5  ތިމާގެ "ސަލަފު ޖަމާޢަތް" ދީނުގެ އަޞްލުތަކާއި އުޞޫލުތަކާ ޚިލާފުވުމުން ދިވެހިން ސަމާލުވުމަށް އިރުޝާދެއް ނުދެވުނު ތަނުގައި، އެފަދަ އިރުޝާދުތައް ދިން ފަރާތްތައް ދީނުގެ ޢަދާވާތްތެރިންނަށް ވާގިވެރިވާ މުޖުރިމުން ކަމުގައި ސިފަކުރުން - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ތިމާގެ "ސަލަފު ޖަމާޢަތް" ދީނުގެ އަޞްލުތަކާއި އުޞޫލުތަކާ ޚިލާފުވުމުން ދިވެހިން ސަމާލުވުމަށް އިރުޝާދެއް ނުދެވުނު ތަނުގައި، އެފަދަ އިރުޝާދުތައް ދިން ފަރާތްތައް ދީނުގެ ޢަދާވާތްތެރިންނަށް ވާގިވެރިވާ މުޖުރިމުން ކަމުގައި ސިފަކުރުން

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ވެރިންނާއި ދެކޮޅަށް ނުކުތުން

ތިމާ ޢިލްމުވެރިންގެ ކިބައިން ދަރިވަރުނުވާކަން ޙަޤީޤަތުގައިވެސް ބަޔާންވެ، އަމިއްލައަށް ފަޟީޙަތްވެ ދިޔައީ ނޫން ހެއްޔެވެ؟

މިއަދު އިވޭ އެއް އަޑަކީ، الإمام البَرْبَهَاري رحمه الله  ލިޔުއްވި شَرح السنَّة އަކީ ޞައްޙަ ޘާބިތު ފޮތްތަކެއް ހެއްޔެވެ؟ މިއީވެސް ތިމާމެން ތިބި ބާޠިލް މަގުތަކާއި، ހޯދާފައިވާ މުޑުދާރު މަގުތައް ދިފާޢު ކުރުމަށް "ޙުއްޖަތެއް" "ދަލީލެއް" ނެތުމުން ދެން ކިޔަން އޮތް އެއްޗެވެ. މި ބަސްތަކާއި ރާފިޟީން، މުޢުތަޒިލާއިންގެ އިމާމުން ދައްކާފައިވާ ބަސްތަކާއި އޮތް ތަފާތަކީ ކޮބައިހެއްޔެވެ؟ ބުޚާރީ އަދި މުސްލިމް އަކީ ޘާބިތު އެއްޗެއްތޯ އެމީހުން ސުވާލު އުފައްދަ އެވެ. ސަބަބަކީ އެގޮތުން ނޫނީ އެބައިމީހުންގެ ބަސްތަކާއި ޢަމަލުތައް ދިފާޢުވެވޭކަށް ނެތެވެ. ޙައްޤު އަދި ޙައްޤު މަންހަޖު އެފަދައިން ބަންދުކޮށް އެމަގު އެކުއެކީގައި ވަންހަނާކޮށް ނުވަތަ އެއީ ބާޠިލްކަން ބަޔާންކޮށްގެން މެނުވީ ތިމާމެންނަށް ތިމާމެންގެ ބާޠިލް ސަލާމަތެއް ކުރެވޭކަށް ނެތެވެ. މިއަދު ސުންނީ ސަލަފީ އުޞޫލްތައް ދޫކޮށް، ޙިޒްބިއްޔަތާއި ޙިޒްބިއްޔާތު ތަކުގެ ދިފާޢުގައި ތިބި ފުރެދިފައިވާ މީހުން މެނުވީ މިފަދަ ބަސްތައް ނުބުނެ އެވެ. 

الَعلاَّمَة د. رَبِيع ين هَادي المَدخَلِي حفظه الله ވިދާޅުވެފައިވެ އެވެ. "ތިޔަބައިމީހުން ﷲގެ ދީނުގައި ހިފަހައްޓައި، އެންމެން އެކަގަނޑެއްގެ ގޮތުގައި ދެމިތިބުން ހުއްޓެވެ. މިކަމަށް ތިޔަބައިމީހުންނަށް އެހީތެރިވެދޭނެ އަދި ފާޅުކަންބޮޑު ގޮތުގައި އިރުފަދައިން ޙައްޤުމަގުގައި ޤާއިމްވެ ތިބިކަން އެނގިގެންދާނެ އެއްޗަކީ، ސަލަފުއް ޞާލިޙުންގެ ފަހުމްގެ މައްޗަށް ރުޖޫޢަވުމެވެ. މިކަމާއި ދެކޮޅުވާ މީހުންނަށް ގޮންޖަހާފައި އަހަރެމެން ބުނަމެވެ. ބިދުޢަތަކާއި ހަވާނަފްސުގެ އަހުލުވެރިންނަށް ގޮންޖަހާފައި އަހަރެމެން ބުނަމެވެ. ބިދުޢަވެރި ޢަޤީދާތަކުގެ އަހުލުވެރިންނާއި، ސިޔާސީ ބިދުޢައިގެ އަހުލުވެރިންނަށް ގޮންޖަހާފައި ބުނަމެވެ. އަހަރެމެންނާއި ތިޔަބައިމީހުންނާ ދެމެދުގައި އޮތީ ސަލަފުއް ޞާލިޙުންނެވެ. އަހަރެމެންނާ ތިޔަބައިމީހުންނާ ދެމެދުގައިވަނީ އެބައިމީހުން ލިޔުއްވާފައިވާ ފޮތްތަކެވެ. ކުރީގައި (ސަލަފުއް ޞާލިޙުންގެ ބޭފުޅުން ވިދާޅުވި އެވެ.) ތިޔަބައިމީހުންނާއި އަހަރެމެންނާ ދެމެދުގައިވަނީ ޖަނާޒާގެ ދުވަހެވެ. އެފަދައިން އަހަރެމެން މިއަދު ބުނަމެވެ. ތިޔަބައިމީހުންނާއި އަހަރެމެންނާ ދެމެދުގައިވަނީ ފޮތްތަކެވެ. ފޮތްތައް އެބަހުއްޓެވެ. ﷲ އެއީލާހުގެ ނަބިއްޔާއަށް ވަޙީކުރައްވާފައިވެ އެވެ. قُلْ فَأْتُوا بِالتَّوْرَاةِ فَاتْلُوهَا إِن كُنتُمْ صَادِقِينَ "ނަބިއްޔާ އެބައިމީހުންނަށް ވިދާޅުވާށެވެ. ތިޔަބައިމީހުން ތެދުހަދާ ބައެއް ކަމުގައިވާނަމަ، ފަހެ، ތިޔަބައިމީހުން ތަޥްރާތު ގެނެސް އެ ކިޔައިބަލާށެވެ!" ފަހެ، އެހިނދު ތަޥްރާތު ގެނެ އެވެ. އެއަށްފަހު އެ ދޮގުކުރެ އެވެ. ފަހެ، އެގޮތުން އަހަރެމެން ސަލަފުއް ޞާލިޙުންގެ ފޮތްތަކުން މިބައިގަނޑުތަކުގެ މައްޗަށް ގެނެސް އެއިން އެބައިމީހުންގެ (ބާޠިލްކަން) ބަޔާން ކުރަމެވެ. ޤުރުއާން، ސުންނަތް ގެންނަމެވެ. އަދި البُخَارِي ލިޔުއްވާފައިވާ ފޮތްތަކާއި، مُسلم، الترمذي، النسائي، އަދި އިމާމް أحمد ލިޔުއްވާފައިވާ ފޮތްތަކާއި އެހެން ބޭފުޅުން ލިޔުއްވާފައިވާ ފޮތްތައް ގެންނަމެވެ. އަދި އެބޭކަލުންގެ މަގުގައި ތިބީ ކޮން ބައެއްކަމާއި، އެބޭކަލުންނާއި ޚިލާފްވެފައިވަނީ ކޮން ބައެއްކަން މިފޮތްތަކުގެ އަލީގައި ބަލަމެވެ. ޔަހޫދީން ﷲ ދެކެ ލޯބިވާކަމަށް ދަޢުވާކުރެ އެވެ. ޤުރުއާން އައިސް އެބައިމީހުން ފަޞީޙަތް ކުރި އެވެ. އަހައެފަދައިން އަހަރެމެން މިބައިގަނޑުތަކުގެ މައްޗަށް ގޮންޖެހުމަށްޓަކައި ސަލަފުއް ޞާލިޙުންގެ ފޮތްތައް ގެންނަމެވެ. އެއީ ބިދުޢަތައް އޮތީ ތިޔަބައިމީހުންގެ ތެރޭގައިތޯ ނުވަތަ އަހަރެމެންގެ ތެރޭގައިތޯ ބެލުމަށްޓަކަ އެވެ. ޙައްޤުމަގުން އެއްކިބާވެފައިވަނީ އަހަރެމެންތޯ ނުވަތަ އެބައިމީހުންތޯ ބެލުމަށްޓަކަ އެވެ. އެމީހުންގެ އަނގައިން މި ފޮތްތަކުގައިވާ ބަސްތައް ކިޔުމަށް ކުޅަދާނަވާނެ ހެއްޔެވެ؟ "ތިމަންނަމެން މިތިބީ ސަލަފުއް ސާލިޙުންގެ މަންހަޖުގައޭ" ބުނާ ކޮންމެ މީހެއްގެ މައްޗަށް އަހަރެމެންގެ އަނގަތަކުން ހަށިގަނޑުގައިވާ ހުރިހައި ބާރެއްލާފަ މި ފޮތްތަކުން އެމީހުންނަށް ގޮންޖަހާނަމެވެ. ﷲ ޤަންދީ ބުނަމެވެ. އަހަރެމެން ސަލަފުއް ޞާލިޙުންގެ މަންޖަހަށް ދަޢުވަތުދެމެވެ. ﷲގެ ފޮތަށާއި އެ އިލާހުގެ ރަސޫލާގެ ސުންނަތަށް ދަޢުވަތުދެމެވެ. އަދި އަހަރެމެންގެ އެންމެހައި ޢަޤީދާއެއް، އެންމެހައި އަޅުކަމެއް އަދި އެންމެހައި މަޥްޤިފެއް ވެރިންނާމެދު އަދި ޢާންމުންނާ މެދުގައި ޖަމާޢަތްތަކާއި އަދި ފިރުޤާތްތަކުގެ މައްޗަށް ގާއިމްކުރާނީ ޤުރުއާނާއި ސުންނަތުގެ މައްޗަށެވެ. އެހެނަސް އެހެނިހެން މީހުން އެމީހުންގެ މަންހަޖު ބިނާކޮށްފައިވަނި ޙީލަތްތަކާއި، އޮޅުވާލުމާއި،.. ﷲ ޤަންދީ ބުނަމެވެ. އެމީހުންގެ އަތުގައިވަނީ ޙީލަތްތެރި މަގުތަކާއި، ދީނުގައި އެކިއެކި ގޮތްތަކުގައި އޮޅުވާލުމާއި، ޖެހުނުހާ ގޮތަކަށް ދީން ގެންގުޅުމާއި ....   އޭ އެންމެހައި ޙިޒްބީންނެވެ! ތިޔަބައިމީހުންނާއި އަހަރެމެންނާ ދެމެދުގައިވަނީ ސަލަފުއް ޞާލިޙުން ލިޔުއްވާފައިވާ ފޮތްތަކެވެ." 


އަޚާ އެވެ! މި ދީން ރައްކާތެރި ކުރުމަށް ﷲ ވަނީ ސަބަބު ތަކެއް ލައްވާފަ އެވެ. އެފަދަ އެންމެ ވަރުގަދަ ގަދަފަދަ އެއްސަބަބަކީ މާތް ނަބިއްޔާގެ އަޞްޙާބު ބޭކަލުންނެވެ. އެއަށްފަހުގައި އެ އަޞްޙާބުންގެ ކިބައިން ހިދާޔަތް ހޯއްދެވި އުއްމަތުގެ ތާބިޢީ ބޭކަލުންނެވެ. އެއަށްފަހު އެމަގުގައި ދެމިތިއްބެވި އިމާމުވެރި ބޭފުޅުންނެވެ. ޙައްޤު ޢަޤީދާ އަދި ޙައްޤު މަންހަޖު މިއަދުވަނީ މިފޮތްތަކުގައި ލިޔެވި ރައްކާ ކުރެވިފަ އެވެ. އެއަށްފަހު މިފަދަ ފޮތްތަކަށް ބަދުބަސް ބުނެފި މީހަކީ މަގުފުރެދިފައިވާ، ޝައްކެތް ވަސްވާހެއްނުވާ ބާޠިލްގެ މަތީގައިވާ މުޑުދާރު، ނިކަމެތިކަން ލައިގެންފައިވާ، ލަދުވެތިކަން ކުޑަވެފައިވާ، ޤަދަރު ގެއްލިފައިވާ މީހެކެވެ. މިފަދަ މީހަކަށް އިސްލާމީ މުޖުތަމަޢެއްގައި އެއްވެސް ޤަދަރެއް ދެވިގެންނުވާނެ އެވެ. 


އަޚާ އެވެ! ތިޔަ އަޚާގެ ހިތުގައި މި އިމާމުންނަށް އޮތް ލޮތްބާއި ޤަދަރަކީ ކޮބައިހެއްޔެވެ؟ މި އިމާމުންނަށް ނިޞްބަތްކޮށް މިފަދަ ކުޑައިމީސް، ޤަދަރުކުޑަ ބަސްތައް ބުނާއިރު، މިއީ ތިބާގެ މައިންބަފައިންނާއި އާއިލާގެ މީހެއްގެ މައްޗަށް، ދެއްކި ވާހަކައެއް ކަމުގައިވާނަމަ ތިޔަ އަޚާ މުޢާމަލާތް ކުރާނީ ކިހިނަކުން ހެއްޔެވެ؟ 


ވިސްނާލުން ހުއްޓެވެ! ޢަޤީދާ ދިފާޢުކޮށް، ދީން ދިފާޢުކޮށް، އެކި އެކި ޒަމާންތަކުގައި ފާޅުވި ބިދުޢަތަކާއި، ބާޠިލް ފިރުޤާތްތަކާއި، ބާޠިލް ޢަޤީދާތައް ބަޔާންކޮށް، ޙައްޤު ފާޅުވުމަށް ސަބަބެއްގެ ގޮތުގައި ﷲ ލައްވާފައިވާ ޢިލްމުވެރިންގެ ބަސްފުޅުތަކާއި، ޢިލްމީ ފޮތްތަކަށް ބަދުބަސްބުނެ، އެއީ ޘާބިތު ނޫން އެއްޗެއް ކަމަށް ދަޢުވާކޮށްފި މީހާ އެވަނީ ކޮންފަދަ ހަލާކަކުން ދީން ހަލާކު ކުރުމަށް ފޫގަޅާފައި ހެއްޔެވެ؟ މިއަށްވުރެ ބޮޑު ނުލަފާ ނުބައިކަމެއްވޭ ހެއްޔެވެ؟


أبو الدرداء رضي الله عنه ވިދާޅުވެފައިވެ އެވެ. " ހެޔޮލަފާ ޞާލިޙް އަހުލުވެރިންގެ މައްޗަށް ބަސްބުުނުމަކީ އެމީހަކު ނުބައިވެގެންވާ މީހެއްގެ ކަމުގައި ބުނުމަށް ފުދިގެންވާ ކަމެކެވެ." شعب الإيمان للبيهقي 6358 


އަދިވެސް ވިދާޅުވެފައިވެ އެވެ. "ތިޔަބައިމީހުންގެ ތެރޭގައިވާ އެންމެ ހެޔޮ (ޢިލްމުވެރި، ތަޤްވާވެރި، ޞާލިޙް) އަހުލުވެރިންނަށް ލޯބި ކުރާ ހިނދެއްގައި ތިޔަބައިމީހުންވަނީ ހެޔޮކަމުގެ މަތީގަ އެވެ." الجرح والتعديل لابن أبي حاتم


الإمام ابن القيم رحمه الله ވިދާޅުވެފައިވެ އެވެ. " ޢިލްމަށާއި އަދި ޢިލްމުގެ އަހުލުވެރިންނަށް ލޯބިކޮށްފި މީހާ ވަނީ ﷲ ލޯބިވެވޮޑިގަންނަވާ ކަންތަކަށް ލޯބިކޮށްފަ އެވެ." مفتاح دار السعادة (1/435)


الَعلاَّمَة عُبَيد الجَابِري حفظه الله ވިދާޅުވެފައިވެ އެވެ. "ދެންފަހެ، ތަޤްވާވެރި، ޞާލިޙް އަދި މާތް މަތިވެރި އަހުލުވެރިން އެބޭކަލުންގެ މައްޗަށް މައްސަލައެއް، އަލަށް ކަންތައްތަކެއް ފާޅުވުމުން އޭބޭކަލުންގެ ތެރޭގައިވާ އެންމެ ބޮޑެތި ޢިލްމުގެ އަހުލުވެރިންގެ އަރިއަހަށް ރުޖޫޢަވޭވަޑައިގަންނަވަ އެވެ.  އަދި އެބޭކަލުންގެ އަރިއަހުން އެކަންތައްތަކަށް ފުދިގެންވާ، ފުރިހަމަ ޖަވާބެއް ހޯއްދަވަ އެވެ. ފަހެ، މި ޢަމަލަކީ ޞަޙާބީންގެ ފަރާތްޕުޅުން ފެށިގެން އައިސްފައިވާ ސުންނަތެކެވެ. އަދި އެއަށްފަހު ތާބިޢީންގެ އިމާމުވެރި ބޭކަލުންނާއި އެއަށްފަހު ފާޅުވި ދީނާއި، އީމާންކަމާއި، ހެޔޮކަމާއި އަދި ޢިލްމުވެރި އަހުލުވެރި ބޭފުޅުން ޢަމަލުފުޅު ބެހެއްޓެވި ގޮތެވެ." الوصايا المنهجية ص٣٤٦


الَعلاَّمَة د. رَبِيع ين هَادي المَدخَلِي حفظه الله ވިދާޅުވެފައިވެ އެވެ. "
ސުންނަތުގެ ޢިލްމުވެރިންނަށް އިޙްތިރާމް ކުރުމާއި، ޤަދަރުކުރުން ވާޖިބުވެގެންވެ އެވެ. އަދި އެ ޢިލްމުވެރިންގެ އަބުރު ދިފާޢުކޮށް ރައްކާތެރިކުރުން ވާޖިބުވެގެންވެ އެވެ. ހަވާނަފްސުގެ އަހުލުވެރިއަކު މެނުވީ އެ ޢިލްމުވެރިންނަށް ބަދުބަސް ނުބުނާނެ އެވެ." الوصايا المنهجية ص٣٤٦


މި ފޮތްތަކަކީ އޭގެ ސަނަދުން ޘާބިތުވެގެންވާ ފޮތްތަކެއްކަން އިމާމުވެރި ބޭފުޅުންނާއި، ޢިލްމުގައި ކުރިއަރައިގޮސްފައިވާ ބޭފުޅުން އެވަނީ ބަޔާންކުރައްވާފަ އެވެ. އެފޮތްތަކުގެ މަތަން އެވަނީ އެކިއެކި އަތުން ލިޔެވިފައިވާ އެކިއެކި އޭގެ އަޞްލު މަޞްދަރުތަކުގެ އަލީގައި ބަޔާންކޮށްފަ އެވެ.


އަޚުންނޭވެ! ތިމާއަކީ މަދީނާއިން ކިޔަވައި ދަރިވަރުވެގެން އައިސްހުރި ފަރާތެއް ކަމުގައިބުނާހިނދު، ތިމާގެ ބަސްމަގު މިހުރީ "ތިޔައީ ޞައްޙަ ފޮތެއްހޭ" ބުނާ ދަރަޖައިގައިވުމުން، އަމިއްލައަށް ފަޟީޙަތްވުން ނޫން އެއްޗެއް އެބައޮތް ހެއްޔެވެ؟ މިއަދު މި ފޮތްތައް އުނގަންނައި ދިނުމުގައިވަނީ މި ޒަމާނުގައި އުއްމަތުގައި ތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރި ބޭފުޅުންނެވެ. 


الإِمَام الَبَربَهَاري حمه الله ލިޔުއްވާފައިވާ "ޝަރްޙުއް ސުންނަ" އެއީ ޞައްޙަ ފޮތެއް ނޫންކަމުގައިވި ނަމަ، ނުވަތަ އެކަމުގައި ޝައްކުވާނަމާ މިއަދު ދުނިޔެމަތީގައިވާ ސުންނަތުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައިވާ  الشَّيخ الَعلاَّمَة صَالح الفَوزَان حفظه الله މި ފޮތް ޝަރަޙަ ކުރައްވާ  إتْحَاف القَارِي ގެ ނަމުން ނަންދެއްވާފައި ވުމުގެ ފައިދާއަކީ ކޮބައިހެއްޔެވެ؟ މި ޢިލްމުވެރިންގެ ފަރާތުން ކިޔަވައި، ޢިލްމުލިބި ދަރިވަރުވެފައިވާ މީހަކު "މިއީ ޞައްޙަ ފޮތެއްހޭ" ފަދަ ޤަދަރުކުޑަ، ކުޑައިމީސް ބަސްތައް ނުބުނާމެ އެވެ.


މި ޢިލްމުވެރިން މިފޮތްތައް ދަރިވަރުންނަށް އުނގަންނައި ދެއްވާހިނދު، ދިވެހި ރާއްޖޭގައި މި ކިޔަނީ "ތި ފޮތަކީ ޘާބިތު ފޮތެއް ހެއްޔެވެ." 


ވިސްނާލުން ހުއްޓެވެ! ތިމާގެ ޢަމަލާއި، ބަސްމަގު މިފޮތްތަކުގައި ޛިކުރު ކޮށްފައިވާ ގޮތާއި ޚިލާފްވުމުން، ދީނާއި ޢަޤީދާގެ މަސްދަރުގެ ބޮޑެތި ފޮތްތައް އެއީ ޞައްޙަ ނޫން އެއްޗެއް ކަމުގައި ދެއްކުމާއި، މީސްތަކުންގެ ހިތުގައި ޝައްކު އުފެއްދުމަށްވުރެ ބޮޑުވެގެންވާ ފަސާދައައެއް ކޮބައި ހެއްޔެވެ؟ 


އާނއެކެވެ! ތިޔަބައިމީހުން ހޯދައިފައިވާ ޙިޒްބިއްޔަތާއި ތަޢައްޞުބުގެ ނުބައިކަން އަހަރެމެންނަށް ބަޔާންވެގެންދަނީ ސަލަފުއް ޞާލިޙުންގެ ފޮތްތަކާއި އަޅާ ކިޔުމުންނެވެ. "އަހަރެމެންނާއި ތިޔަބައިމީހުންނާ ދެމެދުގައިވަނީ ސަލަފުއް ޞާލިޙުންގެ ފޮތްތަކެވެ."


އަހުލުއް ސުންނަތް ވަލް-ޖަމާޢަތުގެ އިމާމް الإِمام أَحمد بن حنبل رحمه الله ވިދާޅުވެފައިވެ އެވެ. "
ވެރިޔާއާ ހަނގުރާމަ ކުރުން ޙަލާލެއް ނުވާނެ އެވެ. އަދި އެއްވެސް މީހަކަށް ވެރިޔާއާ ދެކޮޅަށް ނުކުތުން ހުއްދައެއް ނުވާނެ އެވެ. ފަހެ، މި ޢަމަލު ކޮށްފި މީހަކީ ބިދުޢަވެރި އެކެވެ. އަދި ﷲ ގެ މަގާއި ސުންނަތުގައި ހުރި މީހެއް ނޫނެވެ." أصول السنة 


މުސްލިމް ވެރިންނަކީ އަނިޔާވެރި، ނުލަފާ، ފާސިޤު ވެރިން ކަމުގައިވީނަމަވެސް އެ ވެރިންނާ ދެކޮޅަށް ނުކުތުން އެއީ ކަނޑައެޅިގެން ދީނުގައި ޙަރާމްވެގެންވާ ކަމެއް ކަމުގައި އުއްމަތް އެކުއެކީގައި އިޖްމާޢުވެގެންވެ އެވެ. އެފަދަ ވެރިންގެ މައްޗަށް ދީނުގައި އޮތް މަންހަޖު ދޫކޮށް، މަޝްހޫރު ކަމާއި، ތިމާމެންނަކީ ވަރުގަދަ ބައެއްކަން ދެއްކުމަށް ނުކުން މީހުންނަކީ ޔަހޫދީންނާއި ނަޞާރާއިން ގެނެސްފައިވާ ޑިމޮކްރަސީ ދިރުވާ މީހުންނެވެ. އެފަދަ މީހުންގެ ގާތުގައި ސަލަފުއް ޞާލިޙުންގެ ފޮތްތަކަކީ ޘާބިތު ފޮތްތަކެއް ކަމުގައި ނުވުމަކީ ވެދާނެ ކަމެކެވެ. ސަބަބަކީ، އެއީ ލެލިން އަދި މާރކްސް ގެ މަންހަޖުގައިވާ ބައެއް ކަމެވެ. 


ގޮންޖަހާފައި ބުނަމެވެ! ސަލަފުއް ޞާލިޙުންގެ ފޮތްތަކަކީ ތިޔަ ބާޠިލް އެންމެހައި ފަރާތްތަކެއްގެ ޙަޤީޤަތާއި ބާޠިލް އަދި ޙިޒްބިއްޔަތުތަކާއި، ކިތަންމެ ރީތި ނަންތަކެއް ކިޔާފައިވިޔަސް އެ ނަންތަކުން ބަރީއަވެގެންވާ ބައެއްކަން ބަޔާންކޮށްދޭ ފޮތްތަކެވެ. ތިޔަބައިމީހުންނަށް މިފޮތްތައް ނަގައި ނުކިޔޭނެ އެވެ. އެހިނދު ފަޟީޙަތްވާނީ އަމިއްލަ ނަފްސެވެ. ފަހެ! ސަލާމަތްވާނެ މަގަކީ އެހިނދު މިފޮތްތަކަކީ ޘާބިތުނޫން ފޮތްތަކެެއް ކަމުގައި ދަޢުވާކުރުމެވެ. 


الإِمام أَحمد بن حنبل رحمه الله ވިދާޅުވެފައިވެ އެވެ. "
މުސްލިމުންގެ ތެރެއިންވާ އިމާމަކާ ދެކޮޅަށް ނުކުމެ އަދި އެ އިމާމަކީ މުސްލިމުން އެމީހެއްގެ މައްޗަށް ޚިލާފަތް ގަދަކަމުން ނުވަތަ މީސްތަކުންގެ ރުހުމާއެކު ލިބިފައިވާ ކަމަށް އިޤްރާރުވެފައިވާ އިރުގައި ހަމަކަށަވަރުން ދެކޮޅަށް ނުކުންނަ އެޚަވާރިޖު މީހާ ރަސޫލާ  ﷺ ގެ އާޘާރުތަކާ ޚިލާފްވެއްޖެއެވެ. އެގޮތުގައި އޭނާ މަރުވެއްޖެ ނަމަ އޭނާ މަރުވާނީ ޖާހިލިއްޔަ މަރެއްގައެވެ. ވެރިޔާާ ދެކޮޅަށް ޤަތުލުކުރަން ނުކުތުން ޙަލާލެއް ނުވާނެ އެވެ. އަދި ވެރިޔާއާ ދެކޮޅަށް އެއްވެސް ފަރުދެއް ނުކުތުން ހުއްދައެއް ނުވާނެ އެވެ. އެގޮތުގައި ވެއްޖެ މީހާއީ ނަބިއްޔާ ﷺ ގެ ސުންނަތް އަދި މަގު ދޫކޮށްފައިވާ ބިދުޢަވެރިއެކެވެ." أصول السنة 
 


ދީނުގައި އެކިއެކި ކުލަޖެހިގެންވާވަރު ފެނެ އެވެ. ސަރުކާރެއްގެ ގޮތުން ޢަޤީދާއާއި މަންހަޖު ބަދަލުވެ އެވެ. ތިމާ ލޯބިކުރާ ސަރުކާރުގައި ސަލަފީ ޢަޤީދާ އެވެ. 
އެ ޢަޤީދާ ތިމާ ހިތްހަމަ ނުޖެހޭ ސަރުކާރު އައުމުން ކޮބައިހެއްޔެވެ؟ ފިތުނަވެރިވެފައިވާ މިންވަރު ވިސްނާލުން ހުއްޓެވެ؟ ތިމާމެންނަށް ޙައްޤު ނޭނގެނީ އެއް ނޫނެވެ. ޙައްޤުވަނީ އޮޅުން ފިލައިފަ އެވެ. އެހެނަސް ނުބައި ނުލަފާކަމުގެ ބޮޑުކަމެވެ. އެނގިތިބެ ޙައްޤު ވަންހަނާކޮށް ދީނަކީ ކުޅެމަޖާ އެއްޗެއްގެ ގޮތުގައި ހަދައިފައިވުމެވެ. الإِمام ابن القيم رحمه الله ވިދާޅުވެފައިވެ އެވެ. "ޙައްޤު ނޭނގުނު މީހަކީ މަގުފުރެދިފައިވާ މީހެކެވެ. އަދި ޙައްޤު އޮޅުންފިލައި އެނގުމަށްފަހު، އޭގެ މައްޗަށް އެހެން އެއްޗެއް އިސްކޮށްފި މީހަކީ ކޯފާލެއްވިގެންވާ މީހުންގެ ތެރެއިންވާނެ މީހެކެވެ. ޙައްޤު މަޢުރިފާ ވުމަށްފަހު އެއަށް ތަބަޢަވެއްޖެ މީހަކީ، އެބަޔަކަށް ނިޢުމަތް ދެއްވި މީހުންގެ ތެރެއިންވާނެ މީހެކެވެ." إغاثة اللهفان


ޙައްޤުތިމާއަށް އޮޅުންފިލައިފައިވެ، ބަޔާންވުމަށްފަހު، ތިމާގެ ދުނިޔޭގެ ބޭނުމަށްޓަކައި، ޙައްޤު ވަންހަނާކޮށް، ވިއްކައިފި މީހާ ފިތުނަވެރިވެ، ހަވާނަފްސުގެތެރެއަށް ޣަރަޤުވެ ގެނބިފައިވާވަރު ބަޔާންވެ އެވެ. މިބަސްތަކުން އެމީހުން ބުނާކަހަލަ އެވެ. "އަހަރެމެންނަކީ ދީނުގައި ކުލަޖެހިގެންވާ ބަޔަކީމެވެ. އެކި އިރުތަކުގައި އެކި ކުލަ އެވެ. އެކި މޫސުންތަކުގައި އެކި ސިފަ އެވެ. އަހަރެމެންނާއި ގާތްނުވާށެވެ. މަގުފުރިދާނެ އެވެ. ޙައްޤުކަމަށް ހީކޮށް އަހަރެމެންނަށް ތަބަޢަވެ ބާޠިލްގައި ތިބެންޖެހިދާނެ އެވެ. އަހަރެމެންނަކީ ޙައްޤު އެނގިތިބެ ދޫކޮށް، ހަވާނަފްސަށް ތަބަޢަވާ ބަޔަކީމެވެ." 
الإِمام ابن باز رحمه الله ވިދާޅުވެފައިވެ އެވެ. "ޙައްޤަކީ ކޮބައިކަން އެމީހަކަށް މަޢުރިފާވެ އަދި ޙައްޤުގައިވަނީ ކޮންގޮތެއްކަން (ކޮން ބައެއްކަން) ބަޔާންވެ ދިއުމަށްފަހު، ކުށް ކޮށްފި ހިނދުގައި އޭނާއަކީ ޢުޛުރު ލިބިގެންވާ މީހެއް ކަމުގައި ނުވާނެ އެވެ." شرح كتاب الاستقامة ٦٠


މައުމޫނުގެ ވެރިކަމުގައިި : (މިވެރިޔާ ދެކޮޅަށްވެސް ނުކުތީ ވެރިޔާއަކީ ކާފަރެއް ކަމުގައިވެގެން ނޫން)
 


ނަޝީދުގެ ވެރިކަމުގައި : (މިވެރިޔާ ދެކޮޅަށްވެސް ނުކުތީ ވެރިޔާއަކީ ކާފަރެއް ކަމުގައިވެގެން ނޫން)
 


ވަހީދުގެ ވެރިކަމުގައި : (މިވެރިޔާ ދެކޮޅަށްވެސް ނުކުތީ ވެރިޔާއަކީ ކާފަރެއް ކަމުގައިވެގެން ނޫން)
 
ޔާމީންގެ ވެރިކަމުގައި : (މިވެރިޔާ ދެކޮޅަށްވެސް ނުކުތީ ވެރިޔާއަކީ ކާފަރެއް ކަމުގައިވެގެން ނޫން)
 


الإِمام البَربَهَاري رحمه الله ވިދާޅުވެފައިވެ އެވެ. "ތިބާއަށް ވެރިޔާގެ މައްޗަށް ބަދު ދުޢާ ކުރާމީހަކު ފެނިއްޖެހިނދުގައި، އޭނާ އަކީ ހަވާނަފްސުގެ އަހުލުވެރިއެއްކަމުގައި ދަންނާށެވެ." شرح السنة


ވެރިންގެ ވެރިކަން ވެއްޓުމަށް ގޮވުމާއި، ވެރިކަން ވެއްޓުމަށް ދުޢާ ކުރުމާއި، ވެރިންގެ މައްޗަށް ބަދު ދުޢާ ކުރުމާއި، ވެރިކަމާއި ދެކޮޅަށް ނުކުތުމާއި، ވެރިކަން ވައްޓާލުމަށް މުޒާހަރާ ކުރުމާއި މި ޢަމަލުތަކުގެ އަހުލުވެރިންގެ ޢަމަލުތަކާއި އެބައިމީހުން ފަޟީހަތްވާނީ މި ފޮތްތަކުންނެވެ. އެހެންވުމުން މިއަދު އޮތީ ޢާންމު މީސްތަކުންގެ ބޮލަށް ސަވާރުވުމަށްޓަކައި މި ފޮތްތަކަކީ ޘާބިތު ނޫން ފޮތްތަކެއް ކަމުގައި ހެދުމެވެ. މެދުކެނޑުމެއް ނެތި އެތައް ވެރިކަމެއްގައި ސުންނަތް ޖަމާޢަތުގެ މަގު ދޫކޮށް ޚަވާރިޖުންގެ މަގު ހޯދައި، އެއަށް ދަޢުވަތުދީ އެއަށް ބާރުއަޅާ ބަޔަކު ބިދުވެރިންނަށް ނުވެއްޖެހިނދު ބިދުޢަވެރިންނަށް ދެންވާނީ ކާކު ހެއްޔެވެ؟


الإمام الحافظ ابن رَجب الحنبَلي رحمه الله ވިދާޅުވެފައިވެ އެވެ. "ސުންނަތުގެ ތެރެއަށް ވައްދާފައިވާ ކުށް ތަކާއި ވަހުމާއި އަދި ދޮގުން ރައްކާތެރިކޮށް އެތަފާތުކޮށް ވަކިކޮށް ސުންނަތް ދިފާޢުކުރުމަށް ﷲ ތަޢާލާ ބަޔަކު ލެއްވެވި އެވެ. އެގޮތުގައި ރައްކާތެރި ކުރުމުގައި އެންމެ މަތީ ދަރަޖައަށް އެންމެ ފުރިހަމައަށް އެބޭކަލުން ރައްކާތެރި ކުރެއްވި އެވެ. އަދި ރައްކާތެރި ކުރެވޭނެ އެންމެ މަތީ ދަރަޖައަށް ރައްކާތެރި ކުރެއްވި އެވެ." تفسير ابن رجب الحنبلي ١/٦٠٥


ސުވާލުކޮށްލުން ހުއްޓެވެ! މިއަދު العَلاَّمَة د. صَالح الفَوزَان حفظه الله ، العَلاَّمَة د. رَبيع بن هاَدي المَدخَلي حفظه الله މިފޮތް ޘާބިނޫންނަމަ ކިޔަވައިދީ، އުނގަންނައި ދިނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ޘާބިތު ނޫން ކަމަށް ދަޢުވާކުރާ މީހާ އެހިނދު އެ ބަދުބަސްތައް ރައްދު ކުރަނީ މި ޢިލްމުވެރިންގެ މައްޗަށެވެ. މި ބަސްތައް ބުނާ މީހުންގެ ބޮޑާވެރިކަމާއި ނުބައިކަން ވިސްނާލުން ހުއްޓެވެ! 
މިއީ މި ވަބާގެ ފެށުމެވެ. ދެން އަޑުއިވޭނީ އެބައެއްގެ މަންހަޖާއި، މަގު ދިފާޢުކުރުމަށްޓަކައި މި ނޫންފޮތްތައްވެސް ޘާބިތު ނޫން ކަމުގައި ބުނުމެވެ. 
*****

 

ވެރިންނާއި ދެކޮޅަށް ނުކުތުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ވެރިޔާއަށް އިހާނެތިކޮށް ހިތައިފިމީހާ، ﷲ އިހާނެތި ކުރައްވާނެ އެވެ. - الشَّيْخُ عَبْد الرزَّاق البدر حفظه الله | 17 ފެބުރުއަރީ 2018

 ވެރިމީހާއާ މެދު އާންމުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ޢަދާވާތްތެރިކަން އުފައްދައި، ރައްޔިތުންނާ ދުރުކުރުވަން މަސައްކަތްކުރުމީ ބިންމަތީގައި ފަސާދަ އުފައްދާ މުނާފިޤުންގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެއް - الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله | 31 އޮކްޓޯބަރ 2017

 އަހަރުމެންގެ ވެރިން އަނިޔާވެރިވީ ނަމަވެސް، އެމީހުންނާ ދެކޮޅަށް ނުކުމެވޭނެކަމަކަށް އަހަރުމެން ނުދެކެމެވެ. - الإِمَام أَبُو جَعْفَر الطَّحَاوِي الحَنَفِي رحمه الله 321 ه | 29 ސެޕްޓެމްބަރ 2017

 ވެރިންނާ ދެކޮޅަށް ނުކުތުން ޙަރާމްވެގެންވޭ ބުނުމަކީ ވެރިންނަށް ވިކިފައިވުމެއް ނޫނެވެ. އެޖެންޓުންނަށް ވުމެއް ނޫނެވެ - الشَّيْخ د. العَلاَّمَة رَبِيع بن هَادي المَدخَلِي حفظه الله | 19 ޖުލައި 2017

އިސްލާމް ދީނުގެ ދިފާޢުގައި؛ ވެރިކަމުގެ ނިޒާމު ޑިމޮކްރަސީއަށްވުމުން ވެރިމީހާއާއި ދެކޮޅަށް ބަސްބުނެ މުޒާހަރާކޮށް ދެކޮޅަށް ނުކުތުން ހުއްދަކުރާ ފަރާތްތަކަށް ރައްދު - فضيلة الشيخ عبدالله البخاري حفظه الله تعالى | 13 މެއި 2017

ވެރިންގެ ޢައިބު ވާހަކަތައް ދެއްކުމާއި، ވެރިންނާ ދިމާލަށް އެއްޗެހި ކިޔުމަކީ ޚުރޫޖް ވުން - الإِمَامُ العَلَّامَة الشَّيْخُ رَبِيْع بن هَادِيْ حفظه الله | 23 މެއި 2016

"އަނިޔާވެރި ވެރިން" ގެ ނަމުގައި ނުކުތް ޢަދާލަތު ޕާޓީ އަދި ޖަމްޢިއްޔަތުއް ސަލަފް "ދަންނަބޭކަލުން" ގެ ހަޤީޤަތަކީ ކޮބައިތޯ؟ ބާޣީންތޯ؟ - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله | 30 އޭޕްރީލް 2016

ވެރިންނާ ދެކޮޅަށް ނުކުތުމަކީ ޚިލާފް މައްސަލަ އެއް ބުނާ މީހުންނަށް ރައްދު - الإمام العلامة الشيخ صالح الفوزان حفظه الله | 20 އޮގަސްޓު 2015

ވެރިންނާއި ދެކޮޅަށް ނުކުތުމުގެ ކުރިން ފުރިހަމަވާންޖެހޭ 5 ޝަރުޠު (ހަދީޘްގެ ޝަރަޙަ) - الإِمَامُ محمد بن صالح العثيمين رَحِمَه الله | 13 މެއި 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...