ގްރެޖުއޭޝަން ހަފްލާގައި އެކަމަށް ޚާއްޞަކޮށް ހަދައިފައި ހުންނަ ހެދުން ލުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)
الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
ގްރެޖުއޭޝަން ހަފްލާގައި އެކަމަށް ޚާއްޞަކޮށް ހަދައިފައި ހުންނަ ހެދުން ލުން
ސުވާލު: ފަޟީލަތުއް ޝެއިޚް އެވެ. ﷲ ޝެއިޚްއަށް ތަޥްފީޤު ދެއްވާނދޭވެ. ޘާނަވީ ތަޢުލީމް ޙާޞިލްކޮށް ނިމޭ ބައެއް (އަންހެން) ދަރިވަރުން ޙަފްލާއެއް ބާއްވަ އެވެ. މި ޙަފްލާއަށް ކިޔަނީ "ދަސްވެނިމުން-ގުރެޖުއޭޝަން-" ގެ ޙަފްލާ އެވެ. މި ޙަފްލާގައި ޚާއްޞަވެގެންވާ ޢަބާޔާއެއް (ކޮނޑުން ވައްޓާލާފައި އިންނަ، ޚާއްޞަ ހެދުމެއް) ބޭނުން ކުރެ އެވެ. އަދި އެ ޢަބާޔާގައި ހުރެ، ކިޔަވައިދިން މީހުންގެ ކުރިމަތިން ހިނގާފައި ދެ އެވެ. މިކަމުގައި މައްސަލައެއްވޭތޯ އެވެ؟
ޖަވާބު: ތިޔަ ހެދުމަކީ، ކާފަރު އަންހެނުންގެ ހެދުމާއި ތަޝައްބުހުވާނަމަ، ތިޔަ ހެދުން ހުއްދައެއް ނުވާނެ އެވެ. ކާފަރު އަންހެނުންގެ ހެދުމާއި އެއްވައްތަރުވުން ހުއްދައެއް ނުވާނެ އެވެ. (ޙަދީޘްގައި ވެ އެވެ.) ނަބިއްޔާ (من تَشبَّه بِقَوْمٍ فَهُو مِنهُم) "ބަޔަކާއި ތަޝައްބުހު –އެއްވައްތަރު- ވެއްޖެ މީހާވަނީ އެބައެއްގެ ތެރެއިންނެވެ." އާއެކެވެ. ބޮޑަށް ބުރަވެވެނީ ތިޔައީ އެއްވައްތަރު، އެއްގޮތް ވުމެކެވެ. މިއީ ބުރަވާގޮތެވެ. ފަހެ އެގޮތުން، ނަޞާރާ އަންހެން ފާދިރީންގެ (NUN) ހެދުން ބޭނުންކުރެ އެވެ. ކުރިސްޓިއަން އަންހެން ފާދިރީންނެވެ. ތިޔަ ހެދުން އެތަނުން ނޫނީ ނާދެ އެވެ. އަހަރެމެންގެ ތެރެއަށް ތިޔަހެދުން އެމީހުންގެ ތެރެއިން ނޫނީ ނާދެ އެވެ. އަހަރެމެންގެ ތެރެއަށް ތިޔަ ހެދުން ގެނެވިފައިވަނީ އެމީހުންގެ ތެރެއިންނެވެ.
****
ފަތުވާ ނަގާފައިވަނީ : https://goo.gl/NgV0vV