ޢީދު ދުވަހާއި ހުކުރު ދުވަސް ދިމާވުމުން ޢަމަލު ކުރަން ވާޖިބުވެގެންވާ ގޮތް - الإِمَامُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله
ސުވާލު: ޢީދު ދުވަސް ބައްދަލުވީ ހުކުރު ދުވަހާ އެވެ. މިސްކިތުގެ އިމާމް މީހާ، މައުމީންނާ އެކުގައި ހަމައެކަނި މެންދުރުނަމާދުކޮށް ނިންމާލީ އެވެ. ހުކުރުނަމާދު ނުކޮށް ޚުތުބާއެއް ނުކިޔައި ހަމައެކަނި މެންދުރު ނަމާދުކޮށް ނިންމާލުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު: ތިޔަ މައްސަލައިގައި ޢިލްމުވެރިންގެ رحمهم الله މެދުގައި ޚިލާފްވެ އެވެ. ސުންނަތުގައި ބަޔާންވެގެންވާ ދަލީލުތަކުގެ އަލީގައި، ތިޔަ މައްސަލައިގެ ރާޖިޙް (ޞައްޙަ) ވެގެންވާ ގޮތަކީ، އެ ދުވަހުގައި މީސްތަކުން ޢީދު ނަމާދުކުރާ، މުސައްލާގައި ޢީދު ނަމާދުކުރުމެވެ. އަދި އެދުވަހުގައި އިމާމުން (ހުކުރު ވަޤުތުގައި) މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުމެވެ.
އަދި އެދުވަހުގެ ޢީދު ނަމާދުގެ ޚުތުބާގައި، އަހަރެމެންނާއި އެކުގައި މި ޖަމާޢަތުގައި ބައިވެރިވި މީހާއަށް، ހުކުރު ނަމާދު ލާޒިމެއް ނުވާނޭ ބުނުމެވެ. އަދި އޭނާ (ބޭނުން ކަމުގައިވާނަމަ) އޭނާގެ ގޭގައި މެންދުރު ނަމާދު ކުރުމެވެ. އެހެނަސް މިސްކިތްތަކުގައި އެތަނެއްގައި މެންދުރުވަޤުތު ހުކުރުނަމާދު ނޫނީ ކޮށްގެން ނުވާނެ އެވެ.
ފަހެ، އެހެންވުމުން އަހަރެމެން ބުނަމެވެ. ހުކުރު ދުވަހަކާއި ޢީދު ދުވަހެއް ދިމާވުމުން، ކޮންމެހެންވެސް އެދުވަހުގައި ޢީދު ނަމާދު ކުރަންޖެހޭނެ އެވެ. އަދި އެ ޢީދު ނަމާދަށް ޚާޟިރުވެއްޖެ މީހަކަށް، އެ ދުވަހުގައި މެންދުރު ވަޤުތުގައި އިމާމްއާ އެކުގައި ހުކުރު ނަމާދު ކުރުން ނޫނީ ގޭގައި މެންދުރު ނަމާދު ކުރުމަށް އިޚްތިޔާރު ލިބިގެންވެ އެވެ.
ދެވަނައީ : ހުރުނަމާދު އެ ތަނުގެ މިސްކިތްތަކުގައި ޤާއިމްކުރުން ވާޖިބުވެގެންވެ އެވެ. އެ ޖަމާޢަތަށް ހާޞިރުވި މީހާއަށް އިމާމްއާ އެކުގައި ހުރުނަމާދު ކުރުން ހުއްޓެވެ. އެ ޖަމާޢަތަށް ޙާޟިރުނުވާ މީހާއަށް އޭނާގެ ގޭގައި މެންދުރުނަމާދު ކުރުން ހުއްޓެވެ.
ތިންވަނައީ : އެ ދުވަހުގައި މިސްކިތްތަކުގައި މެންދުރު ނަމާދު ކޮށްގެން ނުވާނެ އެވެ. ސަބަބަކީ އެދުވަހުގައި ވާޖިބުވެގެންވަނީ މިސްކިތްތަކުގައި ހުކުރުނަމާދު ކުރުމެވެ. މެންދުރު ނަމާދު ކޮށްގެން ނުވާނެ އެވެ.
މިއީ މިމައްސަލައިގައި ސުންނަތުގައި ދަލީލު ކުރެވިގެންވާ ޞައްޙަ ރާޖިޙު ގޮތެވެ.
****
ފަތުވާ ނަގާފައިވަނީ : https://goo.gl/yz6ur3