5 މިވެނި މީހަކީ އިޚްވާނުލް މުސްލިމީން (އިޚްވާނީއެއް) ނުވަތަ ތަބްލީޤީއެއް ނޫނީ މިފަދަ އެހެން ފިރުޤާއެއްގެ މީހެކޭ ބުނެވޭނީ ކޮން ހިނދަކުހެއްޔެވެ؟ - الشَّيْخُ عُبَيْدُ الجَابِرِيْ -حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

މިވެނި މީހަކީ އިޚްވާނުލް މުސްލިމީން (އިޚްވާނީއެއް) ނުވަތަ ތަބްލީޤީއެއް ނޫނީ މިފަދަ އެހެން ފިރުޤާއެއްގެ މީހެކޭ ބުނެވޭނީ ކޮން ހިނދަކުހެއްޔެވެ؟ - الشَّيْخُ عُبَيْدُ الجَابِرِيْ -حفظه الله

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ އިޚްވާނުލް މުސްލިމޫން

ޤަރަޟާވީ، ސައްޔިދު ޤުޠުބް، ޙަސަނުން ބަންނާ- މި މީސްތަކުންނަކީ "ޢިލްމުވެރިންކަމުގައި" ދެކި، މި މީސްތަކުން އެހެން މީސްތަކުންނަށް ޕްރޮމޯޓްކޮށްދީ، މި މީސްތަކުންނަކީ މޮޅު ތަޢުލީމީ ބައެއް ކަމުގައި ހަދައި، މި މީސްތަކުންދެކެ ލޯބިވާ މީހުންދެކެ ލޯބިވާ މީހުންނަކީ ކޮންބައެއް ތޯ؟

الشَّيْخُ عُبَيْدُ الجَابِرِيْ -حفظه الله- އަރިހުގައި އަންނަނިވި ސުވާލު ކުރެވުނެވެ.
.ސުވާލު : މިވެނި މީހަކީ އިޚްވާނުލް މުސްލިމީން (އިޚްވާނީއެއް) ނުވަތަ ތަބްލީޤީއެއް ނޫނީ މިފަދަ އެހެން ފިރުޤާއެއްގެ މީހެކޭ ބުނެވޭނީ ކޮން ހިނދަކުހެއްޔެވެ


ޖަވާބު :

ތިޔަ ސުވާލަށްޖަވާބު ދިނުމުގައި ދޭއް ނުވަތަ ތިން ގޮތަކަށް ބެލިދާނެ އެވެ.

ފުރަތަމައީ: ތިޔަބުނި ދެ ޖަމާއަތް (އިޚްވާނީން އަދި ތަބްލީޤީން) އަކީ ދަޢުވަތް ދިނުމަށް އަލަށް އުފެދިފައިވާ (ނުކުމެފައިވާ) ދެ ޖަމާޢަތެވެ. ﷲ ހެކިކޮށް އަދި ހާޒިރުވެގެންވާ މަލާއިކަތުން ހެކިކޮށް، ތިޔަބައިމީހުން ހެކިކޮށް އަދި މި އަޑުއަހަމުންގެންދާ އެންމެހައި މީސްތަކުން ހެކިކޮށް، ތިޔަ ދެ ޖަމާޢަތަކީ މަގުފުރެދިފައިވާ އަދި މީސްތަކުން މަގުފުރައްދަމުން ގެންދާ ދެ ޖަމާޢަތެކެވެ. އެއީ އެއްވެސް އިސްތިޘްނާއެއް ކުރުމެއްނެތި އެވެ. އަހަރެން އަބަދުވެސް، އަހަރެންގެ މަޖްލިސްތަކުގައި މިފަދައިން އިޤްރާރުކޮށް ބުނަމެވެ. އެއީ އަލަށް ދަޢުވަތް ދިނުމަށް އުފެދިފައިވާ ދެ ޖަމާޢަތެކެވެ.


އެއީ މީގެތެރެއިން ސަލަފިއްޔާ ނުވަންނާނެތީ އެވެ. އެއީ، ސަލަފިއްޔާ އަކީ އަލަށް އުފެދިފައިވާ ޖަމާޢަތެއް ނޫނެވެ.
އަހަރަމެންގެ الأَخْ الشَّيْخُ الدُّكْتُورُ أَبُو مُعَاذ عَبْدُ الله بِنْ زَيْد المُسلَّمي ވިދާޅުވި އެވެ. އޭނާ (الأَخْ الشَّيْخُ الدُّكْتُورُ أَبُو مُعَاذ عَبْدُ الله بِنْ زَيْد المُسلَّمي) ابْنُ العُثَيْمِين އަރިހުން ރިވާކޮށްފައިވެ އެވެ. ابْنُ العُثَيْمِين ސައްޔިދު ޤުޠުބް (سَيِّدُ قُطُبْ) އާއި މެދުގައި ވިދާޅުވެފައިވެ އެވެ. "ވަރަޢަވެރިކަން (ﷲއަށް ބިރުވެތި ވުމާއި، ކަންކަމުގައި ފަރުވާތެރިވުން) ނުވާނަމަ، ސައްޔިދު ޤުޠުބަކީ ކާފިރެކޭ ބުނީމުހެވެ."
އަހަރެން ބުނަމެވެ. الشَّيْخُ ابْنُ العُثَيْمِين ވިދާޅުވެފައި އެވަނީ ބޭކާރު ތާކުން ތާކުނެޖެހޭ ބަސްތަކެއް ނޫނެވެ.


ސައްޔިދު ޤުޠުބަކީ (ކުޑައިރުކޮޅަކުން ތިބާއަށް އިނގިގެން ދާނޭފަދައިން) ފަހެ، ސައްޔިދު ޤުޠުބަކީ، އޭނާގެ ވާހަކަ ބަސްތަކުގެ ތެރޭގައި އިސްލާމްދީނުގައި ލާޒިމްވެ، (ކޮންމެ މީހަކަށްވެސް އިނގެން) ލާޒިމް ވެގެންވާ، އިސްލާމް ދީނުގައި ޟަރޫރީކޮށް ޙަރާމް ވެގެންވާ ކަންތައްތައް (ޙަލާލު ކޮށްފައިވެ އެވެ.)


ތިބާ ބޭނުންކަމުގައި ވާނަމަ ބުނުން ހުއްޓެވެ. އޭނާ ވަނީ އީމާންކަމުން މީހާ ބޭރުވާނެ ކަންތަކުގެ ތެރެއިން ކަންތައްތަކުގެ ތެރެއަށް ވެއްޓިފަ އެވެ. ﷲ ގެ ނަބިއްޔުންގެ މައްޗަށް ބަސްބުނުމުގައި ހައްދުފަހަނަ އަޅައި ދިޔައެވެ. آدم އަދި موسى عليه سلام (ގެ މައްޗަށް ހައްދުފަހަނައަޅައި ގޮސްފައިވެ އެވެ.) އެންމެހައި ދީންތަކަކީވެސް (ހައްޤުވެގެންވާ) އެކައްޗެއްކަމުގައި ބުނެފައިވެ އެވެ. الله سبحانه و تعالى ގެ ސިފަފުޅުތައް އިންކާރު ކުރިއެވެ.
އަދި وحدة الوجود އަށް ގޮވާލިއެވެ. – ކައުނުގައި ވާ ހުރިހައި އެއްޗަކީވެސް ﷲ ގެ ޒާތުފުޅުގެ ބައެއް ކަމުގައި ބުނެފައިވެ އެވެ.


އިންސާނާ ކުރާ އެއްމެހައި ޢަމަލުތަކަކީ ﷲ ގެ ޤަދަރުގައި އެއިންސާނާއަށް އޭނާގެ އެއްވެސް އިޚްތިޔާރެއް ނުވާގޮތުގައިވެ އިންސާނާއަކީ އެންމެހައި ކަންތައްތަކަށް މަޖުބޫރު ކުރެވިފައިވާ ފަރާތެއް ކަމުގައި ބުނެފައިވެ އެވެ. (މިއީ ޤަޟާއި ޤަދަރާއި މެދުގައި އިސްލާމްދީނަށް އަލަށް ފާޅުވި ފިރުޤާއެއްް ކަމުގައިވާ ޖަބަރިއްޔާ ގެ ޢަޤީދާ އެވެ.)
މީނާގެ ފަރާތުން ޚަަބަރު ލިބިގެންވާ ކޮންމެ މީހަކަށް މިކަން އިނގޭނެ އެވެ. އަދި މީނާ ލިޔެފައިވާ ظلال القرآن "ޤުރުއާނުގެ ހިޔަލުގައި" ނަމުގައި ލިޔެފައިވާ ފޮތް ކިޔާލި މީހަކަށް މިކަން އެނިގެންދާނެ އެވެ. ޙަޤީޤަތުގައި މިއީ މިފޮތަށް ކިޔަންވާނެ ނަމެއް ނޫނެވެ. (މި ފޮތަށް ޙައްޤުވެގެންވާ ނަމަކީ) "ޝައިޠާނާގެ ހިޔަލުގައި" ބުނުމެވެ. ކީރިތި ޤުރުއާންވަނީ މީނާގެ ފަރާތުން ބަރީޢަ ވެގެންނެވެ.
އަހަރެންގެ ފަރާތުން މިބަސްތައް ނަގައިގެން އެފޮތަށް ރައްދުދޭށެވެ.
މީހަކު ބުނަނީ އެވެ. މި ސުވާލާއި، سيد قطب މި ސުވާލާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ.
އަހަރެން ބުނަމެވެ. ސައްޔިދު ޤުޠުބް އަކީ ޤުތުބިއްޔާގެ އިމާމެވެ.
އަދި ޤުތުބިއްޔާ އަކީ އަލްއިޚްވާނުލް މުސްލިމީންގެ އެއްބަ އެވެ. (އެއް ފިޔަގަނޑެވެ.)


އެމީހުންގެ ސިއްރުތަކުގެ ވެރިޔާ عَلي عَشْمَاوِي ބުނެފައި ވެއެވެ. "އެއްވެސް ޖަމާޢަތެއް އިޚްވާނުލް މުސްލިމީންގެ ބައިވެރިވުމަކުން މެނުވީ ނުކުމެފައި ނުވާނެ އެވެ." سيد قطب އަކީ އިޚްވާނުލް މުސްލިމީންގެ ދަރިއެވެ. މިޒަމާނުގައި މުޖުތަމަޢު ތަކަށް ކުރިމަތި ވެފައި މިވާ، ގައިގައި ބޮންބަނދެގެން ދެވޭ ޖާނުންފިދާ ވުމުގެ ހަމަލާތަކާއި، ޤަތުލުއާންމު ތަކާއި، އެއްވެސް ހައްދެއްނެތި މީސްތަކުން ކާފިރުކުރުން ފަދަ މުސީބާތްތަކާއި މިފަދަ އެންމެހައި ނުބައިކަން ބޮޑުވެގެންވާ ފިކުރުތަކަކީ سيد قطب ގެ ސަބަބުން އައިސްފައިވާ ޢަމަލުތަކެކެވެ. މީނާއަކީ މިޒަމާނުގައި މީސްތަކުން ކާފަރުކުރުމުގެ ދިދަ އުފުލައި ނަގަހައްޓާފައިވާ ފަރާތެވެ. އެބަޔަކު ޤަބޫލުކުރި ކަމުގައިވިޔަސް، ޤަބޫލުނުކުރި ކަމުގައިވިޔަސް (ޙަޤީޤަތަކީ) މިއެވެ.
ފަހެ، އަހަރެން ﷲ އަށް ޙަމްދު ކުރަމެވެ. މީނާއާއި ބެހޭގޮތުންވެސް އަދި އެހެން މީހަކާއި ބެހޭގޮތުންވެސް ހެއްކާއި ގަރީނާއާއި އެކުގައި މެނުވީ، އަހަރެމެން ވާހަކައެއް ނުދައްކާނަމެވެ.


އަހަރެމެންނަށް އިނގެ އެވެ. އަހަރެމެންގެ މިބަސްތަކުގެ މައްޗަށް ވަރަށްވެސް ގިނަ މީސްތަކުން ނުރުހޭނެކަން ޔަގީނެވެ. އަދިކިއެއްތަ ގިނަމީސްތަކުން މިބަސްތަކުގެ މައްޗަށް ރުޅިވެރިކަން ފާޅުކުރާނެއެވެ.
އަހަރަމެން މިބަޔާން ކުރަނީ ހައްޤު ބަސްތަކެވެ. ﷲ އަށްޓަކައި ބަސްތަކެއް ބުނުމުން، ފުރައްސާރަ ކޮށްފާނެ މީހެއްގެ ފުރައްސާރަ އަކަށް ބިރެއްނުގަންނާނަމެވެ. އެއްވެސް އޮޅުމެއްނެތި ބަޔާންވެގެންވާ ދަލީލުތަކުން ބަޔާންކުރަމެވެ. ފަހެ އިޙްލާސް ތެރިކަމާއި އެކުގައި ހައްގުހޯދުމުގެ ނިޔަތުގައި މިބަސްތައް އަޑުއަހައިފި މީހާ، މިބަސްތައް ގަބޫލުކުރާނެ އެވެ.


ހަމައެފަދައިން އަހަރުމެންނަށް އަހަރުމެންގެ އަޚް، أَبُو عُمَر الشَّيْخُ عَبْدُ العَزِيْز الخَلِيْفَة آل الرس ވިދާޅުވި އެވެ. (އެޑިއުކޭޝަން މިނިސްޓްރީގައި މަސަތްކަތްކުރާ) އަހަރުމެންނަށް ޚަބަރު ދެއްވިއެވެ.
އެއީ "ހަމަކަށަވަރުން އިޚްވާނުލް މުސްލިމީންއާއި ތަބްލީޤީ ޖަމާޢަތަކީ އަލަށް އުފެދިފައިވާ ބިދުޢަވެރި ދެ ޖަމާޢަތް ކަމުގައި الشَّيْخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن ކަނޑައެޅުއްވި އެވެ.
(މިބަސްތައް) މިފަދައިން ބުނާށެވެ.


ތިޔަކުދިންގެ ޢަދަދު ކިހާވަރެއް ހެއްޔެވެ. ތިޔަ ކުދިންތައް ބުނާށެވެ.
ތިމަންމެން ކައިރީގައި عُبَيْدُ الجَابِرِيْ ބުންޏެވެ. ތިމަންނައަށް (عُبَيْدُ الجَابِرِيْ އަށް) أَبُو عُمَر الشَّيْخُ عَبْدُ العَزِيْز الخَلِيْفَة ވިދާޅުވި އެވެ. އަދި މިކަމުގެ މައްޗަށް ދެ ހެކީންވެސް ވާނެއެވެ.
މިފަދައިން ބުނާށެވެ. ﷲ ތިޔަ އެންމެހައި ފަރާތްތަކަށް ބަރަކާތް ލައްވާށި އެވެ. (މިފަދައިން ބުނުމަށް) ބިރު ނުގަންނާށެވެ. އެކަމަކު ޙިކުމަތާއި އެކުގައެވެ.
މިފަދައިން އަހަރުމެން އިޤްރާރުވަމެވެ. އަދި ތަކުރާރުކޮށް ތިޔަ އެންމެހައި ކުދިންނަށާއި، އަހަރުމެންގެ ނަޞޭޙަތް އަޑުއަހާ އެންމެހައި ފަރާތްތަކަށް ބުނަމެވެ.
(ޖަވާބުގެ) ފުރަތަމަ ބަޔަކީ މި އެވެ.


ދެވަނަ ބަޔަކީ : ހަމަކަށަވަރުން أَهْلُ السُّنَّة ގައި ބިދުޢަވެރި (އެބައެއްގެ ތެރެއަށް އަނެކަކު ގެންދިއުމަށްއޮތް) ޢާންމު ޤަވާޢިދަކީ، އެއީ : އެބަޔަކަށް އެބައިމީހުންގެ މަގުފުރެދުންތައް އެނގިފައިވާ ހިނދުގައި، އެ ބިދުޢަވެރިންގެ ދިފާޢުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކާއި، އެބިދުޢަވެރިންނަށްޓަކައި މަސައްކަތް ކޮށްދޭ ފަރާތްތަކާއި، އެބައިމީހުންނަށްޓަކައި ޢުޛުރު ދެއްކުމުގައިވާ އެންމެހައި މީސްތަކުންނަކީ އެކައްޗެއްގެ ގޮތުގައި ދެކުމެވެ.
މިކަމުގައިއޮތް ޚުލާޞާ ބަސްތަކަކީ މި އެވެ.


ހަވާނަފްސު ގެ އެދުންތަކަށް ގޮސް ހުސްވެފައިވާ މީހެއްގެ ފަރާތުން މެނުވީ މިފަދަ ޢަމަލު ތަކެއް ނުފެންނާނެ އެވެ.
(މިފަދައިން ޢަމަލުކުރާ މީހާ) އޭނާގެ ކިބައިން ސުންނަތް ދައްކައިގެން ހުއްޓަސް އޭނާވާނީ އެ ބިދުޢަވެރިންގެ ތެރެއިންނެވެ. މި މީހާގެ ފަރާތުން ސުންނަތުގެ އަހުލުވެރިންނަށް އޮޅުން އެރުން ނޫންއެއްޗެއް ފެންނާކަށެއް ނޯންނާނެ އެވެ.
ފަހަރެއްގައި މީހަކު، މިކަމުގައި ޖާހިލުކަމުގައިވާ މީސްތަކުންގެ ތެރެއިން ވެދާނެ އެވެ. ހެޔޮކަންތަކަށް ލޯބިކުރާ މީހަކަށް ވެދާނެ އެވެ. އެހެނަސް އޭނާއަށް ޙައްޤާއި ބާޠިލް ވަކިކުރާނެ ކުޅަދާނަކަމެއް ނެތުމުން، އޭނާއަށް ސައްޔިދު ޤުޠުބް ނުވަތަ ޙަސަނުލް ބަންނާ ނުވަތަ މައުދޫދީ ނުވަތަ ނަދަވީ ނުވަތަ ފަޠުޙީ ޔަކަން ނުވަތަ މިޞްރަށް އުފަން މިހާރު ޤަޠަރުގައި ދިރިއުޅޭ ޔޫސުފް ބިން ޢަބްދުއް ﷲ އަލް ޤަރަޟާވީ - ﷲ މީނާގެ ކިބައިން އަދި ބިދުޢަވެރިންގެ ކިބައިން ޤަޠަރު ސަލާމަތް ކުރައްވާނދޭވެ.- މި މީސްތަކުންނަކީ ޢިލްމުވެރިން ކަމުގައި ހީވެދާނެ އެވެ.


އެހެނަސް އޭނާއަކީ އޭނާ އެގޮވާލާ ގޮވާލުމުގައާއި ތެދުވެރިކާމާއި ގަދައަޅާ މަސަތްކަތްކޮށް އަދި އޭނާ ބޭނުންވަނީ ހައްޤުގޮތް ހޯދުން ކަމުގައި ވާނަމަ
މިފަދަ (ބިދުޢަވެރި) މީސްތަކުންނާއި ބެހޭގޮތުން އޭނާއަށް ހައްޤު ބަޔާންވެދިއުމުން، މިމީސްތަކުންގެ ފަރާތުން ދުރުވެ އޭނާ އަތްއުފުލާނެ އެވެ.
އެއާއި ޚިލާފަށް އޭނާއަކީ ދޮގުވެރިއަކު ކަމުގައި ވާނަމަ އޭނާފަދަ އެބިދުޢަވެރި މީސްތަކުންނާއި އެކު އޭނާ ހުންނާނީއެވެ.
އެމީސްތަކުން ދިފާޢު ކުރުމާއި، އެބައިމީހުން ކޮށްފައިވާ ކަންތައްތަކުން ބަރީޢަ ކޮށްދިނުމުގައި ދެމިހުންނާނެއެވެ.
ފަހެ އެހިސާބުން އޭނާގެ ހަޤީގަތް ހާމަވެގެން ދިޔައީއެވެ. އަދި އެނާއަކީ އެއްވެސް ހެވެއް ލިބިފައި ނުވާ މީހަކަށް ވެގެން ދިޔައީއެވެ.

******

އިޚްވާނުންނޭވެ! ވިސްނާލުން ހުއްޓެވެ. އެބައެއްގެ އަވައިގައި ނުޖެހި ސަލާމަތްކަން ހޯދުން ހުއްޓެވެ.
މިއަދު ތިމަންނައަކީ އަހުލުއްސުނަތް ވަލް ޖަމާޢަތުގެ އަހުލުވެރިއެއްކަމުގައި "އަމިއްލަ ނަފްސު ފޮރުވިގަނެގެން ހުރެ" އެބަޔަކު ކިހާ މިންވަރަކަށް، މި ބިދުޢަވެރި، ޚުރާފީ، ޢިލްމުވެރިން އެބަޔަކަށް ރައްދުދެއްވައި، އުއްމަތަށް އެބައިމީހުންގެ ފަރާތުން އެއްކިބާވެ ތިބުމަށް އިންޒާރު ދީފައިވާ އެތަށް ބަޔަކު އެބައިމީހުންދަނީ ކުރިއަރުވައި، އެމީސްތަކުން މަޝްހޫރު ކުރަމުންނެވެ. ރާއްޖޭގައި ހިންގާ "ޢިލްމީ" ސައިޓުތަކެކޭ ބުނާ ކިތައް ސައިޓު ތަކުގައި މި ނުބައިކަން ބޮޑުވެގެންވާ މީސްތަކުންނަކީ ޢިލްމުވެރިންކަމުގައި ހަދައިފައިވޭ ތޯ އެވެ؟ ތިމަންމެންނަކީ "ޢިލްމުވެރިންނޭ" ބުނެހަދާ ކިތައް މީހުން މި މީހުންގެ ދިފާޢުގައި، މި މީސްތަކުންނަކީ ބޮޑެތި ޢިލްމުވެރިން ކަމުގައި ހަދައިފައިވޭ ތޯ އެވެ. ﷲ އަށްޓަކައި، ﷲ އަށްޓަކައި، ޙައްޤާއި ބާޠިލް ވަކިކޮށް ފުރްޤާނުގެ އަހުލުވެރިންގެ އަރިހުގައި ދެމިހުންނަންޖެހެ އެވެ.


އެއްވެސް ޝައްކެތްނެތެވެ. މި މީސްތަކުގެ ދިފާޢުގައި ނުވަތަ މި މީސްތަކުންނަކީ ޢިލްމުވެރިން ކަމުގައި ހަދައިފި ކޮންމެ މީހެއްގެ ބުރަސޫރަ، އަހުލު ސުންނަތުގެ އަހުލުވެރިންނަށް ހާމަވެ، ފާޅުވެގެން ދިޔައީ އެވެ. އަދި މިފަދަ ކޮންމެ މީހެއްގެ ކައިރީގައި އިށީނދެ އެމީހެއް ދިފާޢު ކުރުމުގައިވާ ކޮންމެ މީހަކީ ނުބައިކަމުގައި ޙައްދުފަހަނައަޅައިފައިވާ މީހެއްގެ ގޮތުގައިވެ، އެމީހެއްގެ ކައިރީގައި އިށީންނަ މީހާގެ ފަރާތުންވެސް ބަރީޢަވުން ހުއްޓެވެ.


ޤަރަޟާވީ އަކީ : ވެޓިކަންސިޓީގެ ބާބާ މަރުވުމުން އެކަމަށް ދެރަވެ، ހިތާމަ ކުރާ ކަމުގައި ބުނެ އެ ބާބާއަށް ރަޙްމަތްކުރާ ކަމުގައި މީނާ ބުނެފައިވެ އެވެ. (سبْحَانَ الله ! މިއީ އިސްލާމްދީނުގެ ތަޥްޙީދު ކުޑަކޮށްވެސް ދަންނަމީހެއް ތޯ އެވެ.)
އިސްލާމްދީނުގައި ރިބާކެއުން ޙަރާމްވެގެންވާ ހިނދުގައި، މިއަދު ރިބާ ބެންކުތަކުގައި ނެގޭ ރިބާއަކީ ޙަލާލު އެއްޗެއްކަމުގައި ބުނެފައިވެ އެވެ.


މީނާ އަކީ، ޔަހޫދީން (އިސްރާއީލުގައި) ބޭއްވުނު އިންތިޚާބުގައި ނަތަންޔާހޫ އަށް 90 އެތަށް ޕަސެންޓެއް ލިބުމުން، ﷲ އަށް ނިސްބަތްކޮށް، ﷲ މީސްތަކުންގެ މައްޗަށް ފާޅުވިކަމުގައި ވިޔަސް މިފަދަ ނިސްބަތެއް ނުލިބޭނެ ކަމުގައި ބުނެފައިވެ އެވެ. الشَّيْخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن އަރިހުގައި މިބަސްތައް ވިދާޅުވުމުން ޝެއިޚް ވިދާޅުވި އެވެ. "އޭނާއަށް އޮތީ ﷲ އަށް ތަޥްބާ ވުމެވެ. ނޫންނަމަ އޭނާގެ ބޯކެނޑުން ހުއްޓެވެ." އަޑުއައްސަވާ : http://goo.gl/UpyFOC މި

މިންވަރަށް މުރުތައްދު ބަސްތައް ބުނެފައިވާ މީސްތަކުން އެއީ ޢިލްމުވެރިންކަމުގައި ހަދާ މީހުން އެއީ އިސްލާމްދީނުގައި ތަންދޮރު އެބަޔަކަށް އޮޅުންފިލާފައިވާ ބައެއް ބާވަ އެވެ. ޝައްކެތްވެސް ނެތެވެ. މިސުރުގައި އުފެދިފައިވާ ސިޔާސީޕާޓީ އިޚްވާނުލް މުސްލިމީންގެ އެންމެ ބޮޑު އެކަކީ ޤަރަޟާވީ ކަމުގައި ވުމުން، އެފަދަ އެހެން ސިޔާސީ މީސްތަކުންނަށް ޤަރަޟާވީއަކީ ރަނގަޅު މީހެއްކަމުގައި ނުވާނެ ގޮތެއް ނޯންނާނެ އެވެ.


މީނާ އަކީ، މިޔުޒިކަކީ ޙަލާލު އެއްޗެއްކަމުގައި ހަދާފައިވާ މީހެކެވެ. ރާ ވިއްކުމާއި، އޫރުމަސް ވިއްކުން ޙަލާލުކޮށްފައިވެ އެވެ. ހިލޭ އަންހެނުންނާއި އަތާއި އަތްޖޯޑުކޮށް ސަލާންކުރުން ހުއްދަކޮށްފައިވެ އެވެ. ޤަޟާ ޤަދަރުގައި މުޢުތަޒިލީންގެ ޢަޤީދާއަކީ ޞައްޙަ ޢަޤީދާ ކަމުގައި ފާޅުކޮށްފައިވެ އެވެ. ޔަހޫދީންނަށް މުސްލިމުން ނެރޭ ޒަކާތުގެ ފައިސާ ދިނުން ހުއްދަވެގެންވާ ވާކަމާއި، އަހުލުކިތާބީންގެ އަންހެނަކު އިސްލާމް ވުމުން އެ އަންހެން މީހާއަށް އޭނާގެ ކާފަރު ފިރިމީހާގެ ކައިވެނީގެ ދަށުގައި ހުރެވޭނެ ކަމުގައި ބަޔާންކޮށްފައިވެ އެވެ. ނަރަކައަކީ ފަނާވެދާނެ ތަނެއްކަމުގައި ބަޔާންކޮށްފައިވެ އެވެ.
އަދިވެސް އެތަކެއްމެ ގިނަގުނަ ވަބާއެއް، މުޞީބާތް ދީނުގެ ނަމުގައި ގެނެސްފައިވެ އެވެ. http://goo.gl/kZ32cm

Like what you see?

Close

Hit the buttons below to follow us, you won't regret it...