ލިޔުންތައް

މަކްތަބާ ސަލަފިއްޔާގެ ދައުވަތަކަށް މަދީނާ ޔުނިވަރސިޓީގެ ޕްރޮފެސަރ ޑރ. ޢަބްދުﷲ ބުޚާރީ ރާއްޖެ ވަޑައިގަންނަވަނީ

ޝާއިޢުކުރީ: މައްކްތަބާ ސަލަފިއްޔާ. ކެޓަގަރީ ޚަބަރު

 

މަދީނާ ޔުނިވަރސިޓީގެ ހަދީޘް ފެކަލްޓީގައި ކިޔަވައިދެއްވާ ޕްރޮފެސަރ ފަޟީލަތުއް ޝައިޚް ޑރ. ޢަބްދުﷲ ބިން ޢަބްދުއް ރަޙީމް އަލް-ބުޚާރީ حفظه الله އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

 

ފަޟީލަތުއް ޝައިޚް ޑރ. ޢަބްދުﷲ ބިން ޢަބްދުއް ރަޙީމް އަލް-ބުޚާރީ حفظه الله ރާއްޖެވަޑައިގަންނަވަނީ މަކްތަބާ ސަލަފިއްޔާގެ ފަރާތުން އަންނަ ޖުލައި މަހު 15 އިން 21 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ހަތަރުވަނަ ދަޥްރާ ޢިލްމިއްޔާ" ގައި ބައިވެރިވެވަޑައިގަތުމަށެވެ.

 

2013 ވަނަ އަހަރުވެސް ޝައިޚް ވަނީ މަކްތަބާ ސަލަފިއްޔާގެ ދައުވަތަކަށް ދިވެހި ރާއްޖެއަށް ވަޑައިގެން އިމާމް އަޙްމަދުގެ އުޞޫލުއް ސުންނާ އަދި އިމާމް އަލްބުޚާރީގެ ޞަޙީޙުގެ ކިތާބުލް ޢިލްމު ގެ ބައެއް ޝަރަޙަ ކޮށްދެއްވާފައެވެ. އަދި 2014 ވަނަ އަހަރުގައިވެސް ދިވެހި ރާއްޖެއަށް ވަޑައިގެން ޢިލްމީ ދަޥްރާއެއް ބާއްވަވާ ޢިލްމީ ފޮތްތައް ޝަރަޙަ ކޮށްދެއްވާފައިވެ އެވެ. މި ދަޥްރާގައި ޝެއިޚް ވަނީ ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުމަކީ ޖިހާދެއް ނޫންކަމާއި އަދި އެތަނަށް ޖިހާދު ކުރުމަށް ދިއުމަކީ ހުއްދަވެގެން ނުވާނެ ކަމެއް ކަމުގައި ބަޔާންކޮށްދެއްވާފައެވެ. މި ދަޥްރާތަކުގެ އޯޑިޔޯ www.salafi.mv އިން ލިބެން ހުންނާނެ އެވެ.
 

ފަޟީލަތުއް ޝައިޚް ޑރ. ޢަބްދުﷲ ބިން ޢަބްދުއް ރަޙީމް އަލް-ބުޚާރީ حفظه الله އަކީ ސަޢުދި ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام المجدد شيخ الإسلام عبد العزيز بن عبد الله بن باز (رحمه الله) އަދި فقيه الزمان الإمام العلامة محمّد بن صالح العثيمين (رحمه الله) ގެ އިސް ދަރިވަރުންގެ ތެރެއިން ދަރިވަރެކެވެ. ޝެއިޚުގެ ތަޢާރަފެއް މި ވެބްސައިޓުގައިވާނީ ކުރިން ޝާއިޢު ކުރެވިފައެވެ.

 

ފަޟީލަތުއް ޝައިޚް ޑރ. ޢަބްދުﷲ ބިން ޢަބްދުއް ރަޙީމް އަލް-ބުޚާރީ حفظه الله ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 25 ވަނަ ދުވަހު އެވެ. ޝައިޚްގެ މިދަތުރާއިބެހޭ އިތުރު މައުލޫމާތުތައް إن شاءالله ގެނެސްދެމުން ދާނަމެވެ.

 

 

Like what you see?

Close

Hit the buttons below to follow us, you won't regret it...