 "ވެރިންނަށް ކިޔަމަންވެ އަޑުއަހަން ޖެހޭނީ ވެރިން ﷲ ގެ ދީނުގައި ދެމިތިބުމުން " ކަމުގައި ޝަރުޠު ކުރެވޭނެ ހެއްޔެވެ؟ - الشَّيْخ العَلاَّمَة مُحمد بِن صَالح العُثَيمِين رحمه الله

ކެޓަގަރީ ވެރިންނަށް އަޑުއަހައި ކިޔަމަންތެރިވުން

ޖަވާބު: "ދެންފަހެ، ހަމަނުޖެހޭ ބައެއް މީހުން ބުނެ އެވެ. "ވެރިން އެންމެ ފުރިހަމައަށް ދީނުގައި ޤާއިމްވެ ދެމިތިބުމުން މެނުވީ އަހަރެމެންގެ މައްޗަށް އެ ވެރިންނަށް އަޑުއަހައި ކިޔަމަންގަތުން ވާޖިބެއް ނުވާނެ އެވެ." 
 

މިއީ ކުށެކެވެ. މިއީ ބުނެވޭނެ ބަސްތަކެއް ނޫނެވެ. މިއީ އިސްލާމީ ޝަރީޢަތާ އެއްވެސް ގުޅުމެއް އޮތް ބަސްތަކެއް ނޫނެވެ. އަދި ކިޔެއްހެއްޔެވެ! މިއީ ޚަވާރިޖުންގެ މަޛްހަބެވެ. ޚަވާރިޖުން ބޭނުންވަނީ (ވެރިންނަށް ކިޔަމަންތެރި ވުމާއި އަޑުއެހުމުގައި) ވެރިންނަކީ ﷲ ގެ ދީނުގައިވާ އެންމެހައި ކަންކަމުގައި ފުރިހަމައަށް ޤާއިމްވެ ދެމިތިބި ބައެއްކަމުގައި ވުމަށެވެ. މިއީ ޙާޞިލްވާނެ ކަމެއް ނޫނެވެ. އެތައް ޒަމާނެއް ކުރިން ކަންތައްތައް ވަނީ ބަދަލުވެގެން ގޮސްފަ އެވެ. 
 

(ތާރީޚުގައި) ބުނެވިފައިވެ އެވެ. ބަނޫ އުމައްޔާގެ ރަސްކަލުންގެ ތެރެއިން ރަސްގެފާނަކު، އަހަރެންނަށް ހަނދާންވަނީ އެއީ عَبد المَلك بن مَروَان އެވެ. އެރަސްގެފާނުގެ އަރިއަހުގައިވި މީސްތަކުން ޖަމަޢަކުރެއްވި އެވެ. އެއީ މީސްތަކުން އެބޭފުޅާ އަދި އެބޭފުޅާގެ ޚިލާފަތާ މެދުގައި ބަސްތައް ބުނަމުންދާތީ އެވެ. މީސްތަކުންގެ ތެރޭގައިވި އެންމެ އިސްފަރާތްތައް ޖަމަޢަކުރައްވާ އެ މީސްތަކުންނަށް ވިދާޅުވި އެވެ. 
 

"ހަމަކަށަވަރުން ތިޔަބައިމީހުން އަހަރެމެންގެ ކިބައިން ބޭނުންވަނީ، އަހަރެމެންނަކީ أَبُو بَكر އަދި عُمَر ފަދައިން ވުމަށް ހެއްޔެވެ؟" އެބައިމީހުން ދެންނެވި އެވެ. "އާދޭހެވެ. އެބޭކަލުންނަކީވެސް ޚަލީފާއިންނެވެ. އަދި ތިބޭފުޅާއަކީވެސް ޚަލީފާއެކެވެ." އެހިނދު ވިދާޅުވި އެވެ. "ތިބައިމީހުންނަކީ أَبُو بَكر އަދި عُمَر ގެ ރައްޔިތުންފަދައިން ވުން ހުއްޓެވެ. އެހިނދު އަހަރެމެން އެބޭކަލުންފަދައިން ވާނަމެވެ."
 
****

ފަތުވާ ނަގާފައިވަނީ : https://goo.gl/jfmtG5 
 

Like what you see?

Close

Hit the buttons below to follow us, you won't regret it...