ބޮން ގޮއްވާ މީހުންނަށްވުރެ، އެއަށް ފަތުވާދޭމީހުންގެ ނުބައިކަން ބޮޑުވެގެންވެ އެވެ. - الإمام العلامة الشيخ صالح الفوزان حفظه الله

- ލިޔުން: ރާއްޖޭގައި ޖާނުން ފިދާވުމުގެ ޢަމަލު ހުއްދަ ކުރާ މީހުން -
ސުވާލު: ފަޟީލަތުއް ޝެއިޚް އެވެ. މި ދެބައިމީހުންގެ ތެރެއިން ނުބައިކަން ބޮޑުވެގެންވަނީ ކޮންބައިގަނޑެއްތޯ އެވެ. އެކިއެކި ތަންތަނުގައި ބޮންގޮއްވާ މީހުންތޯ އެވެ. ނުވަތަ އެކަން ކުރުމަށް މަގުފުރެދިފައިވާ ފަތުވާދީ އެކަމަށް ހިތްވަރުދޭ މީހުންތޯ އެވެ؟
ޖަވާބު: ތިޔަ ދެ ބައިގަނޑުމީހުންގެ ނުބައިކަންވެސް ހަމަހަމަ އެވެ. ދެ ބައިގަނޑު މީހުންވެސް ނުބައިކަމުގައި ހަމަހަމަވެގެންވެ އެވެ. އެކަމަށް ފަތުވާދޭ މީހުންނަކީ އެކަންކުރާމީހުންނާ އެއްފަދަ ވެގެންވާ ބައެކެވެ. ސަބަބަކަށްވަނީ، އެބަޔަކު ކޮށްފައިވާ އެކަންތައްތައް ކުރުމަށް އެބައިމީހުން އެ މަގުފުރެދިފައިވާ ފަތުވާ ތަކުގެ ސަބަބުން މެނުވީ ނުނިކުމެވެ. ފަހެ، އެހެންވުމުން އެބައިމީހުންނަށް އެފަދަ ފަތުވާތައް ދިން މީހުންނަކީ އެކަން ކުރި މީހުންނާ އެއްފަދަބައެކެވެ. والعياذ بالله. އަދި ކިޔެއްތޯ އެވެ. އެކަން ކުރި މީހުންނަށްވުރެ ނުބައިވެގެންވާ ބައެއްގެ ގޮތުގައިވެދާނެ އެވެ. ސަބަބަކީ އެފަދަ މީހާވަނީ، ﷲ ގެ މައްޗަށް، ޢިލްމެއް ނުވާގޮތުގައި ބަސް ބުނެފަ އެވެ. ފަތުވާ ދިން މީހާއަކީ އެކަން ކުރި މީހުންނަށްވުރެ ނުބައިކަން ބޮޑުވެގެންވާ މީހެކެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. وَلَا تَقُولُوا لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَٰذَا حَلَالٌ وَهَٰذَا حَرَامٌ لِتَفْتَرُوا عَلَى اللَّهِ الْكَذِبَ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لَا يُفْلِحُونَ "ﷲ އާމެދު ދޮގުހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ދޮގުތައް ހަދައި، ސިފަކޮށް، މިއީ ޙަލާލު ކަމެކޭ އަދި މީއީ ޙަރާމް ކަމެކޭ ތިޔަބައިމީހުން ނުބުނާ ހުއްޓެވެ. ހަމަކަށަވަރުން، ﷲ އާ މެދުގައި ދޮގުހަދާ މީހުން ނުދިންނަވާނޭ ހުއްޓެވެ." އަދިވެސް ﷲ ވަޙީކުރައްވާފައިވެ އެވެ. فَمَنْ أَظْلَمُ مِمَّنْ كَذَبَ عَلَى اللَّهِ وَكَذَّبَ بِالصِّدْقِ إِذْ جَاءَهُ "ފަހެ ﷲ އާމެދު ދޮގުހަދައި، އަދި ތެދު އެމީހެއްގެ ގާތަށް އައިހިނދު، އެ ދޮގުކުރި މީހަކަށްވުރެން، އަނިޔާވެރިކަންބޮޑީ ކާކު ހެއްޔެވެ؟" އަދިވެސް ﷲ ވަޙީކުރައްވާފައިވެ އެވެ. وَأَن تُشْرِكُواْ بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَن تَقُولُواْ عَلَى اللَّهِ مَا لاَ تَعْلَمُونَ "(އެކަލާނގެ ޙަރާމް ކުރައްވާފައިވާ ކަންތައް ކަށަވަރީ ......) އަދި ތިޔަބައިމީހުން އެކަލާނގެ އަށް ޝަރީކު ކުރުމެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، ﷲ އާ މެދުގައި ތިޔަބައިމީހުން ބުނުމެވެ." ފަހެ، އެބައިމީހުންނަށް އެކަންތައް ކުރުމަށް ފަތުވާދިން މީހުންނަކީ އެކަންތައް ކުރި މީހުންނަށްވުރެ ނުބައިވެގެންވާ ބައެކެވެ. ސަބަބަކީ އެބައިމީހުންވަނީ ﷲ ގެ މައްޗަށް ދޮގު ހަދާފަ އެވެ. އެއްވެސް ޢިލްމެއް ލިބިގެންނުވާ ޙާލުގައި އެބައިމީހުންވަނީ ﷲ ގެ މައްޗަށް ބަސްބުނެފަ އެވެ. މިއީ އެއްގޮތަކުންނެވެ. (އެބައިމީހުން ނުބައިކަން ބޮޑުވެގެންވާ) ދެވަނަ ގޮތަކީ : މި ފަތުވާދިން މީހުންނަކީ މި ޖަރީމާ ހިންގުމަށް މެދުވެރިވި ސަބަބު ކަމުގައިވި އެވެ. މި ޖަރީމާ ހިންގުމުގެ ސަބަބު ކަމުގައިވި އެވެ. އެމީހުންގެ ފަތުވާ މިކަމަށް ދީފައިނުވާނަމަ މިކަމެއް ނުހިގާނެ އެވެ.
ފަތުވާ ނަގާފައިވަނީ : https://goo.gl/InLTNe
ސަލްޓަން ޕާކް ގައި ބޮން ގޮއްވުން - 2007