5  أصول السنة ގެ މަތުނު - الإمام أبو بكر الحميدي رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 أصول السنة ގެ މަތުނު - الإمام أبو بكر الحميدي رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ސަލަފީ ފޮތް

الإمام أبو بكر عبد الله بنْ الزبير الحمْيدي رحمه الله

حَدَّثَنَا بِشْرُ بنُ مُوسَى حَدَّثَنَا الْحُمَيْدِيُّ قَالَ:
السُّنَّةُ عِنْدَنَا أَنْ يُؤْمِنَ الرَّجُلُ بِالْقَدَرِ خَيْـرِهِ وَشَرِّهِ ، حُلوِهِ وَمُرِّهِ، وَأَنْ يَعْلَمَ أَنَّ مَا أَصَابَهُ لَمْ يَكُنْ لِيُخْطِئَهُ، وَأَنَّ مَا أَحْطَأَهُ لَمْ يَكُنْ لِيُصِيبَهُ ، وَأَنَّ ذَلِكَ كُلَّهُ قَصَاءٌ مِنَ اللَّهِ عزوجل

އަހަރެމެން ދެކޭ ގޮތުގައި ސުންނަތަކީ: މީހާ ޤަދަރުގެ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ. އޭގެ ފޮނިކަމުގެ މައްޗަށާއި އޭގެ ހިތިކަމުގެ މައްޗަށެވެ. އަދި ދަންނާށެވެ. އެމީހަކު ކުށް ކުރުވި ކަމަކީ އެމީހަކަށް މުޞީބާތްކުރުވާ ކަމެއް ނޫނެވެ. އަދި އެމީހަކަށް މުޞީބާތް ކުރުވި ކަމަކީ އެމީހަކު ކުށްކުރުވާ ކަމެއް ނޫނެވެ. އަދި (ދަންނަހުއްޓެވެ.) އެހުރިހާ ކަމަކީ ﷲ ـ عزوجل ـ ގެ ނިންމެވުން ކަމެވެ.

 

وَأَنَّ الْإِيمَانَ قَوْلٌ وَعَمَلٌ ، يَزِيدُ وَيَنْقُصُ، وَلَا يَنْفَعُ قَوْلٌ إِلَّا بِعَمَلٍ، وَلَا عَمَلٌ وَلَا قَوْلٌ إِلَّا بِنِيَّةٍ، وَلَا قَوْلٌ وَعَمَلٌ وَنِيَّةٌ إِلَّا بِسُنَّةٍ.
އަދި (އަހަރެމެން ދެކޭ ގޮތުގައި ސުންނަތަކީ) : އީމާންކަމަކީ ބުނާބަހާ ޢަމަލެވެ. އެއީ އިތުރުވާ މަދުވާ އެއްޗެކެވެ. އަދި ޢަމަލަކާއި އެކު މެނުވީ ނުލައި ބަހަކުން ފައިދާއެއް ލިބިގެން ނުވެއެވެ. އަދި ނިޔަތާއި އެކު މެނުވީ ބަހާއި ޢަމަލުން ފައިދާއެއް ލިބިގެން ނުވެއެވެ. އަދި ސުންނަތާއި އެކު މެނުވީ ބަހާއި ޢަމަލާއި ނިޔަތުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ.


وَالتَّرَحُّمُ عَلَى أَصْحَابِ مُحَمَّدٍ صلى الله عليه وسلم كُلِّهِمْ فَإِنَّ اللَّهَ ـ عزوجل ـ قَالَ: ﴿ وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ ﴾، فَلَمْ نُؤْمَرْ إِلَّا بِالْاسْتِغْفَارِ لَهُمْ
އަދި (އަހަރެމެން ދެކޭ ގޮތުގައި ސުންނަތަކީ) : محمد صلى الله عليه وسلم ގެ އަޞްޙާބުންގެ ހުރިހާ ޞަޙާބީންނަށް ހިތްހެޔޮވުން (އޯގާތެރިކޮށް) ހިތުމެވެ. އެހެނީ ﷲ عزوجل ވަޙީކުރެއްވިއެވެ. ﴿ وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ ﴾ "އަދި އެބައިމީހުންގެ (މުހާޖިރުންނާއި އަންޞާރުން) ފަހުން އައި މީހުން ބުނެތެވެ. އަޅަމެންގެވެރި އިލާހު އެވެ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން އީމާންވި، އަޅަމެންގެ އަޚުންނަށް ފާފަފުއްސަވާނދޭވެ." ފަހެ އެމީހުންގެ ފާފަފުއްސެވުން އެދި އެމީހުންނަށް ދުޢާކޮށްދިނުން ފިޔަވާ އެހެންކަމަކަށް އަހަރުމެންނަށް އަމުރުވެވިގެން ނުވެއެވެ.  

فَمَنْ سَبَّهُم أَوْ تَنَقَّصَهُمْ أَوْ أَحَدًا مِنْهُمْ فَلَيْسَ عَلَى السُّنَّةِ ، وَلَيْسَ لَهُ فِي الْفَيْءِ حَقٌّ. أَخْبَرَنَا بِذَلِكَ غَيْرُ وَاحِدٍ عَنْ مَالِكِ بنِ أَنَسٍ أَنَّهُ قَالَ: قَسَّمَ اللَّهُ تَعَالَى الفَيْءَ فَقَالَ: ﴿ لِلْفُقَرَاءِ الْمُهَاجِرِينَ الَّذِينَ أُخْرِجُوا مِن دِيَارِهِمْ ﴾ ، ثُمَّ قَالَ:: ﴿ وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ ﴾ الْآيَة. فَمَنْ لَمْ يَقُلْ هَذَا لَهُمْ فَلَيْسَ مِمَّنْ جُعِلَ لَهُ الْفَيْءُ
ވީމާ އެޞަޙާބީންނަށް ނުވަތަ އެއިން ޞަޙާބީއަކަށް އެއްޗެތިގޮވާ ނުވަތަ ކުޑައިމީސްކޮށްފި މީހަކީ ސުންނަތުގެ މަތީގައިވާ މީހެއް ނޫނެވެ. އަދި އެމީހަކަށް ފައިއު (ހަނގުރާމައަކާ ނުލައި ޣައިރު މުސްލިމުން އަތުން މުސްލިމުންނަށް ލިބޭ މުދާގައި) އެއްވެސް ޙައްޤެއް ނުވެއެވެ. 

 

އެކަމާއިމެދު އެކަކަށްވުރެ ގިނަމީހުން مالك بن أنس ގެ އަރިހުން ރިވާކުރެއްވި ކަމަށް އަހަރުމެންނަށް ޚަބަރު ލިބިފައިވާ ގޮތުގައި އެބޭފުޅާ ވިދާޅުވިއެވެ: ﷲ ފައިއު ބައިކުރައްވާ ވަޙީކުރެއްވި އެވެ: ﴿ لِلْفُقَرَاءِ الْمُهَاجِرِينَ الَّذِينَ أُخْرِجُوا مِن دِيَارِهِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا وَيَنصُرُونَ اللَّهَ وَرَسُولَهُ أُولَٰئِكَ هُمُ الصَّادِقُونَ ﴾ "އެބައިމީހުންގެ ގެދުރޮންނާއި، އެބައިމީހުންގެ މުދަލުން ނެރެލާފައިވާ ފަޤީރު މުހާޖިރުންނަށް (އެ ފައިއު މުދަލުގައި) ޙައްޤެއްވެ އެވެ. އެބައިމީހުންނަކީ ﷲ ގެ ޙަޟުރަތުން ފަޟުލުވަންތަވެރިކަމާއި ރުހިވޮޑިގަތުން އެދޭ މީހުންނެވެ. އަދި ﷲ އަށާއި، އެއިލާހުގެ ރަސޫލާއަށް ނަޞްރުދޭ މީހުންނެވެ. އެބައިމީހުންނަކީ ހަމަ ތެދުވެރިންނެވެ."
 

ދެން އެއަށްފަހު ވަޙީކުރެއްވިއެވެ: ﴿ وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ ﴾ "އަދި އެބައިމީހުންގެ ފަހުން (މުހާޖިރުންނާއި އަންޞާރުން) އައި މީހުން ބުނެތެވެ. އަޅަމެންގެވެރި އިލާހު އެވެ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން އީމާންވި، އަޅަމެންގެ އަޚުންނަށް ފާފަފުއްސަވާނދޭވެ. އަދި އީމާންވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި ޣިއްލު (ޙަސަދަ، ނަފްރަތު، ރުޅިވެރިކަން) ނުލައްވާނދޭވެ. އަޅަމެންގެ ވެރި އިލާހު އެވެ! ހަމަކަށަވަރުން އިބައިލާހުއީ ނުހަނު އޯގާވަންތަ ރަޙީމްވަންތަ އިލާހު އެވެ." ވީމާ މިފަދައިން އެ ޞަޙާބީންނަށް ނުބުނެއްޖެ މީހަކީ ފައިއު އެމީހަކަށް ލިބިގެންވާ މީހެއް ނޫނެވެ. 

وَالْقُرْآنُ كَلَامُ اللَّهِ ، سَمِعْتُ سُفْيَانَ يَقُولُ: الْقُرْآنُ كَلَامُ اللَّهِ وَمَنْ قَالَ: مَخْلُوقٌ ؛ فَهُوَ مُبْتَدِعٌ، لَمْ نَسْمَعْ أَحَدًا يَقُولُ هَذَا.
އަދި (އަހަރެމެން ދެކޭ ގޮތުގައި ސުންނަތަކީ) : ޤުރުއާނަކީ ﷲގެ ކަލާމްފުޅެވެ. سفيان ވިދާޅުވިއަޑު އަހަރެން އެހީމެވެ. ޤުރުއާނަކީ ﷲ ގެ ކަލާމްފުޅެވެ. އަދި އެއީ މަޚްލޫޤެއް ކަމަށް ބުނާ މީހަކީ ބިދުޢަވެރިއެކެވެ. މިހެން އެއްވެސް މީހަކު ބުނިއަޑެއް އަހަރުމެން ނާހަމުއެވެ.

 

وَسَمِعْتُ سُفْيَانَ يَقُولُ: الْإِيمَانُ قَوْلٌ وَعَمَلٌ وَيَزِيدُ وَيَنْقُصُ، فَقَالَ لَهُ أَخُوهُ إِبْرَاهِيمُ بنُ عُيَيْنَةَ: يَا أَبَا مُحَمَّدٍ، لَا تَقُلْ: يَنْقُصُ.  فَغَضِبَ وَقَالَ: اسْكُتْ يَا صَبِيُّ، بَلْ حَتَّى لَا يَبْقَى مِنْهُ شَيْءٌ. އަދި (އަހަރެމެން ދެކޭ ގޮތުގައި ސުންނަތަކީ) : އަދިވެސް سفيان ވިދާޅުވިއަޑު އަހަރެން އެހީމެވެ. އީމާންކަމަކީ ބަހާއި ޢަމަލެވެ. އަދި އެއީ އިތުރުވެ މަދުވާ އެއްޗެކެވެ. ދެން އޭނާގެ އަޚާ إبراهيم بن عيينة އޭނާއަށް ވިދާޅުވިއެވެ: އޭ أبو محمد އެވެ. މަދުވާ އެއްޗެކޭ ނުބުނާށެވެ. ފަހެ އެހިނދު އެބޭފުޅާ ކޯފާވެވަޑައިގެންނެވި އެވެ. އަދި ވިދާޅުވި އެވެ. "އޭ ކުޑަކުއްޖާއެވެ. ތިޔަހެން ނުބުނާށެވެ. އަދިކިއެއް ހެއްޔެވެ. އެއްވެސް އެއްޗެއް ބާކީ ނެތެންދެން (މަދުވެގެން) ދެއެވެ."
 

وَالْإِقْرَارُ بِالرُّؤْيَةِ بَعْدَ الْمَوْتِ.
އަދި (އަހަރެމެން ދެކޭ ގޮތުގައި ސުންނަތަކީ) : މަރުވުމަށްފަހު (ﷲ) ފެންނާނެ ކަމަށް އިޤްރާރު ވުމެވެ.


وَمَا نَطَقَ بِهِ الْقُرْآنُ وَالْحَدِيثُ مِثْلُ : ﴿ وَقَالَتِ الْيَهُودُ يَدُ اللَّهِ مَغْلُولَةٌ غُلَّتْ أَيْدِيهِمْ ﴾ وَمِثْلُ ﴿وَالسَّمَاوَاتُ مَطْوِيَّاتٌ بِيَمِينِهِ﴾ وَمَا أَشْبَهَ هَذَا مِنَ الْقُرْآنِ وَالْحَدِيثِ لاَ نَزِيدُ فِيهِ ، وَلَا نُفَسِّرُهُ ، نَقِفُ عَلَى مَا وَقَفَ عَلَيْهِ الْقُرْآنُ وَالسُّنَّةُ ، وَنَقُولُ: ﴿الرَّحْمَنُ عَلَى الْعَرْشِ اسْتَوَى﴾ وَمَنْ زَعَمَ غَيْرَ هَذَا فَهُوَ مُعَطِّلٌ جَهْمِيٌّ އަދި (އަހަރެމެން ދެކޭ ގޮތުގައި ސުންނަތަކީ) : ޤުރުއާނާއި ޙަދީޘްގައި ބަޔާންވާ ކަންކަމަށް (އިޤްރާރުވުމެވެ.) މިސާލަކަށް: ﴿وَقَالَتِ الْيَهُودُ يَدُ اللَّهِ مَغْلُولَةٌ غُلَّتْ أَيْدِيهِمْ ﴾ "ޔަހޫދީން ބުންޏެވެ. ﷲ ގެ އަތްޕުޅުވަނީ ބަންދުވެގެންނެވެ. އެބައިމީހުން އަތްތައް ބަންދުވާށި އެވެ." އަދި މިސާލަކަށް: ﴿ وَالسَّمَاوَاتُ مَطْوِيَّاتٌ بِيَمِينِهِ ﴾ "އަދި އުޑުތައް އެ އިލާހުގެ ކަނައަތްޕުޅުން އޮޅާލައްވަ އެވެ." އަދި މިފަދައިން ޤުރުއާނާއި ޙަދީޘްގައިވާ ކަންކަމެވެ. އަހަރުމެން އެކަންކަމަކަށް އިތުރެއް ނުކުރަމެވެ. އަދި އެތަކެތި އިތުރަށް ތަފްސީރުކޮށް ތަފްޞީލު ނުކުރަމެވެ. ޤުރުއާނާއި ސުންނަތުގައި ހުއްޓާލި ހިސާބުގައި އަހަރުމެންވެސް ހުއްޓެނީއެވެ. އަދި އަހަރެމެން ބުނަމެވެ: ﴿ الرَّحْمَنُ عَلَى الْعَرْشِ اسْتَوَى﴾ "ރަޙްމާންވަންތަ ﷲ ވަނީ ޢަރްޝީގެ މަތީގައި އިސްތިވާވެވޮޑިގެންނެވެ." 
މިނޫންގޮތަކަށް ކަނޑައަޅައިފިމީހާ އަކީ (ﷲގެ ސިފަފުޅުތަކަށް އީމާންވުން) ނަފީކޮށް އިންކާރުކުރި ޖަހްމީއެކެވެ. 

 

وَأَلَّا نَقُولَ كَمَا قَالَتِ الْخَوَارِجُ: مَنْ أَصَابَ كَبِيرَةً فَقَدْ كَفَرَ.
އަދި (އަހަރެމެން ދެކޭ ގޮތުގައި ސުންނަތަކީ) : ޚަވާރިޖުން ބުނާގޮތަށް އަހަރެމެން ނުބުނުމަށެވެ. (އެމީހުންބުނެއެވެ.) ބޮޑުފާފައެއް ކޮށްފިމީހާ ފަހެ ކާފަރުވެއްޖެއެވެ.     

 

وَلَا تَكْفِيرَ بِشَيْءٍ مِنَ الذُّنُوبِ ، إِنَّمَا الْكُفْرُ فِي تَرْكِ الْخَمْسِ الَّتِي قَالَ رَسُولُ اللَّهِ صلى الله عليه وسلم ((بُنِيَ الْإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَصَوْمِ رَمَضَانَ، وَحَجِّ الْبَيْتِ)) فَأَمَّا ثَلَاثٌ مِنْهَا فَلَا تُنَاظِرْ تَارِكَهَا: مَنْ لَمْ يَشْهَدْ، وَلَمْ يُصَلِّ، وَلَمْ يَصُمْ؛ لِأَنَّهُ لَا يُؤَخَّرُ شَيْءٌ مِنْ هَذَا عَنْ وَقْتِهِ وَلَا يُجْزِئُ مَنْ قَضَاهُ بَعْدَ تَفْرِيطِهِ فِيهِ عَامِدًا عَنْ وَقْتِهِ
އަދި (އަހަރެމެން ދެކޭ ގޮތުގައި ސުންނަތަކީ) : ފާފަތަކުގެ އެއްވެސް ބާވަތަކުން ތަކްފީރު ނުކުރުމެވެ. 
އެހެނަސް، ހަމަކަށަވަރުން ކާފަރުވުން ވަނީ ފަސްކަމެއް އެޅުމުންނެވެ. އެއީ ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވި ކަންކަމެވެ: (بُنِيَ الْإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَصَوْمِ رَمَضَانَ، وَحَجِّ الْبَيْتِ)  މާނައީ: "އިސްލާމްދީން ބިނާވަނީ ފަސްކަމެއްގެ މައްޗަށެވެ: ﷲ ފިޔަވާ އަޅުކަން ޙައްޤުވާ އެހެން އިލާހަކު ނުވާކަމާއި محمد އަކީ ﷲ ގެ ރަސޫލާ ކަމަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމްކުރުމެވެ. އަދި ޒަކާތް އަދާކުރުމެވެ. އަދި ރަމަޟާންމަހު ރޯދަ ހިފުމެވެ. އަދި ގެފުޅަށް ޙައްޖުވުމެވެ." 

ދެންފަހެ އޭގެ ތެރެއިން ތިންކަމެއް އަޅައިފި މީހާއާ އެހެންމީހުން އެއްފަދަވެގެން ނުވެއެވެ: ޝަހާދަތައް ހެކިނުވާމީހާ އާއި ނަމާދު ނުކުރާ މީހާއާއި ރޯދަ ނުހިފައިފި މީހާއެވެ. ސަބަބަކީ މިއިން އެއްވެސް ކަމަކީ އޭގެ ވަގުތުން ލަސް ނުކުރެވޭނެ ކަންކަމެވެ. އަދި އޭގެ ވަގުތުން ގަސްދުގައި ލަސްކޮށް އެކަންކަން ގެއްލުވާލުމަށްފަހު ޤަޟާ ކޮށްފިމީހާއަށް އެކަން ކުރިކަމުގައި ނުބެލެވޭނެތެވެ. 
 

فَأَمَّا الزَّكَاةُ، فَمَتَى مَا أَدَّاهَا أَجْزَأَتْ عَنْهُ، وَكَانَ آثِمًا فِي الْحَبسِ.
ދެންފަހެ، ޒަކާތާމެދު ދަންނާށެވެ. ފަހެ އެކަން ކޮންމެ ވަގުތަކުވެސް އަދާކޮށްފިނަމަ އެކަމުގެ ޖަޒާލިބިގެންވެއެވެ. (އެކަން ކުރިކަމުގައި ބެލެވިގެންވެއެވެ.) އަދި އެ(އަދާނުކޮށް) ހިފަހައްޓައިގެން ހުރުމުގެ ފާފަ އޭނާގެ ބޮލުގައި އެޅޭނެއެވެ. 

 

وَأَمَّا الْحَجُّ؛ فَمَنْ وَجَبَ عَلَيْهِ وَوَجَدَ السَّبِيلَ إِلَيْهِ، وَجَبَ عَلَيْهِ، وَلَا يَجِبُ عَلَيْهِ فِي عَامِهِ ذَلِكَ حَتَّى لَا يَكُونَ لَهُ مِنْهُ بُدٌّ مَتَى أَدَّاهُ كَانَ مُؤَدِّيًا، وَلَمْ يَكُنْ آثِمًا فِي تَأْخِيرِهِ، إِذَا أَدَّاهُ كَمَا كَانَ آثِمًا فِي الزَّكَاةِ؛ لِأَنَّ الزَّكَاةَ حَقٌّ لِلْمُسْلِمِينَ مَسَاكِينَ حَبَسَهُ عَلَيْهِمْ ، فَكَانَ آثِمًا حَتَّى وَصَلَ إِلَيْهِمْ 
وَأَمَّا الْحَجُّ؛ فَكَانَ فِيمَا بَيْنَهُ وَبَيْنَ رَبِّهِ إِذَا أَدَّاهُ فَقَدْ أَدَّى، وَإِنْ هُوَ مَاتَ وَهُوَ وَاجِدٌ مُسْتَطِيعٌ وَلَمْ يَحُجَّ سَأَلَ الرَّجْعَةَ إِلَى الدُّنْيَا أَنْ يَحُجَّ، وَيَجِبُ لِأَهْلِهِ أَنْ يَحُجُّوا عَنْهُ ، وَنَرْجُو أَنْ يَكُونَ ذَلِكَ مُؤَدِّيًا عَنْهُ، كَمَا لَوْ كَانَ عَلَيْهِ دَيْنٌ فَقُضِيَ عَنْهُ بَعْدَ مَوْتِهِ. 

 

ދެންފަހު ޙައްޖު ދަންނައެވެ. ފަހެ އެމީހަކަށް އެކަމުގެ ދަތުރުގެ މަގު ފަހިވެ، އެމީހެއްގެ މައްޗަށް އެކަން ވާޖިބުވެއްޖެ މީހާ އަށް އެކަން ވާޖިބުވެއްޖެއެވެ. އަދި އެއަހަރުގައި އެކަން އަދާކުރަން ޖެހޭ ޙާލަތުގައި ނޫނީ އޭނާގެ މައްޗަކަށް އެކަން ވާޖިބެއް ނުވާނެއެވެ. އަދި އެކަން ކޮންމެ ހިނދަކު ކުރިއަސް އެކަން އަދާވީއެވެ. އަދި އެކަން ލަސްކުރުމަށްފަހު އެކަން އަދާކޮށްފިނަމަ، ޒަކާތުގައި ފާފަވެރި ވީފަދައިން ފާފަވެރިއެއް ނުވާނެތެވެ. ސަބަބަކީ ޒަކާތަކީ މުސްލިމުންގެ މިސްކީނުންނަށް ޙައްޤުވާ ޙައްޤަކަށް ވާތީ އެވެ. އެމީހުންނާ ހިސާބަށް އެދިޔަ ނުދީ ހިފަހައްޓައިފިނަމަ އެމީހުންނާ ހަމައަށް އެވާޞިލު ވަންދެން އޭނާ ފާފަވެރިވާނެއެވެ.
 

އެހެންނަމަވެސް ޙައްޖަކީ އޭނާއާ އޭނާގެ ރައްބާ ދެމެދުގައިވާ ކަމެކެވެ. އެއަދާކުރުމުން އެކަން އަދާވީއެވެ. އަދި އޭނާއަށް ތަނަވަސްކަންލިބި ކުޅަދާނަކަން ލިބިގެންވީ ހާލުގައި ޙައްޖުނުވެ ހުއްޓާ އެމީހަކު މަރުވެއްޖެ ނަމަ ދުނިޔެއަށް އެނބުރި އައިސް ޙައްޖުވާން ދަންނަވާނެތެވެ. އަދި އޭނާގެ އާއިލާމީހުންނަށް އޭނާގެ ފަރާތުން ޙައްޖުވުން ވާޖިބެވެ. އަދި އަހަރެމެން އުންމީދު ކުރަނީ އެކަމުގެ ސަބަބުން އޭނާއަށް އެކަން އަދާވާނެ ކަމުގައެވެ. އެއީ އޭނާގެ މައްޗަށް ދަރަންޏެއް އޮއްވާ އޭނާ މަރުވުމަށްފަހު އޭނާގެ ފަރާތުން އެކަން އަދާކުރެވުމުން ވާފަދައިންނެވެ. 
تَمَّ الْكِتَابُ وَالْحَمْدُ لِلَّهِ وَحْدَهُ، وَصَلَّى اللَّهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَأَزْوَاجِهِ وَذُرِّيَّتِهِ أَجْمَعِينَ وَسَلَّمَ تَسْلِيمًا كَثِيرًا.

*******

Like what you see?

Close

Hit the buttons below to follow us, you won't regret it...