ޢަރަބި ބަހުގެ ޤަވާއިދު

ޢަރަބި ބަހުގެ ޤަވާއިދު – الحركات (ޢަރަބި ބަހުގެ ޙަރަކާތްތައް)

ޝާއިޢުކުރީ: މައްކްތަބާ ސަލަފިއްޔާ. ކެޓަގަރީ ޢަރަބި ބަހުގެ ޤަވާއިދު

Arabic_Grammar_Rules_Book_1-_Harakath.jpg

حركة ޙަރަކާތަކީ ފިލި ތަކެވެ. ޢަރަބި ބަހުގައި ތިން ފިއްޔެއް ވެއެވެ.

1. الحركات الثالثة | ތިން ޙަރަކާތް (ފިލި)

ضَمَّةٌ ـُ 
كَسْرَةٌ ـِ  
فَتْحَةٌ  ـَ
އުބުފިލި އިބިފިލި އަބަފިލި

 

2. التنوين | ތަންވީން

ކަލިމައެއް ނިމޭއިރު ކުރުފިލި ދެ ފިލި އެއްވުމުން އެއަށް ކިޔަނީ تنوين ތަންވީން އެވެ. ތަންވީންވެސް ތިން ގޮތަކަށް ވެއެވެ.

ضَمَّتان ـٌ كَسْرَتان ـٍ  فَتْحَتان ـً 
އުންބުންފިލި އިންބިންފިލި އަންބަންފިލި

އިތުރުވާ ފިލިން ރަމްޒުކޮށްދެނީ (نْ) ސުކުންވެގެންވާ ނޫނެވެ. ލިޔާއިރު نْ ނުލިޔާނެ އެވެ. އެހެނަސް ކިޔާއިރު ކިޔާނީ ސުކުންވެގެންވާ ނޫނުގެ އަނޑު ފާޅުވެގެންވާ ގޮތަށެވެ.

މިސާލަކަށް؛

ﺑَﻦْ - بً

ﺑِﻦْ - بٍ

ﺑُﻦْ - بٌ

مَسْجدُنْ مَسْجدٌ

 

3. ޢަރަބި ބަހުގައި ފިލީގެ އިތުރުން ބޭނުން ކުރެވޭ ނިޝާންތައް


* سكون ـْ (ސުކުނަކީ އެ އަކުރެއްގެ އަޞްލު އަޑުގެ މައްޗަށް ހިމޭންވާންޖެހޭ ކަމުގެ ނިޝާނެކެވެ.)

الشدة ـّ (ޝައްދާ ނުވަތަ ތަޝްދީދަކީ އެއަކުރެއް ޖެހިގެން އައުމުން، އަކުރުގެ އަޑު އެއްވެގެންދާކަން އަންގައިދިނުމުގެ ގޮތުން ބޭނުން ކުރެވޭ ނިޝާނެކެވެ.)

* المد ~ (މައްދަކީ ދެމޭ އަޑުގެ ނިޝާނެވެ.)

Like what you see?

Close

Hit the buttons below to follow us, you won't regret it...