 ޢީދު ދުވަހާއި ހުކުރު ދުވަސް ދިމާވުމުން ޢަމަލު ކުރަން ވާޖިބުވެގެންވާ ގޮތް - الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله

ކެޓަގަރީ ޢީދު ނަމާދު


الشَّيْخُ الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله 

ސުވާލު: ޢީދު ދުވަހާއި ހުކުރު ދުވަހާ ދިމާވުމުން، ހުކުރުނަމާދު ގެ ޙުކުމަކީ ކޮބައިތޯ އެވެ؟ ހުކުރު ނަމާދު ޤާއިމްކުރުން އެންމެހައި މުސްލިމުންނަށް ވާޖިބުވެގެންވާނެ ތޯ އެވެ؟ ނުވަތަ ވާޖިބުވެގެންވަނީ މީސްތަކުންގެ ތެރެއިން ބައެއް މީހުންނަށް ތޯ އެވެ؟ އެހެނީ ބައެއް މީހުން ދީނުގައި ޤަބޫލުކުރާ ގޮތަކީ ޢީދު ދުވަސް ހުކުރު ދުވަހާ ދިމާވުމުން އެދުވަހުގައި ހުކުރު ކުރުމެއް ނޯންނާނެ ކަމުގަ އެވެ.


ޖަވާބު: އިމާމް މީހާއަށް އަދި ޚުތުބާ ދިނުމުގައިވާ މީހާއަށް ވާޖިބުވެގެންވަނީ މިސްކިތަށް، އެ ޖަމާޢަތަށް ޙާޟިރުވި ބަޔަކާ އެކުގައި ހުކުރުނަމާދު ކުރުމެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم މިފަދައިން (ހުކުރު ދުވަހާއި އީދު ދުވަސް ބައްދަލު ވުމުން) ޢަމަލުފުޅު ކުރައްވަ އެވެ. (ޙަދީޘްގައިވެ އެވެ.) ޞަޙީޙުގައި ޞަޙާބީ النعمان بن بشير رضي الله عنهما އަރިހުން ރިވާވެގެންވެ އެވެ. އަދި އެދުވަހުގައި ހުކުރު ނަމާދު ކުރެއްވި އެވެ. ޢީދު ދުވަހުގައި ނަބިއްޔާ صلى الله عليه وسلم ޢީދު ނަމާދު ކުރެއްވި އެވެ. އަދި ޢީދު ނަމާދުގައި އާއި ހުކުރު ނަމާދުގައިވެސް سبح (ސައްބިޙިސްމަ ސޫރަތް) الغاشية (ޣާޝިޔާ ސޫރަތް) ކިޔުއްވި އެވެ.


އެހެނަސް މީސްތަކުގެ ތެރެއިން އެ ދުވަހުގައި ޢީދު ނަމާދަށް ޙާޟިރުވެއްޖެ މީހާއަށް، އެ ދުވަހުގެ ހުކުރު ޖަމާޢަށް ދޫކޮށްލެވިދާނެ އެވެ. އަދި އޭނާގެ ގޭގައި އޭނާގެ އަޚުންނާ އެކުގައި މެންދުރު ނަމާދު ކުރާނީ އެވެ. އެއީ އޭނާ ޢީދު ނަމާދަށް ޙާޟިރުވި ނަމަ އެވެ. އަދި މީސްތަކުންނާ އެކުގައި ހުކުރު ކުރުން އެއަށްވުރެ ހެޔޮކަން ބޮޑުވެގެންވެ އެވެ. އަދި އޭނާ ޢީދު ނަމާދަށް ޙާޟިރުވުމުން ހުކުރު ނަމާދު ދޫކޮށް އޭނާ އެދުވަހުގައި މެންދުރު ނަމާދު އެކަނި ނުވަތަ ޖަމާޢަތެއް ހަދައިގެން ކުރުމަކީ މައްސަލައެއް ނޫނެވެ. بارك الله فيكم
****

ފަތުވާ ނަގާފައިވަނީ : http://goo.gl/6WafSK

 

Like what you see?

Close

Hit the buttons below to follow us, you won't regret it...