ވިތުރި ޢަދަދަށް ކަދުރު ކެއުންއޮތީ ކޮން ޙާލަތެއްގައި ކަން - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله
ސުވާލު: ރޯދަވެރިޔާ ރޯދަ ވީއްލާ ވަޤުތުގައި ވަކި ޢަދަދަކަށް ކަދުރުން ރޯދަވީއްލަން ޖެހޭކަން އަހަރެން އަޑުއެހީމެވެ. އެއީ 5 ކަދުރުން ނުވަތަ 7 ކަދުރުންނެވެ. މިގޮތުގަ އެވެ. ފަހެ މިއީ ވާޖިބުވެގެންވާ ކަމެއްތޯ އެވެ؟
ޖަވާބު: ތިޔައީ ވާޖިބުވެގެންވާ ކަމެއްނޫނެވެ. އަދި ކިޔެއްތޯ، ތިޔައީ ސުންނަތެއްވެސް ނޫނެވެ. ރޯދަ ވީއްލާހިނދުގައި ވިތުރި ޢަދަދުން 3 ކަދުރުން، 5 ކަދުރުން، 9 ކަދުރުން ރޯދަ ވީއްލުމަކީ ސުންނަތެއް ނޫނެވެ. މިގޮތުގައި ޢަމަލުކުރުން އޮތީ ޢީދު ދުވަހުގައި އެވެ. ފިތުރު ޢީދު ދުވަހުގަ އެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم އަރިހުން، ނަބިއްޔާ صلى الله عليه وسلم ޢީދު ނަމާދަށް ކަދުރު ފަރިއްކުޅުއްވައިގެން މެނުވީ ވަޑައިނުގަންނަވާ ކަމަށް ވާރިދުވެގެންވެ އެވެ. އަދި ކަދުރު ފަރިއްކުޅުއްވަނީ ވިތުރި ޢަދަދަށެވެ. ފަހެ މިނޫން ތަނެއްގައި، ނަބިއްޔާ صلى الله عليه وسلم ކަދުރު ވިތުރި ޢަދަދަށް ފަރިއްކުޅުއްވުމަށް ޤަޞްދު ކުރައްވައިގެން ފަރިއްކުޅުއްވާ ކަމުގައިވާރިދުވެގެންނުވެ އެވެ.
*****
ފަތުވާ ނަގާފައިވަނީ : https://goo.gl/IjQpsd