5  ވެރިޔާ ދަރުސް ދިނުން ހުއްޓުވައިފިނަމަ ވެރިޔާއަށް ކިޔަމަންގަންނަން ޖެހޭނެކަން އަދި ފިތުނަވެރިކަން އުފެއްދުން ނަހީވެގެންވާކަން - الإِمَام العَلامة مُحمَّد بن صَالح العُثَيمين رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ވެރިޔާ ދަރުސް ދިނުން ހުއްޓުވައިފިނަމަ ވެރިޔާއަށް ކިޔަމަންގަންނަން ޖެހޭނެކަން އަދި ފިތުނަވެރިކަން އުފެއްދުން ނަހީވެގެންވާކަން - الإِمَام العَلامة مُحمَّد بن صَالح العُثَيمين رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ވެރިންނަށް އަޑުއަހައި ކިޔަމަންތެރިވުން

މުސްލިމް ވެރިންނާއި ވެރިން އައްޔަނުކޮށްފައިވާ ފަރާތްތަކާއި ދެކޮޅަށް މީސްތަކުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުން

الإِمَام العَلامة مُحمَّد بن صَالح العُثَيمين رحمه الله ވިދާޅުވެފައިވެ އެވެ. "ސަރުކާރުގެ މަސްޢޫލުވެރިންގެ ގޮތުގައިވާ މީސްތަކުންނަކީ އަހަރެމެންގެ ވަލިއްޔުލް އަމްރުގެ ގޮތުގައިވާ ބައެކެވެ. އެބައިމީހުންނަށް އަހަރެމެންގެ ކަރުގައި އެޅިފައިވާ ބައިޢަތެއްވެއެވެ. ވަލިއްޔުލް އަމްރަށް އަހަރެމެން ކުރާހިތްވާ، ކުރާހިތްނުވާ، އަހަރެމެންނަށް ފަސޭހަ އަދި އުނދަގޫ ކޮންމެ ކަމެއްގައި ކިޔަމަންވާން ޖެހޭނެއެވެ. އެބައިމީހުންގެ ފަރާތުން އެބައިމީހުން ކާފިރުވެއްޖެކަން އެއްވެސް އޮޅުމެއްނުވާގޮތުގައި الله ގެ ޙަޒުރަތުގައި ބުރުހާން ދެއްކޭނެ މިންވަރަށް ދިއުމަށް ދާންދެން އެބައިމީހުނާ ދެކޮޅުވެގެން ނުވާނެއެވެ. މިއީ ސުންނަތުގައި އެބައިމީހުންނާ ދެކޮޅުނުވެވޭނެ ކަމަށް މިކަން އައިސްފައިވާ ގޮތެވެ. އެހެނަސް މިކަންތަކާ އެކީގައި އެބައިމީހުންނަކީ މަޢުޞޫމް ކުށް ނުކުރާނެ ބައެއްކަމުގައި އަހަރެމެން ނުބުނަމެވެ. ބޮޑެތި ފާފަތަކާއި، ކުދިފާފަތަށް އަދި ކުށް ނުކުރާނެ ބައެއްކަމުގައި ނުދެކެމެވެ. އެބައިމީހުންނަކީ އެހެން އިންސާނުން ފަދައިން ކުށް ކުރާނެ އަދި ހެޔޮގޮތުގައި ކަންތަށް ކުރެވޭނެ ބައެކެވެ. އެގޮތުން މިޘާލަކަށް އަހަރެމެންގެ ތެރެއިން މީހަކު ނަޞޭޙަތް ދިނުން ހުއްޓާލުމަށް އެބައިމީހުން އަމުރުކޮށްފިނަމަ އަހަރުމެންބުނާނަމެވެ. އެއްވެސް ނަޞޭޙަތެއްދީގެން ނުވާނެއެވެ. އާދެ! އެއީ ކީއްވެގެން ތޯ؟ ސަބަބަކީ ޙައްޤުބަޔާން ކޮށްދިނުމަކީ ކިފާޔަތުގެ ފަރުޟެކެވެ. ވުމުން ވަކިން ޒައިދު ކިޔާމީހަކަށް ނުވަތަ ޢަމުރު ކިޔާމީހަކަށް ޚާއްސަ ވެފައިވާ ކަމެއްނޫނެވެ. ވަކިފަރުދަކީ އެއީ ޙައްޤު ކަމުގައިދެކޭނަމަ އެމީހަކު ދުނިޔެ ދޫކުރުމުން ޙައްޤު ދިޔައީއެވެ. އެހެންވުމުން ޙައްޤަކީ ވަކި ޝަޚުޞިއްޔަތެއް ކަމުގައި ބަލައިގެން ނުވާނެއެވެ.


މިކަމުގައި އަހަރުމެންނަށް ރިވެތިކަން ބޮޑު މިޘާލެއްވެ އެވެ. ޖުނުބުވެރިޔާއަށް ފެން ނުލިބުމުން އޮތް ޙުކުމަކީ ތަޔައްމަމު ކުރުންކަމުގައި عَمَّار بن يَاسر رضي الله عنه ނަބިއްޔާ ﷺ ޙަދީޡްކުރެއްވިކަމުގައި ވިދާޅުވަމުން ގެންދަވަ އެވެ. އެހެނަސް عُمر بن الخَطَّاب رضي الله عنه މިގޮތުގައި ދެކެވަޑައިނުގަންނަވަ އެވެ. އެއްދުވަހު عَمَّار بن يَاسر އާއި ބައްދަލުކުރުމަށް عُمر އެދިވަޑައިގެންނެވި އެވެ. އަދި ވިދާޅުވިއެވެ. ތިޔަބަޔާންކޮށްދެނީ ކޮންޙަދީޡެއް ތޯ އެވެ؟ -މާނައަކީ ފިންޏަށް ބިރުވެތިވާ ޙާލުގައި ނުވަތަ ފެން ނުލިބުމުން ޖުނުބުވެރިޔާ ތަޔައްމަމު ކުރުމެވެ.- އެހިނދު عَمَّار ދެންނެވި އެވެ. އަހަރެންނާއި عُمر އެއްފަހަރެއްގައި ނަބިއްޔާ ﷺ ކަމެއްގައި ފޮނުއްވި ނޫންތޯ އެވެ. އަދި އަހަރެން ޖުނުބުވެރި ވުމުން އެދުވަހު އަހަރެން ވެލީގައި މުޅި ހަށިނޑު ބީއްސާހެދީމު ނޫންތޯ އެވެ. ހަނދުމަފުޅު ނުވޭ ތޯއެވެ؟ އަދި އަހަރުމެން އެނބުރި އައިސް ނަބިއްޔާ ﷺ އަރިހުގައި ދެންނެވުމުން ތަޔައްމަމު ކުރުން އެއީ އޮތްގޮތް ކަމުގައި ޙަދީޘްފުޅު ކުރެއްވި އެވެ.
އެހެނަސް އަމީރުލް މުއުމިނީން އެވެ. އަހަރެންގެ ކަރުގައި ތިޔަ ވެރިޔާގެ މައްޗަށް ވާޖިބުވެގެންވާ ކިޔަމަންގަތުމެއް الله ވާޖިބު ކުރައްވާފައި ވުމުން ވެރިޔާ ބޭނުންނަމަ އަހަރެން މިގޮތަށް މިކަން ބަޔާންކުރުމަށް ވެރިޔާ ނޭދޭނަމަ އަހަރެން މިގޮތަށް ނުބުނެ ހުންނާނަމެވެ.


الله أكبر ....  މިތަނުގައި ޞަޙާބީ ނަބިއްޔާ ﷺ ގެ ޙަދީޘް ރިވާކޮށް މީސްތަކުންނަށް ބަޔާން ކޮށްދިނުމުން އެއްކިބާވެ ގަތީ ކާކުގެ އަމުރަށްތޯ އެވެ. އާދެ އެއީ ކިޔަމަންގަތުން އަމުރުވެފައިވާ ޚަލީފާގެ ބަސްތަކުގެ މައްޗަށެވެ.
ވަލިއްޔުލް އަމުރަށް ޝެއިޚް އުޘައިމީންގެ ދިނީ ނަޞޭޙަތުގެ ރޯލުތަށް މަނާކުރުމަށް ނުވަތަ އިބްން ބާޒުގެ ރޯލުތަށް ނުވަތަ އެހެން މީހެއްގެ ރޯލުތަށް މަނާކުރުމަށް ފެނިއްޖެ ހިނދު އެކަން އެގޮތުގައި ދެމިހުންނަން ޖެހޭނެ އެވެ. މިފަދަ ކަންތަށްތައް މީސްތަކުން ވެރިންގެ މައްޗަށް ނުކުތުމަށް ވާ ސަބަބުތަށް ކަމުގައި ދެކި މީސްތަކުންގެ ހިތްތަށް ވެރިންގެ މައްޗައް ބައިބައި ކުރުމަށްވާމަގެއްގެ ގޮތުގައި ޚިޔާރުކުރުމަކީ، الله ގަންދީ ބުނަމެވެ. އަޚުންނެވެ. މިކަމަކީ މިސްތަކުންގެ މެދުގައި ފިތުނަތަށް އުފެދި ބައިބައި ވެގެންދާ އެއް އަސާސެވެ."   علماء السعودية يؤكدون على الجماعة وجوب السمع و الطاعة لولي الأمر ص 7
*****


އަޚުންނޭވެ! މިއަދުގެ ޙާލަތެވެ. ދީނަށް ދަޢުވަތުދިނުމަކީ ﷲ އާއި ކުށްތަންވުމަށް ކުރާ ޞާލީޙް ޢަމަލެކެވެ. އެއީ އިޚްލާޞްތެރިކަން އޮންނަންޖެހޭނެ އަޅުކަމެކެވެ. ބައެއްގެ ތާއީދު ހޯދުމަށް، ބައިގިނަ ކުރުމަށް އަދި އޭގެ އިތުރަށް ފިތުނަ އާއި ފަސާދަ އުފައްދާނެ މަގެއްގެ ގޮތުގައި ހޯދައިފި މީހާއަށް އޮތް ނުރައްކަލެއްގެ ބޮޑު ކަމާ އެވެ. މުސްލިމް ވެރިންނާއި، ވެރިން އައްޔަނުކޮށްފައިވާ ދަޥްލަތުގެ އިސް ފަރާތްތަކާއި މެދުގައި މުޢާމަލާތް ކުރުމަކީ ދީނުގައި ޢަޤީދާގައި އަދި މަންހަޖުގައި ކަނޑައެޅިފައިވާ ބާބެކެވެ. އުޞޫލެކެވެ. އަޚުންނޭވެ! އިސްވެދިޔަ ލިޔުމުގައިވާ މިޘާލުތައް ހަނދުމަކޮށް، ވިސްނައި، ފިކުރުކޮށްލުން ހުއްޓެވެ. މުސްލިމްވެރިޔާ ދީނީ ދަރުސް ދިނުން މަނާކުރި ކަމުގައިވީނަމަވެސް ވެރިޔާ ދެކޮޅަށް ބަސްބުނެ، ވެރިޔާގެ މައްޗަށް މީސްތަކުންގެ ތެރޭގައި ނަފްރަތު އުފައްދައި، އެއީ އެކަމަށް އޮތް ސަބަބެއްކަމުގައި ހެދުން ހުއްދައެއް ނުވާނެ އެވެ. މިއަދު ވެރިޔާ ދަރުސް ދިނުން މަނާކުރީ އެއް ނޫނެވެ. އަދި އެކަމަށް އިންކާރު ކުރެއްވީއެއްވެސް ނޫނެވެ. އެހެނަސް އެކަމަށްޓަކައި ހެދިފައިވާ ޤާނޫނާއި ޤަވާޢިދުތައް ހެދިފައިވާ ކަމަށް އެންމެންވެސް ޤަބޫލުކުރެ އެވެ. އެހިނދު އެޤާނޫނާއި ޤަވާޢިދުގެ މައްޗަށް ނުތިބެ ޢަމަލުނުކޮށް އެކަން ކުރިއަށް ގެންދިއުމަށްއުޅެ، އޭގެ އިތުރަށް ވެރިންގެ މައްޗަށް، މިނިސްޓަރުންނާއި ވެރިޔާ އައްޔަނުކޮށްފައިވާ ފަރާތްތަކުގެ މައްޗަށް މީސްތަކުންގެ ހިތް ބުރަވާނެ ގޮތާއި، ނަފްރަތު އުފެދޭނެ ވަޞީލަތަކަށް ހެދުން މީއީ އުއްމަތުގެ ސަލަފުއް ޞާލިޙުންގެ ދަޢުވަތެއް ނޫންކަން ޔަޤީން ކަށަވަރުކަމާއެކީ ބުނަމެވެ. ސުންނަތުގެ މަންހަޖާއި އުޞޫލުތައް ކޮބައިހެއްޔެވެ؟ ދީންނުގައި ޙައްޤުގޮތުގައި ދީންވެރިވުން ކޮބައި ހެއްޔެވެ؟ އުއްމަތުގެ ސަލަފުއް ޞާލިޙުންގެ ނަމުން ނަންދީ މިފަދައިން ޢަމަލު ކުރުން ހެޔޮވާނެ ހެއްޔެވެ؟ ސަލަފުއް ޞާލިޙުންގެ ޢަމަލު ހުންނާނީ މިފަދައިން ތޯ އެވެ؟ ޝެއިޚް العُثَيمين رحمه الله ގެ ދަރުތައް ނުވަތަ ޝެއިޚް ابن بَاز رحمه الله ގެ ދަރުސްތައް ހުއްޓައިލުމަށް ވެރިޔާ އަމުރުފުޅު ކުރެއްވިޔަސް އެކަމަށް ނުރުހުން ފާޅުނުކޮށް އަދި ވެރިޔާގެ މައްޗަށް ބަސްނުބުނެ ކިޔަމަންވތެރިކަން ދައްކާނެކަމުގައި ބަޔާންކޮށްފައިވުމުން، އަހަރެމެން މިއީ ކޮން މަޤާމެއްގައިވާ ބައެއް ހެއްޔެވެ؟ 


އަޚާ އެވެ! ދީންވެރިކަމާއި އިޚްލާޞްތެރިކަން ފެންނާނީ ފިތުނަވެރި، ދަތި ޙާލަތާއި، ބުރަ ޙާލަތު ދިމާވުމުންނެވެ. މިއަދު މި މަންޒަރު ކިހާ ސާފު ހެއްޔެވެ؟ ޢިޚްލާޞްތެރިންނާއި، ޙައްޤުގައި ދެމިތިއްބެވި ޢިލްމުވެރިންގެ މަންހަޖު ކޮބައި ހެއްޔެވެ؟

 

Like what you see?

Close

Hit the buttons below to follow us, you won't regret it...