ލިޔުންތައް

ސައުދީ-ޔަމަނުގެ ޢިލްމުވެރިއެއް ކަމުގައިވާ الشيخ الدكتور عرفات بن حسن المحمدي حفظه الله ދިވެހިރާއްޖެ ވަޑައިގެންފި

ޝާއިޢުކުރީ: މައްކްތަބާ ސަލަފިއްޔާ. ކެޓަގަރީ ޚަބަރު

 

 

ސައުދި އަރަބިއްޔާގައި ދިރިއުޅުއްވަމުން ގެންދަވާ ޔަމަނުގެ ޢިލްމުވެރިއެއް ކަމުގައިވާ ފަޟީލަތުއް الشيخ الدكتور عرفات بن حسن المحمدي حفظه الله މިއަދުގެ މެންދުރު ރާއްޖެ ވަޑައިގެންފިއެވެ.


ފަޟީލަތުއް ޝައިޚް ޑރ. އަރަފާތު ބިން ޙަސަން އަލް-މުޙައްމަދީ حفظه الله ރާއްޖެވަޑައިގަތީ މަކްތަބާ ސަލަފިއްޔާގެ ދަޢުވަތަކަށް، މި ޑިސެންބަރ މަހު 9 އިން 15 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ފަސްވަނަ ދަޥްރާ ޢިލްމިއްޔާ" ގައި ބައިވެރިވެވަޑައިގަތުމަށެވެ. 


ފަޟީލަތުއް ޝައިޚް ޑރ. އަރަފާތު ބިން ޙަސަން އަލް-މުޙައްމަދީ حفظه الله އަކީ މަދީނާގެ މުޙައްދިޘް الشيخ عبد المحسن العباد البدر حفظه الله ދަރިވަރުންގެ ތެރެއިން ދަރިވަރެކެވެ. އަދި ޝެއިޚުގެ އުސްތާޛުންގެ ތެރޭގައި العلامة الفقيه عبيد بن عبدالله الجابري حفظه الله  އަދި الشيخ العلامة ربيع بن هادي المدخلي حفظه الله ހިމެނި ވަޑައިގަންނަވަ އެވެ.


މި "ދަޥްރާ ޢިލްމިއްޔާ" އަކީ 2012 އިން ފެށިގެން އަކީ ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް މަކްތަބާ ސަލަފިއްޔާއިން ރާއްޖޭއިން ބޭރުގެ ސުންނަތުގެ ބޮޑެތި މަޝައިޚުން ގެނެސް މާލޭގައި ކުރިޔަށް ގެންދާ ޢިލްމީ ދަޥްރާ (އަހަރީ ގޮތުން ދައުރުވާގޮތަށް ބާއްވާ ޢިލްމީ މަހާސިންތާ) އަށް އިތުރުވި ބޮޅެކެވެ. މީގެ ކުރީ އަހަރުތަކުގައި މަދީނާ ޔުނިވަރސިޓީގެ ޕްރޮފެސަރ ފަޟީލަތުއް ޝައިޚް ޑރ. ޢަބްދުﷲ ބުޚާރީ حفظه الله އަދި ފަޟީލަތުއް ޝައިޚް ޑރ. މުޙައްމަދު ބިން ޣާލިބް ޢުމަރު حفظه الله އެކުގައި ވަނީ ދަޥްރާތައް ކުރިޔަށް ގެންގޮސްފަ އެވެ.


މި ފަހަރުގެ "ފަސްވަނަ ދަޥްރާ ޢިލްމިއްޔާ" ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މަސްޖިދު ޙުސައިން ޞަލާޙުއްދީންގަ އެވެ. އަދި މި ދަޥްރާގައި ކިޔަވައިދެއްވުމަށް ހަމަޖެހިފައިވާ ދެ މަތުނަކީ ސުނަން އަބީ ދާވޫދުގެ ކިތާބުއް ސުންނާ އަދި ޝާފިޢީ މަޒުހަބުގެ ފިޤުހު ފޮތެއް ކަމުގައިވާ މަތުނު އަބީ ޝުޖާޢު (ފީ ފިޤުހިއް ޝާފިޢީ) އެވެ.


ފަޟީލަތުއް ޝައިޚް ޑރ. އަރަފާތު ބިން ޙަސަން އަލް-މުޙައްމަދީ حفظه الله ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ޝައިޚްގެ މިދަތުރާއިބެހޭ އިތުރު މައުލޫމާތުތައް إن شاءالله ގެނެސްދެމުން ދާނަމެވެ.

 

ދަޥްރާގެ ޝެޑިއުލް:

ނޯޓް: ފުރަތަމަ ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ 9 ޑިސެންބަރ އިޝާ ނަމާދަށް ފަހު އެވެ. 


ދަޥްރާގެ މަތުނު:

 

Like what you see?

Close

Hit the buttons below to follow us, you won't regret it...