5 ފިރިހެނުން ބޯ ހާމަކޮށް ބެހެއްޓުން - الإِمَامُ العَلاَّمَة رَبِيْعُ بِنْ هَادِيْ المَدْخَلِي حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ފިރިހެނުން ބޯ ހާމަކޮށް ބެހެއްޓުން - الإِمَامُ العَلاَّمَة رَبِيْعُ بِنْ هَادِيْ المَدْخَلِي حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ފޭރާމުގެ ހުކުމްތައް

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


الإِمَامُ العَلاَّمَة رَبِيْعُ بِنْ هَادِيْ المَدْخَلِي حفظه الله

 ފިރިހެނުން ބޯ ހާމަކޮށް ބެހެއްޓުން

ސުވާލު: ފިރިހެނުން ބޯ ނިވާކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟


ޖާވާބު: ޙައްޖުގައި ބޯ ނިވާކުރުން ހުއްދައެއް ނުވާނެ އެވެ. އެހެނަސް ޙައްޖުގައި ނޫންނަމަ، މުރޫއަތްތެރިކަމުގެ ތެރެއިން ބޯ ހާމަކޮށް ބަހައްޓައިގެން ހިނގައިއުޅުން އެދެވިގެންނުވެ އެވެ. އަދި އޭނާ ބޯ ހާމަކޮށްފައި ބަހައްޓަނީ ކާފަރުންނަށް ތަޝައްބުހު ވުމުގެ ގޮތުންނަމަ، ފަހެ އެއީ ނުބައިވެގެންވާ ކަމެކެވެ.


ގިނަ ޒުވާނުން ކުރަމުންގެންދާ ކަންތައްތަކަކީ ކާފަރުންނަށް ތަޤްލީދުކޮށް ކޮށްފައިވާ ކަންތައްތަކެއްކަން އަހަރެން ދަންނަމެވެ. ޢަރަބިންގެ ތެރޭގައި ބޯ ހާމަކޮށް ބަހައްޓައިފައިވާ މީހުން ތިއްބެވެ. އެހެނަސް އެމީހުންގެ ބޮލުގައިވަނީ މަސްނުޢީ އިސްތަށިގަނޑެއް ޖަހާފަ އެވެ. (މާނައީ : ބޮލުގެ އިށްތަށި ފައިބާފައި ވުމުން އެބަޔަކު ބޮލުގައި އިސްތަށިގަނޑެއް ޖަހާފައި ހުންނަ މީހުން ބޯ ނިވާ ނުކުރެއެވެ.) ބޯ ހާމައަށް ބެހެއްޓުމަކީ ޙަރާމްކަމެއް ކަމުގައި އަހަރެމެން ނުބުނަމެވެ. އެހެނަސް މުރޫއަތްތެރިކަމުގެ ތެރެއިން ބޯ ނިވާކުރުންވެ އެވެ. އަދި ޚާއްޞަގޮތެއްގައި ނަމާދުގައި އިންސާނާ އޭނާގެ ބޯ ނިވާކުރުން ހުއްޓެވެ. ابن عمر رضي الله عنهما އެ ޞަޙާބީގެ މައުލާ އަށް – އަހަރެންނަށް ހީވަނީ އެއީ نافع އަށް އިންކާރު ކުރެއްވިހެންނެވެ.- ބޯ ހާމައަށް ބަހައްޓައިގެން ނަމާދު ކުރަން ހުންނަނިކޮށް ابن عمر އަށް ފެނިވަޑައިގެންނެވި އެވެ. އަދި އެކަމަށް އިންކާރު ކުރެއްވި އެވެ. އަދި މި މާނައިގައި ވިދާޅުވި އެވެ. "ބޮޑެތި ޢިއްޒަތްތެރިންނާއި ވެރިންނާ ތިބާ ބައްދަލުކުރާނީ ތިޔަ ސިފައިގައި ހުރެގެން ހެއްޔެވެ؟" އެހިނދުގައި نافع ދެންނެވިއެެވެ. ނޫނެކެވެ. ابن عمر ވިދާޅުވި އެވެ. "ފަހެ، ތިބާގެ ރައްބު މަތިވެރިކޮށް މާތްވަންތަ ކުރުން އައުލާވެގެންވެ އެވެ." ﴿ يَا بَنِي آدَمَ خُذُواْ زِينَتَكُمْ عِندَ كُلِّ مَسْجِدٍ﴾ "އޭ އާދަމުގެ ދަރީންނެވެ. ކޮންމެ ނަމާދެއްގައި ތިޔަބައިމީހުން ޒީނަތްތެރިކަމުގައި ހިފުން ހުއްޓެވެ."


އެއްވެސް ޝައްކެތްނުވާ ގޮތުގައި ބޯ ނިވާކުރުމަކީ ޒީނަތެކެވެ. بارك الله فيكم، ބޯ ހާމަކުރީ ޢާންމު ސަބަބަކަށްޓަކައި ކަމުގައިވެ އަދި ކާފަރުންނާ ތަޝައްބުހުވުމެއްނެތި އެއްވެސް ފަރާތަކަށް ތަޤްލީދު ކުރުމެއްނެތްގޮތުގައި ވެއްޖެހިނދުގައި، އެއީ ޙަރާމް ކަމެކޭ ބުނާކަށް ކުޅަދާނަ އެއް ނޫނެވެ. އެހެނަސް ތިބާއަށް އައުލާ ވެގެންވަނީ އަދި ޝަރަފްވެރިކަން ބޮޑުވެގެންވަނީ ތިބާގެ ބޯ ނިވާކުރުމުންނެވެ. ޚާއްޞަކޮށް ބޯ ހާމައަށް ބަހައްޓައިގެން ބާޒާރުތަކުގައި ހިނގާ އުޅޭ ނަމަ، މިއީ ލާއިޤުވެގެންވާ (އެގޮތުގައި ހުރުމަށް އެދެވިގެންވާ)  ގޮތެއް ނޫނެވެ.


އަހަރެން ހަނދާން އެބަހުއްޓެވެ. އުރުދުންގައި އަދި އެނޫން ބައެއް ޤައުމުތަކުގައި މި ސިފައިގައި މީހުން ފާޅުވާންފެށުމުން، ملك عبد الله އުރުދުންގެ އެންމެ ފުރަތަމަ މަލިކްއަށް ބޯ ހާމައަށް ބެހެއްޓުމުން، އެކަމަށް އަލިއަޅުއްވާ ވަރަށް ފައިދާކުރަނިވި ސިޓީފުޅެއް ފޮނުއްވި އެވެ. އަހަރެން އެ ސިޓީ ކިޔާލީ މެވެ. އެހެނަސް އަހަރެންގެ އަތުން އެ ސިޓީ ވަނީ ގެއްލިފަ އެވެ. ޔަޢުނީ : އެ ސިޓީފުޅުގައި އެބައިމީހުންވަނީ ބޯ ހާމަކުރުމުގައި ކާފަރުން ތަޤްލީދުކޮށްފައިވާކަމުގެ މައްޗަށް އަލިއަޅުއްވާފައިވެ އެވެ. އަދި ވަރަށްވެސް ހަރުކަށި، ގަދަ ބަސްފުޅުތަކެއް ވިދާޅުވެފައި އެވެ. އަދި އެފަދަ ބަސްފުޅު ވިދާޅުވާން ملك عبد الله އަށް ޙައްޤުވެގެންވެ އެވެ.


ބޯ ހާމައަށް ބެހެއްޓުމާއި، ޓައީ އެޅުމާއި، ފަޓުލޫނު ލުމާއި އަންހެނުން ޒީނަތްތެރިވުމަށް ބޭނުންކުރާ ލިބާސްތައް އަދި ރީތިވުމަށް ބޭނުންކުރާ އެކި ސާމާނު ތަކަކީ ﷲ ގެ ޢަދުއްވުން ތަޤްލީދު ކުރުމަށް ކުރެވޭ ކަމެއް ކަމުގައިވާނަމަ، ﷲ ޤަންދީ ބުނަމެވެ. މިއީ ދެރަނިކަމެތި ވެގެންވާ ކަމެކެވެ. އަދި މުސްލިމުން ލަދުގަންނަންޖެހޭ ކަމެކެވެ.


ﷲ ޤަންދީ ބުނަމެވެ. މުސްލިމުންނަކީ ފުރިހަމަ އަޤީދާޢެއްގެ ބައެކޭ އަހަރެމެން ނުބުނާނަމެވެ. މުސްލިމުންނަކީ އެންމެ ފުރިހަމަ ޢަޤީދާގެ އަހުލުވެރިންނެވެ. މީގެ މާނައަކީ އެމީހުންނަކީ (ކާފަރުންނަކީ) އެއްވެސް އަޤީދާއެއްއޮތް ބައެއް ނޫނެވެ. އެމީހުންގެ އަތުގައި ޝިރުކު ނޫން އެއްޗެއް ނެތެވެ. އެހެނަސް ބުނަމެވެ. މުސްލިމުންނަކީ އެންމެ ޞައްޙަ ޢަޤީދާގެ އަހުލުވެރިންނެވެ. މުސްލިމުންގެ ޢަޤީދާއަކީ އެއީ ޙައްޤު ޢަޤީދާ އެވެ. އިސްލާމްދީނުން ވާރުތަވެގެންވާ މުސްލިމުންގެ އާދަކާދަަތަކާއި އަޚްލާޤުތަކަކީ ޙައްޤެވެ. އިންތިހާއަށް ދެރަވާ ޙާލުގައި، ﷲ ޤަންދީ ބުނަމެވެ. އުއްމަތަކަށް ވާޖިބުވެގެންވަނީ، މުސްލިމުންގެ އަޚްލާޤްތަކާއި މުސްލިމުންގެ އާދަކާދަތައް ހޯދުމަށްޓަކައި މުސްލިމުންގެ ފަހަތަށް ދިއުމެވެ. ފަހެ، ހަމަކަށަވަރުން އެއީ އެންމެ މަތިވެރި އަޚްލާޤެވެ. އަދި އެންމެ ޝަރަފުވެރި އާދަކާދަ އެވެ. ސަބަބަކީ މި އަޚްލާޤުތާކައި ޢާދަކާދަތައް ފާޅުވެ ނުކުމެފައިވަނީ އިސްލާމްދީނުންނެވެ. މި ޢާދަކާދަތަކާއި އަޚްލާޤުތައް ނުކުމެފައިވަނީ އިސްލާމްދީނުންނެވެ. އަދި ޢަރަބިން އެބައިމީހުންގެ މަގުފުރެދުންތަކާއި އެކު، ޖާހިލިއްޔަ ޒަމާނުގައި އެމީހުންނަށް ސިފަ ލިބިގެންވާ ޢަރަބި އަޚްލާޤުތަކުންނެވެ. އެމީހުންގެ ލިބާހަކީ އެންމެ ހެޔޮވެގެންވާ ލިބާހެވެ. އަދި އެމީހުން އަންހެނުންގެ މައްޗަށް އޮންނަ ޣީރަތަކީ އޮތް އެއްޗެކެވެ. ماشاء الله، އަދި ކިޔެއްތޯ! މި ޣީރަތްތެރި ކަމުގައި އެބައިމީހުން ހައްދުފަހަނައަޅައި ދިޔަ އެވެ. ޣީރަތަށް އޮންނަ ބިރުވެރިކަމަކަށްޓަކައި އިންސާނަކު އޭނާގެ ދަރިފުޅު ކަތިލާލަ އެވެ. މިއީ ޣީރަތްތެރިކަމުގައި ހައްދުފަހަނައަޅައި ވުމެވެ. އެހެނަސް އަޞްލަކީ ޣީރަތްތެރިކަމަކީ ޘަނާލިބިގެންވާ ކަމެކެވެ. ފަހެ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (ألَا تعجَبونَ مِن غَيرةِ سعدٍ فواللهِ لَأنَا أغيرُ منه واللهُ أغيرُ منِّي ومِن أجلِ غَيرةِ اللهِ حرَّم الفواحشَ ما ظهَر منها وما بطَن) "ތިޔަބައިމީހުން ޢަޖައިބުވަނީ ސަޢުދުގެ ޣީރަތްތެރިކަމުގެ މައްޗަށްތޯ އެވެ؟ ﷲ ޤަންދީ ބުނަމެވެ. ތިމަން ނަބިއްޔާ އެއަށްވުރެ ޣީރަތްތެރިކަމުގައި ބޮޑެވެ. އަދި ﷲ އީ ތިމަން ނަބިއްޔާގެ ޣީރަތްތެރިކަމަށްވުރެ ބޮޑުވެގެންވާ ފަރާތެކެވެ. ﷲ ގެ ޣީރަތްތެރިކަމުގެ ސަބަބަށްޓަކައި އެންމެހައި ފަވާޙިޝްތަކެއް، ފެންނަ ފަވާޙިޝް ތަކާއި ފެންނަންނެތް އެންމެހައި ފަވާޙީޝްތަކެއް ޙަރާމް ކުރެއްވި އެވެ."


އަހަރެންގެ އެންމެހައި އަޚުންނޭވެ! ހުޅަނގުގެ އަހުލުވެރިން ތަޤްލީދުކޮށް، މުސްލިމުންގެ މެދުގައި މިވަނީ ފާޙިޝްކަންތައްތައް ފެތުރިފަ އެވެ. އަންހެނުންގެ ޢިއްފަތްތެރިކަން ނެތިވެފައެވެ. މުސްލިމް ފިރިހެނުންގެ ހެދުންތަކަކީ ޔަހޫދީންނާއި ނަޞާއިންގެ ހެދުންތައް ފަދަ ހެދުމެވެ. މިގޮތުންގޮސް، ބައެއް މުސްލިމް ޤައުމުތަކުގައި ތިބާއަށް ޔަހޫދީއެއް، ނަޞާރާއެއް، ކޮމިއުނިސްޓެއް އަދި މުސްލިމެއް ތަފާތުކޮށް ވަކިކުރާކަށް ނޭނގޭނެ އެވެ. އެންމެންގެ ހެދުންތައްވަނީ އެއްފަދަވެފަ އެވެ. ނުހަނުބޮޑު ހިތާމައަކީ އަންހެނުންނާއި ފިރިހެނުންގެ ހެދުންތައްވެސް އެއްފަދަވެފައިވާކަމެވެ.  


މުސްލިމް އަޅާއަށް ވާޖިބުވެގެންވަނީ އޭނާ ކެއުމާއި ބުއިމުގައި، ނިދުމުގައި، ސަވާރީއަށް އެރުމުގައި، އިށީނުމުގައި އަދި އޭނާގެ ފޭރާމުގައި އަދި އެންމެހައި ކަންކަމުގައި، އޭނާއަށް ވާޖިބުވެގެންވަނީ ކާފަރުންނާ ތާފާތު ވުމެވެ.


މިގޮތުން عمر رضي الله عنه އަދި عمر رضي الله عنه އާއެކުގައިވި ޞަޙާބީން، ކާފަރު ޛިންމީންނާއި ޞުލްޙައެއް ޤާއިމްކުޅަ ހިނދުގައި، އެ ކާފަރުންގެ މައްޗަށް ޝަރުޠުތަކެއް ކަނޑައެޅުއްވި އެވެ. ވަރަށްވެސް ގިނަ ޝަރުޠުތަކެއް އެމީހުންގެ މައްޗަށް ކަނޑައެޅުއްވި އެވެ. އެ ޝަރުޠުތަކަކީ އެމީހުން މުސްލިމުންނާ ފަރަޤު (ތަފާތު) ވާނެ ގޮތްތަކެވެ. އަދި މުސްލިމުން އެމީހުންގެ މައްޗަށް ތަފާތުވާނެ ގޮތްތަކެވެ. މިގޮތުން އެ ޛިންމީން މުސްލިމުންގެ ދަށުގައިވާ ހިނދުގައި އަހަރެމެން އެމީހުންގެ މައްޗަށް ވަކިވާނެ ގޮތްތަކުގައި ތިބުން ވާޖިބުވެގެންވެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (لا تَبدَؤوا اليهودَ و لا النَّصارَى بالسَّلامِ، و إذا لقيتُم أحدَهم في طريقٍ فاضطرُّوهُ إلى أضيَقِهِ) "ތިޔަބައިމީހުން ޔަހޫދީންނާއި އަދި ނަޞާރާއިންނަށް އިސްވެ ސަލާމް ނުގޮވާށެވެ. ތިޔަބައިމީހުންނާ އެބައިމީހުން ތެރެއިން މީހަކާ މަގުމަތިން ބައްދަލުވެއްޖެ ހިނދުގައި އޭނާއަށް މަގުގެ އެންމެދަތި ދިމާލުން ޖާގަ ދޭހުއްޓެވެ." މިއީ ކިހިނަކުން ތޯ އެވެ؟ ޔަޢުނީ : އެބައިމީހުން ދެރަވެ ނިކަމެތިވެގެންވާ ޙާލުގައި އެމީހުންގެ އަތުން ޖިޒްޔަ ދީފުމަށް ދާންދެނެވެ. މިފަދައިން އިހާނަތްތެރިކަން ލިބިގެންދާނެ ގޮތްތަކުން އެބައިމީހުންނަށް އިހާނާތްތެރިކަން ދިނުމެވެ. ކީއްވެގެންތޯ؟ ބޮޑާވެގަތުމަށްތޯ އެވެ؟ ނޫން، ނޫނެކެވެ. ސަބަބަކީ އެބައިމީހުންގެ ތެރޭގައިވާ ޝަރަފުވެރި މީހުން، މިކަންތައްތަކުގެ ސަބަބުން އިސްލާމްދީނަށް ވަނުމަށް ބާރުއެޅުމެވެ. މިހެން ވުމުން، އެ ޒަމާނުގައި ޢަރަބި ޤައުމުތަކުގައިވި ގިނަ ޔަހޫދީން އިސްލާމްދީނަށް ވަނެވެ. އަދި ގިނަ ނަޞާރާއިންވެސް އިސްލާމްދީނަށްވަނެވެ. ސަބަބަކީ ބައެއްމީހުން އެމީހުންގެ ބޮޑާވެރިކަމުން، ދެރަ ނިކަމެތިވާކަށެއް ބޭނުމެއްނުވެ އެވެ. ފަހެ، އެހިނދުގައި އޭނާ ޢިއްޒަތް ލިބިގަނެވޭނެ މަގެއް، ބާއްޖަވެރިކަން ލިބިދޭނެ، ކަރާމާތްތެރިކަން، ދުނިޔެއާއި އާޚިރަތުގައި ޢިއްޒަތް އޭނާއަށް ލިބޭނެ ގޮތް ހޯދަ އެވެ. ޔަޢުނީ : އެ ޢަޤީދާއެއްގެ މުންޙަރިފް އަޤީދާ، ކާފަރު ޢަޤީދާގެ ސަބަބުން އޭނާ މި ދެރަނިކަމެތިކަން ތަހަންމަލު ކުރަންޖެހުމެވެ. އެގޮތުގައި އޭނާ ވިސްނަ، ވިސްނައި ފިކުރު ކުރެއެވެ. އެގޮތުންގޮސް އޭނާއަށް އިސްލާމްދީނަކީ ޙައްޤުކަމުގައި ޤަބޫލު ކުރެވެ އެވެ. މުސްލިމުންނަށްއޮތީ މިފަދައިން މުޢާމަލާތް ކޮށް، މި ހަޑިމުޑުދާރު ޢާދަކާދަތަކުން ނިކުތުމެވެ.


****

 

ފަތުވާ ނަގާފައިވަނީ : http://goo.gl/798YWM

.

ފޭރާމުގެ ހުކުމްތައް: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ފިރިހެން ކުދިން އަތުގައި ރޮދިން ވިޔެފައި ހުންނަ ފަށް އެޅުން - الإمام العلامة الشيخ صالح الفوزان حفظه الله | 27 އޭޕްރީލް 2020

އަންހެނުންގެ ޢަބާއަ ކަޅު ކުލައިގައި ވުން ލާޒިމްވެގެންވޭތޯ އެވެ؟ - الشَّيْخ أ.د. عَبْدُ اللهِ بِنْ عَبْدُ الرَّحِيْم البُخَارِي حفظه الله | 15 ޖެނުއަރީ 2017

އަންހެނުން އަތްކުރު ހެދުން ލުމާއި، ޖީންސު ލުމާއި، ޓައީ އެޅުން - العَلَّامة الشيخُ صالح الفوزان حفظه الله | 10 ނޮވެމްބަރ 2016

ޓައީ އެޅުން ޢާންމު ވެފައިވާ މުޖުތަމަޢުއެއްގައި ޓައީ އެޅުމުގެ ޙުކުމް - العلامة المحدث الشيخ عَبْدُ المُحسِن العَبَّاد حفظه الله | 07 ނޮވެމްބަރ 2016

ޤުރެޖުއޭޝަން އަދި ޙަފްލާތުގައި ލުމަށް ޙާއްޞަ ކުރެވިފައި ހުންނަ ހެދުން - الشيخُ العلاَّمة صَالح الفَوزَان حفظه الله | 21 އޮކްޓޯބަރ 2016

އަންހެނުން އަތްކުރު ހެދުން ލުމާއި، ޖީންސު ލުމާއި، ޓައީ އެޅުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 03 އޭޕްރީލް 2016

ޒީނަތްތެރިކަން ފާޅުކުރުމާއި އޭގެ ނުރައްކައުތެރިކަން - سماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 20 ސެޕްޓެމްބަރ 2015

ފަގުޑި އެޅުމަކީ ސުންނަތަށް ތަބަޢަވުންތޯ އެވެ! - الإِمَام ابِنْ العُثَيْمِيْن - الإِمَام الأَلْبَانِي އަދި الإِمَام ابن باز رحمهم الله ގެ ފަތުވާ | 06 އޭޕްރީލް 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...