5 އިޚުވާނީންނާއި ގުޅުން އޮތީ ކޮން ބައެއް؟ އިޚުވާނީން ދިފާޢުކޮށް ޢިލްމުވެރިންނަށް ހަދަނީ ކޮންބައެއް؟ - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

އިޚުވާނީންނާއި ގުޅުން އޮތީ ކޮން ބައެއް؟ އިޚުވާނީން ދިފާޢުކޮށް ޢިލްމުވެރިންނަށް ހަދަނީ ކޮންބައެއް؟

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ ޔޫސުފުލް ޤަރަޟާވީ

3.1.jpg

شيخ الإسلام ابن تيمية رحمه الله تعالى ބަޔާންކުރައްވާފައިވެ އެވެ.

"ހަމައެފަދައިން، ދީނުގެ މައްޗަށް ފާޅުކޮށްފައިވާ ރައުޔަކީ ނުބައި ރައުޔެއް ކަމުގައިވެ، (އެބަޔާންކޮށްފައިވާ ޢިލްމީ މައްސަލައަކީ) ނުބައި ގޮތުގައި ބަޔާންކޮށްފައި ވުމުން، ފަހެ، (އެހެން އިންސާނަކު) ޢަދުލާއި ޢިލްމުން، އަދި ނަޞޭޙަތް ދިނުމުގެ ޤަޞްދުގައި އެ އެބަޔާންކޮށްދިނުމުން، ފަހެ އެހިނދުގައި ﷲ، އޭނާއަށް އެކަމުގައި ޘަވާބު ދެއްވާނެ އެވެ. ޚާއްޞަކޮށް (އެނުބައި ވާހަކަތައް ދައްކާފައިވާ މީހާ އަކީ) ބިދުޢަތަކަށް ދަޢުވަތުދޭ މީހެއްގެ ގޮތުގައިވުމުން، ފަހެ އެހިނދުގައި އޭނާގެ ކަންތައްތައް މީސްތަކުންނަށް ބަޔާންކޮށްދިނުން ވާޖިބުވާނެ އެވެ. ފަހެ، ހަމަކަށަވަރުން މީސްތަކުން އޭނާގެ ނުބައިކަމުން ސަލާމަތް ކުރުމަކީ މަގުފޭރޭ މީސްތަކުންގެ ކިބައިން މީސްތަކުން ސަލާމަތް ކުރުމަށްވުރެ ހެޔޮވެގެންވާ ކަމެކެވެ."  منهاج السنة 5-146

 

އަޙްމަދު ސަމީރު އެވެ. ތިބާއަށް އިސްލާމްދީނުގައި އުޑެއް ބުޑެއް އެނގިފައިނުވާ، އަދި ﷲ ބާވައިލެއްވި މި ދީނުގައި އެތަކެއް ޙުކުމެއް ބަދަލުކޮށް، ޔަހޫދީންނަށާއި ނަޞާރާއިންނަށް ބާވައިލެއްވުނު އެތަކެއް އާޔަތްތަކެއް އޭގެ ޙުކުމުން ބޭރުކޮށް، ﷲ ގެ އާޔަތްތައް އޭގެ ޞައްޙަ މާނައިން ބޭރުކޮށްފައިވާ ޔޫސުފް އަލް-ޤަރަޟާވީ ޢިލްމުވެރިއަކަށްވީ ކިހިނަކުން ހެއްޔެވެ؟ ތިބާ މީސްތަކުންނަށް އެއީ ޢިލްމުވެރިއެއް ކަމުގައި ދައްކާފައި ވުމަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި މީސްތަކުންނަށް ދީނުގައިވާ ޞައްޙަ މަންހަޖު ގެއްލުވާ މީސްތަކުންނަށް ދީން އޮޅުވައިލުން ނޫންގޮތެއް ހެއްޔެވެ؟ ތިބާ މީސްތަކުންނާ ދިމާލަށް، އެކިއެކި ބަސްތައް ނިސްބަތް ކުރާ އިރު އަމިއްލައަށް ތިޔަ ހަދާފައިވަނީ ކޮންފަދަ ބޮޑުވެގެންވާ ނުބައި ކަމެއްތޯ އެވެ.

 

ޤަރުޟާވީ އަކީ ﷲ ގެ ކަލިމަފުޅު އޭނާ ބޭނުންވާ މަޤްޞަދަށް ބަދަލު ކުރާ މީހެކެވެ.

ﷲ ވަޙީކުރައްވާފައިވެ އެވެ. {يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَى أَوْلِيَاءَ} [المائدة: 51] "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ޔަހޫދީންނާއި ނަޞާރާއިން އެއީ، އެކުވެރިން ކަމުގައި ނުބަލާށެވެ."


ޤަރުޟާވީ މިއާޔަތް ބަޔާންކޮށް އޭނާ ލިޔެފައިވާ ފޮތް الحلال والحرام ص307 ގައި ބުނެފައިވެ އެވެ.
"މުޠްލަޤުކޮށް ހުރިހައި އެންމެން މިއާޔަތުގެ ތެރެއަށް ނުވަންނާނެ އެވެ. މިއާޔަތުގައި ހުރިހާ ޔަހޫދީންނެއް ނުވަތަ އެންމެހައި ނަޞާރާއިން ނުވަތަ އެންމެހައި ކާފަރުން ނުހިމެނޭނެ އެވެ." الحلال والحرام ص307

ޤަރުޟާވީ މިވަނީ އޭނާ ބޭނުންވާ މާނައެއް، ބޭނުންވާ މުރާދެއް ކީރިތި ﷲ ބާވައިލެއްވި މި އާޔަތުން ނެރެފައެވެ. މިއީ ކަނޑައެޅިގެން ޔަހޫދީން އަދި ނަޞާރާއިން އަށް ހެޔޮކޮށްހިތައި އެބައިމީހުންގެ ފަރާތުން މަންފާހޯދުމަށް މި އިންސާނާ ކޮށްފައިވާ ކަންތައްތަކެވެ.


ތިބާއަށް އެމީހަކު ޤުރުއާން ބޭނުންވާ މާނައަށް ބަދަލުކުރުމުންވެސް އެ ވަނީ ޢިލްމުވެރިއަކަށެވެ.

އަޙްމަދު ސަމީރު އަށް ދަންނަބޭކަލެއްގެ ގޮތުގައިވާ ޤަރުޟާވީގެ ޙަޤީގަތް، ޤަރަޟާވީއަކީ އިޚްވާނީންގެ ދަންނަބޭކަލެވެ.

 

ޤަރަޟާވީ އަކީ ދީނުގެ ޢަޤީދާގެ އެންމެ ބޮޑެތި މައްސަލަތައް އޮޅުވާލާފަވާ މީހެކެވެ.

ޤަރުޟާވީ ބުނެފައިވެ އެވެ. "އަހަރެން އެ (ނަޞާރާއިންނަށް ނިޞްބަތްކޮށް) ބުނަމެވެ. އެއީ އަހަރެމެންގެ މަޞީޙީ (ކުރިސްޓިއަން) އަޚުންނެވެ. ބައެއް މީހުން އަހަރެންގެ މައްޗަށް އިންކާރުކޮށް، މަޞީޙީންނަކީ އަޚުންކަމުގައި ވާނީ ކިހިނަކުންހޭ ބުނެ އިންކާރު ކުރެ އެވެ. (ﷲ ވަޙީކުރައްވާފައިވެ އެވެ.)  {إِنَّمَا الْمُؤْمِنُونَ إِخْوَةٌ } [الحجرات: 10]މާނައީ : "މުއުމިނުން ވާކަން ކަށަވަރީ އަޚުންތަކެއް ކަމުގަ އެވެ." (އެއަށްފަހުގައި ޤަރުޟާވީ ބުނެފައިވެ އެވެ.) އެންމެހައި މުއުމިނުންނަކީ އަޚުންނެވެ. އާއެކެވެ. އެބައިމީހުންނަކީ އެހެންގޮތަކުން މުއުމިނުންނެވެ." برنامج الشريعة والحياة حلقة بعنوان غير المسلمين في ظل الشريعة الإسلامية بتاريخ 10/6/1418هـ.


سبحان الله ! ﷲ ގެ ވަޙީބަސްފުޅު އިންސާނަކަށް އޮޅުވައިލެވޭނީ މިފަދަ މިންވަރަކަށެވެ. ނަޞާރާއިން އަޚުންނަށް ވާނީ ކިހިނަކުން ކޮންގޮތަކުން ހެއްޔެވެ؟

އެހެނަސް އަޙުމަދު ސަމީރުއަށް މި މީހުން ޝެއިޚުންނަށްވެ، މިއީ އިސްލާމްދީން ދިފާޢު ކުރާ މީހުންނަށްވެ، އެހެން މީހުންނަކީ ޔަހޫދީންނަށް ތާއީދު ކުރާ މީހުންނަށްވީ ކޮންބީދައަކުން ހެއްޔެވެ. ތިބާއަށް ތާއީދު ތިޔަކުރެވެނީ ޙަޤީޤަތުގައި ޔަހޫދީންނަށެވެ.

ޤަރުޟާވީ ބުނެފައިވެ އެވެ. "އަހަރެމެން ކާފަރުން އެއީ ކާފަރުންނަށް ވެގެން އެމީހުންނާ ހަނގުރާމަ ނުކުރަމެވެ. އެހެނަސް އެބައިމީހުންނާ އަހަރެމެން ހަނގުރާމަ ކުރަނީ ޙައްޤަކާއި ނުލައި އަހަރެމެންގެ ބިން ފޭރިގެންފައި ވާތީ އެވެ." مجلة الراية عدد 4696 تاريخ 24/8/1415هـ.

އިސްލާމްދީނުގައި ހަނޤުރާމައޮތީ ބިންފޭރި ގަތުމުންހެއްޔެވެ؟ ﷲ އަށް ކާފަރުވެ، ކާފަރުކަންމަތީގައި ދެމިތިބެ މީސްތަކުންނަށް ޝިރުކަށް ދަޢުވަތުދީ ދީނުން އެއްކިބާ ކުރުމަކީ އެއީ އެމީހުންނަށް މަރުޙަބާ ކިޔަންވީ ކަމެއް ހެއްޔެވެ؟ ހަނގުރާމަ ނެތިވެގެން ދިޔައީ ހެއްޔެވެ؟ މިއީ ޢިލްމުވެރިންނަށް ހަދައި އެބައިމީހުންގެ ޓުވީޓް ތިބާ މީސްތަކުންނަށް ދައްކައި ދިނުމަކީ ﷲ އަށްޓަކައި ކުރާ ކަމެއް ހެއްޔެވެ؟

 

ޤަރުޟާވީ ﷲ ގެ ބަސްފުޅު އޭގެ މުރާދުން ބަދަލުކޮށްފައިވާ ކަން.

ޤަރުޟާވީ އަދިވެސް ﷲ ގެ ބަސްފުޅުގެ މާނަ ބަދަލުކޮށް، ދީނުގައިވާ ޙުކުމް ބަދަލުކޮށް ބުނެފައިވެ އެވެ. "ބައެއް މީސްތަކުންނަށް އަހަރެން މި އާޔަތް ފަހުމް ވާންޖެހޭނީ ކިހިނަކުންކަން ބަޔާންކޮށްދީ ބުނަމެވެ. {لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا} [المائدة: 82] "އީމާންވި މީހުންނަށް މީސްތަކުންކުރެ، ޢަދާވާތްތެރިކަން އެންމެބޮޑު ބަޔަކީ، ޔަހޫދީންނާއި އަދި ޝަރީކުކުޅަ މީހުންކަމުގައި އިބަނަބިއްޔާ ދެކިވަޑައިގަންނަވާނެ އެވެ." (އެއަށްފަހު ޤަރުޟާވީ ބުނެފައިވެ އެވެ.) ހަމަކަށަވަރުން މިއީ ރަސޫލާ صلّى الله عليه وسلّم ގެ ޒަމާނުގައި ކަންތައް އޮތް ގޮތަކުން ބަޔާންވެފައިވާ ގޮތެވެ." الشريعة والحياة: الصراع بين المسلمين واليهود 7/8/1418هـ.

މިފަދަ މީސްތަކުން ޢިލްމުވެރިންނަށް ހަދައި، ތިމަންމެންނަކީ ޔަހޫދީންނާއި އިދިކޮޅު ބައެކޭ ބުނުމުން، ތިޔަބައިމީހުންނަކީ ޔަހޫދީންނާއި އިދިކޮޅު ބަޔަކަށް ވީ ކޮންފަދައަކުން ހެއްޔެވެ؟

 

ޑިމޮކްރަސީ އަށް ޤަރުޟާވީ ޘަނާ ކިޔައި ﷲ ގެ ޝަރީޢަތާ އެއްހަމަކޮށްފައި ވުން:

ޤަރުޟާވީ ބުނެފައިވެ އެވެ. "ޑިމޮކްރަސީގައި މިނިވަންކަން ޔަޤީންކޮށްދީފައިވެ އެވެ. އަދި މީސްތަކުން އަޅުވެތިކުރާ ވެރިން ވައްޓާލެވޭނެ އުސްލޫބްތައްވެ އެވެ. ޑިމޮކްރަސީގެ ބާބަކީ އިސްލާމީ ފިޤުހުގައި ފުޅާވެގެންވާ ބާބެކެވެ. ފަހެ، ޝޫރާއާ ޑިމޮކްރަސީއަކީ އެއް ނޫޓެއްގެ ދެ ފުށެވެ." جريدة الشرق عدد 2719 تاريخ 19/3/1416هـ

لاإله إلا الله! މިއީ މި އިންސާނާގެ ޙާލުހުރި ގޮތެވެ.
މީސްތަކުންނޭވެ. އެބަޔަކު ތިމަންނަމެން، ޑިމޮކްރަސީއާ އިދިކޮޅު ބައެކޭ ބުނާއިރު، މިފަދަ މީސްތަކުންނަކީ އެބައިމީހުންގެ ޢިލްމުވެރިންނަށް ވުމުން، ޙަޤީޤަތުގައި އެބައިމީހުންނަކީ ޑިމޮކްރަސީއާ އިދިކޮޅު ބައެއްތޯ އެވެ.

ﷲ ގެ ޝަރީޢަތާ، ކާފަރުން އިސްލާމްދީނަށް ގޮންޖަހައި ހަދައިފައިވާ މި ޑިމޮކްރަސީ އަކީ އެއްނޫޓެއްގެ ދެ ފުށް ކަމަށް ބުނާ މީހާއަކީ އިސްލާމްދީން ކިހިނަކުން އޮޅުން ފިލައިފައިވާ މީހެއްހެއްޔެވެ؟ މިފަދަ މީހަކީ އިސްލާމްއަކަށް ވާނެ މީހެއްބާވަ އެވެ. ﷲ ގެ ޝަރީޢަތާ އެހެން ޝަރީޢަތެއް ހަމަހަމަ ވާނީ ކިހިނަކުން ހެއްޔެވެ.
****


سماحة الشيخ عبدالعزيز بن باز رحمه الله : ﷲ ބާވައިލެއްވި ޙުކުމަށް ނޫން ޝަރީޢަތަށް ޙުކުމް ކުރާ މީހާގެ މައްޗަށް ވިދާޅުވެފައިވެ އެވެ.


"ﷲ ގެ ޙުކުމަށް، ޙުކުމް ނުކުރާ މީހާ، 4 ބައިގެ ތެރެއިން ކޮންމެވެސް އެއްބައެއްގެ ތެރެއަށް ވަންނާނެ އެވެ.
ފުރަތަމައީ : އެމީހަކު ބުނެ އެވެ. އަހަރެން މިއަށް (މީސްތަކުން އަމިއްލައަށް ހަދައިފައިވާ ވަޟުޢީ ޤާނޫނަށް) އަހަރެން ޙުކުމް ކުރާނަމެވެ. ސަބަބަކީ، މިއީ ﷲ ގެ ޝަރީޢަތަށް ވުރެ ހެޔޮވެގެންވާ ޤާނޫނެކެވެ. ފަހެ މި މީހާވަނީ، ބޮޑު ވެގެންވާ ކުފުރަކުން ކާފަރުވެފަ އެވެ.

ދެވަނައީ : އެމީހަކު ބުނެ އެވެ. އަހަރެން މިއަށް ޙުކުމް ކުރަމެވެ. ސަބަބަކީ، މިއީ އިސްލާމީ ޝަރީޢަތް އެއްފަދަ (އެއްހަމަ) އެއްޗެކެވެ. މިއަށް ޙުކުމް ކުރުން ހުއްދަވެގެންވެ އެވެ. އަދި ﷲ ގެ ޝަރީޢަތަށްވެސް ޙުކުމް ކުރުން ޙުއްދަވެގެންވެ އެވެ. ފަހެ، މި މީހާވަނީ، ބޮޑުވެގެންވާ ކުފުރަކުން ކާފަރުވެފަ އެވެ.

ތިންވަނައީ : އެމީހަކު ބުނެ އެވެ. އަހަރެން މިއަށް ޙުކުމް ކުރަމެވެ. އަދި އިސްލާމީ ޝަރީޢަތަށް ޙުކުމް ކުރުން އައުލާ، ހެޔޮކަން ބޮޑުވެގެންވެ އެވެ. އެހެނަސް ﷲ ގެ ޙުކުމް ނޫން ޙުކުމަކަށް ޙުކުމް ކުރުން ހުއްދަވެގެންވެ އެވެ. ފަހެ މި މީހާވަނީ، ބޮޑުވެގެންވާ ކުފުރަކުން ކާފަރުވެފަ އެވެ.

ހަތަރުވަނައީ : އެމީހަކު ބުނެ އެވެ. އަދި އޭނާ ޢަޤީދާގައި ޤަބޫލުކުރާ ގޮތުގައި، ﷲ ގެ ޝަރީޢަށް ނޫން އެއްޗަކަށް ޙުކުމް ކުރުން ހުއްދައެއް ނޫނެވެ. އަދި އޭނާ ބުނެ އެވެ. ﷲ ގެ ޝަރީޢަތަށް ޙުކުމް ކުރުމަކީ އެންމެ ހެޔޮވެގެންވާ ގޮތެވެ. އަދި އެނޫން (ޤާނޫންތަކަށް) ޙުކުމް ކުރުން ޙުއްދައެއް ނުވާނެ އެވެ. އެހެނަސް އޭނާ އަކީ ފަރުވާކުޑަ މީހެއްގެ ގޮތުގައިވެ، ﷲ ގެ ޙުކުމަށް ޙުކުމް ނުކުރެ އެވެ. މިފަދަ މީހާއަކީ ކުޑަ ކުފުރަށް އަރައިގެންފައިވާ މީހެކެވެ. މިއްލަތުން ބޭރު ނުވާނެ އެވެ. އަދި އޭނާ އަކީ އެންމެ ބޮޑުވެގެންވާ ފާފަތަކުގެ މަތީގައިވާ މީހެއްގެ ގޮތުގަ އެވެ." قضية التكفير بين أهل السنة وفرق الضلال ص72 – 73

ޤަރުޟާވީ މިވަނީ، ﷲ ގެ ޝަރީޢަތާއި، ވަޟުޢީ ޝަރީޢަތް އެއީ ހަމަހަމަ ވެގެންވާ އެއްޗެއްގެ ގޮތުގައި ހަދާފަ އެވެ. މިއީ ޢިލްމުވެރިއެއް ކަމުގައި ދަޢުވާ ކުރާމީހެކެވެ. މިއީ ތަންދޮރު ނޭނގިފައިވާ ޖާހިލު މީހެއް ނޫނެވެ. މިފަދަ މީހާ ޢިލްމުވެރިއަކަށް ހަދައިފި މީހަކަށް ދެން ޢިލްމުވެރިއަކަށް ނުވާނެ މީހަކު ވާނޭ ހެއްޔެވެ؟ މަގުފުރެދުމުގައި މި އިންސާނާ ދެން ދާނެ ދިމާލެއްނެތެވެ. ﷲ ގެ ޝަރީޢަތާއި ޑިމޮކްރަސީ އެއްހަމަކޮށް، އިސްލާމް ދީނުގައި އެކަންތަކަށް ރިޢާޔަތްކޮށްފައި ނުވާ ކަންތައް ޑިމޮކްރަސީގައި ވާކަމަށް މި މުޖުރިމް މިވަނީ ބަސްތައް ބުނެފަ އެވެ. ﷲ އަށް ޓަކައި ލޯބިވުމާއި، ﷲ އަށް ޓަކައި ރުޅިވުމަކީ މިފަދަ މީސްތަކުން ޢިލްމުވެރިންނަށް ހެދުން ހެއްޔެވެ؟

މީސްތަކުންނޭވެ. މިފަދަ މީހުންނީ ރާއްޖޭގެ ބައެއްމީހުން ދެކޭގޮތުގައި ދަންނަބޭކަލުންނެވެ. އެހެން ވުމުން މިބައިމީހުން ދީނޭ ކިޔައިގެން ނުކުރާނީފަހެ ކޮން ކަމެއް ހެއްޔެވެ.

5.jpg

6.jpg

 

ޤަރުޟާވީ ޝީޢީ، ރާފިޟީންނާ އަހުލުއް ސުންނަތް އެއްހަމައަކަށް ގެނެސްފައި ވުން:

ޤަރުޟާވީ ބުނެފައިވެ އެވެ. "އެންމެހައި މުސްލިމް އަޚުންނޭވެ! (ރާފިޟީ، ޝީޢީން) އިންކާރު ކުރެވޭ ބައެއް ބިދުޢަތައް ހުރިކަމުގައިވީ ނަމަވެސް، އެމީހުންނަކީ މުސްލިމުންނެވެ. އެބައިމީހުން لا إله إلا الله وأن محمداً رسول الله ކިޔަ އެވެ. އެބައިމީހުން ﷲ އަށް، މަލާއިކަތުންނަށް، ފޮތްތަކަށް، ރަސޫލުންނަށް، އާޚިރަތް ދުވަހަށް އީމާންވެ އެވެ. ނަމާދު ޤާއިމްކުރެ އެވެ. ޒަކާތްދެ އެވެ. ޙައްޖު ކުރެ އެވެ. އެބައިމީހުންގެ މައްޗަށް އިންކާރުކުރާ ޢަޤީދާގެ ބައެއް ފިކުރުތައް ހުރި ކަމުގައިވިޔަސް އެވެ. އެއީ، ބައެއް މީސްތަކުން ގެ ތެރޭގައި ބިދުޢަތަކާއި އެނޫން ކަންތަައްވެސް ހުންނަ ފަދައިންނެވެ." حلقة مفتوحة لأسئلة المشاهدين في قناة الجزيرة في 15/12/1418هـ.

ޤަރަޟާވީ މިހުރީ ޔަހޫދީން ނާއި ނަޞާރާއިން ދިފާޢު ކުރުމަށް އެކަންޏެއް ނޫނެވެ. އިސްލާމް ދީނުގެ ލިބާސްލައިގެން އިސްލާމް ދީނުގެ އެއްވެސް ކަމެއް އެބަޔެއްގައި ނެތް ރާފިޟީ ޝީޢީން ވެސް ދިފާޢު ކުރުމުގަ އެވެ.


މީސްތަކުންނޭވެ. އީރާނުގައި އެންމެ ގިނަވެފައިވާ ރާފިޟީންގެ (ޝީޢީން) ގެ ދީނަކީ އިސްލާމް ދީނާއި ކިހާ ގުޅުމެއް އޮތް ދީނެއް ބާވަ އެވެ.

އަޚުންނޭވެ. ޤަރުޟާވީ އެބަޔަކީ ބިދުޢަތަކެއް ހުރި ބައެއް ކަމުގައި ވިޔަސް އަހަރުމެންގެ މުސްލިމުން ކަމުގައި ނިޞްބަތްކޮށް ރާފިޟީންނަށް ހެޔޮ އެދިފައި ބުނެފައިވާ މީހުންގެ ދީނުގައިވަނީ ކީކޭތޯ ބަލާލުން ހުއްޓެވެ.

 

ޝީޢީން ގެ އެންމެ މުޤައްދަސް އެއް ފޮތްކަމުގައިވާ ކުލައިނީ ލިޔެފައިވާ ފޮތް الكافي ، މި ފޮތަކީ އަހުލުއް ސުންނަތް صحيح البخاري ބަލައިގަނެފައިވާ ފަދައިން، ޝީޢީން ބަލައިގަނެފައިވާ އެމީހުންގެ އެންމެ މުޤައްދަސް އެއް ފޮތެވެ.


މިފޮތުގައި އެކުލެވިގެން ބާބުތަކުގެ ތެރޭގައި :

ބާބު : ހަމަކަށަވަރުން އިމާމުންނަށް (ޝީޢީން އެބައިމީހުންގެ ދީނުގައި ކޮންމެހެންވެސް އެބަޔަކީ އިމާމުން ކަމުގައި އީމާންވާންޖެހޭ އިމާމުން) އެބައިމީހުން މަރުވާނެ ވަޤުތު އެނގިގެންވެ އެވެ. އަދި އެބައިމީހުންގެ އިޚްތިޔާރުގައި ނޫނީ އެބައިމީހުން މަރެއް ނުހިއްޕެވޭނެ އެވެ. (1- 258)

ބާބު : ހަމަކަށަވަރުން އިމާމުންނަށް ވެ ނިމިފައިވާ އެންމެހައި ކަންތައްތަކުގެ ޢިލްމު އެނގިގެންވެ އެވެ. އަދި ވާނޭ އެންމެހައި ކަންތައްތަކުގެ ޢިލްމު އެނގިގެންވެ އެވެ. އެބައިމީހުންނަށް صلوات الله عليهم ވަންހަނާވެފައިވާ އެއްވެސް ކަމެއް ނުވާނެ އެވެ. (1- 260)
ބާބު : ހަމަކަށަވަރުން އިމާމުންނަކީ ﷲ ގެ ނޫރެވެ. (1- 194)
އިޚްވާނުންނޭވެ!

މިބައިމީހުން އިމާމުން ކަމުގައި ބުނެފައިވާ ފަރާތްތައް، އެބައިމީހުންވަނީ ނަބިއްޔުންނާއި ރަސޫލުންނަށް ވުރެ މައްޗަށް ގެންގޮއްސަ އެވެ. މި މިީސްތަކުންގެ ތެރެއަށް މިޒަމާނުގައި ފާޅުވެފައިވާ ޝީޢީއެއް ބުނެފައިވެ އެވެ. "އަހަރެމެންނަކީ ޝީޢީން ނެވެ. މަޢުޞޫމް ފަރާތްތަކަށް ފަހުގައި، ﷲ ގެ ވަލީވެރިން ކަމުގައި އަހަރެމެން އަޤީދާގައި ޤަބޫލުކުރަނީ 14 އިމާމެކެވެ. އެއީ، ސައްޔިދުނާ އިބްރާހީމް އަލް-ޚަލީލު صلوات الله عليه އެވެ. ޢިލްމުވެރިންގެ ތަޙްޤީޤުތަކުން ހޯދަފައިވާ މިންވަރުން (އިނގޭ ގޮތުގައި) އެންމެހެޔޮވެގެންވާ ޚަލްޤަކީ އަހަރެމެންގެ ނަބިއްޔާ صلى الله عليه އަދި އާލުންނެވެ. އެއަށްފަހުގައި އަމީރުލް މުއްމިނީން (ޢަލީ ބިން އަބީ ޠާލިބް رضي الله عنه) އަދި ޒަހްރާ صلوات الله و سلامه عليهما މި ދެފަރާތްވެސް ވަނީ އެއް ދަރަޖައެއްގަ އެވެ. އެއަށްފަހުގައި އަލް-ޙަސަން އެއަށްފަހު އަލް-ޙުސައިން އެވެ. އެއަށްފަހުގައި އަހަރެމެންގެ މައުލާނާ އަލްއިމާމް އަލްމަހްދީ صلوات الله عليه އެވެ. އެއަށްފަހުގައި އަލް-ޙަސަންގެ ދަރިފަސްކޮޅުގެ އިމާމުންނެވެ. އެއީ އަލް-ސައްޖާދް އިން ފަށައިގެން އަލް-ޢަސްކަރީ އާ ހަމައަށެވެ. މި އެންމެންވަނީ އެއްދަރަޖަ އެއްގަ އެވެ. އެއަށްފަހުގައި އިބްރާހިމް އަލް-ޚަލީލު صلوات الله عليه އެވެ." أغلو في بعض القرابة ص 10

سبحان الله! އެވެ. ޤަރުޟާވީ އެ ބުނެފައިވާ "އަހަރުމެންފަދަ މުސްލިމުންނޭ" "ބިދުޢަތައް ހުރިކަމުގައިވިޔަސް" ބުނެފައިވާ މީހުންގެ ދީނަކީ މި އެވެ. އެމީހުންގެ އެންމެ މުޤައްދަސް ފޮތްތަކުގައިވަނީ މިފަދައިންނެވެ. ޝީޢީ، ރާފިޟީން ދެކޭ ގޮތުގައި ނަބިއްޔާ صلّى الله عليه وسلّم ގެ އެންމެ މަތިވެރި ޞަޙާބީން، ރަސޫލާ صلّى الله عليه وسلّم ގެ ޚަލީފާ أبو بكر الصديق رضي الله عنه  އަދި ނަބިއްޔާ صلّى الله عليه وسلّم ގެ ދެވަނަ ޚަލީފާ عمر بن الخطاب رضي الله عنه އަކީ ދެ ކާފަރުންނެވެ. އެންމެ ނުލަފާ ނުބައިވެގެންވާ އެންމެ ބޮޑު ދެ މުޖުރިމުންނެވެ. ނަރަކައިގެ އެންމެ އަޑީގައި އެ ދެޚަލީފާއިންނަށް ޢަޛާބު ދެވެ އެވެ.


ފަހުގެ ދުވަސްތަކުގައި ޝީޢީ، ރާފިޟީންގެ ތެރެއަށް ފާޅުވި އެމީހުންގެ އިމާމް އާޔަތުއް ﷲ އަލް-ޚުމައިނީ އޭނާގެ ފޮތްތަކުގައި ބަޔާންކޮށްފައިވާ ބަސްތައް އަޑުއަހާލުން ހުއްޓެވެ.
ޝައިޠާނީ އަލް-ޚުމައިނީ ބުނެފައިވެ އެވެ. "ޞަޙާބީން ނަބިއްޔާ އަރިހުގައި ތިބީ އެއްވެސް ޙާލެއްގައި ދީން ހޯދުމަށާއި ދީން ފަތުރާކަށެއް ނޫނެވެ. އެހެނަސް އެބައިމީހުން ތިބީ ދުނިޔެ ހޯދުމަށެވެ." التعادل والترجيح ص 26

 

ޝައިޠާނީ އަލް-ޚުމައިނީ ބުނެފައިވެ އެވެ. "އަނިޔާވެރިކަމުގައި ޙައްދުފަހަނައަޅައިފައިވާ ނުބައި ވެރިން މިޘާލަކަށް ޔަޒީދް، މުޢާވިޔާ، ޢުޘްމާނު ފޮނުއްވި އިލާހަކީ އެއީ އިލާހެއް ނޫނެވެ." كشف الأسرار ص 107

 

ޝައިޠާނީ އަލް-ޚުމައިނީ ބުނެފައިވެ އެވެ. "ﷲ އެކަލާނގެ ފޮތުގައި ޒަކާތްބެހިގެންދާ 8 ބައި، ބަޔާންކުރެއްވި އެވެ. އަދި އެއަށްފަހުގައި أبو بكر އެތަނުން އެއްބައި ވައްޓާލިއެވެ. އެކަން ކުރެއްވީ عمر އެކަމަށް ނަޞޭޙަތްތެރި ވެގެންނެވެ." كشف الأسرار ص 135


ޝައިޠާނީ އަލް-ޚުމައިނީ ބުނެފައިވެ އެވެ. " عمر ރަސޫލާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގެ ފަހު ދުވަސްތަކުގައި ރަސޫލާ صلى الله عليه وسلم އަށް އަނިޔާ ދިނެވެ. عمر ގެ މި ކަންތައްތަކަކީ ޢުމަރު ގެ ހިތުގެ އަޑީގައިވާ މުރުތައްދުކަމާއި ކުފުރުގެ ނަތީޖާ އެވެ." كشف الأسرار ص 119


ޝައިޠާނީ އަލް-ޚުމައިނީ ބުނެފައިވެ އެވެ. " عمر ގެ ނުބައި ނުލަފާކަން އަދަދު ނުކުރެވޭހާ ގިނަގުނަ އެވެ. އޭނާ ވަނީ ﷲ ގެ ޝަރީޢަތް ބަދަލުކޮށްފަ އެވެ." كشف الأسرار ص 172  
މިއީ ޚުމައިނީގެ ބަސްތަކުގެ ތެރެއިން އޮށްޓަރެއްހާ މަދު މިންވަރެކެވެ. މިފަދަ ބަޔަކު ސުންނީންނަށް ހެޔޮކޮށް ހިތާނެ ހެއްޔެވެ!
ޝައިޠާނީ އަލް-ޚުމައިނީ ލިޔެފައިވާ ފޮތް تحرير الوسيلة މި ފޮތުގައި ޝީޢީންނަށް ޚާއްޞަވެގެންވާ ކަންތައްތައް ގޮތުގައި، ބަޔާންކޮށްފައިވެ އެވެ.

އަނބިމީހާގެ ފުރަގަސްފަރާތް ބޭނުން ކުރުން ހުއްދަވުން، އަނބިމީހާ އަދި އަނބިމީހާގެ ބޮޑުދައިތައާ އެއްފަހަރާ ކައިވެނިކުރުން ހުއްދަވުން. ނަމާދުގައި އެއްއަތްމަތީ އަނެއް އަތް ބާއްވައިފި މީހާގެ ނަމާދު ބާޠިލްވާނެކަން.

މިއީ އެމީހުންގެ ދީނެވެ. ﷲ ގެ ދީނުގައި އެބައިމީހުން ވަނީ ކޮންމިންވަރަށް ހެއްޔެވެ. މިފަދަ ބަޔަކަށް ތަޢުރީފްކިޔައި، އެމީހުންނަށް ހެޔޮބަސްތައް ބުނެފައިވާ ޤަރުޟާވީ މިވަނީ އިސްލާމް ދީން ވިއްކާ އެދީނުން ދުނިޔެ ހޯދުމުގައި އެންމެ މަތީ ހަރުފަތުގަ އެވެ.

 

شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ.

"ފަހެ، އެ ޞަހާބީންނަށް އެއްޗެހި ކިޔައިފި މީހާ، އެޞަޙާބީންގެ މައްޗަށް ރުޅިވެރިކަން ފާޅުކުރި މީހާއަށްވުރެ ނުބައިކަން ބޮޑުވެގެންވެ އެވެ. ފަހެ، އެފަދަ މީހާއަކީ މުނާފިގެއްކަމުގައިވެ ﷲ އާއި އާޚިރަތް ދުވަހަށް އީމާންނުވާ މީހެއްކަމުގައިވާނެ އެވެ." الصارم المسلول 571

 

މި ނުބައި ނުލަފާކަމުގައިވީ ޚުމައީ މަރުވުމުން އޭނާގެ ޖަނާޒާގައި ބައިވެރިވުމަށް ޤަރުޟާވީ ރާފިޟީންގެ ދައުލަތަށް ދިއުމަކީ، އޭނާގެ ޙަޤީޤަތް އެންމެ ފުންމިނަށް ސާފުވެގެންވާ ކަމެކެވެ.

7.jpg

ﷲ ގެ ދީނަށް ހެޔޮކޮށް ހިތައިފި މީހަކަށް، މުސްލިމުންނަށް އެބައިމީހުންގެ އަޤީދާ ރައްކާތެރިކުރުމުގައި ޤާއިމްވި ބަޔަކަށް މި ފަދަ ނުބައިކަންބޮޑު ޤަރުޟާވީ އަކީ ޢިލްމުވެރިއަކަށް ވާނެ ހެއްޔެވެ؟

 

ޤަރަޟާވީ އަކީ ނަބިއްޔާ صلّى الله عليه وسلّم ގެ ސުންނަތް ފާރުބުޑަށް ޖަހާ، އެއީ މިޒަމާނާ އެކަށީގެންވާ އެެއްޗެއް ނޫން ކަމުގައި ބުނާ މީހެކެވެ.

ޤަރުޟާވީ ސުންނަތައް ހަޖޫ ޖަހައި ބުނެފައިވެ އެވެ. ރަސޫލާ صلّى الله عليه وسلّم ޙަދީޘް ކުރެއްވި އެވެ.
(إنَّ أبي وأباك في النار)  "ހަމަކަށަވަރުން ތިބާގެ ބައްޕަ އަދި ތިމަން ނަބިއްޔާގެ ބައްޕަ ވަނީ ނަރަކައިގަ އެވެ."

މި ޙަދީޘް ބަޔާންކުރުމަށްފަހުގައި ޤަރުޟާވީ ބުނެފައިވެ އެވެ. "އަހަރެން ބުނަމެވެ. عبد الله بن عبد المطلب  ނަރަކައަށް ވަންނަން ޖެހުމުގެ ކުށަކީ، ފާފައަކީ، ކޮބާ ހެއްޔެވެ؟ އޭނާވާނީ فترة ގެ އަހުލުވެރިންގެ ތެރެއިންނެވެ. ޞައްޙަ ގޮތަކީ އެބައިމީހުންނަކީ ސަލާމަތްތަކަން ލިބިގެންވާ މީހުންނެވެ." كيف نتعامل مع السنة النبوية ص97.
سبحان الله! އެވެ. ޤަރުޟާވީ އަށް ޙަދީޘް އެއީ ޙުއްޖަތެއް ކަމުގައި ނުފުދެ އެވެ.

މިއިންސާނާ، ޙަދީޘަށް ގޮންޖަހައި، އެއަށް ބަސްބުނެފައި މިވަނީ ކޮންފަދައަކުން ހެއްޔެވެ؟


އިމާމް އަލް-ބުޚާރީ ރިވާކޮށްފައިވާ ޙަދީޘް:
 (يُؤتى بالموت كهيئة كبش أملح)  "ބޮޑު ބަކަރިއެއްގެ ސިފައިގައި މަރު ގެނެވޭނެ އެވެ."
މި ޙަދީޘް ބަޔާންކުރުމަށް ފަހުގައި ޤަރުޟާވީ ބުނެފައިވެ އެވެ. "ޔަޤީންކަމާ އެކުގައި، އެނގި ބަޔާންވެގެންވަނީ، އެއީ ބުއްދިއާ ނަޤުލު އިއްތިފާޤު ވެގެންވާ ގޮތެވެ. މަރަކީ ބަކަރިއެއް ނޫން ކަމެވެ. އަދި އެއީ ގެރިއެއް ނޫން ކަމެވެ. އަދި ޙައިވާނުންގެ އެއްވެސް ބާވަތެއްގެ ޙައިވާނެއް ނޫން ކަމެވެ." كيف نتعامل مع السنة النبوية ص
سبحان الله! އެވެ. ޤަރުޟާވީ އަށް ޙަދީޘް އެއީ އޭނާގެ މައްޗަށް އޮތް ބަސްފުޅުތަކެއް ކަމުގައި ނުވެ އެވެ. އަދި ކިޔެއްތޯ އެވެ؟ އޭނާގެ ބުއްދިއާ އޭނާގެ ވިސްނުން އެއީ ނަބިއްޔާ صلّى الله عليه وسلّم ގެ ބަސްފުޅުތަކުގެ މައްޗަށް އިސްކުރެވޭ އެއްޗެއްކަމުގައި މިވަނީ ހަދައިފަ އެވެ.


އިމާމް އަލް-ބުޚާރި ކުރައްވާފައިވާ ޙަދީޘް "އެބައެއްގެ މައްޗަށް ވެރިއަކަށް އަންހެނަކު އިސްވެއްޖެ ބައެއްގެ މައްޗަށް ކާމިޔާބެއް ނުލިބޭނެ އެވެ."
މިޙަދީޘަށް ޤަރުޟާވީ ބުނެފައިވެ އެވެ. "މިއީ ރަސޫލާ ގެ ޒަމާނަށް ޚާއްޞަ ވެގެންވާ ކަމެކެވެ. އެހަނަސް މިހާރުގައި މިއީ (މިކަން އޮންނަންވީ ގޮތެއް) ނޫނެވެ." برنامج في قناة art بتاريخ 4/7/1418هـ.

 

އިމާމް އަލް-ބުޚާރި ރިވާކުރައްވާފައިވާ ޙަދީޘް "މުސްލިމަކު ކާފަަރަކު ޤަޠުލުކުރުމުން، އެއިގެެ ސަބަބުން މުސްލިމް މީހާ ޤަތުލެއް ނުކުރެވޭނެ އެވެ."
މި ޙަދީޘްއަށް ޤަރުޟާވީ ބުނެފައިވެ އެވެ. "ހަމަކަށަވަރުން މި ރައުޔު އަކީ އަހަރެމެންގެ މިޒަމާނަށް އެކަށީގެންވާ ރައުޔެއް ނޫނެވެ." الشيخ الغزالي كما عرفته ص168


މިފަދަ އިންސާނަކު އިސްލާމްދީނުގައި ޢިލްމުވެރިއަކަށް ވާނެ އެއްވެސް ގޮތެއް އޮންނާނެ ހެއްޔެވެ!

8.jpg

 

މި އިންސާނާއާ މެދުގައި  الشَّيْخُ عُبَيْدُ الجَابِرِيْ حَفِظَهُ الله  ވިދާޅުވެފައިވެ އެވެ.

"..... އަނެކަކީ އިޚްވާނުލް މުސްލިމީންގެ ޖަމާޢަތް (ދިފާޢުކޮށް، އެމީހުންނަށް ތާއީދު) ކުރުމުގައިވާ މީހެކެވެ. މަގުފުރެދިފައިވާ، މަގުފުރައްދަމުންދާ، (އެމީހުންނަކީ) ފާޖިރު (ނުބައި، މުޑުދާރު) ލަޢުނަތް ލެއްވިގެންވާ ޤަވާޢިދުގެ އަޞްޙާބުންނެވެ. އެ ޤަވާޢިދަކީ "ޢުޛުރުދެއްކުމާ އެކުގައި އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެގެން މަސައްކަތް ކުރުން" އެމީހުންނަކީ މިޤަވާޢިދުގެ އަހުލުވެރިންނެވެ. މި ޤަވާޢިދާ މެދުގައި އަހަރެންނަށް ﷲ ކުޅަދާނަކަން ދެއްވި މިންވަރުން، ކުޅަދާނަވީ މިންވަރަކަށް އެކިއެކި ތަންތަނުގައި ވާހަކަ ދައްކާފައިވާނެ އެވެ. ބޭނުންވާ މީހަކު އެބަސްތައް އަޑުއެހުން ހުއްޓެވެ.

މިފަދަ މީހަކިީ މުޖްތަހިދެކޭ ބުނެ އެވެ. (އަހަރެން ބުނަމެވެ.) ކީއްވެ ހެއްޔެވެ؟ (އެމީހުން ބުނެ އެވެ.) އޭނާ ވަނީ ތަޥްޙީދުގެ މަތީގަ އެވެ. އޭނާވަނީ އެވެނިމިވެނި އެއްޗެއްގެ މަތީގަ އެވެ.

ފަހެ، (އެހެންވީއިރު) ބިދުޢަވެރި ޖަމާޢަތެއްދެކެ ލޯބިވެ (ނަޞްރުދެނީ) ކީއްވެގެން ހެއްޔެވެ؟ އެ ޖަމާޢަތް ދިފާޢު ކުރުމުގައިވަނީ ކީއްވެގެން ހެއްޔެވެ. އެޖަމާޢަތުގެ ބޮޑެތި މީހުންގެ ބަސްތަކަށް ބާރުވެރިކަން ހޯދައިދެނީ ކީއްވެގެން ހެއްޔެވެ؟ ތިބާ އެ ދިފާޢުކުރާ މީހުންގެ ދޫތަކުން ބައެއްފަހަރު ކުފުރު ވާނެ ވަރުގެ ކަލިމަތައްް އެމީހުން ކިޔާފައިވެ އެވެ. (މިފަދަ ބަޔަކު) ތިބާ ދިފާޢުކުރަނީ ކީއްވެގެން ހެއްޔެވެ؟

އަހަރެމެންގެ މި ހަމުގެ (ޤައުމުގެ) ދަރިންތަކުގެ ތެރޭގައި، މަޤުފުރެދިފައިވާ، މަޤުފުރައްދަމުން ގެންދާ، ބިދުޢަވެރި ކުފުރުވެރި (ބަސްތައް ބުނާ) މި މީހާ އަކީ އިމާމެއް ކަމުގައި ބުނެ ހަދަ އެވެ. އިމާމު އަލް-ޤަރަޟާވީ އެވެ. ﷲ ގަންދީ ބުނަމެވެ. މަގުފުރެދުމުގައިވާ އިމާމެކެވެ. މިފަދަ މީހުންނާއި މިފަދަ މިޘާލު ފަދަ މީސްތަކުންނަށް އަހަރެމެންގެ ލޯމަތީގައި ހެޔޮކަމުގެ އެއްވެސް ވަރެއް ނޯންނާނެ ކަމުގައި އަހަރެން ބުނަމެވެ.

އަހަރެމެންގެ ވެރި ރައްބުގެ ފޮތުން، އަހަރެމެންގެ ނަބިއްޔާ صلّى الله عليه وسلّم ގެ ސުންނަތުން އަދި އަހަރެމެންގެ ކުރީގައިވި ޞަލަފުއް ޞާލިޙުންގެ ފަރާތްޕުޅުން، ޞަޙާބީންނާއި އެބޭކަލުންނަށް ފަހުގައި، އެ ޞަޙާބީންނަށް އިޙްސާންތެރި ގޮތުގައި ތަބަޢަވި މީސްތަކުންގެ ފަރާތުން އަހަރެމެން އުނގެނިގެންފައިވާ ގޮތަކީ މި އެވެ. އާއެކެވެ." شرح فضل الإسلام الدرس 8

 

ޤަރުޟާވީއަކީ މީސްތަކުންނަށް ފާޙިޝް ކަންތައްތަކަށް އަރައިގަތުމަށް ހިތްވަރު ދީފައިވާ މީހެކެވެ.

ޤަރުޟާވީ ބުނެފައިވެ އެވެ. "ދީނުގައި ޤާއިމްވެގެންވާ ޒުވާން ކުދިންނަށް އަހަރެން ދޭ ފަތުވާއަކީ، ބޭންކު (ރިބާ ބެންކުތައް) ތަކުގަ އާއި އިންޝުއަރަންސް ކުންފުނިތަކުގައި އަދި އެނޫންވެސް ތަންތަނުގައި ވަޒީފާގައި އުޅުން ދޫނުކުރުމަށެވެ." أولويات الحركة الإسلامية في المرحلة القادمة ص32.

މި އިންސާނާ ޢިލްމުވެރިއަކަށް ވެއްޖެ ބަޔަކަށް ޙަލާލުނުވާނެ އެއްވެސް ކަމެއް އޮންނާނެތޯ!؟

 

އަންހެނުންނާއި ފިރިހެނުން މައްސުނިވެ ތިބުމަށް ބާރުއަޅައި އެކަމަށް ގޮވުން.

ޤަރުޟާވީ ބުނެފައިވެ އެވެ. "އަށްޑިހައިގެ އަހަރުތަކުގައި އަހަރެން އެމެރިކާގައާއި ޔޫރަޕްގައި ބޭއްވުނު މަހާސިންތާތަކަށް ޙާޟިރުވީމެވެ. އެތަނުގައި ނުހަނު ފުރިހަމައަށް އަންހެނުންނާއި ފިރިހެނުން ވަކިކޮށްފައިވާތަން ދެކުނީމެވެ.... އަހަރެން މިކަންތައް އިންކާރު ކުރީމެވެ. އަދި ބުނީމެވެ.... ހަމަކަށަވަރުން އަޅުކަންތައްތަކުގެ އަޞްލަކީ އަދި ކިޔަވައިދިނުމުގެ އަޞްލަކީ މައްސުނިކޮށް ތިބުމެވެ." أولويات الحركة الإسلامية ص65.

 

9.jpg

 

އަދިވެސް ޤަރުޟާވީ ބުނެފައިވެ އެވެ. "އެކަންތައްތަކާ އެކުގައި، ހަމަކަށަވަރުން މިފަދަ މަހާސިންތާ ތަކަކީ، ޒުވާން ފިރިހެނުންނަށް ޒުވާން އަންހެންކުދިން ފެނި، އެ ޒުވާން އަންހެން ކުއްޖާގެ ރީތިކަން ފެނި އޭނާ އެކުއްޖާއާ ސުވާލުކޮށް، އަދި ﷲ އެ ދެމީހުންގެ ހިތްތައް ހުޅުއްވަވައި ދެއްވުމަށް އޮތް ފުރުޞަތެކެވެ." حلقة تحديات المرأة المسلمة في الغرب من برنامج الشريعة والحياة 26/5/1418هـ.

Like what you see?

Close

Hit the buttons below to follow us, you won't regret it...