ދެ އަނތްބަށް ކައިވެނި ކުރުމުން އަނބިމީހާ ވަރިއަށް އެދުން. - العَلَّامة الشيخُ عبد العزيز آل الشيخ حفظه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)
العَلَّامة الشيخُ عبد العزيز آل الشيخ حفظه الله
ދެ އަނތްބަށް ކައިވެނި ކުރުމުން އަނބިމީހާ ވަރިއަށް އެދުން.
ސުވާލު: ބައެއް އަންހެނުންނަކީ، އެ އަންހެންމީހާއާ ކައިވެނި ކޮށްގެންހުރެ ފިރިމީހާ ދެވަނަ އަނތްބަކާއި ކައިވެނި ކުރުމުން ވަރިއަށް އެދޭ އަންހެނުންނެވެ؟
ޖަވާބު: ދެވަނަ އަނތްބަކާއި ކައިވެނި ކުރުމަކީ ﷲ އެ އިލާހުގެ ޝަރީޢަތުގައި ޝަރުޢު ކޮށްފައިވާ ކަމެކެވެ. އެކަކަށް ވުރެ ގިނަ އަންހެނުންނާއި ކައިވެނިކޮށް (އެންމެ ގިނައިން) 4 އަންހެނުންނާއި އެއްފަހަރާ ކައިވެނިކުރުން ﷲ ވަނީ ހުއްދަ ކުރައްވާފަ އެވެ. ﷲ جل وعلا ވަޙީކުރައްވާފައިވެ އެވެ. ﴿فَانْكِحُوا مَا طَابَ لَكُمْ مِنَ النِّسَاءِ مَثْنَىٰ وَثُلَاثَ وَرُبَاعَ فَإِنْ خِفْتُمْ أَلَّا تَعْدِلُوا فَوَاحِدَةً﴾ "އަންހެނުންގެ ތެރެއިން ތިޔަބައިމީހުން ހިތް ރުހޭ ބަޔަކާ ކައިވެނި ކުރާށެވެ. ދެ މީހުންނާ އެވެ. ނުވަތަ ތިން މީހުންނާ އެވެ. ނުވަތަ ހަތަރު މީހުންނާ އެވެ. ފަހެ، ޢަދުލުވެރި ނުވެވޭނެކަމަށް ބިރުގެންފި ނަމަ، އެކަކާ އެވެ."
އެހެނަސް އަންހެނުން ފިރިމީހާ އެއް އަންހެނުންނަށްވުރެ ގިނަ އަންހެނުންނާއި ކައިވެނި ކުރީތީވެ، އަންހެންމީހާ ދެކެ ރުޅިއައުމާއި އަދި ފިރިމީހާއަށް އެއްޗެހި ކިޔުމާއި، އެގޮތުން ބުނެ އެވެ. މިއީ (ފިރިމީހާ) ލަދުވެތިކަމުގެ ބާބު ކުޑަވުމުގެ ސަބަބުންނެވެ. މިއީ އަޚްލާޤެއް އުޅުމެއް ނެތް މީހެކެވެ. މިއީ (މިފަދައިން ބުނުމަކީ) ރިވެތިވެގެންވާ އަދި ދީނުގައި މަޢުރޫފް ކަމެއް އިންކާރު ކުރުމެކެވެ. މިއީ ކުށެކެވެ.
ދެވަނަ އަންހެނަކާއި ކައިވެނި ކުރުމަކީ ޝަޢުރު ކުރެވިފައިވާ ކަމެކެވެ. އެއީ އެންމެހައި ކަންކަމުގައި ޢަދުލުވެރި ވުމުގެ ކުޅަދާނަކަން ލިބިފައިވާ ފަރާތަށެވެ. ޢަދުލުވެރިވުން އޮތީ ރޭކުރުމުގައި އެކަންޏެއް ނޫނެވެ. ޢަދުލުވެރިވުން އޮތީ ޚަރަދުކުރުމުގައި އެކަންޏެއް ނޫނެވެ. އިދާރީ ކަންތައްތަކުގައި، ހަށިގަނޑުގެ ގޮތުންނާއި އަދި މާލީ ގޮތުން އެއް އަތްބަށްވުރެ ގިނަ އަނބިންނަށް ޢަދުލުވެރިވުމުގައިވެއްޖެ މީހާވަނީ ހެޔުކަމުގެ މަތީގަ އެވެ.
އޭނާއަށް ޢައިބުކުރުމާއި، އެއްޗެހި ކިޔުމާއި، އޭނާއަށް ބަދުބަސްތައް ބުނުން (ހުއްދައެއް ނުވާނެ އެވެ.) އެގޮތުން ބުނެ އެވެ. މިއީ މިޒަމާނަށް އެކަށީގެންވާ ކަމެއް ނޫނެވެ. މިއީ (މިފަދައިން ބުނުމަކީ) ކުށެކެވެ. އެއް އަންހެނުންނަށް ވުރެ ގިނަ އަންހެނުންނާއި ކައިވެނި ކުރުމަކީ ﷲ އެއިލާހުގެ ޝަރީޢަތުގައި ޝަރުޢު ކޮށްފައިވާ ކަމެކެވެ. އެއަށް އެއްޗެހި ނުކިޔޭނެ އެވެ. އަދި ބަދުބަސް ނުބުނެވޭނެ އެވެ. އަދިކިޔެއްތަ! އެ ޤަބޫލުކޮށް ތެދުކޮށް ރުހުން ވާޖިބުވެގެންވެ އެވެ. ﴿وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْراً أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ﴾ "އަދި ﷲ އާއި އެއިލާހުގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފި ހިނދު، މުއުމިނު ފިރިހެނަކަށްވެސް އަދި މުއުމިނު އަންހެނަކަށްވެސް، އެކަމުގައި އެބައިމީހުންނަށް އިޚްތިޔާރު އޮތުމަކީ ނެތް ކަމެކެވެ."
***
ފަތުވާ ނަގާފައިވަނީ : https://t.co/iRDrsaMQ4I/s/0VMD