لله ފޮނުއްވި އެންމެހައި ރަސޫލުން އަދި ރަސޫލުކަން ޚަތަމް ކުރެއްވި ނަބިއްޔާ محمد ﷺ ބަޔާންކޮށްދެއްވި ތަޥްޙީދު - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

بيان التوحيد الذي بعث الله به الرسل جميعا وبعث به خاتمهم محمدا عليه السلام
الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله
"މި މަޢުޟޫގައި ޢިލްމުވެރިންގެ ތެރެއިން މި އުއްމަތް ދުށް އެންމެ ފުންނާބުއުސް ޢިލްމުވެރިއެއް ކަމުގައިވާ الشَّيْخُ عَبْدُ العَزِيْزُ بنْ عَبْدُ الله بِنْ بَاز رحمه الله ލިޔުއްވާފައިވާ ފޮތް "الله ފޮނުއްވި އެންމެހައި ރަސޫލުން އަދި ރަސޫލުކަން ޚަތަމް ކުރެއްވި ނަބިއްޔާ محمد ﷺ ބަޔާންކޮށްދެއްވި ތަޥްޙީދު" މިފޮތް ދިވެހި ބަހަށް ތަރުޖަމާކުރުމަށް ޤަސްދުކުރީ މި ކަމުގެ މުހިންމުކަން ބޮޑުކަމާއެކު އަހަރެމެންގެ މުސްލިމް އެންމެހައި އަޚުންނާއި އުޚުތުންނަށް ތަޥްޙީދަކީ ކޮބައިކަން ބަޔާންކޮށްދެއްވުމަށް ޢިލްމުވެރިން ކުރައްވަމުން ގެންދަވާ މަސައްކަތަށް އިތުރު އެހީތެރިކަމެއް ފޯރު ކޮށްދިނުމުގެ ގޮތުންނެވެ. އަދި މީސްތަކުން ތަޥްޙީދު އުނގެނި ތަޥްޙީދާ ފުށުއަރާ އެންމެހާ ކަންތަކުން އެކަހެރިވުމަށް އަންގައިދިނުމުގެ ގޮތުންނެވެ. އަހަރަމެންގެ އެންމެހައި މީސްތަކުންނަށް الله ގެ ތަޥްޙީދުގެ ޢިލްމުދެއްވައި ސަލަފީންގެ މަގުގައި ޘާބިތުވެ ތިބުމުގެ ތައުފީޤު އެކަލާނގެ ދެއްވާނދޭވެ. އަދި އެންމެހާ ބާޠިލް ފިރުޤާތްތަކުން އެކަހެރިކުރައްވައި އެންމެހާ ޙިޒްބީންގެ ދަންތުރައިން އަޅަމެން ރައްކައުތެރި ކުރެއްވުން އެދި الله އަށް ދަންނަވަމެވެ. وصلّى الله وسلّم على عبده ورسوله نبيّنا محمّد وعلى آله وصحبه أجمعين." الفقير إلى عفو ربّه - أَبُوْ أَنَسْ مُحَمَّدُ حَسَن
******