މި މީސްމީހުންނަކީ ޢިލްމުވެރިންގެ ޢިލްމާއި، ތަޥްޙީދާއި ﷲ ގެ ޤަދަރުވެރިކަމާއި މަތިވެރިކަމާއި މާތްވަންތަ ކަމުގައި ކޮންފަދަ ޖާހިލުބައެއް ކަމުގައިތޯ؟
މި މީސްމީހުންނަށް ނުބައިކޮށް ކުރެވޭ އެއްވެސް ކަމެއް ނުވަނީ ބާވަ އެވެ؟

ރޮގު ދަމާފައިވާ ބަސްތަކުގެ މާނައިގައިވެ އެވެ.
"އެކަލާނގެއަށް އުޑުގައި މިލްކުވެރިކަން، ބިމުގައި ބާރުވެރިކަން، ކަނޑުގައި މަތިވެރިކަން، ސުވަރުގޭގައި ރަޙްމަތް، ނަރަކައިގައި ގަދަފަދަކަން ލިބިވޮޑިގެންވެ އެވެ."
އިޚްވާނުންނޭވެ. މި އަދު މި ފެންނަ ކަންތައްތައް ކުރީގެ ދުވަސްތަކުގައި އެބަޔަކު އެގޮތުގައި ޢަމަލު ކުރުމުން އުއްމަތަށް ނަޞޭޙަތްތެރިވުމުގައިވާ، އެންމެ ބޮޑެތި ޢިލްމުވެރިން އެކަންތައްތަކަށް ބަސްބުނުމުންވެސް، އެ ޢިލްމީ ބަސްތަކަށް ބަލައިލުމެއް ނެތި، ކުރީގައި އެބަސްތައް ބޭނުންކުރި އަހުލުވެރިންގެ މަގު، މިއަދު އެފަދަ މީހުން އުފުލުމުގައިވެ އެވެ.
މި ބަސްތަކާ މެދުގައި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީ للجنة الدائمة للإفتاء އާ ސުވާލު ކުރެވުނެވެ.
ޖަވާބުގައި ވިދާޅުވި އެވެ. "ސުވާލުގައި އެ ޢިބާރާތްތަކާއި މެދުގައި ސުވާލު ކުރެވިފައިވާ ޢިބާރާތްތައް ދޫކޮށްލުން އައުލާވެގެންވެ އެވެ. ސަބަބަކީ ބައެއްމީހުންނަށް އެކަލާނގެއަށް މިލްކުވެރިކަން ޚާއްޞަވެގެންވަނީ ހަމައެކަނި އުޑުގައިކަން، އަދި ބާރުވެރިކަން ހަމައެކަނި ލިބިވޮޑިގެންވަނީ ބިމުގައިކަން ހީވެދާނެ އެވެ. ފަހެ، ތިފަދަ ޢިބާރާތްތައް ދޫކޮށްލުން އައުލާވެގެންވެ އެވެ.
ފަހެ، އެކަލާނގެ މަތިވެރިކަމާއި، ބާރުވެރިކަމާއި، މިލްކުވެވޮޑިގެންނެވުން އަދި އެންމެހައި ތަކެއްގެ މައްޗަށް ބާރުލިބިވޮޑިގެންނެވުން ވަނީ އެންމެހައި މަޚްލޫޤާތެއްގެ މައްޗަށް ޢާންމުވެގެންވާ ޙާލުގަ އެވެ." ފަތުވާ ނަންބަރ : 26/369
އާއެކެވެ. އެކަކަށްވުރެ އަނެކަކުގެ ޚުޠުބާއަކީ އޮއްޓަރެއްނެތް ޢިލްމީގޮތުން ދަށްފެންވަރެއްގެ ގޮތުގައި ވުން އެއީ މައްސަލައެއްކަމުގައި ނުވެ އެވެ. އެހެނަސް މޮޅެތި ބަސްތައް ލިޔެ، މީހުންގެ ހިތް ދަމައިގަންނަ އަސަރުކޮށް، އޭގައި ޢިލްމުވެރިން މަނާކޮށްފައިވާ ކިތަންމެ އެއްޗެއް ވުމަކީ މައްސަލައެއް ކަމުގައި ނުވެ އެވެ.