އިސްލާމިވި ދުވަސް، ކުރިސްމަސް، ޢީދު މީލާދު، ނަޞްރުގެ ދުވަސް، ޝަހީދުންގެ ދުވަސް، ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ޙުކުމް - الإِمَامُ العَلَّامة ابِنْ العُثَيْمِيْن رَحِمَه الله

(މެދުޒިޔާރަތް ކައިރީ މީހަކު އަތް އުފުލައިގެން، ޚުރާފީ ބިދުޢަވެރި ޢަމަލެއް ކުރުމުގައި)
އިޚްވާނުންނޭވެ! އިސްލާމީ ޝަރީޢަތުގައި ޢީދަށް ޢީދު ކިޔުނީ އެއީ ކޮންމެ އަހަރަކު ނުވަތަ ވަކިދުވަހަކަށް ޚާއްޞަކޮށްގެން އެކަމެއް ކުރެވި، އަނެއްކާވެސް އެނބުރި އެދުވަސް އެފަދައިން ފާހަގަ ކުރެވޭތީ އެވެ. އިތުރު މަޢުލޫމާތު ހޯދުމަށް (إقتضاء الصراط المستقيم 1-241) ބައްލަވާށެވެ. މިފަދައިން ފާހަގަކުރެވޭ ކޮންމެ ދުވަހަކީ ޢީދެކެވެ. ޢީދުގައި ދެބާވަތެއް ހިމެނިގެންވެ އެވެ. އެއީ ޝަރުޢީގޮތުން ފާހަގަކުރުން ހުއްދަވެގެންވާ ޢީދު (އަޟްޙާ ޢީދު) އަދި އެދުވަސްތަކަށް ނިސްބަތްކޮށް ފާހަގަނުކުރެވޭނެ (އައު އަހަރު ފަށާ ދުވަސް، އިސްލާމްވި ދުވަސް. ޢީދު މީލާދު، ޤައުމީ ދުވަސް، ޝަހީދުންގެ ދުވަސް، ނަޞްރުގެ ދުވަސް، އުފަން ދުވަސް، މަންމައިންގެ ދުވަސް، ޢީދު މީލާދު،) ފަދަ ދުވަސްތަކެވެ. الإِمَامُ العَلَّامة ابِنْ العُثَيْمِيْن رَحِمَه الله އާއި ސުވާލު ކުރުވެނުވެ.
ސުވާލު: "މިދުވަސްތަކުގައި ފާހަގަ ކުރެވޭ ޢީދުތަކާ މެދުގައި ޝެއިޚްގެ ރައުޔަކީ ކޮބައިތޯ އެވެ. (މިޘާލަކަށް) ޢީދު މީލާދީ، ޤައުމީ ދުވަސްފަދަ (ޢީދު ދުވަސްތައް) ފާހަގަ ކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު: "ފަހެ ޢީދު މީލާދު ކަމުގައިވާނަމަ، ހަމަކަށަވަރުން އޭގެ މުރާދަކީ عيسى بن مريم، عليه الصلاة والسلام ގެ ޢީދު މީލާދު ކަމުގައިވެ، ނަޞާރާއިން އެއީ އަޅުކަމެއްގެ ގޮތުގައި ކުރާކަމެއްގެ ގޮތުގައިވެ އެވެ. މިފަދަ ކަމެއް މުސްލިމުން ކުރުމަކީ އެއްވެސް ޝައްކެތްނުވާ ގޮތުގައި ޙަރާމްވެގެންވާ ކަމެކެވެ. އަދި މިއީ އެންމެ ބޮޑުވެގެންވާ ޙަރާމް ކަންތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. އިންސާނަކު މިފަދަ ދުވަހެއް ފާހަގަ ކުރާކަމުގައިވާނަމަ އޭނާވަނީ ނުހަނު ނުރައްކައުތެރި ޙާލަތެއްގަ އެވެ.
ފަހެ، މިތަނުގައި ޢީދު މީލާދުގެ މާނައަކީ، ކޮންމެ މީހަކު އޭނާގެ އުފަންދުވަސް ފާހަގަ ކުރުން ކަމުގައިވާ ނަމަ، ފަހެ މިކަމުގެ (ޙުކުމަކީ) އެކަންތަކީ މަކްރޫހަ ކަމެއްގެ ގޮތުގައިވުމަށްވުރެ ގާތްކަން ބޮޑީ އެކަމަކީ ޙަރާމްވެގެންވާ ކަމެއްގެ ގޮތުގައިވުމެވެ.
ޝަރުޢީގޮތުން މުނާސަބާތް ތަކަށް އައިސްފައިވާ ޢީދުތަކަކީ : ރަމަޟާންމަހުގައި އަންނަ (ކުޑަ ޢީދު)، އަޟުޙާ ޢީދު އަދި ކޮންމެ ހަފުތާކު އަންނަ ހުކުރު ދުވަހެވެ." (ފަތުވާ : مجموع فتاوى ورسائل 16/191)