شرح أصول السنة للإمام أبي بكر الحميدي 4 - (ޤަޟާ ޤަދަރާއިމެދު އީމާންވާންޖެހޭ މަރާތިބުތައް (1) ޢިލްމު (2) ކިތާބާ (3) މަޝީޢާ (4) ޚަލްޤު) - أُسْتَاذ أبو أنس محمد حسن حفظه الله

ﷲ ގެ ޢިލްމުފުޅު:
- ﷲ ގެ ޢިލްމުފުޅަކީ އަޒަލީ ޢިލްމުފުޅެއް ކަން: އެބަހީ އަލަށް އެނގުނު ޢިލްމެއް ނޫންކަން، ނޭނގިހުރެފައި ފަހުން އެނގުނު ޢިލްމެއް ނޫންކަމެވެ. (އިބްނު އަލް-ޤައްޔިމް)
- ﷲ ގެ ޢިލްމުފުޅަކީ އަބަދީ ޢިލްމުފުޅެއް ކަން: ﷲ އަށް މެދުކެނޑިގެންނުވާ ގޮތުގައި ދާއިމަށް ލިބިވޮޑިގެންވާ ޢިލްމު ފުޅެއްކަން، މަޚްލޫޤުންގެ ޢިލްމަކީ ހަނދުމަ ނެތިދާނެ ޢިލްމެއް (އިބްނު އަލް-ޤައްޔިމް)
- އަޅާ ހިތަށް ނައަރާ ކަންތައްތަކާއި، މިވެނި ވަގުތެއްގައި މިވެނިކަމެއް ހިތަށް އަރާނެކަން ވެސް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.
ލިޔުއްވުން:
- ﷲ ގެ ޢިލްމުފުޅުގައި ދެނެވޮޑިގަންނަވާ ކަންތައްތަކެއް ލައުޙުލް މަޙްފޫޟް ގައި ﷲ ލިޔުއްވާފައިވާކަން (އުޘައިމީން)
- 17:00 އެ ލައުޙުގައި އެންމެ ކުޑަމިންވަރުން (ތަފްޞީލުން) ފަށައިގެން އެންމެ ބޮޑެތިކަންތައްވެސް ލިޔުއްވާފައިވޭ
- އެ ލައުޙު ވަނީ އަތްތަކުން ރައްކާކުރެވިގެން، ބަދުލުކުރުމުން ރައްކާވެގެން، މި ލައުޙަށް އެއްވެސް ބަދަލެއް ނައަންނާނެ
- އެ ހައުޙު ހައްދާފައިވާ މާއްދާ މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ އެއެވެ. (އުޘައިމީން)
- 19:00 ﷲ އެ ޤަލަން ހައްދަވައި ޤިޔާމަތާއި ޖެހެންދެން ހިނގާނެ އެންމެހާ ކަމެއް ލިޔުއްވަން ޤަލަމަށް އަމުރު ކުރެއްވި
- 21:00 މިއިން ދޭހަވަނީ މި ކާއިނާތް ﷲ އަށް ކިޔަމަންވެ ބޯލަނބާކަން (ޤަލަން ކިޔަމަންވި)
- އިންސާނާގެ ހަށިގަނޑުގެ މާއްދިއްޔަތު ﷲ އަށް ކައުނީ ގޮތުން އަޅުވެތިވުމުގައި ވާކަން
އިރާދަފުޅު:
- ކައުނުގައި ހިނގާ އެންމެހާ ކަމެއް ހިނގަނީ ﷲ ގެ އަމުރުގެ ދަށުންކަން
- ﷲ ގެ އަމުރުފުޅާއި އިރާދައިގެ ހަޤީޤަތެއް އަހަރެމެންނަކަށް ނޭނގޭ، އެކަނލާންގެ އިރާދަފުޅު ފުރިހަމަވެގެންވޭ
- މި ކައުނުގައި އެއްވެސް ހަރަކާތެއް ނުހިގާ ﷲ ގެ އިރާދަފުޅުން ބޭރުގައި، ﷲ އިރާދަ ނުކުރައްވަނީސް.
- އަޅާކުރާ ޢަމަލުތަކާއި, ވާރޭވެހުމާއި، ނޭވާލުމާއި، ހިނގުމާއި، ބެލުމާއި، ހުރިހާކަމެއް ﷲ އިރާދަ ކުރައްވައިގެން މެނުވީ ނުވޭ
ޚަލްޤު ކުރެއްވުން:
- މި ދުނިޔޭގައިވާ އެންމެހާ ތަކެއްޗެއް ޚަލްޤު ކުރެއްވީ ﷲ އެވެ. އަޅުތަކުންގެ ޢަމަލުތައްވެސް ހެއްދެވީ ﷲ އެވެ.
- 30:00 މި ބާބުގައި އަޝްޢަރީންގެ މަޒުހަބަކީ ޖަބަރިއްޔާއިންގެ މަޒުހަބު
- 39:00 ހެވާއި ނުބައިވެސް ހެއްދެވީ ﷲ، ކުފުރާއި އީމާންކަންވެސް ހެއްދެވީ ﷲ، އެހެނަސް ﷲ އަށް ނުބައެއް ނިޞްބަތެއް ނުކުރެވޭ އެ އިލާހުގެ ސިފަފުޅަށް ނިޞްބަތްކުރާ އިރު، ނުބައެއް ހައްދަވާފައިވާނަމަ އޭގެ ފަހަތުގައި ޙިކްމަތެއް، ކޮންމެވެސް ހެވެއް ވާނެ، ﷲ ޚާލިސް ނުބައެއް ނުއުފައްދަވާ