އަންހެނުން އަތްކުރު ހެދުން ލުމާއި، ޖީންސު ލުމާއި، ޓައީ އެޅުން - العَلَّامة الشيخُ صالح الفوزان حفظه الله

ކެޓަގަރީ ފޭރާމުގެ ހުކުމްތައް

ސުވާލު: أحسن الله إليكم. ފަޟީލަތުއް ޝެއިޚް އެވެ. އަންހެނުން އަތްކުރު ހެދުންލުމަކީ ހުއްދަކަމެއްތޯ އެވެ. އަދި އަންހެނުން ފަޓުލޫނު (ޖިންސު) ލުން ހުއްދަވާނެހެއްޔެވެ. ނުވަތަ މިކަމަކީ ކާފަރުންނަށް ތަޝައްބުހު ވުމުގެ ތެރެއިން ހިމެނޭ ކަމެއްތޯ އެވެ؟ އަދި ކަރުގައި އެޅުމަށް ތައްޔާރުކޮށް "ކަރާފައްތަ" ގެ ނަމުން ނަންދީފައިވާ (ޓައީ) އަށްވެސް އޮތީ މިޙުކުމް ހެއްޔެވެ؟ އެއްގޮތް ވުމުގެ ގޮތުން މި އެޅުމުން އަދި މި ޓައީ އެޅުމަށް ވަޒީފާގައި އުޅޭ ފަރާތުން މަޖްބޫރު ކޮށްފި ހިނދުގައި މުސްލިމް މީހާގެ ޢަމަލު ބެހެއްޓުން އޮތީ ކޮންފަދައަކުން ހެއްޔެވެ؟

 
ޖަވާބު: މި ސުވާލުކޮށްފައިވަނީ 3 ކަމެއްގެ މައްޗަށެވެ.

އަންހެނުންނަށް އަތްކުރު ހެދުންލުމާއި ބެހޭގޮތުންނެވެ: މިއީ އަންހެނުންނަށް ހުއްދަވެގެންވާ އެއްޗެއް ނޫނެވެ. ސަބަބަކީ އަންހެނާގެ މުޅިހަށިގަނޑަކީ ޢައުރަ އެކެވެ. އަންހެނާ ފޭރާމުގެ ގޮތުގައި ބޭނުން ކުރަންވާނީ މުޅި ހަށިގަނޑު އެކުއެކީގައި ނިވާކުރާނެ ފޭރާމެކެވެ. ކުރު ހެދުން ނުވަތަ އަތްކުރު ހެދުން ބޭނުންކޮށްގެން ނުވާނެ އެވެ. މުޅި ހަށިގަނޑު އެކުއެކީގައި ނިވާކުރާނެ ފޭރާން ބޭނުން ކުރަންޖެހޭނެ އެވެ. އެއީ މުޅި ހަށިގަނޑަކީ ޢައުރަ ކަމުގައި ވުމުންނެވެ. 

ދެވަނަ ސުވާލަކީ، ފަޓްލޫނު ލުމުގެ ޙުކުމެވެ. އަންހެނުން ފަޓުލޫނު ލުން ހުއްދައެއް ނުވާނެ އެވެ. ސަބަބަކީ އެއީ ހަށިގަނޑު ނިވާކުރާ އެއްޗެއް ނޫނެވެ. އަދި ކިޔެއްހެއްޔެވެ! އޭގެ ސަބަބުން އަންހެނުންގެ މައްޗަށް ފިތުނަވެރިވުން ބޮޑުވެގެންދެ އެވެ. އެއީ އެއިން އަންހެނާގެ ހަށިގަނޑުގެ ގުނަވަންތައް ބަޔާންކޮށްދޭ އެއްޗެކެވެ. ހަށިގަނޑުގެ ވަނާތައް ފާޅުކޮށްދޭ އެއްޗެކެވެ. މިއީ ބޭނުން ކުރަން ހުއްދައެއްޗެއް ނޫނެވެ. އަދި މީގެ އިތުރަށް ކާފަރު އަންހެނުންނަށް ތަޝައްބުހުވެ އެވެ. މިއީ މުސްލިމް އަންހެނުންގެ ފެރާމެއް ނޫނެވެ. ސަބަބަކީ މުސްލިމް އަންހެނުންނަށް އަމުރުކުރެވިގެންވަނީ ހަށިގަނޑު އެކުއެކީގައި ނިވާކުރާނެ، ވަނާތައް ވަންހަނާކުރާނެ، ހަށިގަނޑަށް ބާރުނުވާނެ ފޭރާން ބޭނުން ކުރުމެވެ. މުސްލިމް އަންހެނުންގެ ފޭރާމަކީ މި އެވެ. އެއީ މުޅި ހަށިގަނޑު ނިވާކުރާނެ، ހަށިގަނޑަށްވުރެ ފުޅާ، ބާރު ނޫން ހެދުމެއްގެ ގޮތުގައިވުމެވެ. އަދި ބައެއް ހެދުންތައް ފަދައިން ތުނިވެ އެތެރެ ފެންނަ، ތުނިވެ ހަށިގަނޑު ސިފަވާނެ ހެދުމެއްގެ ގޮތުގައި ނުވުމެވެ. އަދި ގެއިން ބޭރަށް ނުކުންނަ ހިނދުގައި އެއްވެސް ޒީނަތެއް އެކުލެވިފައިވާ ފޭރާމެއްގެ ގޮތުގައި ނުވުމެވެ. އަންހެނާ އޭނާގެ ގެއިން ނުކުންނަ ހިނދުގައި ބޭނުންކުރާ ފޭރާމަކީ އޭގައި އެއްވެސް ޒީނަތެއް ނުވާ ސާދާ ފޭރާމެއްގެ ގޮތުގައިވުމެވެ. މިއީ، މުސްލިމް އަންހެނާގެ ފޭރާމުގައި ހުންނަންޖެހޭ ސިފަތަކެވެ. ފަހެ، ފަޓްލޫނަކީ މިސިފަތައް އޭގެ މައްޗަށް ޤާއިމްކުރެވޭ ފޭރާމެއް ނޫނެވެ. ފަހެ، މުސްލިމް އަންހެނާ އެ ފޭރާން ބޭނުންކޮށްގެން ނުވާނެ އެވެ. 

ތިންވަނަ ސުވާލަކީ، އެމީހުން ނަންދީފައިވާ "ކަރާފައްތާ" (ޓައީ) އެވެ. މިއީ ނަޞާރާއިން އެބައިމީހުން ކަރުގައި އަޅާ ޞަލީބާއި އެއްގޮތް (އެއްވައްތަރު، އެއްފަދަ) ވެވޭ އެއްޗެކެވެ. މިއީ އެބައިމީހުންނާ އެއްވައްތަރު ވެވޭ ކަމެކެވެ. ސަބަބަކީ ނަޞާރާއިން، އެބައިމީހުންގެ ކަރުގައި ޞަލީބް އަަޅަ އެވެ. ފަހެ މުސްލިމްގެ ތެރެއިން ބަޔަކުމީހުން އެ ނަޞާރާއިން ތަޤްލީދުކޮށް ކަރާފައްތާ އެޅި އެވެ. މިއީ ތަޝައްބުހު ވުމެވެ. މިއީ މުސްލިމުންގެ ފޭރާންތަކުގެ ތެރެއިންވާ ފޭރާމެއް ނޫނެވެ. އެހެނަސް މިއެތި އަހަރެމެންގެ ތެރެއަށް އައިސްފައިވަނީ ކާފަރު މުޖްތަމަޢު އިންނެވެ. އަދި މިކަމުގެ އަޞްލަކީ، އެއީ ކަރުގައި ޞަލީބު އެޅުމެވެ. ފަހެ، މުސްލިމަކު މިި ކަރާފައްތާ އެޅުމެއް ނުވެ އެވެ. އަދި އޭނާ މަސައްކަތް ކުރާތަނުގެ ފަރާތުން އޭނާއަށް މި ޓައީ އެޅުމަށް މަޖްބޫރު ކުރުވާނަމަ، (ދަންނަ ހުއްޓެވެ.) މަސައްކަތް ވަރަށްވެސް ގިނަ އެވެ. އޭނާ އެހިނދުގައި އެހެންތަނެއް ހޯދައި އެހެން ޢަމަލަށް ދާނީ އެވެ. އާއެކެވެ.    
 
***
ބަސްތައް ނަގާފައިވަނީ : http://goo.gl/odhtzd 


 

ފޭރާމުގެ ހުކުމްތައް: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ފިރިހެން ކުދިން އަތުގައި ރޮދިން ވިޔެފައި ހުންނަ ފަށް އެޅުން - الإمام العلامة الشيخ صالح الفوزان حفظه الله | 27 އޭޕްރީލް 2020

އަންހެނުންގެ ޢަބާއަ ކަޅު ކުލައިގައި ވުން ލާޒިމްވެގެންވޭތޯ އެވެ؟ - الشَّيْخ أ.د. عَبْدُ اللهِ بِنْ عَبْدُ الرَّحِيْم البُخَارِي حفظه الله | 15 ޖެނުއަރީ 2017

ޓައީ އެޅުން ޢާންމު ވެފައިވާ މުޖުތަމަޢުއެއްގައި ޓައީ އެޅުމުގެ ޙުކުމް - العلامة المحدث الشيخ عَبْدُ المُحسِن العَبَّاد حفظه الله | 07 ނޮވެމްބަރ 2016

ޤުރެޖުއޭޝަން އަދި ޙަފްލާތުގައި ލުމަށް ޙާއްޞަ ކުރެވިފައި ހުންނަ ހެދުން - الشيخُ العلاَّمة صَالح الفَوزَان حفظه الله | 21 އޮކްޓޯބަރ 2016

އަންހެނުން އަތްކުރު ހެދުން ލުމާއި، ޖީންސު ލުމާއި، ޓައީ އެޅުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 03 އޭޕްރީލް 2016

ޒީނަތްތެރިކަން ފާޅުކުރުމާއި އޭގެ ނުރައްކައުތެރިކަން - سماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 20 ސެޕްޓެމްބަރ 2015

ފިރިހެނުން ބޯ ހާމަކޮށް ބެހެއްޓުން - الإِمَامُ العَلاَّمَة رَبِيْعُ بِنْ هَادِيْ المَدْخَلِي حفظه الله | 04 ސެޕްޓެމްބަރ 2015

ފަގުޑި އެޅުމަކީ ސުންނަތަށް ތަބަޢަވުންތޯ އެވެ! - الإِمَام ابِنْ العُثَيْمِيْن - الإِمَام الأَلْبَانِي އަދި الإِمَام ابن باز رحمهم الله ގެ ފަތުވާ | 06 އޭޕްރީލް 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...