5 ފިރިމީހާއަށް މީރުވަސް ދުއްވުމުގެ ނިޔަތް ނޫން ނިޔަތުގައި ހަށިގަނޑުގައި ހުވަދުލުން - نبي صلى الله عليه وسلم - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ފިރިމީހާއަށް މީރުވަސް ދުއްވުމުގެ ނިޔަތް ނޫން ނިޔަތުގައި ހަށިގަނޑުގައި ހުވަދުލުން - نبي صلى الله عليه وسلم

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޒީނަތްތެރިކަން الزينة

(خرجتُ مع أبي هريرةَ من المسجدِ ضُحًى فلقِينا امرأةً بها من العِطرِ شيءٌ لم أجدْ بأنفي مثلَه قطُّ فقال لها أبو هريرةَ : عليكِ السَّلامُ فقالت : وعليكَ قال : فأين تريدينَ ؟ قالت : المسجدَ قال : ولأيِّ شيءٍ تطيَّبتِ بهذا الطِّيبِ ؟ قالت : للمسجدِ قال : آللهِ قالت : آللهِ قال : آللهِ قالت آللهِ قال : فإنَّ حِبِّي أبا القاسمِ أخبرَني أنه لا تُقبلُ لامرأةٍ صلاةٌ تطيَّبتْ بطِيبٍ لغيرِ زوجِها حتى تغتسلَ منه غسلَها من الجنابةِ فاذهبي فاغتسِلي منه ثم ارجِعي فصلِّيفإنَّ حِبِّي أبا القاسمِ أخبرَني أنه لا تُقبلُ لامرأةٍ صلاةٌ تطيَّبتْ بطِيبٍ لغيرِ زوجِها حتى تغتسلَ منه غسلَها من الجنابةِ فاذهبي فاغتسِلي منه ثم ارجِعي فصلِّي) السلسلة الصحيحة، 3-27

ޙަދީޘްގެ ރާވީ ވިދާޅުވި އެވެ. އަހަރެން أبو هريرةَ އެކުގައި މިސްކިތުން ޟުޙާގެ ވަޤުތުގައި ނުކުތީމެވެ. ނޭފަތަށް ދުވަހަކުވެސް އެ މީރުވަސް ދުވާފައިނުވާ މީރުވަހެއް ދުވާ އަންހެނަކާއި އަހަރެމެންނާ ބައްދަލުވި އެވެ.  އެ އަންހެންމީހާއަށް أبو هريرةَ ވިދާޅުވި އެވެ. عليكِ السَّلامُ އެވެ. އަންހެންމީހާ ބުންޏެވެ. وعليكَ އެވެ. أبو هريرةَ ވިދާޅުވި އެވެ. "ތި އަންހެނާ ދަނީ ކޮންތާކަށްތޯ އެވެ؟" އަންހެންމީހާ ބުންޏެވެ. "މިސްކިތަށެވެ." أبو هريرةَ ބުންޏެވެ. "ތިޔަ މީރުވަސްދުވާ އެއްޗެއް ބޭނުންކުރީ ކޮން ޤަޞްދެއްގައިތޯ އެވެ؟" އަންހެންމީހާ ބުންޏެވެ. "މިސްކިތަށް އަންނާތީ އެވެ." أبو هريرةَ ވިދާޅުވި އެވެ. ﷲ އަށްޓަކައިތޯ އެވެ." އަންހެންމީހާ ބުންޏެވެ. "ﷲ އަށްޓަކަ އެވެ." أبو هريرةَ ވިދާޅުވި އެވެ. "ﷲ އަށްޓަކައި ތޯ އެވެ" އަންހެންމީހާ ބުންޏެވެ. "ﷲ އަށްޓަކަ އެވެ." أبو هريرةَ ވިދާޅުވި އެވެ. ހަމަކަށަވަރުން އަހަރެން އެންމެ ލޯބިވާ އިންސާނާ (محمد ﷺ) އަހަރެންނަށް ބަޔާންކޮށްދެއްވި އެވެ. ފިރިމީހާއަށްޓަކައި ނޫންގޮތުގައި އަންހެނަކު ސެންޓު ޖަހައިފި ހިނދުގައި، އެ ސެންޓްއިން އެ އަންހެނާ ހަށިގަނޑު ޖުނުބު ހިނައިގަތުމުން ހިނައި ޠާހިރުވާ ފަދައިން ހިނައި ޠާހިރު ވުމަށްދާންދެން، އެ އަންހެނާގެ ނަމާދު ﷲ ޤަބޫލުވޮޑި ނުގަންނަވާ ހުއްޓެވެ."

****
 

އުޚްތާ އެވެ! ފިރިމީހާއަށް މީރުވަސް ދުއްވުމުގެ މަޤްޞަދު ނޫން ބޭނުމެއް އޮވެ، ހަށިގަނޑުގައި އަތަރު، ސެންޓު ނުވަތަ ހުވަދު ބޭނުން ކޮށްފި އަންހެނާގެ ޙުކުމަކީ މި އެވެ. ވިސްނާލުން ހުއްޓެވެ. މިއީ ﷲ އަށް އަޅުކަން ކުރުމަށްޓަކައި މިސްކިތަށް ދިއުމުގެ ޤަޞްދުގައި ސެންޓު ބޭނުންކުރި އަންހެނާގެ ޙުކުމެވެ. އެހެން ވުމުން، ރަޙްމަތްތެރިންނާއި ބައްދަލުކުރުމަށް، ބާޒާރަށް ދިއުމަށް އެކިއެކި ގޭގެއަށް ޒިޔާރަތް ކުރުމުގެ ޤަޞްދުކޮށް ހުވަދު ބޭނުން ކުރުން ވެގެންދާނީ ކޮންފަދަ ކަމެއްގެ ގޮތުގައި ހެއްޔެވެ. މިއީ މިއަދު މުސްލިމް އަންހެނުންނަށް ކުރިމަތިވެފައިވާ ބޮޑުވެގެންވާ ފިތުނަ އެކެވެ.

Like what you see?

Close

Hit the buttons below to follow us, you won't regret it...