5 ޒީނަތްތެރިކަން ފާޅުކުރުމާއި އޭގެ ނުރައްކައުތެރިކަން - سماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޒީނަތްތެރިކަން ފާޅުކުރުމާއި އޭގެ ނުރައްކައުތެރިކަން - سماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ފޭރާމުގެ ހުކުމްތައް

ތަރުޖަމާކޮށް ލިޔެ ތައްޔާރުކުރީ: މުޙައްމަދު ރިފާދު


سماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله

ޒީނަތްތެރިކަން ފާޅުކުރުމާއި އޭގެ ނުރައްކައުތެރިކަން

الحمد لله وحده، والصلاة والسلام على من لا نبي بعده، وعلى آله وصحبه. أما بعد:
    ފަހެ، ގިނަ ޤައުމުތަކުގައި އެކަމާ ހުރެ ބަލާވެރިކަން ފެތުރިފައިވާ ކަމަކީ ތަންދޮރު އޮޅުން ފިލާފައިވާ މީހަކަށް ފޮރުވިފައިވާ ކަމެއް ނޫނެވެ. އެ ފިތުނައަކީ: އަންހެނުންގެ ތެރެއިން ގިނަ ބަޔަކު ޒީނަތްތެރިކަން ފާޅުކުރުމާއި، މޫނު ފާޅުކުރުމާއި، ފިރިހެނުންގެ ކިބައިން ޙިޖާބުވެ ފޮރުވިނުގަތުމާއި، އަދި އެކަމެއް ފާޅުކުރުން الله އެކަނބަލުންގެ މައްޗަށް ޙަރާމްކުރެއްވި ޒީނަތްތަކުގެ ތެރެއިން ގިނަ ކަންތައް ފާޅުކުރުމެވެ.


    އަދި އެއްވެސް ޝައްކެއްނުވާ ގޮތުގައި އެކަންކަމީ ބޮޑުވެގެންވާ މުންކަރާތްތަކާއި ފާޅުވެގެންވާ ފާފަތަކުގެ ތެރެއިންވާ ކަންކަމެވެ. އަދި ޢުޤޫބާތްތައް ލިބުމާއި، އަޒާބުތައް ލިބުމަށް މެދުވެރިވާ އެންމެ ބޮޑެތި ސަބަބުތަކުގެ ތެރެއިންވާ ކަންކަމެވެ. އެއީ ޒީނަތްތެރިކަން ފާޅުކުރުމާއި މޫނު ފާޅުކުރުމުގެ ސަބަބުން ފާޙިޝް ކަންތައްތަކާއި، ޖަރީމާތަކަށް އަރައިގަތުމާއި، ލަދުވެތިކަން މަދުވުމާއި ފަސާދަ އާންމުވެގެންދާތީ އެވެ.

(މުންކަރާތް މަނާކުރުމުގެ ވާޖިބު އަދި އޭގެ ދަރަޖަތައް):  

އެންމެހައި މުސްލިމުންނޭވެ. ފަހެ ތިޔަބައިމީހުން الله އަށް ތަޤްވާވެރިވާށެވެ. އަދި ތިޔަބައިމީހުންގެ ތެރެއިންވާ ބުއްދި މަދު މީހުން ހިފަހައްޓާށެވެ. އަދި ތިޔަބައިމީހުންގެ އަންހެނުންގެ(1) މައްޗަށް الله ޙަރާމްކުރެއްވި ކަންތައްތަކުން އެކަނބަލުން މަނާކުރާށެވެ. އަދި ޙިޖާބު އެޅުމަށާއި ފޮރުވިގަތުމަށް އެކަނބަލުންނަށް ލާޒިމްކުރުވާށެވެ. އަދި الله سبحانه ގެ ކޯފާވެވޮޑިގަތުމުންނާއި ބޮޑުވެގެންވާ ޢުޤޫބާތުން ތިޔަބައިމީހުން އިންޒާރު ލިބިގަންނާށެވެ. ފަހެ ހަމަކަށަވަރުން ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ޞައްޙަވެގެންވެ އެވެ: {إِنَّ النَّاسَ إِذَا رَأَوْا الْمُنْكَرَ فَلَمْ يُغَيِّرُوهُ، أَوْشَكَ أَنْ يَعُمَّهُمْ اللهُ بِعِقَابِهِ}، رواه أحمد وابن ماجه(2). މާނައީ: "ހަމަކަށަވަރުން މީސްތަކުންނަށް މުންކަރާތް ފެނުމަށް ފަހު އެ (މުންކަރާތް) ބަދަލުނުކޮށްފި ނަމަ، الله ގެ ޢުޤޫބާތް އެބައިމީހުންގެ މައްޗަށް ޢާއްމުވުން ގާތްވެގެންވެ އެވެ."


    އަދި الله سبحانه އެއިލާހުގެ މާތްވެގެންވާ ފޮތްކޮޅުގައި ވަޙީކުރެއްވި އެވެ: {لُعِنَ الَّذِينَ كَفَرُوا مِنْ بَنِي إِسْرَائِيلَ عَلَى لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ذَلِكَ بِمَا عَصَوْا وَكَانُوا يَعْتَدُونَ (78) كَانُوا لَا يَتَنَاهَوْنَ عَنْ مُنْكَرٍ فَعَلُوهُ لَبِئْسَ مَا كَانُوا يَفْعَلُونَ} [المائدة: 78، 79] މާނައީ: "ބަނީ އިސްރާއީލުގެ ތެރެއިން ކާފިރުވީ މީހުންނަށް داود އާއި عيسى ގެ ދޫފުޅުމަތިން ލަޢުނަތް ލެއްވިގެންވެ އެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދު ފަހަނައަޅައި ދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ. އެއުރެން ކުޅަ ނުބައި ކަންތައް، އެއްބަޔަކު އަނެއް ބަޔަކަށް ނަހީކޮށެއް ނުއުޅެތެވެ. އެއުރެން ކޮށް އުޅުނު ކަންތަކުގެ ނުބައިކަމާ އެވެ!"


    الـمُسْنَدُ އަދި އެނޫން ފޮތްތަކުގައި اِبْنُ مَسْعُود رضي الله عنه ގެ އަރިއަހުން ރިވާވެގެންވެ އެވެ: أَنَّ النَّبِيَّ ﷺ تَلَا هَذِهِ الْآيَةَ، ثُمَّ قَالَ: {وَالَّذِي نَفْسِي بِيَدِهِ لَتَأْمُرُنَّ بِالْمَعْرُوفِ، وَلَتَنْهَوُنَّ عَنِ الْمُنْكَرِ، وَلَتَأْخُذُنَّ عَلَى يَدِ السَّفِيهِ، وَلَتَأْطِرُنَّهُ عَلَى الْحَقِّ أَطْراً، أَوْ لَيَضْرِبَنَّ اللهُ بِقُلُوبِ بَعْضِكُمْ عَلَى بَعْضٍ، ثُمَّ يَلْعَنُكُمْ كَمَا لَعَنَهُمْ}، رواه أحمد وأبو داود والترمذي(3). މާނައީ: ނަބިއްޔާ ﷺ މި އާޔަތް (ދެންމެ ޛިކުރުކުރެވުނު އާޔަތް) ކިޔަވައިވިދާޅުވި އެވެ. އެއަށްފަހު ޙަދީޘްކުރެއްވި އެވެ: "ތިމަން ނަބިއްޔާގެ ނަފްސުފުޅު އެފަރާތްޕުޅުގެ އަތްޕުޅުގައިވާ އިލާހު ގަންދެއްވައި ހުވާކުރައްވަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ހެޔޮކަމަށް އަމުރުކުރާނެ އެވެ. އަދި ތިޔަބައިމީހުން ނުބައިކަން ނަހީކުރާނެ އެވެ. އަދި ތިޔަބައިމީހުން ބުއްދި މަދު މީހާގެ އަތުގައި ހިފަހައްޓާނެ އެވެ. އަދި ތިޔަބައިމީހުން ރުޖޫޢަކުރުމަކުން އޭނާ ޙައްޤަށް ރުޖޫޢަކުރާނެ އެވެ. ނުވަތަ (އެހެން ނޫންނަމަ)، الله ތިޔަބައިމީހުންގެ ތެރެއިން ބައެއްގެ ހިތްތައް އަނެއް ބައެއްގެ މައްޗަށް ޖައްސަވާނެ އެވެ. (އެބަހީ: ހިތްތައް މަސްހުނި ކުރައްވާނެ އެވެ.) ދެން އެއަށްފަހު (الله) އެބައިމީހުންނަށް ލަޢުނަތް ލެއްވި ފަދައިން ތިޔަބައިމީހުންނަށް ލަޢުނަތް ލައްވާނެ އެވެ."


    އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ކަމަށް ޞައްޙަވެގެންވެ އެވެ: {مَنْ رَأَى مِنْكُمْ مُنْكَراً فَلْيُغَيِّرْهُ بِيَدِهِ، فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ، فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وَذَلِكَ أَضْعَفُ الْإِيمَانِ}، رواه أحمد ومسلم وأصحاب السنن(4). މާނައީ: "ތިޔަބައިމީހުން ކުރެ މީހަކަށް މުންކަރާތެއް ފެނިއްޖެ ނަމަ، ފަހެ އޭނާގެ އަތުން އެ (މުންކަރު) ބަދަލުކުރާ ހުށިކަމެވެ. ފަހެ އޭނާއަށް (އަތުން މަނާކުރުން) ކުޅަދާނަވެގެންނުވާ ނަމަ އޭނާގެ ދުލުންނެވެ. (އެބަހީ ދުލުން މަނާކުރާށެވެ.) ފަހެ، އޭނާއަށް ކުޅަދާނަވެގެންނުވާ ނަމަ އޭނާގެ ހިތުންނެވެ. އަދި އެއީ އީމާންކަމުގެ އެންމެ ބަލިކަށި މިންވަރެވެ."

(އަންހެނުން ޙިޖާބު އެޅުމާއި، ގޭގައި ގަރާރުވެ ތިބުމާއި، އެނޫން ވެސް އަމުރުކުރެވިގެންވާ ވާޖިބު ކަންކަން)

    އަދި ހަމަކަށަވަރުން الله سبحانه ގެ މާތްވެގެންވާ ފޮތްކޮޅުގައި، އަންހެނުން ޙިޖާބުވެ ފޮރުވިގަތުމަށާއި އެކަނބަލުން ގޭގައި ގަރާރުވެ ތިބުމަށް الله އަމުރުފުޅުކުރައްވާފައިވެ އެވެ. އަދި ޒީނަތްތެރިކަން ފާޅުކުރުމާއި ފިރިހެނުންނަށް ބަސް މުޚާޠަބުކުރުމުގައި މަޑުމޮޅިވުމުން الله އިންޒާރުދެއްވާފައިވެ އެވެ. އެކަނބަލުން ފަސާދައިން ދުރުވެ ރައްކައުތެރިވުމަށްޓަކައެވެ. އަދި ފިތުނައިގެ ސަބަބުތަކުން އެކަނބަލުންނަށް އިންޒާރު ލިބުމަށްޓަކައެވެ.


    ފަހެ الله سبحانه وتعالى ވަޙީކުރެއްވި އެވެ: { يَا نِسَاءَ النَّبِيِّ لَسْتُنَّ كَأَحَدٍ مِنَ النِّسَاءِ إِنِ اتَّقَيْتُنَّ فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلًا مَعْرُوفًا (32) وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَى وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ} [الأحزاب: 32، 33] މާނައީ: "އޭ ނަބިއްޔާގެ އަނބިއަނބިކަނބަލުންނޭވެ! ތިޔަކަނބަލުން (އެހެން) އަންހެނުންގެ ތެރެއިން އެކަކާ ވެސް އެއްފަދަ ބަޔަކު ކަމުގައި ނުވެ އެވެ. ތިޔަކަނބަލުން (الله އަށް) ތަޤްވާވެރިވެއްޖެ ނަމަ، ފަހެ ތިޔަކަނބަލުން ލޫޅާފަތި އަޑަކުން ވާހަކަ ނުދައްކާށެވެ. (އެއީ) ހިތުގެ ތެރޭގައި (ނިފާޤުގެ) ބަލިމަޑުކަމެއް ހުރި މީހަކު ދަހިވެތިވެދާނެތީ އެވެ. އަދި ތިޔަކަނބަލުން ރަނގަޅު ބަހުން ބަސްތައް ބުނާށެވެ. އަދި ތިޔަކަނބަލުން ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ(5). އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރިނުވާ ހުށިކަމެވެ. އަދި ތިޔަކަނބަލުން ނަމާދު ޤާއިމްކުރާށެވެ. އަދި ތިޔަކަނބަލުން ޒަކާތް ދޭށެވެ. އަދި الله އަށާއި އެއިލާހުގެ ރަސޫލާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ."


    މިއާޔަތުގައި، އަންހެނުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ އަދި އެންމެ ޠާހިރުވެގެންވާ، މާތް ނަބިއްޔާގެ އަނބިކަނބަލުން، أُمَّهَاتُ الْمُؤْمِنِينَ(6) ފިރިހެނުންނަށް ބަސް މުޚާޠަބުކުރުމުގައި ޚުޟޫޢަތްތެރިވުން الله سبحانه އެކަނބަލުންނަށް ނަހީކުރައްވާފައިވެ އެވެ. ބަސްބުނުމުގައި ޚުޟޫޢަތްތެރިވުމަކީ: ބަސް މަޑުމޮޅިކޮށްލުމާއި ލަންބުވާލުމެވެ. އެއީ، (އެބަހީ: އެކަން ނަހީ ކުރައްވާފައިވަނީ) އެމީހެއްގެ ހިތުގައި ޒިނޭގެ ޝަހުވަތުގެ ބަލި ހުރި މީހަކު އެކަނބަލުންނަށް ހިތްޖެހިދާނެތީ އެވެ. އަދި އެކަނބަލުން އޭނާއާ އެކު އެކަން ކުރަން އެއްބަސްވީކަމަށް ހީކޮށްފާނެތީ އެވެ. އަދި (الله تعالى) އެކަނބަލުން ގޭގައި ޤަރާރުވެ ތިބުމަށް އަމުރުފުޅުކުރެއްވި އެވެ. އަދި ޖާހިލިއްޔަ ފާޅުވުމުން ފާޅުވުމަށް އެކަނބަލުންނަށް ނަހީކުރެއްވި އެވެ. އެކަމަކީ (ޖާހިލިއްޔަ ފާޅުވުމުން ފާޅުވުމަކީ): ޒީނަތްތެރިކަމާއި ރީތިކަން ފާޅުކުރުމެވެ. މިސާލަކަށް ބޮލާއި، މޫނާއި، ކަރާއި، މެއާއި، މުލައްދަނޑި އާއި ކަށިމަތި ފަދަ ޒީނަތްތެރިކަން (އެބަހީ ޒީނަތުގެ ގުނަވަންތައް) ފާޅުކުރުމެވެ. އެކަމުގައިވާ ބޮޑުވެގެންވާ ފަސާދަ އާއި ފިތުނައިގެ ބޮޑުކަމުންނެވެ. އަދި ޒިނޭ މެދުވެރިކުރުވާ ކަންތަކަށް އަރައިގަތުމަށް ފިރިހެނުންގެ ހިތްތައް ގުޑުވާލާތީ އެވެ. ފަހެ أُمَّهَاتُ الْمُؤْمِنِينَ ގެ ހެޔޮކަމާއި، އެކަނބަލުންގެ އީމާންތެރިކަމާއި، އެކަނބަލުންގެ ޠާހިރުކަމާ އެކު ވެސް މި މުންކަރާތްތަކަށް އަރާވަޑައިނުގަތުމަށް الله އެކަނބަލުންނަށް އިންޒާރުދެއްވާފައިވީ ހިނދު، އެކަނބަލުން ނޫން އެހެން އަންހެނުންނަށް އެ އިންޒާރު އައުލާވެގެންވެ އެވެ. އަދި އެނޫން އަންހެނުންނަށް އިންޒާރުދީ މަނާކުރުމާއި އިންކާރުކުރުން އައުލާވެގެންވެ އެވެ. އަދި ފިތުނައިގެ ސަބަބުތައް ލައިގަތުމުގެ ބިރު އެނޫން އަންހެނުންނަށް މާ ބޮޑެވެ. ފިތުނަތަކުގެ މަގުފުރެދުމުން الله އަހަރެމެންނާއި އެންމެހައި މުސްލިމުން ސަލާމަތްކޮށް ރައްކައުކޮށްދެއްވާނދޭވެ. އެކަނބަލުންނަށާއި (އެބަހީ أُمَّهَاتُ الْمُؤْمِنِينَ އަށާއި) އެނޫން އަންހެނުންނަށް މި ޙުކުމް ޢާންމުވެގެންވާ ކަމުގެ ދަލީލަކީ މިއާޔަތުގައިވާ الله تعالى ގެ ބަސްފުޅެވެ: وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ މާނައީ: "އަދި ތިޔަކަނބަލުން ނަމާދު ޤާއިމްކުރާށެވެ. އަދި ތިޔަކަނބަލުން ޒަކާތް ދޭށެވެ. އަދި الله އަށާއި އެއިލާހުގެ ރަސޫލާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ." ފަހެ ހަމަކަށަވަރުން މި އަމުރުފުޅުތަކަކީ ނަބިއްޔާ ﷺ ގެ އަނބިއަނބިކަނބަލުންނަށާއި އެނޫން އަންހެނުންނަށް ޢާންމުވެގެންވާ ޙުކުމްތަކެކެވެ.


(ފިރިހެނުންގެ ކިބައިން އަންހެނުން ޙިޖާބުވެ ފޮރުވިގަތުމާއި، މަސްހުނި ނުވުން)

    އަދި الله عز وجل ވަޙީކުރެއްވި އެވެ: {وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِنْ وَرَاءِ حِجَابٍ ذَلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ} [الأحزاب: 53] މާނައީ: "އަދި އެކަނބަލުން (އެބަހީ: ނަބިއްޔާގެ އަނބިއަނބިކަނބަލުން) ގެ އަރިއަހުން ތިޔަބައިމީހުން އެއްޗަކަށް އެދޭ ނަމަ، ފަހެ ފަރުދާއެއްގެ އަނެއް ފަރާތުން ތިޔަބައިމީހުން އެކަނބަލުންނާ ސުވާލުކުރާށެވެ. ތިޔަބައިމީހުންގެ ހިތްތަކަށާއި، އެކަނބަލުންގެ ހިތްޕުޅުތަކަށް އެންމެ ޠާހިރުކަން ބޮޑީ އެގޮތެވެ." ފަހެ މި މާތްވެގެންވާ އާޔަތަކީ، ފިރިހެނުންގެ ކިބައިން އަންހެނުން ޙިޖާބުވުމާއި، އެމީހުންގެ ކިބައިން ފޮރުވިގަތުމީ ވާޖިބެއްކަން އަންގައިދޭ ޞަރީހަ ނައްސެކެވެ. ހަމަކަށަވަރުން މި އާޔަތުގައި الله سبحانه ވަނީ ސާފުކޮށްދެއްވާފަ އެވެ: ޙިޖާބުވެ ފޮރުވިގަތުމީ ފިރިހެނުންނާއި އަންހެނުންގެ ހިތްތަކަށް އެންމެ ޠާހިރުކަން ބޮޑު ގޮތެވެ. އަދި ފާޙިޝް ކަންތަކާއި އޭގެ ސަބަބުތަކުން އެންމެ ދުރުވެގެންވާ ގޮތެވެ. އަދި މޫނު ދެއްކުމާއި ޙިޖާބުނުވުމަކީ މުޑުދާރު ނަޖިސްކަމެއް ކަމަށާއި، ޙިޖާބުވެ ފޮރުވިގަތުމަކީ ޠާހިރު، ސަލާމަތްކަން ލިބިގެންވާ ކަމެއް ކަމަށް الله سبحانه އިޝާރާތްކުރައްވާފައިވެ އެވެ.


    އެހެންކަމުން އެންމެހައި މުސްލިމުންނޭވެ! ތިޔަބައިމީހުން الله ގެ އަދަބުވެރިކުރުވުމުން އަދަބު ލިބިގަންނާށެވެ. އަދި الله ގެ އަމުރުފުޅަށް ބޯލަނބައި ކިޔަމަންތެރިވާށެވެ. އަދި ޠާހިރުކަމުގެ ސަބަބެއްކަމުގައްޔާއި، ކާމިޔާބުގެ ވަސީލަތެއްގެ ގޮތުގައިވާ ޙިޖާބު އަޅައި ފޮރުވިގަތުމަށް ތިޔަބައިމީހުންގެ އަންހެނުންނަށް އަމުރުކުރާށެވެ.

(ޙިޖާބުގެ އާޔަތް)

    އަދި الله سبحانه وتعالى ވަޙީކުރެއްވި އެވެ: {يَا أَيُّهَا النَّبِيُّ قُلْ لِأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِنْ جَلَابِيبِهِنَّ ذَلِكَ أَدْنَى أَنْ يُعْرَفْنَ فَلَا يُؤْذَيْنَ وَكَانَ اللَّهُ غَفُورًا رَحِيمًا} [الأحزاب: 59]  މާނައީ: "އޭ ނަބިއްޔާ އެވެ. އިބަ ނަބިއްޔާގެ އަނބިއަނބިކަނބަލުންނާއި، އިބަ ނަބިއްޔާގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ޖިލްބާބުތަކުން ނިވާވެތިބުމަށް އިބަ ނަބިއްޔާ އެކަނބަލުންނަށް ވިދާޅުވާށެވެ. އެކަނބަލުން އެނގިގެންވުމަށާއި އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ. الله އީ غفورވަންތަ رحيمވަންތަ އިލާހު ކަމުގައި ވޮޑިގެންވެ އެވެ." އަދި 'جَلَابِيبُ' (ޖަލާބީބު) އަކީ: 'ޖިލްބާބު' (މިކަލިމައި)ގެ ގިނަ ވައްތަރެވެ. ޖިލްބާބަކީ އަންހެނަކު ޙިޖާބުވެ ފޮރުވިގަތުމަށްޓަކައި އޭނާގެ ބޮލުގަ އާއި ހަށިގަނޑުގައި، ހެދުމުގެ މަތިން އަޅާ އެއްޗެކެވެ. އިސްތަށިގަނޑާއި، މޫނާއި އެނޫން ވެސް އެކަނބަލުންގެ ރީތިކަމުގެ (ގުނަވަންތަކުގެ) މައްޗަށް އެކަނބަލުންގެ ޖިލްބާބުތައް ކައިރިކުރުމަށް، الله سبحانه ވަނީ މުއުމިނުންގެ އެންމެހައި އަންހެނުންނަށް އަމުރުފުޅުކުރައްވާފަ އެވެ. އެއީ އެކަނބަލުންނީ ޢިއްފަތްތެރި ބައެއްގެ ގޮތުގައި އެނގުމަށްޓަކައެވެ. އެއިރުން އެކަނބަލުން ފިތުނަވެރިވެގެން ނުދާނެ އެވެ. އަދި އެކަނބަލުން އެހެން މީހުން ފިތުނަވެރި ނުކުރާނެ އެވެ. އެހެން ނޫންނަމަ އެމީހުން އެކަނބަލުންނަށް އަނިޔާ ދޭނެ އެވެ. ابنُ عَبَّاس ގެ އަރިއަހުން عَلِي بن أَبِي طَلْحَةَ ރިވާކުރެއްވި އެވެ: "أَمَرَ اللهُ نِسَاءَ الْمُؤْمِنِينَ إِذَا خَرَجْنَ مِنْ بُيُوتِـهِنَّ فِي حَاجَةٍ أَنْ يُغَطِّينَ وُجُوهَهُنَّ مِنْ فَوْقِ رُؤُوسِهِنَّ بِالْجَلَابِيبِ، وَيُبْدِينَ عَيْناً وَاحِدَةً"(7) މާނައީ: "މުއުމިނު އަޅުތަކުންގެ އަންހެނުން އެކަނބަލުންގެ ގެއިން ކަމެއްގައި ނުކުމެއްޖެ ނަމަ، އެކަނބަލުންގެ ބޯތައް މަތިން ފެށިގެން އެކަނބަލުންގެ މޫނުތައް ޖިލްބާބުތަކުން ފޮރުވުމަށާއި، އެންމެ ލޮލެއް ފާޅުކުރުމަށް، އެކަނބަލުންނަށް الله އަމުރުފުޅުކުރެއްވި އެވެ." އަދި مُحَمَّد بن سِيرِين ވިދާޅުވި އެވެ: "الله عز وجل ގެ ވަޙީބަސްފުޅު: يُدْنِينَ عَلَيْهِنَّ مِنْ جَلَابِيبِهِنَّ (މި އާޔަތާ) ބެހޭގޮތުން އަޅުގަނޑު عَبِيدَةُ السَّلْمَانِي އާ ސުވާލުކުރީމެވެ. ފަހެ އެބޭފުޅާގެ މޫނުފުޅާއި އިސްތަށިފުޅު ފޮރުއްވެވި އެވެ. އަދި އެބޭފުޅާގެ ވައަތު ލޯފުޅު ފާޅުކުރެއްވި އެވެ."(8) ދެން އެއަށްފަހު (އާޔަތުގެ ފަހުކޮޅުގައި)، الله سبحانه ގެ ޙަޟްރަތުން ނަހީއާއި އިންޒާރު އައުމުގެ ކުރިން އެކަމުގައި ހިނގައިދިޔަ ފަރުވާކުޑަވުމުގެ މައްޗަށް އެއިލާހީ غفورވަންތަ رحيمވަންތަ އިލާހުކަން އެއިލާހު سبحانه ޚަބަރުފުޅު ދެއްވެވި އެވެ.


(މުސްކުޅި އަންހެނުންގެ ހަށިގަނޑުން ކަޝްފުކުރުން ހުއްދަވެގެންވާ މިންވަރާއި، ކަޝްފުކުރުން ހުއްދަވުމުގެ ޝަރުޠުތައް)

    އަދި الله عز وجل ވަޙީކުރެއްވި އެވެ: {وَالْقَوَاعِدُ مِنَ النِّسَاءِ اللَّاتِي لَا يَرْجُونَ نِكَاحًا فَلَيْسَ عَلَيْهِنَّ جُنَاحٌ أَنْ يَضَعْنَ ثِيَابَهُنَّ غَيْرَ مُتَبَرِّجَاتٍ بِزِينَةٍ وَأَنْ يَسْتَعْفِفْنَ خَيْرٌ لَهُنَّ وَاللَّهُ سَمِيعٌ عَلِيمٌ} [النور: 60] މާނައީ: "ކައިވެންޏަކަށް އެދުންނުވާ މުސްކުޅި އަންހެނުން، ޒީނަތްތެރިކަން ފާޅުނުކުރާ ގޮތުގައި އެކަނބަލުންގެ ފޭރާން ލުއިކޮށްލުމަކުން އެކަނބަލުންގެ މައްޗަކަށް ކުށެއް ނެތެވެ. (ނަމަވެސް) އެކަނބަލުން ޢިއްފަތްތެރިވުން އެކަނބަލުންނަށް ހެޔޮކަން ބޮޑެވެ. އަދި الله އީ އެންމެ މޮޅަށް އައްސަވާވޮޑިގެންވާ، އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ."


    (މި އާޔަތުގައި) الله سبحانه އަންގަވަނީ އަންހެނުންގެ ތެރެއިންވާ ދުވަސްވީ މީހުން، އެބަހީ ކައިވެންޏަކަށް އުންމީދުނުކުރާ މުސްކުޅި އަންހެނުން، އެކަނބަލުންގެ މޫނުތަކުގަ އާއި އަތްތަކުގައި ހެދުން ނޭޅި ނަމަވެސް (އެބަހީ: ކަޝްފުކޮށް ދެއްކި ނަމަވެސް) އެކަނބަލުންނަށް ފާފައެއް ނުވާކަމެވެ. އެއީ އެކަނބަލުން ޒީނަތްތެރިކަން ފާޅުނުކުރާ ނަމަ އެވެ. ފަހެ އެކަމުން އެނގިގެންދަނީ ޒީނަތްތެރިކަން ފާޅުކުރާ އަންހެނަކަށް އޭނާގެ މޫނުމަތިންނާއި ދެ އަތްތިލައިން އަދި އެނޫން ވެސް އޭނާގެ ޒީނަތުގެ ގުނަވަންތަކުން ހެދުން ނަގައިގެން ނުވާނެކަމެވެ. (އެބަހީ އެ ގުނަވަންތައް އެފަދަ އަންހެނަކު ކަޝްފުކޮށްގެން ނުވާނެކަމެވެ.) އަދި އެކަނބަލުންގެ މައްޗަށް އެކަމުގައި ފާފައެއް ވާކަމެވެ. އޭނާއަކީ މުސްކުޅިއެއްކަމުގައިވީ ނަމަވެސްމެ އެވެ. (9)ސަބަބަކީ "لِكُلِّ سَاقِطَةٍ لَهَا لَاقِطَةٌ" މާނައީ: "ބިންމައްޗަށް ވެއްޓިފައިވާ ކޮންމެ އެއްޗެއް ނަގާނެ މީހަކުވެ އެވެ."(10) އަދި ޒީނަތްތެރިކަން ފާޅުކުރުމުން އެ ފާޅުކުރި އަންހެނާއާ ފިތުނަ ކުރިމަތިވާތީ އެވެ. އޭނާއަކީ މުސްކުޅިއަކު ކަމުގައިވީ ނަމަވެސްމެ އެވެ. ފަހެ ޒުވާން އަންހެނާ އަދި ރީތި އަންހެނާ ޒީނަތްތެރިކަން ފާޅުކޮށްފި ނަމަ އެކަމުގެ ޙާލު ވާނީ ކިހިނަކުން ހެއްޔެވެ؟! އެއްވެސް ޝައްކެއް ނެތެވެ. ހަމަކަށަވަރުން އެ އަންހެނާގެ ފާފަ ބޮޑުވެގެންވެ އެވެ. އަދި އެ އަންހެނާގެ ޖަރީމާ ބޮޑުވެގެންވެ އެވެ. އަދި އެ އަންހެނާގެ ސަބަބުން މެދުވެރިވާ ފިތުނަ ބޮޑުވެގެންވެ އެވެ

.
    (މޫނާއި ދެ އަތްތިލަ ކަޝްފުކުރަން ބޭނުންވާ) މުސްކުޅި އަންހެނާއަކީ، ކައިވެންޏަށް ނުއެދޭ މީހަކަށްވުމަށް الله سبحانه ޝަރުޠުކުރައްވާފައިވެ އެވެ. އެއީ އޭނާ ކައިވެންޏަކަށް އެދުމުން، ފިރިންގެ ބޭނުމުގައި ރީތިވުމަށާއި ޒީނަތްތެރިކަން ފާޅުކުރުމަށް އެކަން ގޮވާލާތީ އެވެ. މި ނޫން ސަބަބެއް މި ކަމުގައި (އެބަހީ މި ޝަރުޠު ހިމެނުމުގައި) ނުވެ އެވެ. والله أعلم. އެހެންކަމުން އޭނާގެ ރީތިކަމުގެ ގުނަވަންތަކުން ހެދުން ނެގުން (އެބަހީ އެ ގުނަވަންތައް ކަޝްފުކުރުން) އޭނާއަށް ނަހީކުރެވިގެންވެ އެވެ. އެއީ އޭނާ އާއި އެނޫން މީހުން ފިތުނައިން ރައްކައުތެރިކުރުމަށްޓަކައެވެ. ދެން އެއަށްފަހު الله سبحانه މި އާޔަތް ނިންމަވާލައްވާފައިވަނީ ޢިއްފަތްތެރިވުމަށް މުސްކުޅި އަންހެނުންނަށް ބާރުއެޅުއްވުމާ އެކު އެވެ. އަދި އެކަނބަލުން ޒީނަތްތެރިކަން (އެބަހީ ކަޝްފުކުރުން ހުއްދަވެގެންވާ ގުނަވަންތައް) ފާޅުނުކުރާ ނަމަ، އެކަން އެކަނބަލުންނަށް ހެޔޮވެގެންވާކަން ސާފުކޮށްދެއްވާފައިވެ އެވެ. އެހެންކަމުން ހެދުމުން ޙިޖާބު އަޅައި ފޮރުވިގަތުމުގެ މަތިވެރިކަން އެކަމުން ބަޔާންވެގެންދެ އެވެ. މުސްކުޅި އަންހެނުންނަށްވީ ނަމަވެސްމެ އެވެ. އަދި އެކަން ހެދުން ނެގުމަށް ވުރެ ހެޔޮކަން ބޮޑުވެގެންވެ އެވެ. އެހެންކަމުން ޙިޖާބު އަޅައި ފޮރުވިގަތުމާއި، ޒީނަތްތެރިކަން ފާޅުކުރުމުން ދުރުވެ ޢިއްފަތްތެރިވުމަކީ، ޒުވާން އަންހެނުންނަށް ހެޔޮކަން ބޮޑު ކަމަކަށްވުން ވާޖިބުވެ އައުލާވެގެންވެ އެވެ. އަދި ފިތުނައިގެ ސަބަބުތަކުން ދުރުކުރުވާ ކަމެއްގެ ގޮތުގައިވުން ވާޖިބުވެ އައުލާވެގެންވެ އެވެ.


(ޙަރާމް ބެލުންތަކުން ލޯތައް ތިރިކުރުމާއި، އަންހެނުން ޚިމާރު އެޅުމާއި، ޒީނަތްތެރިކަން ފާޅުކުރެވޭ މިންވަރާއި، ޒީނަތްތެރިކަން ފާޅުކުރުން ހުއްދަވެގެންވަނީ ކޮން ބައެއްގެ ކުރިމަތީގައި ކަން)

އަދި الله سبحانه ވަޙީކުރެއްވި އެވެ: {قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَلِكَ أَزْكَى لَهُمْ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ (30) وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَى عَوْرَاتِ النِّسَاءِ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِنْ زِينَتِهِنَّ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ } [النور: 30، 31] މާނައީ: "މުއުމިނު ފިރިހެނުންނަށް އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި އެއުރެންގެ ފަރުޖުތައް (އެބަހީ: ޖިންސީ ގުނަންތައް) ރައްކައުތެރިކުރުމަށް އިބަ ނަބިއްޔާ ވިދާޅުވާށެވެ. އެގޮތް އެއުރެންނަށްޓަކައި ޠާހިރުކަން ބޮޑެވެ. ހަމަކަށަވަރުން الله އީ އެއުރެން ކުރާ ކަންތައް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތެވެ. އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކައުތެރިކުރުމަށް އިބަ ނަބިއްޔާ ވިދާޅުވާށެވެ. އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާ ތަން ފިޔަވައި އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ. އަދި އެކަނބަލުންގެ ޚިމާރުތައް(11) އެކަނބަލުންގެ ކަރުވަޅު މަތީގައި އަޅައި ނިވާކުރާ ހުށިކަމެވެ. އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚްތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާވަރުގެ ތަބަޢަވާ މީހުންނަށް(12)، ނުވަތަ އަންހެނުންގެ ޢައުރަތައް ނޭނގޭ ވަރުގެ ކުޑަ ކުއްޖާއަށް މެނުވީ އެކަނބަލުންގެ ޒީނަތްތެރިކަން ފާޅު ނުކުރާހުށިކަމެވެ. އަދި އެކަނބަލުންގެ (ގަހަނާ އާއި) ޒީނަތުގެ ތެރެއިން ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުޖަހާހުށިކަމެވެ. އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން الله އަށް ތައުބާވާށެވެ. (އެއީ) ތިޔަބައިމީހުން ކާމިޔާބުވުމަށްޓަކައެވެ."


މި މާތްވެގެންވާ ދެ އާޔަތުގައި މުއުމިނު ފިރިހެނުންނަށާއި މުއުމިނު އަންހެނުންނަށް الله سبحانه އަމުރުފުޅުކުރައްވާފައިވަނީ ލޯތައް ތިރިކުރުމަށާއި ފަރުޖުތައް ރައްކައުތެރިކުރުމަށެވެ. ޒިނޭގެ ފާޙިޝްކަން ބޮޑުވުމުގެ ސަބަބުންނާއި މުސްލިމުންގެ މެދުގައި ޒިނޭގެ ސަބަބުން މެދުވެރިވާ ބޮޑެތި ފަސާދަތަކުގެ ސަބަބުން މެނުވީ، އެފަދައިން އަމުރުކުރެވިގެން ނުވެ އެވެ. އަދި އެހެނީ ލޯތައް ހިފެހެއްޓުމެއް ނެތި ދޫކޮށްލުމީ ހިތުގެ ބައްޔާއި ފާޙިޝް ކަންތައް ހިނގައިދިއުމުގެ ވަސީލަތްތަކުގެ ތެރެއިން ވަސީލަތަކަށްވާތީ އެވެ. އަދި ލޯތައް ތިރިކުރުމީ އެކަމުން ސަލާމަތްވާ ސަބަބުތަކުގެ ތެރެއިންވާ ސަބަބެކެވެ. މިހެންކަމުން الله سبحانه ވަޙީކުރެއްވި އެވެ: قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَلِكَ أَزْكَى لَهُمْ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ މާނައީ: "މުއުމިނު ފިރިހެނުންނަށް އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި އެއުރެންގެ ފަރުޖުތައް (އެބަހީ: ޖިންސީ ގުނަންތައް) ރައްކައުތެރިކުރުމަށް އިބަ ނަބިއްޔާ ވިދާޅުވާށެވެ. އެގޮތް އެއުރެންނަށްޓަކައި ޠާހިރުކަން ބޮޑެވެ. ހަމަކަށަވަރުން الله އީ އެއުރެން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ފަރާތެވެ." އެހެންކަމުން ލޯ ތިރިކުރުމާއި ފަރުޖު ރައްކައުތެރިކުރުމީ މުއުމިނު އަޅާއަށް ދުނިޔެއާއި އާޚިރަތުގައި އެންމެ ހެޔޮވެގެންވާ ގޮތެވެ. އަދި ހިފެހެއްޓުމެއް ނެތި ލޯ ދޫކުރުމީ (ނަޒަރު ހިންގުމީ) ފަސާދަ އާއި، ދުނިޔެ އާއި އާޚިރަތުގައި ޢަޛާބު ލިބުމުގެ އެންމެ ބޮޑެތި ސަބަބުތަކުގެ ތެރެއިންވާ ސަބަބެކެވެ. އަޅަމެންނަށް އެކަމުން ރައްކައުތެރިކަން ދެއްވުމަށް الله ގެ ޙަޟްރަތުން އެދި ދަންނަވަމެވެ.


އަދި الله عز وجل ޚަބަރުފުޅުދެއްވި އެވެ: ހަމަކަށަވަރުން އެއިލާހު މީސްތަކުން ކުރާ ކަންތަކުގެ ޚަބަރު ދެނެވޮޑިގެންވެ އެވެ. އަދި ފޮރުވިގެންވާ އެއްވެސް އެއްޗެއް އެއިލާހަށް ފޮރުވިގެނެއްނުވެ އެވެ. އަދި މިކަމުގައި މުއުމިނު އަޅާ الله ޙަރާމްކުރެއްވި ކަމަކަށް އަރައިގަތުމަށާއި، الله އޭނާއަށް ޝަރުޢުކުރެއްވި ކަމަކަށް ފުރަގަސްދިނުމުގައި އިންޒާރެއްވެ އެވެ. އަދި الله އޭނާއަށް ބައްލަވާވޮޑިގެންވާކަމާއި އޭނާގެ ހެޔޮ ޢަމަލުތަކާއި އެނޫން ޢަމަލުތައް الله ދެނެވޮޑިގެންވާކަމުގެ ހަނދުމަކޮށްދިނުމެއް އޭނާއަށްވެ އެވެ. الله تعالى ވަޙީކުރެއްވި ފަދައިންނެވެ: {يَعْلَمُ خَائِنَةَ الْأَعْيُنِ وَمَا تُخْفِي الصُّدُورُ} [غافر: 19] މާނައީ: "ލޯތަކުގެ ޚިޔާނަތްތަކާއި މޭތައް ފޮރުވާ ކަންތައް އެއިލާހު ދެނެވޮޑިގެންވެ އެވެ." އަދި الله تعالى ވަޙީކުރެއްވި އެވެ: {وَمَا تَكُونُ فِي شَأْنٍ وَمَا تَتْلُو مِنْهُ مِنْ قُرْآنٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ} [يونس: 61] މާނައީ: "އިބަ ނަބިއްޔާ ކޮންމެ ކަމެއްގައި އުޅުއްވި ނަމަވެސް، އަދި އިބަ ނަބިއްޔާ ޤުރްއާނުން ކޮންމެ އެއްޗެއް ކިޔަވައިވިދާޅުވި ނަމަވެސް، އަދި ތިޔަބައިމީހުން ކޮންމެ ޢަމަލެއް ކުރި ނަމަވެސް، އެ ޢަމަލުގެ ތެރޭގައި ތިޔަބައިމީހުން އުޅޭ ހިނދު، ތިޔަބައިމީހުންގެ މައްޗަށް ތިމަން އިލާހު ހެކިވެވޮޑިގެންވާ ކަމުގައި މެނުވީ ނުވަމެވެ."


ފަހެ ވާޖިބުވެގެންވަނީ އަޅާ އޭނާގެ ވެރި އިލާހަށް ބިރުވެތިވެ އިންޒާރު ލިބިގަތުމެވެ. އަދި އެއިލާހަށް އުރެދުމެއްގެ މަތީގައިވާ ޙާލުގައި ނުވަތަ އެއަޅާގެ މައްޗަށް ވާޖިބުކުރެވުނު ޢަމަލެއް ނުކޮށް ދޫކޮށްލުމުގެ މަތީގައިވާ ޙާލު الله އޭނާއަށް ބައްލަވައިވޮޑިގަންނަވާނެތީ، އެއިލާހުގެ ޙަޟްރަތުން ލަދުގަތުން ވާޖިބުވެގެންވެ އެވެ. އެއަށްފަހު الله سبحانه ވަޙީކުރެއްވި އެވެ: وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ މާނައީ: "އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކައުތެރިކުރުމަށް އިބަ ނަބިއްޔާ ވިދާޅުވާށެވެ." ފަހެ الله މުއުމިނު އަންހެން އަޅުތަކުންނަށް ލޯ ތިރިކުރުމަށާއި، ފަރުޖު ރައްކައުތެރިކުރުމަށް އަމުރުފުޅުކުރެއްވި އެވެ. އެކަމަށް މުއުމިނު ފިރިހެނުންނަށް އަމުރުފުޅުކުރެއްވި ފަދައިންނެވެ. ފިތުނައިގެ ސަބަބުތަކުން އެކަނބަލުންނަށް ރައްކައުތެރިކަން ލިބުމަށްޓަކައެވެ. އަދި ޢިއްފަތްތެރިކަމާއި ސަލާމަތްކަމުގެ ސަބަބުތަކަށް އެކަނބަލުންނަށް ބާރުއެޅުމަށްޓަކައެވެ. އެއަށްފަހު الله سبحانه ވަޙީކުރެއްވި އެވެ: وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا މާނައީ: "އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާ ތަން ފިޔަވައި އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ." اِبْنُ مَسْعُود رضي الله عنه ވިދާޅުވި އެވެ: مَا ظَهَرَ مِنْهَا (މާނައީ: "އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާ ތަން") އޭގެން މާނަކުރައްވަނީ: "ހެދުމުން (އެބަހީ އޭގެ ބޭރުފުށުން) ފާޅުވާ ތަކެއްޗެވެ. ފަހެ ހަމަކަށަވަރުން އެކަން ވަނީ ޢަފޫކުރެވިގެންނެވެ."(13) އަދި އެޞަޙާބީ رضي الله عنه ގެ މުރާދުފުޅަކީ: ހެދުންތަކުގައި ޒީނަތްތެރިކަން ފާޅުކުރުމާއި ފިތުނަ ނުވާ ހެދުންތަކެވެ. ދެން ފަހެ ابنُ عَبَّاس  ގެ އަރިއަހުން، مَا ظَهَرَ مِنْهَا (މި އާޔަތުގެ ތަފްސީރަކީ) މޫނާއި އަތްތިލަ ކަމަށް އެޞަޙާބީ ތަފްސީރު ކުރެއްވިކަމުގެ ރިވާޔަތް ވާރިދުވެގެންވަނީ ޙިޖާބުގެ އާޔަތް(14) ބާވައިލެއްވުމުގެ ކުރިން އަންހެނުންގެ ޙާލަތު ހުރި ގޮތަށެވެ. ދެން ފަހެ އެއަށްފަހު (އެބަހީ ޙިޖާބުގެ އާޔަތަށް ފަހު)، ހަމަކަށަވަރުން الله ވަނީ ހުރިހައި ތަނެއް (އެބަހީ މޫނާއި އަތްތިލަ ވެސް) ފޮރުވުމަށް އެކަނބަލުންނަށް ވާޖިބުކުރައްވަވާފަ އެވެ. الأحزاب ސޫރަތާއި އެނޫން ސޫރަތްތަކުގައިވާ މާތްވެގެންވާ އާޔަތްތަކުގައި ބަޔާންވެދިޔަ ފަދައިންނެވެ.


އަދި ابنُ عَبَّاس ބޭނުންވެވަޑައިގެންނެވި މުރާދުފުޅަކީ އެއީކަމަށް ދަލީލުކޮށްދެނީ އެޞަޙާބީގެ އަރިއަހުން عَلِي بن أَبِي طَلْحَةَ ރިވާކުރެއްވި ރިވާޔަތެވެ: "أَمَرَ اللهُ نِسَاءَ الْمُؤْمِنِينَ إِذَا خَرَجْنَ مِنْ بُيُوتِـهِنَّ فِي حَاجَةٍ أَنْ يُغَطِّينَ وُجُوهَهُنَّ مِنْ فَوْقِ رُؤُوسِهِنَّ بِالْجَلَابِيبِ، وَيُبْدِينَ عَيْناً وَاحِدَةً"(15) މާނައީ: "މުއުމިނު އަޅުތަކުންގެ އަންހެނުން އެކަނބަލުންގެ ގެއިން ކަމެއްގައި ނުކުމެއްޖެ ނަމަ، ޖިލްބާބުތަކުން އެކަނބަލުންގެ ބޯތައް މަތިން ފެށިގެން އެކަނބަލުންގެ މޫނުތައް ފޮރުވުމަށާއި، އެންމެ ލޮލެއް ފާޅުކުރުމަށް، އެކަނބަލުންނަށް الله އަމުރުފުޅުކުރެއްވި އެވެ." شَيخُ الإِسْلَامِ ابنُ تَيْمِيَّةَ އާއި އެނޫން ވެސް ތަޙްޤީޤާއި ޢިލްމުގެ އަހުލުވެރިން އެކަމަށް އަލިއަޅުއްވާލެއްވި އެވެ. (އެބަހީ ابنُ عَبَّاسގެ މި ތަފާތު ދެ ރިވާޔަތް ޖަމާކުރާނީ ކިހިނަކުން ކަމެވެ.) އަދި އެއީ އެކަމުގެ އެއްވެސް ޝައްކެއް ނުވާ ޙައްޤުވެގެންވާ ގޮތެވެ.


އަދި މޫނާއި ދެ އަތްތިލަ ފާޅުކުރުމުގެ މައްޗަށް ބިނާވާ ފަސާދަ އާއި ފިތުނައަކީ އެނގިގެންވާ ޙަޤީޤަތެކެވެ. އަދި ހަމަކަށަވަރުން الله تعالى ގެ އާޔަތް: {وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِنْ وَرَاءِ حِجَابٍ} [الأحزاب: 53] ވޭތުވެ ހިނގައްޖެ އެވެ. އަދި އެއްވެސް ކަމެއް (ޙާލަތެއް) އެ އާޔަތުގައި އިސްތިސްނާ ކުރެވިފައެއް ނުވެ އެވެ. އަދި އެ އާޔަތަކީ مُحْكَم(17) އާޔަތެކެވެ. ފަހެ އެ އާޔަތުގައި ހިފުމަށާއި، އެ އާޔަތުގެ މައްޗަށް ބަރޯސާވުމަށާއި، އެނޫން އާޔަތްތައް އެ އާޔަތުގެ (މާނައާ) އެއްގޮތަށް އުފުލުން ވާޖިބުވެގެންވެ އެވެ. އަދި އެ އާޔަތުގައިވާ ޙުކުމަކީ ނަބިއްޔާ ﷺ ގެ އަނބިކަނބަލުންނަށާއި އެނޫން މުއުމިނުންގެ އަނބީންނަށް ޢާންމުވެގެންވާ ޙުކުމެކެވެ. އަދި النور ސޫރަތުގައި އެކަމަށް އަލިއަޅުވާފައިވާ އާޔަތް ވޭތުވެ ހިނގައްޖެ އެވެ. އެ އާޔަތަކީ މުސްކުޅި އަންހެނުންނާއި އެކަނބަލުންގެ މައްޗަށް ދެ ޝަރުޠަކާ ލައިގެން މެނުވީ ހެދުން ނެގުން (އެބަހީ މޫނާއި ދެ އަތްތިލަ ކަޝްފުކުރުން) ޙަރާމްކުރެއްވިކަމާ ބެހޭގޮތުން الله سبحانه ޛިކުރުކުރެއްވި އާޔަތެވެ. އެ ދެ ޝަރުޠުން ކުރެ އެއް ޝަރުޠަކީ: އެކަނބަލުން ކައިވެންޏަށް އުންމީދު ނުކުރާ ބައެއްގެ ގޮތުގައި ވުމެވެ. ދެވަނަ ޝަރުޠަކީ: ޒީނަތްތެރިކަން ފާޅުކުރާ ބައެއްގެ ގޮތުގައި ނުވުމެވެ. އެކަމާ ބެހޭގޮތުން ދެކެވުނު ވާހަކަ ވޭތުވެ ހިނގައްޖެ އެވެ. އަދި ހަމަކަށަވަރުން (މި) ޛިކުރުކުރެވުނު އާޔަތަކީ، އަންހެނުން މޫނު ދެއްކުމަށާއި، އެމީހުންގެ ޒީނަތްތެރިކަން ފާޅުކުރުން ޙަރާމްކުރެވިގެންވާ ކަމުގެ މައްޗަށް އޮތް ފާޅުވެގެންވާ ޙުއްޖަތެކެވެ. ޔަޤީން ކަށަވަރު ކޮށްދޭ ބުރުހާނެކެވެ (ދަލީލެކެވެ).


އަދި އިފްކުގެ ޙާދިޘާގައި عَائِشَة رضي الله عنهما ގެ އަރިއަހުން ރިވާވެގެންވާ ރިވާޔަތްތައް ވެސް އެކަމުގެ މައްޗަށް (އެބަހީ މޫނު ދެއްކުމާއި ޒީނަތްތެރިކަން ފާޅުކުރުމަކީ ޙަރާމްކަމެއް ކަމަށް) ދަލީލުކޮށްދެ އެވެ. صَفْوَان بْنُ المُعَطَّل السُّلَمِي ގެ އަޑުފުޅު އިވިވަޑައިގަތުމުން އެކަމަނާ މޫނުގައި ޚިމާރު އެޅުއްވި އެވެ. އަދި ވިދާޅުވި އެވެ: "ހަމަކަށަވަރުން ޙިޖާބު އެޅުމުގެ ކުރިން އެ ޞަޙާބީއަށް ތިމަން ކަމަނާ އެނގިވަޑައިގެންފައިވި އެވެ." ފަހެ މީގެން ދަލީލުކޮށްދެނީ: ޙިޖާބުގެ އާޔަތް ބާވައިލެއްވުނު ފަހުން، އަންހެނުންގެ މޫނުތަކުގައި ޚިމާރު އެޅުމުގެ ސަބަބުން އެކަނބަލުންނަކީ ކޮން ބައެއްކަން އެނގިގެން ނުވާކަމެވެ. އަދި މިއަދު ޒީނަތްތެރިކަން ފާޅުކުރުމާއި ރީތިކަން ދެއްކުމުގެ ތެރެއަށް އަންހެނުން ވެއްޓިފައިވާ ކަމާއި އެކަން ގިނަވެފައިވުމަކީ ފޮރުވިގެންވާ ކަމެއް ނޫނެވެ. ފަހެ ނުބައިކަމަށް ފޯރުކޮށްދޭ ސަބަބުތައް މަނާކުރުމާއި، ފަސާދަތަކަށާއި ފާޙިޝް ކަންތައް ފެތުރިގެންދިއުމަށް މެދުވެރިކުރުވާ ވަޞީލަތްތައް ނެތިކޮށްލުން ވާޖިބުވެގެންވެ އެވެ.

 

(މަހުރަމަކާ ނުލައި އަންހެނަކު ހިލޭ ފިރިހެނަކާ އެކަހެރި ނުވުމާއި، މަހުރަމަކާ ނުލައި އަންހެނަކު ދަތުރު ނުކުރުން)

އަދި ފަސާދައިގެ އެންމެ ބޮޑެތި ސަބަބުތަކުގެ ތެރެއިން ފިރިހެނުން އަންހެނުންނާ އެކަހެރިވުމާއި، ފިރިހެނުން އަންހެނުންނާ އެކު މަހުރަމަކާ(16) ނުލައި ދަތުރުކުރުން ހިމެނެ އެވެ. އަދި ހަމަކަށަވަރުން ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ކަމަށް ނަބިއްޔާގެ އަރިއަހުން ޞައްޙަވެގެންވެ އެވެ: {لَا يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلَّا وَمَعَهَا ذُو مَحْرَمٍ وَلَا تُسَافِرِ الْمَرْأَةُ إِلَّا مَعَ ذِي مَحْرَمٍ}، رواه مسلم(18). މާނައީ: "އަންހެނަކާ އެކު (އޭނާގެ) މަހުރަމެއްވާ ޙާލުގައި މެނުވީ ހަމަކަށަވަރުން ފިރިހެނަކު އަންހެނަކާ އެކު އެކަހެރި ނުވާހުށިކަމެވެ. އަދި އަންހެނަކު މަހުރަމަކާ އެކު މެނުވީ ދަތުރު ނުކުރާހުށިކަމެވެ." އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވި އެވެ: {لَا يَخْلُوَنَّ رَجُلٌ بِامْرَأَةٍ، فَإِنَّ ثَالِثَهُمَا الشَّيْطَانُ}، رواه أحمد والترمذي(19). މާނައީ: "ފިރިހެނަކު އަންހެނަކާ އެކު އެކަހެރި ނުވާހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެ ދެ މީހުންގެ ތިންވަނައަކީ ޝައިޠާނާ އެވެ." އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވި އެވެ: {أَلَا لَا يَبِيتَنَّ رَجُلٌ عِنْدَ امْرَأَةٍ ثَيِّبٍ إِلَّا أَنْ يَكُونَ نَاكِحاً أَوْ ذَا مَحْرَمٍ}، رواه مسلم في صحيحه(21). މާނައީ: "ހަމަކަށަވަރުން ثَيِّب(20) އަންހެނަކާ އެކު ފިރިހެނަކު އެކަހެރި ނުވާހުށިކަމެވެ. އޭނާއަކީ (އެ އަންހެނާއާ) ކައިވެނި ކޮށްގެން އުޅޭ، ނުވަތަ މަހުރަމަކަށްވާ މީހަކު މެނުވީ އެވެ."


ފަހެ އެންމެހައި މުސްލިމުންނޭވެ. ތިޔަބައިމީހުން الله އަށް ތަޤްވާވެރިވާށެވެ. އަދި ތިޔަބައިމީހުންގެ އަންހެނުންގެ އަތްތަކުގައި ހިފަހައްޓާށެވެ. (އެބަހީ އެކަނބަލުންނަށް އަމުރުކުރާށެވެ.) އަދި الله އެކަނބަލުންނަށް ޙަރާމްކުރެއްވި ކަންތައްތަކުގެ ތެރެއިން: މޫނު ދެއްކުމާއި، ޒީނަތްތެރިކަން ފާޅުކުރުމާއި، ރީތިކަން ދެއްކުން ތިޔަބައިމީހުން އެކަނބަލުންނަށް މަނާކުރާށެވެ. އަދި ނަޞާރާއިންނާއި އެމީހުންނާ އެއްފަދަވީ الله ގެ ޢަދުއްވުންނާ އެއްގޮތްވުން ފަދަ، الله އެކަނބަލުންނަށް ޙަރާމްކުރެއްވި ކަންތަކުން ތިޔަބައިމީހުން އެކަނބަލުންނަށް މަނާކުރާށެވެ. އަދި ދަންނާށެވެ! އެކަނބަލުންނާ ބެހޭގޮތުން ހަނުހުރުމީ އެކަނބަލުންނާ އެކު ފާފައިގައި ބައިވެރިވުމެވެ. އަދި الله ގެ ކޯފާއަށާއި އެއިލާހުގެ ޢާންމުވެގެންވާ ޢުޤޫބާތަށް ތިބާ ހުށަހެޅިގަތުމެވެ. الله އަޅަމެންނާއި ތިޔަބައިމީހުން އެކަމުގެ ނުބައިކަމުން ރައްކައުތެރިކޮށްދެއްވާށި އެވެ.


އަދި މަހުރަމަކާ ނުލައި އަންހެނުންނާ އެކަހެރިވުމާއި، އެކަނބަލުން ތިބޭ ތަންތަނަށް ވަނުމާއި، އެކަނބަލުންނާ އެކު ދަތުރު ކުރުމުން ފިރިހެނުންނަށް އިންޒާރު ދިނުމީ އެންމެ ބޮޑެތި ވާޖިބުތަކުގެ ތެރެއިންވާ ވާޖިބެކެވެ. ސަބަބަކީ އެކަމަކީ ފިތުނަ އާއި ފަސާދައިގެ ވަޞީލަތްތަކުގެ ތެރެއިންވާ ކަމަކަށް ވާތީ އެވެ.


(އަންހެނުންގެ ފިތުނަ ބޮޑުކަމާއި ޢައުރަ ފާޅުކުރުމުގެ ޢުޤޫބާތް)

އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ކަމަށް ނަބިއްޔާގެ އަރިއަހުން ޞައްޙަވެގެންވެ އެވެ: {مَا تَرَكْتُ بَعْدِي فِتْنَةً أَضَرَّ عَلَى الرِّجَالِ مِنَ النِّسَاءِ}، رواه أحمد والبخاري ومسلم والترمذي وابن ماجه(22). މާނައީ: "ފިރިހެނުންގެ މައްޗަށް އަންހެނުންނަށް ވުރެ ގެއްލުން ބޮޑު ފިތުނައެއް ތިމަން ނަބިއްޔާގެ ފަހަށް ދޫކޮށެއް ނުލައްވަމެވެ." އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވި އެވެ: {إِنَّ الدُّنْيَا حُلْوَةٌ خَضِرَةٌ، وَإِنَّ اللهَ مُسْتَخْلِفُكُمْ فِيهَا فَنَاظِرٌ كَيْفَ تَعْمَلُونَ، فَاتَّقُوا الدُّنْيَا وَاتَّقُوا النِّسَاءَ، فَإِنَّ أَوَّلَ فِتْنَةِ بَنِي إِسْرَائِيلَ كَانَتْ فِي النِّسَاءِ}، رواه أحمد ومسلم والترمذي(23). މާނައީ: "ހަމަކަށަވަރުން ދުނިޔެއަކީ ފޮނިވެގެންވާ ފެހިވެގެންވާ ތަނެކެވެ. އަދި ހަމަކަށަވަރުން الله އީ ތިޔަބައިމީހުން އެ ދުނިޔޭގައި ޚަލީފާއިންގެ ގޮތުގައި ލެއްވެވި އިލާހެވެ. އަދި ތިޔަބައިމީހުން ޢަލަމުކުރަނީ ކިހިނަކުންކަން ބައްލަވާވޮޑިގެންވާ އިލާހެވެ. ފަހެ ތިޔަބައިމީހުން ދުނިޔެއަށް ތަޤްވާވެރިވާށެވެ (ބިރުވެތިވެ ރައްކައުތެރިވާށެވެ). އަދި ތިޔަބައިމީހުން އަންހެނުންނަށް ތަޤްވާވެރިވާށެވެ. ފަހެ ހަމަކަށަވަރުން ބަނޫ އިސްރާއީލުގެ ފުރަތަމަ ފިތުނަ ހިނގައިގެންދިޔައީ އަންހެނުންނާ ހެދިއެވެ." އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވި އެވެ: {رُبَّ كَاسِيَةٍ فِي الدُّنْيَا عَارِيَةٍ فِي الْآخِرَةِ}، رواه والبخاري والترمذي(24). މާނައީ: "ފަހަރެއްގައި ދުނިޔޭގައި ހެދުން އަޅައި އުޅޭ އަންހެނާއަކީ އާޚިރަތުގައި އޮރިޔާމާ ހުންނާނެ އަންހެނެކެވެ." އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވި އެވެ: {صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا: قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ، يَضْرِبُونَ بِهَا النَّاسَ، وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ، مُمِيلَاتٌ مَائِلَاتٌ، رُؤُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ، لَا يَدْخُلْنَ الْجَنَّةَ وَلَا يَجِدْنَ رِيحَهَا}، رواه أحمد ومسلم(25). މާނައީ: "ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ދެ ބައިގަނޑެއް ތިމަން ނަބިއްޔާ (އެއާ އެއްފަދަ ބައެއް) ދެކެވަޑައިނުގަންނަވަމު އެވެ: ގެރީގެ ނަގޫތަކެއް ފަދަ ޗާބޫކުތަކެއް އެބައެއްގެ އަތުގައިވާ ބައެކެވެ. އޭގެން އެބައިމީހުން މީހުންގެ

 

ގައިގައި ތަޅައި ހަދައެވެ. އަދި ހެދުން އަޅައިގެން އޮރިޔާމާ ތިބޭ(26)، ލަންބުވާލާ އަދި ލެނބިގެންދާ(27) އަންހެނުންތަކެކެވެ. އެމީހުންގެ ބޯތައް ވަނީ އެއް އަތަށް ޖެހިފައިވާ، ޖަމަލުތަކެއްގެ ގޮންގަނޑު ފަދައިންނެވެ. އެ އަންހެނުން ސުވަރުގެއަށް ނުވަންނާނެ އެވެ. އަދި އެ ސުވަރުގޭގެ ވަސް ވެސް އެމީހުންނަށް ނުދުވާނެ އެވެ.(28)" އަދި މިއީ ޒީނަތްތެރިކަން ފާޅުކުރުމާއި، މޫނު ދެއްކުމާއި، ތުނި އަދި ކުރު ހެދުން ލުމާއި، ޙައްޤާއި އިއްފަތްތެރިކަމުން އެއްކިބާވުމާއި، މީސްތަކުން ފާޙިޝް ކަންތަކަށާއި ބާޠިލަށް ލެންބުވުމުން ދުރުވެގަތުމަށްވާ އިންޒާރެކެވެ. އަދި މީސްތަކުންނަށް އަނިޔާވެރިވުމާއި އެމީހުންގެ ޙައްޤުތައް ނިގުޅައިގަތުމުން ދުރުވެގަތުމަށްވާ ގަދަފަދަ އިންޒާރެކެވެ. އަދި އެކަން ކުރާ މީހަކު ސުވަރުގެއަށް ވަނުން މަޙްރޫމްކުރެވިގެންވާ ކަމަށްވާ ވަޢީދުގެ ބަސްފުޅެކެވެ. އެކަމުން ރައްކައުތެރިކޮށްދެއްވުމަށް الله ގެ ޙަޟްރަތުން އަޅަމެން އެދި ދަންނަވަމެވެ.


އަދި އެންމެ ބޮޑެތި ފަސާދަތަކުގެ ތެރެއިންވެ އެވެ: (މުސްލިމު) އަންހެނުންގެ ތެރެއިން ގިނަ ބަޔަކު، ނަޞާރާއިންނާއި އެމީހުން ފަދަ ކާފަރު އަންހެނުންނާ އެއްފަދަވެ އެއްގޮތްވުމެވެ. ކުރު ހެދުން ލުމާއި، އިސްތަށިގަނޑާއި ރީތި ސިފަތައް ދެއްކުމާއި، ކުފުރާއި ފާސިޤުގެ އަހުލުވެރިންނާ އެއްގޮތަށް ބޮލުގައި ފުނާ އެޅުން ފަދަ ކަންކަމެވެ. އަދި އިސްތަށިގަނޑު ގުޅުވުމާއި البَارُوكَة (ވިގް) ގެ ނަމުން ނަންދެވިގެންވާ މަސްނޫއީ އިސްތަށިގަނޑު ޖެހުމެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވި އެވެ: {مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ}، رواه أبو داود(29). މާނައީ: "ޤައުމަކާ އެއްފަދަވާ މީހަކީ އެޤައުމެއްގެ ތެރެއިންވާ މީހެކެވެ." މި އެއްގޮތްވުމުގެ މައްޗަށާއި، އޮރިޔާމާ ހުރި އަންހެނަކާ އެއްފަދަކުރުވާ ކުރު ހެދުންތަކުގެ މައްޗަށް ބިނާވާ ފަސާދަ އާއި، ފިތުނަ އާއި، ދީންވެރިކަން ކުޑަވުމާއި، ލަދުވެތިކަން ނެތުމަކީ އެންމެނަށް ވެސް އެނގިގެންވާ ކަމެކެވެ.


ފަހެ ވާޖިބުވެގެންވަނީ އެކަމުގައި އެންމެ މަތީ ދަރަޖައަށް އިންޒާރު ލިބިގަތުމާއި، އެކަމުން އަންހެނުން މަނާކުރުމާއި، އެކަމުގައި ހަރުކަށިވުމެވެ. އެއީ އެކަމުގެ ނިމުން ދެރަ ނިކަމެތިވެގެންވާތީ އެވެ. އަދި އެކަމުގެ ފަސާދަ ބޮޑުވެގެންވާތީ އެވެ. އަދި ކުޑަ އަންހެން ކުދިންނާ މެދު އެކަމުގައި ފަރުވާ ކުޑަކުރުން ހުއްދަވެގެނެއް ނުވެ އެވެ. އެއީ އެކަމުގެ މައްޗަށް އެކުދިން ތަރުބިއްޔަތުކުރުމުން އެކުދިން އެކަމަށް އާދަވެގެންދާތީ އެވެ. އަދި އެކުދިން ބޮޑެތިވުމުން އެނޫން ކަންކަމަށް (އެބަހީ ޝަރުޢީ ގޮތްތަކަށް) އެކުދިން ނުރުހުންތެރިވާނެތީ އެވެ. ފަހެ އެއިރުން އަންހެނުންގެ ތެރެއިން ބޮޑެތި މީހުންނަށް ދިމާވި އިންޒާރު ލިބިގެންވީ ފަސާދަ އާއި ބިރުވެތިވެގެންވާ ފިތުނަ ދިމާވެގެންދާނެ އެވެ.


ފަހެ ތިޔަބައިމީހުން الله އަށް ތަޤްވާވެރިވާށެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް الله ޙަރާމްކުރެއްވި ކަންކަމުން އިންޒާރު ލިބި، ދުރުވެ ރައްކައުތެރިވާށެވެ. އަދި ހެޔޮކަންކަމާއި ތަޤްވާގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް ވާގިވެރިވާށެވެ. އަދި ޙައްޤަށާއި އޭގެ މަތީގައި ކެތްތެރިވުމަށް ތިޔަބައިމީހުން އެކަކު އަނެކަކަށް ނަޞޭޙަތްތެރިވާށެވެ. އެކަމާ ބެހޭގޮތުން الله ތިޔަބައިމީހުންނާ ސުވާލުކުރައްވައި އަދި ތިޔަބައިމީހުންގެ ޢަމަލުތަކަށް ޖަޒާ ދެއްވާނެކަން ދަންނާށެވެ. ފަހެ الله سبحانه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގަ އެވެ. އަދި ތަޤްވާވެރިންނާއި އިޙްސާންތެރިންނާ އެކުގަ އެވެ. ފަހެ ތިޔަބައިމީހުން ކެތްތެރިވާށެވެ. އަދި ކެތްތެރިވުމުގައި މެދުނުކެނޑި ދެމިތިބޭށެވެ. އަދި الله އަށް ތަޤްވާވެރިވާށެވެ. އަދި އިޙްސާންތެރިވާށެވެ. ހަމަކަށަވަރުން الله އިޙްސާންތެރިން ދެކެ ލޯބިވެވޮޑިގަންނަވަ އެވެ.


އަދި އެއްވެސް ޝައްކެއް ނުވާގޮތުގައި ވެރިންގެ މައްޗަށް ވާޖިބުވެގެންވަނީ މި މުންކަރާތަށް އިންކާރުކުރުމެވެ. އަދި ވެރިންގެ ތެރެއިންވާ އަމީރުންނާއި ގާޒީންނާއި ޢިލްމުވެރިންނާއި ރައީސުންނާއި އިސް މުއައްސަސާތަކުގެ މެންބަރުންގެ މައްޗަށް އޮތް އެކަމުގެ ވާޖިބު އެނޫން މީހުންނަށް ވުރެ ބޮޑުވެގެންވެ އެވެ. އަދި އެމީހުންގެ މައްޗަށްވާ ނުރައްކާ ބޮޑުވެގެންވެ އެވެ. އަދި އެމީހުން ކުރެ މީހަކު ހަނުހުރުމުން ނުކުންނަ ފިތުނަ ބޮޑުވެގެންވެ އެވެ. އަދި މުންކަރާތްތައް އިންކާރުކުރުމީ ހަމައެކަނި އެމީހުންނަށް ޚާއްޞަވެގެންވާ ކަމެއް ނޫނެވެ. ހުރިހައި މުސްލިމުންގެ މައްޗަށް ވެސް އެ މުންކަރު އިންކާރުކުރުމާއި، އިންކާރުކުރުމުގައި ހަރުކަށިވުމާއި، އެކަމުގައި ފަރުވާ ކުޑަކުރި މީހާގެ މައްޗަށް ގަދަފަދަވުން ވާޖިބުވެގެންވެ އެވެ. ޚާއްޞަކޮށް މުސްލިމުންގެ ތެރެއިންވާ އިސް މީހުންނާއި ބޮޑެތި މީހުންގެ މައްޗަށެވެ. އަދި އެންމެ ޚާއްޞަކޮށް އަންހެނުންގެ ވަލީވެރިންނާއި(30) (ބަލަދުވެރިންނާއި) އެކަނބަލުންގެ ފިރިންގެ މައްޗަށެވެ. އެއީ ބަލާވެރިކަން ދިމާވެފައިވާ ކަންތައް الله އަހަރެމެންގެ ކިބައިން އުފުއްލެވުމަށްޓަކައެވެ. އަދި ސީދާވެގެންވާ ތެދުމަގަށް އަހަރެމެންނަށާއި އަހަރެމެންގެ އަންހެނުންނަށް ހިދާޔަތް ދެއްކެވުމަށްޓަކައެވެ.
އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ކަމަށް ނަބިއްޔާގެ އަރިއަހުން ޞައްހަވެގެންވެ އެވެ: {مَا مِنْ نَبِيٍّ بَعَثَهُ اللهُ فِي أُمَّةٍ قَبْلِي، إِلَّا كَانَ لَهُ مِنْ أُمَّتِهِ حَوَارِيُّونَ، وَأَصْحَابٌ يَأْخُذُونَ بِسُنَّتِهِ، وَيَقْتَدُونَ بِأَمْرِهِ، ثُمَّ إِنَّهَا تَخْلُفُ مِنْ بَعْدِهِمْ خُلُوفٌ، يَقُولُونَ مَا لَا يَفْعَلُونَ، وَيَفْعَلُونَ مَا لَا يُؤْمَرُونَ، فَمَنْ جَاهَدَهُمْ بِيَدِهِ فَهُوَ مُؤْمِنٌ، وَمَنْ جَاهَدَهُمْ بِلِسَانِهِ فَهُوَ مُؤْمِنٌ، وَمَنْ جَاهَدَهُمْ بِقَلْبِهِ فَهُوَ مُؤْمِنٌ، وَلَيْسَ وَرَاءَ ذَلِكَ مِنَ الْإِيمَانِ حَبَّةُ خَرْدَلٍ}، رواه أحمد ومسلم(31). މާނައީ: "އެ ނަބިއްޔެއްގެ އުންމަތުން އެ ނަބިއްޔަކަށް ޙަވާރިއްޔުންނާއި، އެ ނަބިއްޔާގެ ސުންނަތުގައި ހިފަހައްޓައި އެނަބިއްޔާގެ އަމުރުފުޅަށް ބޯލަނބާ އަޞްޙާބުން ލިބިގެންވީ ނަބިއްޔަކު މެނުވީ، ތިމަން ނަބިއްޔާގެ ކުރީ އުންމަތެއްގައި الله ފޮނުއްވި ނަބިއްޔެއް ނުވެ އެވެ. ދެން އެއަށްފަހު އެބައިމީހުންގެ ތެރެއިން ފަސްޖެހޭ ބަޔަކު ފަސްޖެހޭނެ އެވެ. އެމީހުން ބުނާ ކަންތައް އެމީހުން ނުކުރާނެ އެވެ. އަދި އެމީހުންނަށް އަމުރުކުރެވިގެންނުވާ ކަންތައް އެބައިމީހުން ކުރާނެ އެވެ. ފަހެ އޭނާގެ އަތުން އެމީހުންނާ ޖިހާދުކުރި މީހަކީ މުއުމިނެކެވެ. އަދި އޭނާގެ ދުލުން އެމީހުންނާ ޖިހާދުކުރި މީހަކީ މުއުމިނެކެވެ. އަދި އޭނާގެ ހިތުން އެމީހުންނާ ޖިހާދުކުރި މީހަކީ މުއުމިނެކެވެ. އަދި އޭގެ ފަހަތުގައި އީމާންކަމުގެ ރެވި އޮށެއްގެ މިންވަރު ވެސް ނުވެ އެވެ."


އަދި الله ގެ ދީނަށް ނަޞްރު ދެއްވުމަށާއި، އެއިލާހުގެ ކަލިމަފުޅު މަތިވެރިކުރެއްވުމަށާއި، އަޅަމެންގެ ވެރިން އިސްލާހު ކޮށްދެއްވުމަށާއި، އެމީހުން މެދުވެރިކޮށް ފަސާދަ ނެތިކޮށްލުމަށާއި، އެމީހުން މެދުވެރިކޮށް ނަޞްރު ދެއްވުމަށާއި، އެމީހުންނަށްވާ بِطَانَة (އެންމެ އަރިއަހުގައި ތިބޭ މަޝްވަރާދޭ މީހުން) އިސްލާހު ކޮށްދެއްވުމަށާއި، ދުނިޔެއާއި އާޚިރަތުގައި އަޅުތަކުންނަށާއި ރަށްތަކަށް އެކަމެއްގައި އިސްލާހު ގެންނަ ކަންތަކަށް އަޅަމެންނަށާއި ތިޔަބައިމީހުންނަށާއި އެބައިމީހުންނަށާއި (އެބަހީ ވެރިންނަށާއި) ބާކީ ތިބި ހުރިހައި މުސްލިމުންނަށް ތައުފީޤު ދެއްވުމަށް الله ގެ ޙަޟްރަތުން އެދި ދަންނަވަމެވެ. ހަމަކަށަވަރުން الله އީ ހުރިހައި ކަމަކަށް ކުޅަދުންވަންތަ އިލާހެވެ. އަދި އިޖާބަދެއްވުމުގައި އެންމެ ޙައްޤުވެގެންވާ އިލާހެވެ. އަދި ތިމަންމެންނަށް الله ފުދެއެވެ. އަދި ވަކީލުކުރެވޭ ފަރާތެއްގެ މޮޅުކަމާ އެވެ!


ولا حول ولا قوة إلا باللهِ، وصلَّى اللهُ وسلمَ وبارِكْ على عبدِه ورسولِه نبيِّنا محمدٍ، وآلِه وصحبِه ومن تَبِعَهم بِإحسانٍ إلى يومِ الدين. اهـ

❀  ❀  ❀


ލިޔުމުގެ އަސްލު ނަގައިފައިވަނީ: التبرج و خطره، ص5-20، الرئاسة العامة للبحوث العلمية والإفتاء، الطبعة السادسة 1432ه.

 

-------------------------------------------------------------------------------------------------

*   މި ލިޔުމުގައިވާ އަރިމަތީ ސުރުހީތަކަކީ ތަރުޖަމާނު ހިމަނާފައިވާ ސުރުހީތަކެކެވެ.
(1) އެބަހީ އޭނާގެ އަނބިން އަދި އޭނާގެ އަންހެން ދަރިން އަދި އޭނާގެ އަންހެން އަޅުންނާއި އެނޫން ވެސް އޭނާގެ ބެލުމުގެ ދަށުގައިވާ އަދި އޭނާގެ އަމުރު އެބަޔަކަށް ހިންގުން ވާޖިބުވެގެންވާ އަންހެނުންނެވެ.
(2) ރިވާކުރެއްވީ: الترمذي (2168)، ابن ماجه (4005). الألباني رحمه الله މި ޙަދީޘް ޞައްޙަކުރައްވާފައިވެ އެވެ. ބައްލަވާލައްވާ: "الصحيحة" (1564).
(3) ރިވާކުރެއްވީ: أحمد (5/391)، الترمذي (2169) އަދި ވިދާޅުވި އެވެ: މިއީ ޙަސަން ޙަދީޘެކެވެ. އަދި الألباني رحمه الله މި ޙަދީޘް ޞައްޙަކުރައްވާފައިވެ އެވެ. ބައްލަވާލައްވާ: "الصحيحة" (2868).
އަދި أبو داود (4336) ضعفه الألباني.
(4) ރިވާކުރެއްވީ: أحمد (3/92)، مسلم (177)، الترمذي (2172)، ابن ماجه (4013)، النسائي (5008).
(5) ابنُ كَثِير رحمه الله ވިދާޅުވި އެވެ: "އަދި الله تعالى ގެ ވަޙީބަސްފުޅު: وَقَرْنَ فِي بُيُوتِكُنَّ މާނައި: "އަދި ތިޔަކަނބަލުން ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ." އެބަހީ: ތިޔަކަނބަލުންގެ ގެތަކުގައި ދެމިތިބޭށެވެ. އެހެންކަމުން ޙާޖަތަކަށް މެނުވީ ތިޔަކަނބަލުން (ގެއިން) ނުނުކުންނާށެވެ. އަދި ޝަރުޢީ ޙާޖަތްތަކުގެ ތެރެއިންވެ އެވެ: މިސްކިތުގައި ނަމާދުކުރުމެވެ. އެކަން ކުރުމުގެ ޝަރުޠާ އެކުގަ އެވެ. الله ގެ ރަސޫލާ رحمه الله ޙަދީޘްކުރެއްވި ފަދައިންނެވެ: {لَا تَمْنَعُوا إِمَاءَ اللهِ مَسَاجِدَ اللهِ وَلْيَخْرُجْنَ وَهُنَّ تَفِلَاتٌ} މާނައީ: "ތިޔަބައިމީހުން الله ގެ އަންހެން އަޅުތަކުން الله ގެ މިސްކިތްތަކުން މަނާ ނުކުރާށެވެ. އަދި އެކަނބަލުން އަތަރު ލުމަކާ ނުލައި ނުކުންނަހުށިކަމެވެ."  تفسير القرآن العظيم، الجزء السادس، ص409، دار طيبة، الطبعة الثالثة 1426ه.
(6) أُمَّهَاتُ الْمُؤْمِنِين ގެ މާނައަކީ މުއުމިނުންގެ މަންމައިންނެވެ. އެއީ: ނަބިއްޔާ رحمه الله ގެ އަނބިއަނބިކަބަލުން رضي الله عنهن އެވެ. އެކަނބަލުންނަކީ:
1) خَدِيجَة بِنْتُ خُوَيْلِد القُرَشِيَّة الأَسَدِيَّة    2) سَوْدَةُ بِنْتُ زَمْعَة القُرَشِيَّة         3) عَائِشَةُ بِنْتُ أَبِي بَكْرٍ الصِّدِّيق    
4) حَفْصَةُ بِنْتُ عُمَرَ بْنِ الخَطَّاب     5) زَيْنَبُ بِنْتُ خُزَيْمَة            6) أُمُّ سَلَمَةَ هِنْدُ بِنْتُ أَبِي أُمَيَّةَ القُرَشِيَّة الـمَخْزُومِيَّة
7) زَبْنَبُ بِنْتُ جَحْش         8)جُوَيْرِيَةُ بِنْتُ الحَارِثِ بْنِ أَبِي ضِرَارٍ الـمُسْطَلِقِيَّة    9) أُمُّ حَبِيبَةَ رَمْلَةُ بِنْتُ أَبِي سُفْيَانَ صَخْرٍ بْنِ حَرْبٍ القُرَشِيَّة الأُمَوِيَّة
10) صَفِيَّةُ بِنْتُ حُيَي بْنِ أَخْطَب    11) مَيْمُونَةُ بِنْتُ الحَارِثِ الِهلَالِيَّة.
(7) ބައްލަވާލައްވާ: تفسير الطبري (19/181)، تفسير البغوي (6/376)، تفسير ابن كثير (6/481)، سورة الأحزاب ގެ 59 ވަނަ އާޔަތުގެ ތަފްސީރު.
(8) ބައްލަވާލައްވާ: تفسير الطبري (19/182)، سورة الأحزاب ގެ 59 ވަނަ އާޔަތުގެ ތަފްސީރު.
(9) އެބަހީ މުސްކުޅިއަކު ކަމުގައިވީ ނަމަވެސް ޒީނަތްތެރިކަން ފާޅުކުރާ ނަމަ އޭނާގެ މޫނާއި ދެ އަތްތިލަ ކަޝްފުކޮށްގެން ނުވާނެ އެވެ.
(10) "لِكُلِّ سَاقِطَةٍ لَهَا لَاقِطَةٌ" މިއީ ޢަރަބި ހަރުބަހެކެވެ. އޭގެ މުރާދަކީ ޒުހުދުވެރިވެފައިވާ ނުވަތަ އާންމުކޮށް ބޭނުމެއް ޖެހިގެންނުވާ އެއްޗަކަށް ބޭނުންވާނެ ކޮންމެވެސް ފަރާތެއްވެ އެވެ. މިތަނުގައި ކިނާޔަތެއްގެ ގޮތުގައި މި ބަސް ބޭނުންކުރެވިފައިވެ އެވެ. މާނައީ އާދަކޮށް ފިރިހެނުން މުސްކުޅި އަންހެނުންނަށް ލެނބި ނުވަތަ އެމީހުންނަށް ޝަހުވަތްތެރިވެ ނޫޅެ އެވެ. އެހެން ނަމަވެސް ފިރިހެނުންގެ ތެރެއިން އެފަދަ މުސްކުޅި އަންހެނުންނަށް ވެސް ޝިކާރަކުރާ ބަޔަކުވެ އެވެ. އަހަރެމެންގެ މުޖުތަމަޢުގައި މުސްކުޅި އަންހެނުންނާ އެކު ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގާފައިވާކަމީ އެކަމުގެ ދަލީލެކެވެ.
(11) الشَّيخُ مُحَمَّد بن صَالِح العُثَيْمِين رحمه الله ވިދާޅުވި އެވެ: "الله تعالى ގެ ވަޙީބަސްފުޅު: وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ] النور: 31[. މާނައީ: "އަދި އެކަނބަލުންގެ ޚިމާރުތައް އެކަނބަލުންގެ ކަރުވަޅު މަތީގައި އަޅައި ނިވާކުރާ ހުށިކަމެވެ." ފަހެ ހަމަކަށަވަރުން ޚިމާރުއަކީ އަންހެނާ އޭނާގެ ބޯ ފޮރުވުމަށްޓަކައި ބޮލުގައި އަޅާ އެއްޗެކެވެ؛ ބޯ ނިވާކުރަން އަޅާ ފޮތިގަނޑެކެވެ. ފަހެ ޚިމާރު ބޭނުންކޮށްގެން އޭނާގެ ކަރުވަޅު ފޮރުވުމަށް އޭނާއަށް އަމުރުކުރެވިގެންވީ ހިނދު އޭނާގެ މޫނު (ވެސް) ފޮރުވުމަށް އަމުރުކުރެވިގެންވެ އެވެ. އެއީ އެކަން ކުރުމަށްޓަކައި (އެބަހީ: ކަރުވަޅު ފޮރުވުމަށްޓަކައި) ލާޒިމް ކަމަކަށް ވާތީ އެވެ. ނުވަތަ ޤިޔާސްގެ ސަބަބުންނެވެ. ފަހެ ހަމަކަށަވަރުން ކަރާއި މޭމަތި ފޮރުވުން ވާޖިބުވެގެންވީ ހިނދު، މޫނު ފޮރުވުން ވާޖިބުވުން މާ އައުލާވެގެންވެ އެވެ. ސަބަބަކީ މޫނަކީ ރީތިކަމާއި ފިތުނައިގެ ގުނަވަނަށް ވާތީ އެވެ. ފަހެ ހަމަކަށަވަރުން މީސްތަކުންގެ ތެރެއިން ސޫރައިގެ ރީތިކަމަށް އެދޭ މީހުން، މޫނުގެ ރީތިކަމާ ބެހޭގޮތުން މެނުވީ ސުވާލެއް ނުކުރެ އެވެ. ފަހެ މޫނު ރީތިވެއްޖެ ނަމަ އެނޫން ގުނަވަނަކަށް މުހިންމު ބެލުމަކުން މީސްތަކުން ނުބަލަ އެވެ. އެހެންވުމުން "މިވެނި އަންހެނަކީ ރީތި މީހެކޭ" އެބައިމީހުން ބުނެފި ނަމަ، މޫނުގެ ރީތިކަން މެނުވީ އެ ވާހަކައިން ދޭހައެއް ނުވެ އެވެ. އެހެންކަމުން، މޫނަކީ ރީތިކަމުގެ ގުނަވަންކަން ބަޔާންވެދެ އެވެ. އެދޭ އެދުމުގައި ވެސް، އަދި ޚަބަރުދޭ ދިނުމުގައި ވެސްމެ އެވެ. ފަހެ ކަން އޮތީ އެގޮތަށް ކަމުގައިވީ ހިނދު، މޭމައްޗާއި ކަރު ފޮރުވުމަށް މި ޙިކްމަތްތެރި ޝަރީޢަތުން އަމުރުކޮށްފައި، ދެން އެއަށްފަހު މޫނު ކަޝްފުކުރަން ހުއްދަދޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟" رسالة الحجاب، ص10، دار الثريا، الطبعة العام الهجري 1423ه.
(12) ابنُ كَثِير رحمه الله ވިދާޅުވި އެވެ: "އަދި الله تعالى ގެ ވަޙީބަސްފުޅު: أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ މާނައި: "ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާވަރުގެ ތަބަޢަވާ މީހުންނަށް" އެބަހީ: މަސައްކަތް ކުރުމަށް ކުޅަދާނަވެގެން ނުވާ، ފައިސާ ދެވިގެންވާ އަދި (އެހީ ހޯދުމަށް) ފަހަތުން އުޅޭ މީހުންނެވެ. އަދި އެއާ އެކު އެމީހުންގެ ބުއްދިތަކުގައި ބޮޑުވެގެންވާ ހިތާމައެއް ނުވަތަ ހައިރާންކަމެއްވާ މީހުންނެވެ. އަދި އެމީހުންގެ ކިބައިގައި އަންހެނުންނަށް އެއްވެސް އެދުންވެރިކަމެއް ނުވެ އެވެ. އަދި އެމީހުން އެކަނބަލުންނަށް ޝަހުވަތްތެރިއެއް ވެސް ނުވެ އެވެ. އަދި اِبْنُ عَبَّاس ވިދާޅުވި އެވެ: "އޭނާ އަކީ ސިކުނޑީގައި ނަގައިގަތުމުގެ ބާރެއް ނުވާ، އަދި އޭނާގެ އެއްވެސް ޝަހުވަތެއް ނުވާ މީހާ އެވެ." އަދި مُجَاهِد ވިދާޅުވި އެވެ: "އޭނާ އަކީ ބުއްދީގެ ބާރު ދެރަވެފައިވާ، އަދި ޣާފިލުކަން އޭނާގެ މައްޗަށް ގަދަވެފައިވާ މީހާ އެވެ." އަދި عِكْرِمَة ވިދާޅުވި އެވެ: "އެއީ އޭނާގެ ޛަކަރު ގާއިމް ނުވާ، އަންހެން ފިރިހެން ގުނަވަން ހުންނަ މީހާ އެވެ." އަދި ހަމަ އެފަދައިން ސަލަފުންގެ ތެރެއިން އެއް ބޭކަލަކަށް ވުރެ ގިނަ ބޭކަލުން ވިދާޅުވެފައިވެ އެވެ."  تفسير القرآن العظيم، الجزء السادس، ص48، دار طيبة، الطبعة الثالثة 1426ه.
العَلَّامَة عَبْدُ الرَّحْمَن بن نَاصِر السَّعْدِي رحمه الله ވިދާޅުވި އެވެ: الله تعالى ގެ ވަޙީބަސްފުޅު: أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ މާނައި: "ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާވަރުގެ ތަބަޢަވާ މީހުންނަށް"، އެބަހީ: އެބައިމީހުންނީ ތިޔަބައިމީހުންނަށް ރުހިގެންވާ، އަދި ތިޔަބައިމީހުންގެ ފަހަތުން އުޅޭ މީހުންނެވެ. މި (އަންހެނުންގެ) ޝަހުވަތުގައި އެބައިމީހުންގެ އެއްވެސް އެދުންވެރިކަމެއް ނުވާ ފިރިހެނުންނެވެ. މިސާލަކަށް ތަންދޮރު އޮޅުން ނުފިލާ ބުއްދި އުނިވެގެންވާ މީހާ އެވެ. އަދި އޭނާގެ ފަރުޖުގައި އަދި އޭނާގެ ހިތުގައި އެއްވެސް ޝަހުވަތެއް ނުވާ، ބަލީގެ ސަބަބުން ޖިމާޢުވުމުގެ ބާރު ކެނޑިފައިވާ މީހާ އެވެ. ފަހެ ހަމަކަށަވަރުން މިފަދަ އިންސާނެއްގެ ބެލުމަކުން އެއްވެސް ނުރައްކަލެއް ނެތެވެ." تيسير الكريم الرحمن، ص660، دار ابن الجوزي، الطبعة الأولى 1425ه.
(13) ބައްލަވާލައްވާ: تفسير الطبري (17/256)، سورة النور ގެ 31 ވަނަ އާޔަތުގެ ތަފްސީރު.
(14) ޙިޖާބުގެ އާޔަތަކީ ޞަފްޙާ 4 ގައި ޛިކުރުކުރެވިފައިވާ الأحزاب ސޫރަތުގެ 59 ވަނަ އާޔަތެވެ.
(15) މީގެ ތަޚްރީޖު ޞަފްޙާ 4 ގައި ފާއިތުވެ ހިނގައްޖެ އެވެ.
(16) الشَّيخُ عَبْدُ العَزِيز بن بَاز رحمه الله ވިދާޅުވި އެވެ: "މުޙްކަމް އާޔަތްތަކަކީ އެ އާޔަތްތަކުގައި އެއްވެސް ޝުބުހައެއް (އޮޅުން އަރާ ކަމެއް) ނުވާ، މާނަ ސާފުވެގެންވާ އާޔަތްތަކެވެ. އަދި އެ އާޔަތްތަކަކީ ޤުރްއާނުގެ މައިގަނޑެވެ. އަދި ޤުރްއާނުގެ އަޞްލެވެ. އަދި އެ އާޔަތްތައް ވަށައިގެން އެހެން އާޔަތްތައްވެ އެވެ. އަދި އެހެން ހުރިހައި އާޔަތްތަކެއް އެ މުޙްކަމް އާޔަތްތަކަށް ރުޖޫޢަވެ އެވެ. އަދި މުޙްކަމް އާޔަތްތައް ބޭނުންކޮށްގެން އެހެން އާޔަތްތައް ތަފްސީރުކުރެވެ އެވެ." فتاوى نور على الدرب، الجزء 27، ص72
(17) الشَّيخُ عَبْدُ العَزِيز بن بَاز رحمه الله ގެ ރިޔާސަތުގެ ދަށުން، ސަޢޫދީގެ ފަތުވާ ކޮމިޓީން ނެރުނު ފަތުވާ ނަންބަރު 7253 ފަތުވާގައި ބަޔާންކޮށްފައިވެ އެވެ: "އަންހެނާގެ މަހުރަމަކީ: އޭނާގެ ފިރިމީހާ އެވެ. ނުވަތަ އަބަދަށްޓަކައި އެ އަންހެނާގެ މައްޗަށް (ކައިވެނި) ޙަރާމްވެގެންވާ ފިރިހެނާ އެވެ. ނަސަބުގެ ސަބަބުން، ނުވަތަ ކައިވެނީގެ ސަބަބުން، ނުވަތަ ކިރުދިނުމުގެ ސަބަބުންނެވެ. ފަހެ އަންހެނަކު (އެހެން) އަންހެނެއްގެ މަހުރަމަކަށް ނުވާނެ އެވެ. އަދި އޭނާގެ ދައްތަގެ ފިރިމީހާއަކީ ވެސް އޭނާގެ މަހުރަމަކަށް ނުވާނެ އެވެ." فتاوى اللجنة الدائمة للبحوث العلمية والإفتاء، الجزء 27، ص340
އަންހެނާގެ މައްޗަށް އަބަދުގެ އަބަދަށް ޙަރާމްވާ ފިރިހެނުން:
1) ނަސަބުގެ ގޮތުން ޙަރާމްވާ ފިރިހެނުން:
1-    ފިރިހެން ދަރިފުޅު، އަދި މާމަ ދަރިފުޅު.
2-    ބައްޕަ، ކާފަ، މުނި ކާފަ، އަދި މިއަށްވުރެ މައްޗަށް ދިޔަ ނަމަވެސްމެ އެވެ.
3-    ބޭބެ: އެއްބަނޑު އެއްބަފައި، އެއްބަފައި ނުވަތަ އެއްބަނޑު ވީ ނަމަވެސްމެ އެވެ.
4-    މަންމަގެ ބޭބެ، މާމަގެ ބޭބެ (މަންމަ ފަރާތު މާމަގެ ބޭބެ ނުވަތަ ބައްޕަ ފަރާތު މާމަގެ ބޭބެއަށްވީ ނަމަވެސްމެ އެވެ.)
5-    ބައްޕަގެ ބޭބެ، ކާފަގެ ބޭބެ (މަންމަ ފަރާތު ކާފަގެ ބޭބެ ނުވަތަ ބައްޕަ ފަރާތު ކާފަގެ ބޭބެއަށްވީ ނަމަވެސްމެ އެވެ.)
6-    ބޭބެގެ ފިރިހެން ދަރި، ދައްތަގެ ފިރިހެން ދަރި.
2) ކިރުގެ ސަބަބުން ޙަރާމްވާ ފިރިހެނުން: ކިރުދިން އަންހެން މީހާ އަށް ޙަރާމްވާނީ އޭނާގެ ގާތުން ކިރު ބުއި ފިރިހެން ކުއްޖާ އެވެ. އަދި އެ ކުއްޖާގެ ފަރާތުން އަންނަ މާމަ ދަރިންނެވެ. ކިރު ދިން އަންހެން މީހާއަކީ ނަސަބުގެ ގޮތުން މަންމައެއް ކަމުގައި ބަލައިފައި ޙަރާމްވާ އެންމެން ކިރު ބުއި އަންހެން ކުއްޖާއަށް ޙަރާމްވާނެ އެވެ.
3) ކައިވެނީގެ ސަބަބުން ޙަރާމްވާ ފިރިހެނުން:
1-    ކައިވެނީގެ އަގުދުކުރުމާ އެކު ފިރިމީހާގެ ފިރިހެން ދަރިފުޅު (ދޮން ދަރި)، ފިރިމީހާގެ ކާފަދަރި.
2-    ކައިވެނީގެ އަގުދުކުރުމާ އެކު ފިރިމީހާގެ: ބައްޕަ (ބަފައިބެ)، ކާފަ، މުނި ކާފަ، އަދި މިއަށްވުރެ މައްޗަށް ދިޔަ ނަމަވެސްމެ އެވެ.
3-    ކައިވެނީގެ އަގުދުކުރުމާ އެކު އަންހެން ދަރިފުޅުގެ ފިރިމީހާ (ދަނބިދަރި)، މާމަ ދަރިފުޅު.
4-    އެއްދާންކޮށްފި ނަމަ މަންމަގެ ފިރިމީހާ (ދޮން ބައްޕަ)، މާމަގެ ފިރިމީހާ (ދޮން ކާފަ).
(18) ރިވާކުރެއްވީ: مسلم (3272).
(19) ރިވާކުރެއްވީ: أحمد (1/18)، الترمذي (2165) އަދި ވިދާޅުވި އެވެ: هذا حديث حسن صحيح غريب من هذا الوجه. އަދި الألباني رحمه الله މި ޙަދީޘް ޞައްޙަކުރައްވާފައިވެ އެވެ.
(20) ރިވާކުރެއްވީ: مسلم (5637).
(21) ثَيِّب އަންހެނަކީ: ޝަރުޢީ ކައިވެންޏަކުން ކައިވެނި ކޮށްފައިވާ އަންހެނާ.
(22) ރިވާކުރެއްވީ: أحمد (5/210)، البخاري (5096)، مسلم (6945)، الترمذي (2780)، ابن ماجه (3998)، ابن حبان (13/308).
(23) ރިވާކުރެއްވީ: أحمد (3/61)، مسلم (6948)، الترمذي (2191) [ضعفه الألباني]، ابن ماجه (4000)، ابن حبان (3221).
(24) ރިވާކުރެއްވީ: البخاري (5844)، الترمذي (2196).
(25) ރިވާކުރެއްވީ: مسلم (5582)، أحمد (2/356).
(26) ހެދުން އަޅައިގެން އޮރިޔާމާ ތިބޭ އަންހެނުންނަކީ ކޮބައިކަން الحافظ النووي رحمه الله ބަޔާންކުރައްވަނީ: "އޭގެ މާނައިގައި ބައިތަކެއްވެ އެވެ.
އޭގެ ތެރެއިން އެއް ގޮތަކީ: އޭގެ މާނައަކީ: الله ގެ ނިޢުމަތްތަކުން ހެދުން އަޅައިގެން ތިބޭ އަންހެނުންނެވެ. އެ ނިޢުމަތްތަކަށް ޝުކުރުވެރިވުމުން ދުރުހެލިވެ އޮރިޔާމާ ތިބޭ އަންހެނުންނެވެ.
ދެވަނައީ: ފޭރާމުން ހެދުން އަޅައިގެން ތިބޭ އަންހެނުންނެވެ. އަދި ހެޔޮ ކަންތައްތައް ކުރުމުންނާއި އެމީހުންގެ އާޚިރަތަށް އަހަންމިއްޔަތުކަން ދިނުމުންނާއި އަޅުކަންތައް ކުރުމުގައި ފަރުވާތެރިކަން ބެހެއްޓުމުން އެކަހެރިވެ އޮރިޔާމާ ތިބޭ އަންހެނުންނެވެ.
ތިންވަނައީ: އޭނާގެ ރީތިކަން ފާޅުކުރުމަށްޓަކައި އޭނާގެ ހަށިގަނޑުން ބައެއް ކަޝްފުކުރާ އަންހެނާ އެވެ. ފަހެ އެހިނދު އެ އަންހެނުންނީ ހެދުން އަޅައިގެން އޮރިޔާމާ ތިބި ބައެކެވެ.
ހަތަރުވަނައީ: ހެދުމުގެ ދަށުގައިވާ ގުނަވަންތައް ސިފަވާ ވަރުގެ ތުނި ހެދުން އަޅާ އަންހެނުންނެވެ. މައުނަވީ ގޮތުން ހެދުން އަޅައިގެން އޮރިޔާމާ ތިބޭ އަންހެނުންނެވެ." شرح صحيح مسلم، الجزء 17، ص188، دار المعرفة، الطبعة الثانية عشر 1427ه.
(27) الحافظ النووي رحمه الله ވިދާޅުވި އެވެ: "ދެން ފަހެ ލެނބިގެންދާ ލަންބުވާލާ އަންހެނުން، ފަހެ ބުނެވިގެންވެ އެވެ:
އެ އަންހެނުންނީ الله تعالى އަށް ކިޔަމަންތެރިކަން އަދާކުރުމާއި، އެމީހުންގެ ފަރުޖުތައް ރައްކައުތެރިކުރުމުގެ ވާޖިބާއި އެނޫން ކަންކަމަށް ފުރަގަސްދިނުމުން މަގުފުރެދިގެންދާ އަންހެނުންނެވެ. އަދި އެނޫން އަންހެނުންނަށް އެމީހުންގެ އަމަލުތައް ދަސްކޮށްދީ ލަންބުވާލާ އަންހެނުންނެވެ.
އަދި ބުނެވިގެންވެ އެވެ: އެ އަންހެނުންނީ އަމިއްލަ ނަފްސަށް އަޖައިބުވުމާ އެކު ބަނޑިބަނޑި ލައްވަމުން، ލެނބެމުން ހިނގާ އަންހެނުންނެވެ. އަދި ކޮނޑުތައް ލަންބުވަމުން ހިނގާ އަންހެނުންނެވެ.
އަދި ބުނެވިގެންވެ އެވެ: ލެނބިގެންވާ ވައްތަރަކަށް ފުނާއަޅައި ލެނބިގެންދާ އަންހެނުންނެވެ. އަދި އެ ވައްތަރަށް ފުނާއެޅުމަކީ، މީހުންނަށް އެނގޭ ފަދައިން ހަށިވިއްކާ އަންހެނުން ފުނާއަޅާ ގޮތެވެ. އަދި އެނޫން އަންހެނުން އެ ވައްތަރަށް ފުނާއަޅައިދީ، ލަންބުވާލާ އަންހެނުންނެވެ.
އަދި ބުނެވިގެންވެ އެވެ: އެއީ ފިރިހެނުންނަށް ލެނބިގެންވާ އަންހެނުންނެވެ. އަދި އެމީހުންގެ ޒީނަތްތެރިކަން ފާޅުކުރުމާއި އެނޫން ކަންކަމުގެ ސަބަބުން ފިރިހެނުން އެމީހުންނާ ދިމާއަށް ލަންބުވާލާ އަންހެނުންނެވެ." شرح صحيح مسلم، الجزء 17، ص188، دار المعرفة، الطبعة الثانية عشر 1427ه.
(28) ސުވަރުގޭގެ ވަހުގެ ދުރުމިނާ ބެހޭގޮތުން އެކި ރިވާޔަތްތައް ވާރިދުވެގެންވެ އެވެ. ބައެއް ރިވާޔަތްތަކުގައި 40 އަހަރުގެ ދުރުމިނުން ސުވަރުގޭގެ ވަސް ދުވާނެކަމަށްވެ އެވެ. އަނެއްބައި ރިވާޔަތްތަކުގައި 70 އަހަރެވެ. އަނެއްބައި ރިވާޔަތްތަކުގައި 100 އަހަރެވެ. މި ހުރިހައި ރިވާޔަތްތަކަކީ ވެސް ޞައްޙަ ރިވާޔަތްތަކެވެ. އެހެންކަމުން ވިސްނަވާލައްވާށެވެ. ތިބާ އަޅާ ހެދުމެއްގެ ސަބަބުން ސުވަރުގެއާ އެހާ ދުރުގައި ހުންނަން ބޭނުންތޯ އެވެ؟
(29) ރިވާކުރެއްވީ: أبو داود (4031). الألباني رحمه الله ވިދާޅުވެފައިވެ އެވެ: މިއީ ޙަސަން ޞަޙީޙް ޙަދީޘެކެވެ. ބައްލަވާލައްވާ: "الإرواء" (1279).
30) الشَّيخُ صَالِح الفَوْزَان حفظه الله ވިދާޅުވި އެވެ: "އަންހެނާގެ ވަލިއްޔަކީ: އޭނާގެ ބައްޕަ އެވެ. ދެން އޭނާގެ ބައްޕަ ވަޞިއްޔަތްކުރި މީހާ އެވެ. ދެން އޭނާގެ ބައްޕަ ފަރާތު ކާފަ އެވެ. އެއަށްވުރެ މައްޗަށް ދިޔަ ނަމަވެސްމެ އެވެ. (އެބަހީ ކާފަ ނެތް ނަމަ މުނި ކާފަ ނުވަތަ މުނިމުނި ކާފަ އެވެ.) ދެން އެ އަންހެނާގެ ފިރިހެން ދަރި އެވެ. ދެން އެ ފިރިހެން ދަރިފުޅުގެ ފިރިހެން ދަރިންނެވެ. އެއަށްވުރެ ތިރިއަށް ދިޔަ ނަމަވެސްމެ އެވެ. (އެބަހީ މާމަ ދަރިން ނެތް ނަމަ މުނިމާމަ ދަރިންނެވެ.) ދެން އޭނާގެ އެއްބަނޑު އެއްބަފައި ބޭބެ އެވެ. ދެން އޭނާގެ އެއްބަފައި ބޭބެ އެވެ. ދެން އެ ދެ ބޭބެއިންގެ ދަރިންނެވެ. ދެން ބައްޕައާ އެއްބަނޑު އެއްބަފައި ބޭބެ އެވެ. (އެބަހީ ބައްޕަ ފަރާތު ބޮޑު ބޭބެ އެވެ.) ދެން ބައްޕައާ އެއްބަފައި ބޭބެ އެވެ. ދެން އެ ދެ މީހުންގެ ދަރިންނެވެ. ދެން= =އޭނާއާ ނަސަބުގެ ގޮތުން އެންމެ ގާތް ފިރިހެނުންނެވެ. މިސާލަކަށް ވާރުތަވެރިންނެވެ. ދެން (އެ އަންހެނާއަކީ އަޅަކަށް ވެއްޖެ ނަމަ) މިނިވަންކުރާ މީހާ އެވެ. ދެން ވެރިމީހާ އެވެ." الملخص الفقهي، الجزء الثاني، ص280، دار ابن الجوزي، الطبعة الثانية 1427ه.
ޝައިޚު ޛިކުރުކުރައްވާފައި އެވަނީ ވަލީވެރިން އެބައިމީހުންގެ ތަރުތީބުންނެވެ. އެހެންކަމުން އެއިން މީހަކު މަރުވެއްޖެ ނަމަ، ނުވަތަ ގެއްލިފައިވާ ނަމަ، ނުވަތަ ޝަރުޠު ހަމަނުވާ ނަމަ، ވަލީވެރިޔާގެ ވާޖިބު އަދާކުރާނީ ތަރުތީބުން ޖެހިގެން އަންނަ މީހާ އެވެ.
(31) ރިވާކުރެއްވީ: مسلم (179)، أحمد (1/458).

 

 

 

ފޭރާމުގެ ހުކުމްތައް: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ފިރިހެން ކުދިން އަތުގައި ރޮދިން ވިޔެފައި ހުންނަ ފަށް އެޅުން - الإمام العلامة الشيخ صالح الفوزان حفظه الله | 27 އޭޕްރީލް 2020

އަންހެނުންގެ ޢަބާއަ ކަޅު ކުލައިގައި ވުން ލާޒިމްވެގެންވޭތޯ އެވެ؟ - الشَّيْخ أ.د. عَبْدُ اللهِ بِنْ عَبْدُ الرَّحِيْم البُخَارِي حفظه الله | 15 ޖެނުއަރީ 2017

އަންހެނުން އަތްކުރު ހެދުން ލުމާއި، ޖީންސު ލުމާއި، ޓައީ އެޅުން - العَلَّامة الشيخُ صالح الفوزان حفظه الله | 10 ނޮވެމްބަރ 2016

ޓައީ އެޅުން ޢާންމު ވެފައިވާ މުޖުތަމަޢުއެއްގައި ޓައީ އެޅުމުގެ ޙުކުމް - العلامة المحدث الشيخ عَبْدُ المُحسِن العَبَّاد حفظه الله | 07 ނޮވެމްބަރ 2016

ޤުރެޖުއޭޝަން އަދި ޙަފްލާތުގައި ލުމަށް ޙާއްޞަ ކުރެވިފައި ހުންނަ ހެދުން - الشيخُ العلاَّمة صَالح الفَوزَان حفظه الله | 21 އޮކްޓޯބަރ 2016

އަންހެނުން އަތްކުރު ހެދުން ލުމާއި، ޖީންސު ލުމާއި، ޓައީ އެޅުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 03 އޭޕްރީލް 2016

ފިރިހެނުން ބޯ ހާމަކޮށް ބެހެއްޓުން - الإِمَامُ العَلاَّمَة رَبِيْعُ بِنْ هَادِيْ المَدْخَلِي حفظه الله | 04 ސެޕްޓެމްބަރ 2015

ފަގުޑި އެޅުމަކީ ސުންނަތަށް ތަބަޢަވުންތޯ އެވެ! - الإِمَام ابِنْ العُثَيْمِيْن - الإِمَام الأَلْبَانِي އަދި الإِمَام ابن باز رحمهم الله ގެ ފަތުވާ | 06 އޭޕްރީލް 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...