ޓައީ އެޅުން ޢާންމު ވެފައިވާ މުޖުތަމަޢުއެއްގައި ޓައީ އެޅުމުގެ ޙުކުމް - العلامة المحدث الشيخ عَبْدُ المُحسِن العَبَّاد حفظه الله

ސުވާލު: ޓައީ އެޅުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ ޚާއްޞަކޮށް އެމީހަކު އުޅެނީ މި އާދަކާދަ ފެތުރިފައިވާ ޤައުމެއްގަ އެވެ. އަދި ޓައީ އެޅުމަކީ އެބައިމީހުންނަށް ބީރައްޓެހި ކަމަކަށްނުވެ އެވެ.
ޖަވާބު: ނޫނެކެވެ. ތިޔައީ އިސްތިޢުމާލު ކުރުމަށް ހުއްދަވެގެންވާ އެއްޗެއް ނޫނެވެ. ސަބަބަކީ ތިޔައީ ކާފަރުންގެ ފޭރާމެކެވެ. އެ (ކާފަރުންނާއި) ޚިލާފު ވުމަކީ ދީނުގައި ބަޔާންކުރެވިފައިވާ ކަމެކެވެ. އަދި އެފަދައިން ހަށިގަނޑުގެ ބައްޓަން ފާޅުވާ ގޮތުގައިވާ ފަޓްލޫނު ކިޔާ ފޭރާންވެސް އިންސާނަކު ބޭނުން ކުރަންޖެހިއްޖެ ހިނދުގައި، ފަހެ އޭނާ އެހިނދުގައި އޭތި ފުޅާކޮށް (ހަށިގަނޑުގެ ގުނަވަންތަކުގެ ބައްޓަން ފާޅުނުވާނެ ގޮތަށް) ބޭނުން ކުރާށެވެ. އެއީ ކާފަރުންނާއި ޚިލާފްވުމަށްޓަކަ އެވެ. އަދި ކާފަރުންނާއި ތަޝައްބުހު ނުވުމަށެވެ. (ފަތުވާ ނަގާފައިވަނީ : https://goo.gl/J4inLu)
ޝެއިޚް ސުލައިމާން ގެ ފަތުވާ