ޢަރަބި ބަހުގެ ޤަވާއިދު – الكلمةُ وأقسامها (كَلِمَ އަދި އޭގެ ބައިތައް)
الكلمةُ
كَلِمَ އަކީ حرفُ (އަކުރު) ތަކަކާއި (أ-ب-ت-ث-ج...) އަދި ޙަރަކާތްތަކަކުން (ـُ، ـِ، ـَ...) ހެދިފައިވާ މާނައެއް ލިބިގެންވާ މުފްރަދު ލަފްޒެކެވެ. މިސާލަކަށް قَلَمٌ (ޤަލަން) މި كَلِمَ ހެދިފައިވަނީ ق,ل,م މި އަކުރުތަކަށް ގެނެވުނު ފިލި (حركات) ތަކަކުން ނެވެ. قَلَمٌ މި ލަފްޒުގެ އަކުރުތައް (ق,ل,م) ވަކިވަކިން ހުރިއިރު އެއަށް އެއްވެސް މާނައެއް ލިބިގެން ނުވެއެވެ. އެހެނަސް، އެ ތިން އަކުރަށް ގެނައި ޙަރަކާތްތަކަކާއިއެކު އެއަށް (قَلَمٌ އަށް) ވަނީ ވަކި މާނައެއް ދެވިފައެވެ. الكلام ނުވަތަ ބަސްފުޅަކީ މުސްތަޤިއްލުކޮށް ފައިދާކުރުވަނިވި މާނައެއްވާގޮތަށް، ދޭއް ނުވަތަ އެއަށްވުރެ ގިނަ كلمَاتٌ (كَلِمَ ތަކަކުން) ހެދިފައިވާ الجملة އެކެވެ. އެހެންކަމުން ޢަރަބި ބަސް އުފެދިފައިވަނީ އަކުރުތަކަކުން ކަލިމަތަކެކެވެ. އަދި ކަލިމަތަކަކުން ޖުމްލައަކަށެވެ. ތިރީގައިވާ ޓޭބަލްގައި އޭގެ މިޘާލް ވަނީ ބަޔާންކުރެވިފައެވެ.
1 | 2 | 3 |
حرفُ | كَلِمَ |
الكلام (أو: الجملة) |
މާނައެއް ލިބިގެން ނުވާ أ-ب ގެ އަކުރު |
ބަސް | ޖުމްލަ ނުވަތަ ބަސްފުޅު |
ق,ل,م,ج,ي,د | قَلَمٌ, جَدِيْدٌ |
اَلْقَلَمُ جَدِيْدٌ |
أقسام الكلام
ޢަރަބި ބަހުން ވާހަކަ ދައްކާއިރު ބޭނުންކުރާ كَلِمَ ތައްް މައިގަނޑު ގޮތެއް ގައި 3 ބަޔަށް ބަހާލެވިގެންވެއެވެ.
1 | 2 | 3 |
الاسمُ |
الفعلُ |
الحرفُ |
ނަން | ކަން | އަކުރު |
بَيْتٌ ގެ |
زَهَبَ ހިނގައްޖެ |
إلى އަށް |
زَهَبَ إلى بَيْتٍ އޭނާ ގެއަށް ހިނގައްޖެއެވެ.
1. اَلاِسْمُ | ނަން
الاسم هو الكلمة التي تدل على معنى في نفسها ولا تقترن بزمان. اسم އަކީ އެ ބަހެއްގެ ޒާތުގައި މާނައެއްވާކަން (އެއްޗެއްކަން، ތަނެއްކަން، ފަރާތެއްކަން) އަންގައިދޭ ކޮންމެ ބަހެކެވެ. އަދި އެބަހުގައި އެއްވެސް ޒަމާނަކާއި ގުޅުމެއް ނުވާ ކޮންމެ ބަހެކެވެ.
أقسام الاِسْمُ | ނަމުގެ ބައިތައް
ޢަރަބި ބަހުގައި اسم (ނަން) 5 ބަޔަކަށް ބަހާލެވިގެންވެއެވެ.
1 | 2 | 3 | 4 | 5 |
اِسْمٌ | ضَمِيْرٌ | ٌنَعْتٌ / صِفَة |
ٌضَرْف | ِاِسْمُ الفِعْل |
ނަން | ބަދަލުނަން | ނަން އިތުރު | ކަން އިތުރު | ކަމުގެ ނަން |
أحمدٌ, قَلَمٌ, هذا,الطَّالِبِ | ,أَنَا, هُوَ هِيَ |
مفيد |
فَوْقَ, أَمَامَ, تَحْتَ, خَلْفَ | هيهاتَ, أُفٍّ |
މަތީގައި ބަޔާންކުރެވުނު اِسْمُ ގައިވެސް ތަފާތު ވައްތަރުގެ އިސްމުތައް ވެއެވެ. ހަމައެފަދައިން ضَمِيْرُ ،نَعْتُ، ضَرْفُ އަދި اِسْمُ الفِعْلِ ގައިވެސް ތަފާތު ވައްތަރުތައް ވެއެވެ.
2. الفعلُ | ކަން
فعلُ (ކަމަކީ) ޒަމާން ދޭހަކޮށްދޭ ކޮންމެ ބަހެކެވެ.
فعلُ ގެ ބާވަތްތައް
1 | 2 | 3 |
الفعلُ ماضي |
الفعلُ مضارع |
فعلَ أمرٍ |
މާޟީގައި ހިނގާފައިވާ ކަން | ހިނގަމުންދާ ކަން |
އަމުރު ކުރާ ކަން |
خرج ނުކުމެއްޖެ |
يخرج ނުކުންނަކީ |
أخرج ނުކުންނާށޭ |
3. الحرفُ | އަކުރު
حرفُ އަކީ ނަންތަކާއި ކަމާއި ގުޅުވުމަށް އަދި ޖުމްލަތަކުގެ ދެމެދުގައި ބޭނުންކުރެވޭ ކޮންމެ ބަހެކެވެ. މި ތަނުގައި حرفُ ނިޞްބަތް ކުރަނީ މާނަ ލިބިގެންވާ އަކުރު ތަކަކަށެވެ. މިއީ (أ-ب-ت-ث-ج...) ގެ އަކުރު ތަކަށް ނިޞްބަތްކޮށް ބުނެވޭ حرفُ އެއް ނޫނެވެ.
أقسام الحرفُ | އަކުރުގެ ބައިތައް
1 | 2 |
حرف جر |
حرف عطف |
عا مل (މިއީ އެ އަކުރުތަކުން އެއާއި ޖެހިގެން އޮންނަ ކަލިމައަށް އަޘަރ ކުރުވާ އަކުރު ތަކެވެ.) |
غير عا مل (މި އަކުރުތަކުން އެއާއި ޖެހިގެން އިންނަ ކަލިމައަށް އަޘަތު ނުކުރުވައެވެ.) |
مثلُ: من - إلى - عن - على - في |
مثلُ: و - ثم - حتى - أَو - أَم |