑައެޅިފައެވެ. އަދި އަހަންނަކީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހާއެއް ނޫނެވެ." މިތަނުގައި އޭނާއަކީ އެންމެ ހެޔޮމީހާ ނޫންކަމުގައި ބުނެ އެވަނީ ޝައްކެއްވެސް ނެތްގޮތުގައި ވަރަށްބޮޑު ތެދެއް ހަދާފައެވެ. އެހެނީ ވަޅިން އެމީހުން ޤަތުލުކުރާ މީހުންގެ ޤަތުލަކީ އޭނާގެ އަމުރު ކަމުގައިވާނަމަ ނުވަތަ އޭނާއަށް އެކަން އެނގިގެން ކަމުގައި ވާނަމަ އަދި އޭނާ އިޤްރާރުވާ ކަމެއް ކަމުގައި ވާނަމަ ފަހެ އޭނައަކީ އެމީހުންގެ ތެރެއިން އެންމެ ނުބައިވެގެންވާ މީހާއެވެ."