5 ޢަރަބި ބަހުގެ ޤަވާއިދު – اِسْمُ الْإِشَارَةِ - هَـٰذَا | އިޝާރާތުގެ ނަން - މިއީ - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޢަރަބި ބަހުގެ ޤަވާއިދު

ޢަރަބި ބަހުގެ ޤަވާއިދު – اِسْمُ الْإِشَارَةِ - هَـٰذَا | އިޝާރާތުގެ ނަން - މިއީ

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ ޢަރަބި ބަހުގެ ޤަވާއިދު

މި ފިލާވަޅުގައި ބަޔާންކުރަނީ ނަމުގެ أَنْوَاعُهُ (ވައްތަރުތަކުގެ) ތެރެއިން ވައްތަރެއް ކަމުގައިވާ اِسْمُ الْإِشَارَةِ އިޝާރާތުގެ ނަމާއި ބެހޭގޮތުންނެވެ. اِسْمُ الْإِشَارَةِ (އިޝާރާތުގެ ނަމަކީ) އަތްލެވޭ އެއްޗެއް، ތަނެއް، މީހަކަށް ނުވަތަ ޣައިބުގައިވާ ފިކުރަކަށް (ޢިލްމަށް) އަމާޒުކޮށް (އިޝާރާތްކޮށް) ބުނެވޭ ނަމެވެ. ޣައިބުގައިވާ ފިކުރުގެ މިސާލަކަށް هَـٰذَا عِلْمٌ نَافِعٌ "މިއީ ފައިދާކުރަނިވި ޢިލްމެވެ." هَـٰذَا އަކީވެސް އިޝާރާތް ކުރުމަށް ބޭނުންކުރާ ނަމެކެވެ. هَـٰذَا ކިޔާއިރު ކިޔާނީ هَاذَا މިފަދައިންނެވެ. އެހެނަސް ލިޔާއިރު ލިޔަންޖެހޭނީ ه (ހާ) ޖެހިގެން އޮތް ا (އަލިފު) ނުލައެވެ. هَـٰذَا މިފަދައިންނެވެ. 

 

هَاْ އަކީ حَرْفُ لِلتَنْبِيْهِ ސަމާލުކަން ގެނެސްދޭ حَرْفُ އެވެ.

ذَا އަކީ اِسْمُ الْإِشَارَةِ އިޝާރާތުގެ ނަމެވެ.

 

هَـٰذَا

هَـٰذَا ގެ މާނަ އަކީ 'މިއީ' އެވެ.

هَـٰذَا ބޭނުންކުރަނީ قَرِيْب (ކައިރިއަށް) އިޝާރާތް ކުރާ އިރުގައެވެ.

هَـٰذَا އަކީ مُذَكّرٌ (ފިރިހެން ޖިންސުގެ) ނަމެކެވެ.

هَـٰذَا އަކީ مُفْرَدٌ އެކަހެރި (އެންމެ ފަރާތަކަށް) ބޭނުންކުރާ ނަމެކެވެ.

اِسْمُ الْإِشَارَةِ (އިޝާރާތުގެ ނަމަކީ) مَعْرِفةٌ (ވަކިއެއްޗެއް ޚާއްސަކޮށްދޭ ނަމެއް) އެވެ. އެހެންކަމުން هَـٰذَا އަކީ ވެސް مَعْرِفةٌ އެވެ.

اِسْمُ الْإِشَارَةِ (އިޝާރާތުގެ ނަން) عَاقِلٌ (ބުއްދިހުރި ފަރާތްތަކަށް (މަލާއިކަތުން، ޖިންނީން އަދި އިންސާނުން)) އަދި غَيْرُ عَاقِلٍ (ބުއްދި ނެތް ފަރާތަކަށް (ޖަނަވާރު، އެއްޗެސް، ދިރޭތަކެތި، ތަންތަނަށް)) ވެސް ބޭނުން ކުރެވެއެވެ. އެގޮތުން هَـٰذَا ވެސް މި ދެފަރާތަށް ބޭނުން ކުރެވެއެވެ.

هَـٰذَا ގެ މިޘާލުތައް:

Madinaharabic.com lesson image

Madinaharabic.com lesson image

Madinaharabic.com lesson image

Madinaharabic.com lesson image

 هَـٰذَا كِتَابٌ  هَـٰذَا مَسْجِدٌ  هَـٰذَا بَابٌ  هَـٰذَا بَيْتٌ

މިއީ ފޮތެއް

މިއީ މިސްކިތެއް

މިއީ ދޮރެއްް

މިއީ ގެއެއް

 

مَا هَـٰذَا؟

مَا ގެ މާނަ އަކީ 'ކޮން އެއްޗެއް؟' މިއެވެ.

مَا އަކީ اِسْمٌ إِسْتِفْهَامٌ (ސުވާލު ކުރުމުގެ ނަން) މިއެވެ.

مَا ބޭނުންކުރެވެނީ غَيْرُ عَاقِلٍ ބުއްދި ނެތް ފަރާތަކަށެވެ. މިސާލަކަށް ޖަނަވާރު، އެއްޗެސް، ދިރޭތަކެތި އަދި ތަންތަނެވެ.

مَا އަބުދުވެސް އަންނާނީ ޖުމްލައިގެ ކުރީކޮޅުގައެވެ. ޖުމްލައިގެ ކުރިޔަށް އަކުރެއް އައިސްފައިވާ ޖުމްލައަށް ކިޔަނީ صَدْرُ جُمْلَةٌ އެވެ.

مَا هَـٰذَا ގެ މާނަ އަކީ 'މިއީ ކޮންއެއްޗެއް؟' މިއެވެ.

 

أَهَـٰذَا؟

أَ ގެ މާނަ އަކީ 'ހެއްޔެވެ؟' މިއެވެ.

أَ އަކީ حَرْفُ الإِسْتِفْهَامِ (ސުވާލު ކުރުމުގެ އަކުރު) އެވެ. އަދި މިއަށް هَمْزَةُ الإِسْتِفْهَامِ (ސުވާލު ކުރުމުގެ ހަމްޒާ) ވެސް ކިޔައެވެ.

هَمْزَةُ الإِسْتِفْهَامِ (ސުވާލު ކުރުމުގެ ހަމްޒާ) އަބުދުވެސް އަންނާނީ އެހެނިން ސުވާލުކުރުމުގެ ނަމާއި އަކުރުތައް އަންނަ ފަދައިން ޖުމްލައިގެ ކުރިއަށެވެ.

أَ ބުއްދިހުރި އެއްޗެއްސައް عَاقِلٍ އަދި ބުއްދިނެތް އެއްޗެއްސަށް غَيْرُ عَاقِلٍ ބޭނުން ކުރެވެއެވެ.

أَهَـٰذَا ގެ މާނަ އަކީ 'މިއީ ހެއްޔެވެ؟' މިއެވެ.

 

نَعَمْ އަކީ حَرْفُ جوَابٍ ޖަވާބުގެ އަކުރެވެ.

لا އަކީ حَرْفُ جوَاب و نَفِيْ ޖަވާބުގެ އަދި ނަފީގެ އަކުރެވެ.

 

مَا هَـٰذَا އަދި أَهَـٰذَا ގެ މިޘާލުތައް:

ފޮޓޯ

ޖަވާބު

ސުވާލު

Madinaharabic.com lesson image

هَـٰذَا بَيْتٌ 

މިއީ ގެއެއް

مَا هَـٰذَا؟

މިއީ ކޮން އެއްޗެއް؟

Madinaharabic.com lesson image

هَـٰذَا قَمِيصٌ 

މިއީ ޤަމީހެއް

مَا هَـٰذَا؟

މިއީ ކޮން އެއްޗެއް؟

Madinaharabic.com lesson image

لا، هَـٰذَا قَلَمٌ

ނޫނެކޭ، މިއީ ޤަލަމެއް

أَهَـٰذَا مِفْتَاحٌ؟

މިއީ އާފަލެއް ހެއްޔެވެ؟

Madinaharabic.com lesson image

نَعَمْ، هَـٰذَا بَيْتٌ

އާނއެކޭ، މިއީ ގެއެއް

أَهَـٰذَا بَيْتٌ؟

މިއީ ގެއެއް ހެއްޔެވެ؟

Madinaharabic.com lesson image

لا، هَـٰذَا كُرْسِيٌّ

ނޫނެކޭ، މިއީ ގޮޑިއެއް

أَهَـٰذَا سَرِيرٌ؟

މިއީ އެދެއް ހެއްޔެވެ؟

Madinaharabic.com lesson image

هَـٰذَا نَجْمٌ

މިއީ ތަރިއެއް

مَا هَـٰذَا؟

މިއީ ކޮން އެއްޗެއް؟

 

مَنْ هَـٰذَا؟

مَنْ ގެ މާނަ އަކީ 'ކާކު؟' މިއެވެ.

مَنْ އަކީވެސް اِسْمٌ إِسْتِفْهَامٌ (ސުވާލު ކުރުމުގެ ނަން) މިއެވެ.

مَنْ ބޭނުން ކުރެވެނީ عَاقِلٍ ބުއްދިހުރި ފަރާތްތަކަށެވެ. އެބަހީ އިންސާނުން، ޖިންނީން އަދި މަލާއިކަތުންނަށެވެ..

مَنْ هَـٰذَا ގެ މާނަ އަކީ 'މިއީ ކާކު؟' މިއެވެ.


مَنْ هَـٰذَا ގެ މިޘާލުތައް:

ފޮޓޯ

ޖަވާބު

ސުވާލު

 ar-doctor.jpg

هَـٰذَا طَبِيبٌ

މިއީ ޑޮކްޓަރެއް

مَنْ هَـٰذَا؟

މިއީ ކާކު؟

 ar-boy.jpg

هَـٰذَا وَلَدٌ

މިއީ ފިރިހެން ކުއްޖެއް

مَنْ هَـٰذَا؟

މިއީ ކާކު؟

 ar-student.jpg

هَـٰذَا طَالِبٌ

މިއީ ކިޔަވާކުއްޖެއް

مَنْ هَـٰذَا؟

މިއީ ކާކު؟

 Man.jpg

هَـٰذَا رَجُلٌ

މިއީ ފިރިހެން މީހެއް

مَنْ هَـٰذَا؟

މިއީ ކާކު؟

Like what you see?

Close

Hit the buttons below to follow us, you won't regret it...