5  ވެރިޔާއަށް އިހާނެތިކޮށް ހިތައިފިމީހާ، ﷲ އިހާނެތި ކުރައްވާނެ އެވެ. - الشَّيْخُ عَبْد الرزَّاق البدر حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ވެރިޔާއަށް އިހާނެތިކޮށް ހިތައިފިމީހާ، ﷲ އިހާނެތި ކުރައްވާނެ އެވެ. - الشَّيْخُ عَبْد الرزَّاق البدر حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ވެރިންނާއި ދެކޮޅަށް ނުކުތުން

الإمَام الترمذي، أبو بكرة ގެ އަރިހުން ރިވާކުރައްވާފައިވެ އެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވި އެވެ.
(
مَنْ أَهَانَ سُلْطَانَ الله فِي الأَرْضِ أَهَانَهُ الله)

"ﷲ މި ބިންމަތީގައި ލައްވާފައިވާ ވެރިޔާއަށް އިހާނެތިކޮށް ހިތިމީހާ ﷲ ނިކަމެތިކުރައްވާނެ އެވެ."
الشَّيخُ عَبد الرزَّاق حفظه الله ވިދާޅުވެފައިވެ އެވެ.  "ވެރިޔާ ނިކަމެތިކުރެވޭ އެކިއެކި ގޮތްތައްވެ އެވެ. އޭގެ މިޘާލުތަކުގެ ތެރޭގައި، ވެރިޔާގެ އަމުރުފުޅުތައް ދެރަ، ނިކަމެތިކުރުމެވެ. ނުވަތަ ވެރިޔާގެ މަޤާމް ދަށްކޮށްލުމެވެ. ނުވަތަ ޢާންމު މީހުންގެ ހިތްތަކުގައި ވެރިޔާގެ ޤަދަރު ދަށްކޮށްލުމެވެ. އަދި މިނޫންވެސް އެކިއެކި ގޮތްތަކުން ވެރިޔާ އިހާނާތްތެރިކުރެވޭ ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުމުގައި ހުރުމެވެ.


މިކަމުގެ ޢުޤޫބާތަކީ ނަބިއްޔާ ﷺ ޙަދީޘްފުޅު ކުރައްވާފައިވާ ފަދައިން ﷲ އެމީހަކު ނިކަމެތިކުރެއްވުމެވެ. (ހަދީޘް ކުރެއްވި އެވެ.) (مَنْ أَهَانَ سُلْطَانَ الله فِي الأَرْضِ أَهَانَهُ الله) "ﷲ މި ބިންމަތީގައި ލައްވާފައިވާ ވެރިޔާއަށް އިހާނެތިކޮށް ހިތިމީހާ، ﷲ ނިކަމެތިކުރައްވާނެ އެވެ." މާނައީ : ﷲ އެމީހަކު ނިކަމެތި ކުރައްވަ އެވެ. ފަހެ، ދުނިޔެމަތީގައި ﷲ އެމީހަކަށް އިހާނެތިކުރެއްވުމުން އެއީ ދުނިޔެމަތީގައި އެމީހާގެ މައްޗަށް އަވަސްކުރައްވާފައިވާ ޢުޤޫބާތެކެވެ. އޭގެ އިތުރަށް ޤިޔާމަތް ދުވަހުގައި އޭނާގެމައްޗަށް އޮތް ޢުޤޫބާތް ބޮޑުވެގެންވެ އެވެ. އަދި ގަދަފަދަވެގެންވެ އެވެ.


ފަހެ، މިކަންތަކުން ބަޔާންވެގެންވަނީ އިންސާނާ ނުހަނުބޮޑަށް ސަމާލުވެ ރައްކާތެރިވާންޖެހޭނެ ކަމެވެ. އަދި އޭނާ ވެރިޔާއަށް އަދާކުރަންޖެހޭ އެންމެހައި ޙައްޤުތަކެއް އަދާކުރުމެވެ. އަދި އޭނާއަށް ވެރިޔާގެ ފަރާތުން ލިބެންޖެހޭ ޙައްޤުތައް ލިބުމަށް އެދި ﷲ تبارك وتعالى އަށް ދުޢާ ދެންނެވުމެވެ. އަދި އޭނާއަކީ ނަޞޭހަތްތެރިވާނެ މަކަރުނަހަދާ މީހެއްގެ ގޮތުގައިވުމެވެ. އޭނާގެ މައްޗަށް ދީނީގޮތުން ވާޖިބުކުރައްވާ ﷲ ތަޢާލާ އަމުރުފުޅު ކުރައްވާފައިވާ ފަދައިން ޤާއިމްވެ ހުންނަ މީހެއްގެ ގޮތުގައިވުމެވެ. އަދި އޭނާގެ މައްޗަށް އަބަދާއަބަދުމެ ބައްލަވައިވޮޑިގެންވާ ފަރާތެއްގެ ގޮތުގައި ޢާލަމްތަކުގެ ރައްބު ދެމިވޮޑިގެންވާ ކަމުގައި ދެކިގެން ހުރުމެވެ. ފަހެ، އޭނާގެ އަމިއްލަނަފްސު ޙިސާބުކޮށް، ޝަރީޢަތުގެ މީޒާނުން އޭނާގެ ނަފްސު ވަޒަން ކުރުމެވެ. އަދި ޝަރީޢަތުގެ ކަމަރުން އޭނާގެ ނަފްސު އައްސައިގެން ހުރުމެވެ. އަދި ރަސޫލާ ﷺ ގެ ޙަދީޘްތަކުގެ މަތީގައި ޤާއިމްވެ ދެމިހުރުމެވެ. އަދި އެގޮތުން ﷲގެ ޙަޟުރަތުން ޘަވާބާއި ދަރުމައަށް އުއްމީދުކުރުމެވެ."
*****
ފަތުވާ ނަގާފައިވަނީ : من محاضرة بعنوان : حقوق ولاة الأمر
 

އަޚުންނޭވެ! މި ބާބުގައި ދެމިހުރުން އޮތީ މާތް ނަބިއްޔާ އަންގަވައި ކަނޑައަޅައިދެއްވި ޙަދީޘްތަކުގެ މަތީގަ އެވެ. އޭގެ އިތުރު ގޮތްތަކުގެ މަތީގައި ނުވަތަ އެހެނިހެން ނިޒާމްތަކުގެ މަތީގައި ދެމިހުރެ ﷲ އާއި ރަސޫލާގެ ޝަރީޢަތުން އެކަހެރިވެގެންނުވާނެ އެވެ.

މިއަދު "އަނިޔާވެރި ވެރިންނޭ" ބުނެ، ދީނުގެ ޞައްޙަ މަންހަޖުން ބޭރުވެފައިވާ އެތަކެއް ޖަމާޢަތްތަކެއް އެބަތިއްބެވެ. އަނިޔާވެރި ވެރިންގެ އަނިޔާވެރިކަމަށް ކެތްތެރިވުމަކީ އިސްލާމްދީނުގެ އަހުލުއް-ސުންނަތުގެ އުޞޫލްތަކުގެ ތެރެއިން އުޞޫލެކެވެ. އުޞޫލެއް ބުނުމުން އެނގިގަންނަންވީ އެއީ އެއްވެސް ޒަމާނެއްގައި އެއްވެސް ބިމެއްގައި ބަދަލުވެގެންނުދާނެ އެއްޗެއް ކަމެވެ. އުޞޫލްތަކާއި ދެކޮޅުވެވޭ ބަސްތައް ބުނާ ކޮންމެ މީހަކީ މިކަމުގައި ޙައްޤުމަގު ގެއްލި ﷲ އާއި ރަސޫލާއަށް އުރެދިފައިވާ މީހެކެވެ. އަނިޔާވެރިކަމުގެ އިންތިހާ ދަރަޖަ ރަސޫލާ އަހަރެމެންނަށް އަންގަވައި ދެއްވައި އެއަށްފަހު ޢަމަލުކުރަންޖެހޭނެ ގޮތްވެސް އުނގަންނަވައި ދެއްވި އެވެ. إمام مسلم ޞަޙީހުގައި ގައި حذيفة بن اليمان رضي الله عنه އަރިއަހުން ރިވާކޮށްފައިވެ އެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ. «يَكُونُ بَعْدِي أَئِمَّةٌ لَا يَهْتَدُونَ بِهُدَايَ، وَلَا يَسْتَنُّونَ بِسُنَّتِي، وَسَيَقُومُ فِيهِمْ رِجَالٌ قُلُوبُهُمْ قُلُوبُ الشَّيَاطِينِ فِي جُثْمَانِ إِنْسٍ» ، قَالَ: قُلْتُ: كَيْفَ أَصْنَعُ يَا رَسُولَ اللهِ، إِنْ أَدْرَكْتُ ذَلِكَ؟ قَالَ: «تَسْمَعُ وَتُطِيعُ لِلْأَمِيرِ، وَإِنْ ضُرِبَ ظَهْرُكَ، وَأُخِذَ مَالُكَ، فَاسْمَعْ وَأَطِعْ» "الله ގެ ރަސޫލާއެވެ. އަހަރުމެން ނުބައިވެގެންވާ ޙާލެއްގައިވީމުއެވެ. އެއަށްފަހު الله ތަޢާލާ މި ބޮޑުވެގެންވާ ހެޔޮކަން އަހަރުމެންނަށް ދެއްވިއެވެ. މި ހެޔޮކަމުގެ ފުރަގަހުގައި ނުބައިކަމެއްވޭތޯ އެވެ." ޙަދީޘް ކުރެއްވި އެވެ."އާއެކެވެ." ދެންނެވީމެވެ. "އެއީކޮންނުބައިކަމެއްތޯއެވެ." ޙަދީޘްކުރެއްވިއެވެ. "ތިމަންނަބިއްޔާއަށް ފަހުގައި އިމާމުންތަކެއް ނުކުންނާނެ އެވެ. އެބައިމީހުން ތިމަންނަބިއްޔާގެ ހިދާޔަތަށް ހިދާޔަތް ނުދައްކާނެ އެވެ. އަދި އެބައިމީހުން ތިމަންނަބިއްޔާގެ ސުންނަތް އެއީ ސުންނަތްކަމުގައި ނުދެކޭނެ އެވެ. އެބައިމީހުންގެ ތެރޭގައިވާ ބައެއްމީހުންގެ ހަަށިތަކަކީ އިންސާނުންގެ ހަށިތައް ކަމުގައިވިޔަސް އެބައިމީހުންގެ ހިތްތަކަކީ ޝައިޠާނުންގެ ހިތްތައްް ލެވިގެންވާ ފަދަބައެކެވެ." ދެންނެވީމެވެ. اللهގެ ރަސޫލާއެވެ. އެބައިމީހުންނާ އަހަރަމެން ބައްދަލުވެއްޖެނަމަ އަހަރަމެން ޢަމަލުކުރަންވީ ކިހިނަކުންތޯއެވެ. ޙަދީޘްކުރެއްވި އެވެ. "ވެރިންނަށް އަޑުއަހާ ކިޔަމަންވާށެވެ. އަތުގައިހުރި މުދާތައްް އެވެރީންތަށް ގެންދިޔަކަމުގައި ވިޔަސް ނުވަތަ ބުރަކަށީގައި ތެޅިކަމުގައި ވިޔަސް ވެރިޔާއަށް އަޑުއަހާ ކިޔަމަންވާށެވެ."

މިއަދު މިފަދަ ނުބައި ނުލަފާ، މީސްތަކުންގެ ހަށިތަކުގައި ތަޅަމުންދާ އަދި މީސްތަކުންގެ މުދާތައް ފޭރިގަންނަމުންދާ ވެރިންނެއް ނުވެ އެވެ. އަދި ކިޔެއްތަ! މިފަދަވެރިންނާ މެދުގައި ޢަމަލު ބަހައްޓަން ޖެހޭގޮތް ބަޔާންކުރެއްވީ ﷲ ގެ ނަބިއްޔާ އެވެ. އެހެން ވުމުން މިއަދު މި އަޞްލު-އުޞޫލް ބަދަލުކޮށްފައިވާ މީހުން ތަބަޢަވަނީ ކޮންފަރާތަކަށްތޯ ބެލުން ހުއްޓެވެ؟!

ޝަރީޢަތުގެ މި ބާބު އޮޅުވައިލައި، އެބައެއްގެ ޕާޓީއަށްޓަކައި ނުވަތަ އިއްތިޙާދަށްޓަކައި، ދީނުގައި ޙަރާމްވެގެންވާ، ފާފައެއްކަމުގައި ކަނޑައެޅިފައިވާ ވެރިޔާ ނިކަމެތިކޮށް ދަށްކޮށްލުން މިވަނީ އެއީ ޝަރަފްވެރި، ކެރޭ މީހުންގެ ޢަމަލެއްގެ ގޮތުގައި ހަދާފަ އެވެ. ޙަދީޘްގައިވާ ޢުޤޫބާތް އެފައިން ޢަމަލުކޮށްފައިވާ ކިތައް މީހުންނަށް ލިބިފައިވޭ ހެއްޔެވެ؟

ރަސޫލާ ﷺ ގެ ނަޞޭޙަތްޕުޅަށްވުރެ ހެޔޮ ނަޞޭޙަތަކަކީ ކޮބައިހެއްޔެވެ؟ އެންމެހައި އާޔަތްތަކުގެ މާނަ އަދި ތަފްސީރު ދެނެވަޑައިގެން، އެނގިވަޑައިގެން ވިދާޅުވެފައިވާ ޙަދީޘްފުޅަށް މިއަދު ގޮންޖަހައި އޭނާގެ ޢަމަލުތައް އެއީ ހެޔޮޢަމަލު ގޮތުގައި ހަދައި، ވެރިޔާގެ ޤަދަރުކުޑަކޮށްފައިވާ މީހުންނަށް ނިކަމެތިކަން ލިބިފައިވާ މިންވަރު އަހަރެމެންނަށް ފެންނަމުން ދެ އެވެ.
އަޚުންނޭވެ! ދީނާއި ޝަރީޢަތުގެ މަންހަޖަށް ރުޖޫޢަވެ، ދީނުގައި ޘާބިތުކަމާއި ހެޔޮ ޢިލްމުގައި ޤާއިމްވެ ތިއްބެވި އަހުލުވެރިންގެ ފަތުވާތަކުގެ މައްޗަށް ރުޖޫޢަވުން ހުއްޓެވެ. ހިދާޔަތާއި ހެޔޮ މަގަކީ އެއީ އެވެ.

ވެރިންނާއި ދެކޮޅަށް ނުކުތުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ތިމާގެ "ސަލަފު ޖަމާޢަތް" ދީނުގެ އަޞްލުތަކާއި އުޞޫލުތަކާ ޚިލާފުވުމުން ދިވެހިން ސަމާލުވުމަށް އިރުޝާދެއް ނުދެވުނު ތަނުގައި، އެފަދަ އިރުޝާދުތައް ދިން ފަރާތްތައް ދީނުގެ ޢަދާވާތްތެރިންނަށް ވާގިވެރިވާ މުޖުރިމުން ކަމުގައި ސިފަކުރުން | 18 ނޮވެމްބަރ 2019

 ވެރިމީހާއާ މެދު އާންމުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ޢަދާވާތްތެރިކަން އުފައްދައި، ރައްޔިތުންނާ ދުރުކުރުވަން މަސައްކަތްކުރުމީ ބިންމަތީގައި ފަސާދަ އުފައްދާ މުނާފިޤުންގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެއް - الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله | 31 އޮކްޓޯބަރ 2017

 އަހަރުމެންގެ ވެރިން އަނިޔާވެރިވީ ނަމަވެސް، އެމީހުންނާ ދެކޮޅަށް ނުކުމެވޭނެކަމަކަށް އަހަރުމެން ނުދެކެމެވެ. - الإِمَام أَبُو جَعْفَر الطَّحَاوِي الحَنَفِي رحمه الله 321 ه | 29 ސެޕްޓެމްބަރ 2017

 ވެރިންނާ ދެކޮޅަށް ނުކުތުން ޙަރާމްވެގެންވޭ ބުނުމަކީ ވެރިންނަށް ވިކިފައިވުމެއް ނޫނެވެ. އެޖެންޓުންނަށް ވުމެއް ނޫނެވެ - الشَّيْخ د. العَلاَّمَة رَبِيع بن هَادي المَدخَلِي حفظه الله | 19 ޖުލައި 2017

އިސްލާމް ދީނުގެ ދިފާޢުގައި؛ ވެރިކަމުގެ ނިޒާމު ޑިމޮކްރަސީއަށްވުމުން ވެރިމީހާއާއި ދެކޮޅަށް ބަސްބުނެ މުޒާހަރާކޮށް ދެކޮޅަށް ނުކުތުން ހުއްދަކުރާ ފަރާތްތަކަށް ރައްދު - فضيلة الشيخ عبدالله البخاري حفظه الله تعالى | 13 މެއި 2017

ވެރިންގެ ޢައިބު ވާހަކަތައް ދެއްކުމާއި، ވެރިންނާ ދިމާލަށް އެއްޗެހި ކިޔުމަކީ ޚުރޫޖް ވުން - الإِمَامُ العَلَّامَة الشَّيْخُ رَبِيْع بن هَادِيْ حفظه الله | 23 މެއި 2016

"އަނިޔާވެރި ވެރިން" ގެ ނަމުގައި ނުކުތް ޢަދާލަތު ޕާޓީ އަދި ޖަމްޢިއްޔަތުއް ސަލަފް "ދަންނަބޭކަލުން" ގެ ހަޤީޤަތަކީ ކޮބައިތޯ؟ ބާޣީންތޯ؟ - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله | 30 އޭޕްރީލް 2016

ވެރިންނާ ދެކޮޅަށް ނުކުތުމަކީ ޚިލާފް މައްސަލަ އެއް ބުނާ މީހުންނަށް ރައްދު - الإمام العلامة الشيخ صالح الفوزان حفظه الله | 20 އޮގަސްޓު 2015

ވެރިންނާއި ދެކޮޅަށް ނުކުތުމުގެ ކުރިން ފުރިހަމަވާންޖެހޭ 5 ޝަރުޠު (ހަދީޘްގެ ޝަރަޙަ) - الإِمَامُ محمد بن صالح العثيمين رَحِمَه الله | 13 މެއި 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...