5  ރަޖަބު މަހުގައި ކުރެވޭ ބިދުޢަތައް - الشيخ عبد الرزاق بن عبد المحسن حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ރަޖަބު މަހުގައި ކުރެވޭ ބިދުޢަތައް - الشيخ عبد الرزاق بن عبد المحسن حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ބިދުޢަ

"އަހަރެމެން މިހޭދަކުރާ ދުވަސްތަކަކީ الله ޙުރަމަތްކުރައްވާފައިވާ މަހެއްގެ ދުވަސްތަކެވެ. އެކަލާނގެ ޙުރުމަތް ކުރައްވާފައިވާ މަސްތަކަކީ ޛުލްޤައިދާ، ޛުލްޙިއްޖާ، މުޙައްރަމް އަދި ރަޖަބު މަހެވެ. މިހުރިހާ މަސްތަކެއްގައިވެސް ބަޔާންވެގެންވާ ޚާއްޞަ ކަންތައްތަކެއް ވެއެވެ. މިމަސްތަކަށް ޙުރުމަތްވެގެންވާ މަސްތަކޭ ބުނެވެނީ މިމަސްތަކުގައި އެހެން މަސްތަކަށްވުރެ ބޮޑަށް ޙުރުމަތްތެރިކަން ލެވިގެންވާތީއެވެ. الله ވަޙީ ކުރައްވާފައިވެއެވެ. {إِنَّ عِدَّةَ الشُّهُورِ عِندَ اللّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللّهِ يَوْمَ خَلَقَ السَّمَاوَات وَالأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ} [التوبة: 36] "ހަމަކަށަވަރުން އުޑުތަކާ ބިން ހެއްދެވި ދުވަހުއްސުރެން ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި އަހަރެއްގެ މައްސަރު ތަކުގެ ޢަދަދަކީ اللهގެ ހަޒުރަތުގައި ބާރަ މަހެވެ."


މިހުރިހާ މަސްތަކުގެ މައްޗަށް ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ ޝަރީޢަތުގައި ސާބިތުވެގެންވާ އަދި ސުންނަތުގައި ދެވިގެންވާ ކަންތައްތަކުގެ މަތީގައި ޤާއިމްވެ އިންތައް ފަހަނަޅައި ނުދިއުމެވެ. އެގޮތުން އެއްވެސް އިންސާނަކަށް މިމަސްތަކަށް ނިސްބަތްކޮށް ޤުރުއާނާ ސުންނަތުގައި ވާރިދުވެގެން ނުވާ އެއްވެސް އަޅުކަމެއް އަދި އެކަލާނގެ އަށް ކުއްތަންވުމެއް އެކަމެއްގައި ރިވާޔަތެއް ނެތް ޙާލުގައި ކޮށްގެން ނުވާނެއެވެ.

 
ހަމަކަށަވަރުން ޖާހިލިއްޔަ ޒަމާނުގައި މުޝްރިކުންނަކީ ރަޖަބު މަހަށް މަތިވެރިކަންދީ އަދި ޚާއްޞަގޮތެއްގައި ރޯދަ ހިފާ މަހެއްގެ ގޮތުގައި އެބައިމީހުން އެމަހާމެދު ޤަބޫލުކުރިއެވެ. މިކަމަށް އަލިއަޅުވާލާ ޝައިޚުލް އިސްލާމް ابن تيمية - رحمه الله - ވިދާޅުވެފައިވެއެވެ. [ރަޖަބު މަހަށް ރޯދަ ހިފުމަށް ޚާއްޞަކުރެވިފައިވާ އެންމެހާ ޙަދީޘްތަކަކީ ބަލިކަށި ރިވާޔަތްތަކެކެވެ. އަދި އެއެންމެހާ ރިވާޔަތްތަކަކީ މީސްތަކުން ހަދާފައިވާ އެ ރިވާޔަތްތަކުގެ މައްޗަށް އަހުލުލް ޢިލްމުގެ އެއްވެސް ޢިލްމުވެރިޔަކު ޤަބޫލުކުރާ ރިވާޔަތްތަކެއް ނޫނެވެ. އަދި މިރިވާޔަތްތައް ބަލިކަށިކަމުން ފަޟާއިލުލް އަޢުމާލުގައި ރިވާކުރުމެއްވެސް ނުވެއެވެ. އެ އެންމެހާ ރިވާޔަތްތަކަކީ ބަޔަކު މީހުން ހަދާފައިވާ ދޮގު ރިވާޔަތްތަކެކެވެ.] އަދިވެސް އިތުރަށް ވިދާޅުވެފައިވެއެވެ. [ޢުމަރުބިން އަލްޚައްޠާބު ގެ އަރިހުން ރިވާވެގެންވެއެވެ. ރަޖަބު މަހުގައި މީސްތަކުން ކެއުމާއި ބުއިމުގައި ދެމިތިބުމަށް މީސްތަކުންނަށް އަންގައެވެ. އަދި ވިދާޅުވިއެވެ. "ތިޔަބައިމީހުން ރަޖަބުމަހާއި ރަމަޟާންމަހާ އެއްގޮތް ނުކުރާށެވެ." ] އަދިވެސް ވިދާޅުވެފައިވެއެވެ. [ހަމަކަށަވަރުން ޖާހިލިއްޔަ ޒަމާނުގެ އަހުލުވެރިން ރަޖަބުމަހަކީ މޮޅު އިތުރުވެގެންވާ މަހެއް ކަމުގައި ދެކުނެވެ. އެހެނަސް އިސްލާމްދީން އައުމާ އެކީގައި އެކަން ދޫކުރެވުނެވެ.]


ނަމާދު ކުރާ ބައެއް މީސްތަކުން ރަޖަބު މަހަށް ޚާއްޞަކޮށް ޢަޖައިބުވަނިވި ސިފަތަކެއް ލިބިގެންވާ ނަމާދެއް ކުރެއެވެ. މިނަމާދަށް އެބައިމީހުން ދީފައިވާ ނަމަކީ ރަޣާއިބު ނަމާދެވެ. މިނަމާދު ކުރާ ވަގުތަކީ ރަޖަބުމަހުގެ ފުރަތަމަ ހުކުރުވިލޭރޭ މަޣުރިބު ނަމާދާ ޢިޝާ ނަމާދާ ދެމެދުގައެވެ. މިއީ ޢިލްމުވެރިން އިއްތިފާޤު ވެވަޑައިގެންފައިވާ ގޮތުގައި ބިދުޢަވެރި މުންކަރާތެކެވެ. މިކަންތައް ހިޖުރައިން 4 ވަނަ ޤަރުނަށް ފަހުގައި މެނުވީ މުސްލިމުންގެ ތެރެއަށް ފާޅުވެފައި ނުވެއެވެ. އެއަށްވުރެ ކުރީ ޒަމާންތަކުގައި މިކަމާ ބެހޭ ގޮތުން އެއްވެސް ޛިކުރެއް ގެނެސްފައި ނުވެއެވެ. النووي - رحمه الله - އަރިހުގައި ރަޣާއިބު ނަމާދާ ބެހޭގޮތުން ސުވާލު ކުރެވުނެވެ. އެއީ މަތިވެރިކަން ލިބިގެންވާ ސުންނަތެއް  ނުވަތަ ބިދުޢައެއް ތޯއެވެ؟ ވިދާޅުވިއެވެ. [އެއީ ހަޑިހުތުރުކަން ލިބިގެންވާ މުންކަރާތެކެވެ. އެންމެ ގަދަ ބަހުން އިންކާރުކުރަން ޖެހޭ އެތަކެއް މުންކަރާތްތަކެއް އެކުލެވިގެންވާ ނަމާދެކެވެ. ކޮންމެ އަޅެއްގެ މައްޗަށް ވާޖިބު ވެގެންވަނީ މިނަމާދު ދޫކޮށްލުމާ އަދި އެނަމާދުކުރާ ކޮންމެ މީހަކަށް އެކަމަށް އިންކާރު ކުރުމެވެ. ކިތަންމެ ގިނަ ބަޔަކު މިނަމާދު ކިތަންމެ ގިނަ ރަށްތަކެއްގައި ކުރި ކަމުގައިވިޔަސް މިއީ ދީނުގައި ޛިކުރު ކުރެވިގެންވާ ނަމާދެއް ނޫނެވެ. ފޮތްތަކުގެ ތެރެއިން "قوت القلوب" އަދި "إحياء علوم الدّين" މިފަދަ ފޮތްތަކުގައި ލިޔެވިގެންވީ ކަމުގައި ވިޔަސް މިއީ ހަމަކަށަވަރުން ބާޠިލް ބިދުޢަކެވެ.]


ރަސޫލުالله صلّى الله عليه وسلّم ގެ އަރިހުން ޞައްޙަ ވެގެންވެއެވެ. «مَنْ أحدَثَ في ديننا ما ليس منه فهو ردّ» [މިދީނުގައި ތިމަން ނަބިއްޔާގެ އަމުރެއް ނުވާ ކަމެއް ކުރެވިއްޖެ ނަމަ،ފަހެ އެކަމެއް ވާނީ އެމީހެއްގެ މައްޗަށް ރައްދުވެވިގެންނެވެ.] އަދިވެސް ޞަޙީހުގައި ރަސޫލުالله صلّى الله عليه وسلّم ގެ ޙަދީޘްފުޅެއްގައި ވެއެވެ. «من عمل عملاً ليس عليه أمرنا فهو ردّ»  [ތިމަން ނަބިއްޔާގެ ފަރާތުން އަމުރުވެގެން ނުވާ ޢަމަލެއް ކޮށްފި ކަމުގައިވާނަމަ އެޢަމަލެއް ވާނީ އެމީހެއްގެ މައްޗަށް ރައްދުވެވިގެންނެވެ.] އަދި ޞަޙީޙް މުސްލިމްގައި އަދި އެހެނިހެން ފޮތްތަކުގައިވެސް ރިވާވެގެންވާ ޙަދީޘްފުޅެއްގައިވެއެވެ. «كلُّ بدعةٍ ضلالةٌ» [ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.] الله އަމުރު ކުރަށްވާފައިވަނީ މީސްތަކުން ދެބަސްވެއްޖެ ކަމުގައިވާނަމަ އެކަލާނގެ ފޮތަށާއި އެކަލާގެ ރަސޫލާ صلّى الله عليه وسلّم ގެ ސުންނަތަށް ރުޖޫޢަވުމަށެވެ. {فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللّهِ وَالْيَوْمِ الآخِرِ} [النساء: 59] "ފަހެ ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ ﷲއަށާއި ރަސޫލާއަށް އެކަމެއް ހުށަހަޅާށެވެ. ތިޔަބައި މިހުން ﷲއަށާއި އާޚިރަތް ދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ."


ޖާހިލު މީސްތަކުންނަށް ތަބަޢަވުމަށް އަމުރެއް ނުކުރައްވައެވެ. ކުށް ކޮށްފައިވާ ތަންދޮރު ފިލާފައިނުޥާ މީސްތަކުންގެ ޢަމަލުތަކަށް ބެލުމަށް އަންގަވާފައި ނުވެއެވެ.


އިމާމް الحافظ ابن رجب - رحمه الله – ވިދާޅުވެފައި ވެއެވެ. [ރަޖަބު މަހަށް ޚާއްޞަވެގެންވާ އަދި އެމަހުގައި ކުރެވޭ އެއްވެސް ޚާއްޞަ ނަމާދެއް ނުވެއެވެ. މިއިން އެއްވެސް ޢަމަލެއް ޞައްޙަވެގެންވެސް ނުވެއެވެ. މިމަހުގެ އެންމެ ފުރަތަމަ ހުކުރުވިލޭރޭ ރަޣާއިބު ނަމާދުކުރުމަށް އައިސްފައިވާ އެންމެހާ ރިވާޔަތްތަކަކީ ދޮގު އަދި ބާޠިލު އަދި ޞައްޙަކަމެއް ނެތް ރިވާޔަތްތަކެކެވެ. ޖުމްހޫރު ޢިލްމުވެރިން ބުނެފައިވަނީ މިނަމާދަކީ ބިދުޢައެއް ކަމުގައެވެ. މިއީ މިގޮތުގައިވާ ނަމާދެއް ކަމުގައި ފަހުގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނޭ ޙުއްފާޘުން ވިދާޅުވެފައިވެއެވެ. އެޢިލްމުވެރިންގެ ތެރޭގައި އަބޫ އިސްމާޢީލް އަލްއަންޞާރީ، އަބޫ ބަކުރު ބިން ސަމްޢާނީ، އަބޫ ފަޟްލު އިބްނު ނާޞިރު، އަބޫ ފަރަޖް ބިން އަލްޖަޥްޒީ، އަދިވެސް އެތަކެއް ޢިލްމުވެރިންނެއް ހިމެނެއެވެ. މިއީ ކުރީގެ ޢިލްމުވެރިން ޛިކުރުކޮށްދެއްވާފައިވާ އަޅުކަމެއް ނޫނެވެ. ސަބަބަކީ މިއަޅުކަން ދީނަށް ވަދެފައިވަނީ އެޢިލްމުވެރިންގެ ޒަމާންތަކަށް ފަހުގައެވެ. އެންމެ ފުރަތަމަ ފާޅުވެފައިވަނީ ހިޖުރައިން 400 އަހަރުގެ ފަހުންނެވެ. އެހެންވުމުން ކުރީގެ ޢިލްމުވެރިންނަށް މިއަޅުކަމާ ބެހޭގޮތުން އެއްޗެއް ވިދާޅުނުވެއެވެ. އަދި މިއަޅުކަމާމެދުގައި އެއްޗެއް އެގޭކަށް ނެތެވެ.]


މިމާނާގައި ޢިލްމުގެ އަހުލުވެރިންގެ ފަރާތުން އެތަކެއް ބަސްފުޅުތަކެއް ނަޤުލުވެވިގެންވެއެވެ.


ރަޖަބު މަހާ ދިމާކޮށް ގިނަ މީސްތަކުން މަދީނާއަށް ޒިޔާރަތްކުރެއެވެ. އަދި އެބައިމީޙުން ދެކޭ ގޮތުގައި މިއީ ސުންނަތެކެވެ. އަދި މިޒިޔާރަތަށް އެބައިމީހުން ދީފައިވާ ނަމަކީ އައްރަޖަބިއްޔާއެވެ. މިއީ ޢިލްމުވެރިންގެ ފަރާތުން އެއްވެސް ގޮތަކަށް ޛިކުރުވެވިގެންވާ އަދި މިކަމުގެ މައްޗަށް އެއްވެސް އަޞްލެއް އޮތް ކަމެއް ނޫނެވެ. އެއްވެސް ޝައްކެއް ނުވާގޮތުގައި މަސްޖިދުއްނަބަވީ އައް ޒިޔާރަތް ކުރުމަކީ އެންމެހާ ވަގުތު ތަކުގައި ކުރެވޭނެ ކަމެކެވެ. އެހެނަސް ވަކި މަހަކަށް ޚާއްޞަކޮށް ނޫނީ ވަކި ދުވަހަކަށް ޚާއްޞަކޮށް މިޢަމަލު ކުރާކަމުގައިވާނަމަ އެކަމަށް ޚާއްޞަވެގެންވާ ދަލީލެއް އޮންނަންޖެހޭނެއެވެ. ރަޖަބު މަހުގައި މިކަން ކުރުމަށް އެއްވެސް ދަލީލެއް އައިސްފައި ނުވެއެވެ. އެހެންވުމުން ރަޖަބު މަހުގައި الله އަށް ކުއްތަންވުމުގެ ގޮތުން ޚާއްޞަކަމެއްގެ ގޮތުގައި މިކަން ކުރުމަކީ ޝަރީޢަތުގައި އެކަމަށް ދަލީލެއް އައިސްފައިނުވާ އަދި ދީނަށް އަލަށް ވައްދާފައިވާ ބިދުޢައެއްކަން އެގިދެއެވެ.


ރަޖަބު މަހުގެ 27 ވަނަ ރޭގައި ބައެއް މީސްތަކުން ޚާއްޞަ ޙަފްލާއެއް ބާއްވައެވެ. އެބައިމީހުން ދެކޭ ގޮތުގައި އެއީ އިސްރާއާއި މިޢުރާޖުގެ ރެއެވެ. މިޙަފްލާތަކަށް ޚާއްޞަވެގެންވާ މަޥްޟޫޢުތަކުގައި ވާހަކަދެކެވެއެވެ. އަދި ޅެންބައިތުތައް ކިޔުމާއި އަދި މަދަޙަތައް ކިޔުމާއި މިކުރެވޭ އެންމެހާ ކަންތައްތަކަކީ ދީނުގައި ހެޔޮވެގެންވާ ޤަރުނުގެ އަހުލުވެރިން އެއްވެސް ގޮތަކަށް ކުރައްވާފައިވާ ކަންތައްތަކެއް ނޫނެވެ.


ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ ވިދާޅުވެފައިވެއެވެ. [އެއްވެސް މުސްލިމެއްގެ ފަރާތުން އިސްރާއާއި މިޢުރާޖުގެ ރެއަކީ އެހެން ރޭތަކުގެ މައްޗަށް މާތްކަން ލިބިގެންވާ ރެއެއްކަމުގައި ނުވެއެވެ. އަދި އެރެއަށް ޚާއްޞަވެގެންވާ އެއްވެސް ކަމެއް ލިބިގެންވާ ކަމުގައި ޞަޙާބީންނާ ތާބިޢީންނާއި އަދި އިޙްސާންތެރިކަމާއެކު އެބައިމީޙުންނަށް ތަބަޢަވީ އެކަކުވެސް ބުނެފައެއް ނުވެއެވެ. އަދި އެބައިމީހުން މިރެޔާ ބެހޭގޮތުން ޛިކުރެއްވެސް ނުކުރެއެވެ.]
އަދިވެސް ވިދާޅުވެފައިވެއެވެ. [މިއީ އިސްރާއާއި މިޢުރާޖުގެ ރެއަކީ ކޮން ރެއެއްކަން އެގުނު ކަމުގައި ވިޔަސްމެއެވެ. އެއާއެކު މިރެޔާ މެދުގައި ވަނީ ޚިލާފް އުފެދިފައެވެ. މިރެޔަކީ ކަނޑައެޅިގެން ވަކި ރެއެއް ކަމުގައި ބުނެވޭނެ ދަލީލެއް ވާރިދުވެފައިނުވެއެވެ. އަދި އިސްލާމީ ޝަރީޢަތުގައި މުސްލިމުންނަށް އެއީ އިސްރާއާއި މިޢުރާޖުގެ ރޭކަމުގައި ނުވަތަ އެހެންވެސް ރެއެއްކަމުގައި ވިޔަސް އެރެއެއްގައި ކުރުމަށް ޝަރުޢުވެގެންވާ އެއްވެސް ކަމެއް ނުވެއެވެ.]

 


އަޅުތަކުން ދަންނާށެވެ! ރަސޫލުالله صلّى الله عليه وسلّم އަށް ޙަޤީޤަތުގައި ތަބަޢަވުމަކީ ރަސޫލުالله صلّى الله عليه وسلّم ޢަމުލު ފުޅުން ކުރެއްވި ކަމެއް އެގޮތުގައި އަހަރެމެން ކުރުމުގައި ދެމިތިބުމެވެ. އަދި ރަސޫލުالله صلّى الله عليه وسلّم ދޫކުރެއްވި އެންމެހާ ކަންތައްތަކެއް އެގޮތުގައި އަހަރެމެން ދޫކުރުމެވެ.  މިއިން އެއްވެސް ކަމަކަށް އިތުރުކޮށްފިނަމަ، ނުވަތަ އެއްވެސް ކަމެއް އުނިކޮށްފިނަމަ، ރަސޫލުالله صلّى الله عليه وسلّم އަށް ތަބަޢަވުމުގައި އޭނައަށް ލިބިގެންވާ ނަޞީބުން އޭނާއަށް އެމިންވަރަށް އެކަހެރިވެގެން ދެވުނީއެވެ. އަދިވެސް ދަންނާށެވެ! ދީނުގައިވާކަމެއް ދޫކޮށްލުމަށްވުރެ ދީނަށް އެއްޗެއް އިތުރަށް ގެނެސްގަތުން ނުބައިކަން ބޮޑުވެގެންވެއެވެ. ސަބަބަކީ އެއީ الله އާއި އެކަލާނގެ ރަސޫލާ صلّى الله عليه وسلّم ގެ މައްޗަށް ކުރިއަރައި ދިއުމެވެ. الله ވަޙީ ކުރައްވާފައިވެއެވެ. {يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّهِ وَرَسُولِهِ وَاتَّقُوا اللَّهَ إِنَّ اللَّهَ سَمِيعٌ عَلِيمٌ} [الحجرات: 1] "އޭ އީމާންވެއްޖެ މީސްތަކުންނެވެ. الله އަށާއި އެކަލާނގެ ރަސޫލާގެ ހަޒުރަތުގައި ތިޔަބައިމީހުން އެއްވެސް ކަމެއްގައި އިސްވެ ނުގަންނާށެވެ. އަދި ތިޔަބައިމީހުން الله އަށް ތަޤްވާވެރިވާށެވެ. ހަމަކަށަވަރުން الله އީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ."


ރަސޫލުالله صلّى الله عليه وسلّم އަރިހުން އެތައް ޙަދީޘްފުޅެއްގައި ސުންނަތަށް ތަބަޢަވުމަށް އަމުރުކުރައްވައި އަދި އެންމެހާ ބިދުޢައިގެ ވައްތަރުތަކުން ދުރުވެ ތިބުމަށް އިންޒާރު ދެއްވާފައިވެއެވެ. އެގޮތުން އިމާމް އަޙްމަދު މުސްނަދުގައި، އަދި އިމާމް އިބްނު ޙިއްބާން ޞަޙީޙުގައި، އަދިވެސް އެހެނިހެން ޢިލްމުވެރިން ޢިރްބާޟް ބިން ސާރިޔާ رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. صلى لنا رسول الله صلّى الله عليه وسلّم الفجر ثم أقبل علينا فوَعَظَنا موعظةً بليغةً ذَرَفَت لها الأعين، ووجِلت منها القلوب، قلنا: يا رسول الله! كأنّ هذه موعظة مودِّع فأوصِنا، قال: «أُوصِيكم بتقوى الله والسمع والطاعة وإن كان عبدًا حبشيًّا، فإنّه من يعش منكم يرى بعدي اختلافًا كثيرًا، فعليكم بسنتي وسنة الخلفاء الراشدين المهديين فتمسّكوا بها وعضُّوا عليها بالنّواجذ، وإيَّاكم ومحدثاتِ الأمور فانَّ كلَّ محدثة بدعة، وإنَّ كل بدعة ضلالة» "ރަސޫލާ އަހަރެމެންނާއެކު ފަތިސްނަމާދު ކުރެއްވިއެވެ. އަދި އަހަރުމެންނަށް ކުރިމަތިލުމަށްފަހުގައި ބޮޑު ވަޢުޟެއް ދެއްވިއެވެ. އެވަޢުޟުގެ ސަބަބުން ހިތްތަށް ދެރަވެ އަދި ލޯތަކުން ކަރުނަ އޮހޮރިގެން ދިއައެވެ. އެއީ އަހަރެމެން ދޫކުރައްވާ ވަޑައިގަތުމުގެ ކުރިން ދެއްވާ ވަޢުޟެއްކަމުގައި ހީކުރެވުނެވެ. އަހަރުމެން ދެންނެވީމެވެ. އަހަރެމެންނަށް ވަޞިއްޔަތް ކުރައްވާށެވެ. އެހީނދު ޙަދީޘްފުޅު ކުރެއްވިއެވެ. "ތިޔަބައިމީހުން ﷲއަށް ބިރުވެތިވުމަށް ވަޞިއްޔަތް ކުރަމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހަބުސްކަރައިގެ އަޅަކު ވެރިއަކަށް އައިކަމުގައި ވިޔަސް އެވެރިޔާއަށް ކިޔަމަންވެ އަޑުއަހާށެވެ. ހަމަކަށަވަރުން ތިމަން ނަބިއްޔާއަށް ފަހުގައި ދިރިއުޅޭ ކޮންމެ މީހަކަށް އެތަކެއް ޚިލާފްތަކެއް ފެންނާނެއެވެ. ފަހެ ތިޔަބައިމީހުން ތިމަން ނަބިއްޔާގެ ސުންނަތުގައި އަދި ޚުލަފާއުއް ރާޝިދުންގެ ސުންނަތުގައި ހިފަހައްޓާށެވެ. އަދި އެސުންނަތުގައި ކޮލުގައިވާ ދަތްތަކުން ދަތް އަޅައިގެން ދެމިހުންނާށެވެ. އަދި ދީނަށް އަލަށް ގެނެވޭ އެއްމެހާ ކަންތައްތަކުން ދުރުހެލިވާށެވެ. ފަހެ އަލަށް ގެނެވޭ އެއްމެހައި ކަންކަމަކީ ބިދުޢަތަކެވެ. އަދި ހަމަކަށަވަރުން ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ."


މިޙަދީޘްފުޅުގައި ޛިކުރު ކުރެވިގެންވާ «فإنّه من يعِش منكم يرى بعدي اختلافًا كثيرًا» ބަސްފުޅާ މެދު ވިސްނާލުން ހުއްޓެވެ. މިތަނުގައި އިޝާރާތް ކުރައްވާފައިވަނީ މިއުއްމަތުގެ ތެރެއަށް ޚިލާފްތައް މުސްތަޤްބަލުގައި ވަންނާނެ ކަމެވެ. އަދި މުސްތަޤްބަލުގައި އުއްމަތް ބައިބައިވެދާނެކަމެވެ. އަދި މިހުރިހާ ބައިބައިވުމަކުން އަދި ޚިލާފްތަކަކުން ސަލާމަތްކަން ލިބިދެނީ މަތިވެރިގެންވާ 2 އަމުރެއްގައި އަހަރެމެން ޤާއިމްވެތިބުންކަން ބަޔާންވެފައިވެއެވެ.


ފުރަތަމައީ؛ ރަސޫލުالله صلّى الله عليه وسلّم ގެ ސުންނަތުގައ ވަރުގަދަޔަކަށް އަހަރެމެން ހިފެހެއްޓުމެވެ. އެގޮތުން ޙަދީޘްފުޅު ކުރެއްވިއެވެ. «فعليكم بسنتي وسنة الخلفاء الراشدين المهديين»


ދެވަނައީ؛ ބިދުޢަތަކުން އެއްކިބާވެ އެއަށް އިންޒާރުދީގެން ހުރުމެވެ. އެގޮތުން ޙަދީޘްފުޅު ކުރެއްވިއެވެ.«وإيَّاكم ومُحدَثاتِ الأمور؛ فانَّ كلَّ محدثة بدعة، وإنَّ كل بدعة ضلالة» މިކަމުގެ ބޮޑުކަމާއެކު އަދި މީގެ އަހަންމިއްޔަތްކަމާއެކު އަދި މިކަން މީސްތަކުންނަށް ޟަރޫރީ ކަމެއް ކަމުގައި އެނގިދަނީ ރަސޫލުالله صلّى الله عليه وسلّم ކޮންމެ ހުކުރު ދުވަހެއްގެ ޚުޠުބާގައި މިގޮތަށް ތަކުރާރު ކުރައްވައެވެ. އެގޮތުން ޙަދީޘްފުޅު ކުރައްވައެވެ. « فإنَّ خير الحديث كتاب الله، وخير الهدي هدي محمّد صلّى الله عليه وسلّم، وشرّ الأمور مُحدَثاتها، وكلّ بدعة ضلالة»


ފަހެ، އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވަނީ ރަސޫލުالله صلّى الله عليه وسلّم ގެ ސުންނަތުގައި ގަދައަޅައި އަހަރެމެން ދެމިތިބުމެވެ. އަދި އެ އަޘަރު ތަކުގެ މަތީގައި ތިބެ އެންމެހާ ބިދުޢަތަކާއި އެންމެހާ މަގުފުރެދުންތަކުން ހުރިހާ ގޮތްތަކުން އެކަހެރިވެ ތިބުމެވެ.


الله ގެ އަސްމާއުލް ޙުސްނާއިންނާއި އަދި މަތިވެރިވެގެންވާ ސިފަފުޅުތަކުން އަހަރެމެން ދަންނަވަނީ އަހަރެމެން ސުންނަތުގެ މަތީގައި ލެހެއްޓެވުމަށެވެ. އަދި އެސުންނަތުގެ މަތީގައި އަހަރެމެން މަރުގެނެންވުމަށެވެ. އަދި ހަވާނަފްސާއި ބިދުޢަތަކުން އަހަރެމެން އެކަހެރި ކުރައްވައި އެކަލާނގެ އަހަރެމެންނަށް ސަލާމަތްކަން ދެއްވުމަށެވެ.
وصلَّى الله وسلَّم على نبينا محمد

 
މިކަލިމަ ވިދާޅުވެފައިވަނީ الشيخ عبد الرزاق بن عبد المحسن – حفظه الله -

 

ބިދުޢަ: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ބިދުޢަ ބެހޭ ބައިތައް - الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله | 31 އޮކްޓޯބަރ 2017

ހުކުރު ދުވަހަށް ތަހުނިޔާ ކިޔުމުގެ ޙުކުމް - الشَّيْخ العَلاَّمَة صالح الفوزَان حفظه الله | 23 ޖެނުއަރީ 2017

 الحث على اتباع السنة والتحذير من البدع وبيان خطرها މި ފޮތުގެ ބިދުޢަ އާއި ބެހޭގޮތުން އައިސްފައިވާ ބައެއް ވާހަކަތައް ( ބިދުޢަ ހަސަނާ، ބިދުޢައިގެ ޝަރުޢީ މާނާ) - أُسْتَاذ أبو عبد الله سلمان رشيد حفظه الله | 24 ޑިސެމްބަރ 2016

މި މެސެޖް 10 މީހުންނަށް ފޮނުވާ! އެ ހިނދު މިވެނި ކަމެއް ދިމާވާނެ! - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 12 އޭޕްރީލް 2016

ފަރުޟު ނަމާދަށް ފަހުގައި ޖަމާޢަތްހަދައި ދުޢާ ކުރުމުގެ ޙުކުމް - الإمام العلامة الشيخ صالح الفوزان حفظه الله | 01 އޮކްޓޯބަރ 2015

މިނިވަންދުވަހުގައި ކަސްޓަމަރުން ނައަންނާނެތީވެ މަސައްކަތްކުރާތަން ބަންދުކުރުން އެއީ ކޮންކަހަލަ ކަމެއްތޯއެވެ؟ - فضيلة الشيخ د.محمد غالب العمري حفظه الله | 25 ޖުލައި 2015

މިނިވަން 50 ފާހަގަކުރުމާ އެކަމަށް ޖަމާޢަތުގައި ދުޢާކޮށް ބަކަރި ކަތިލައި ޞަދަޤާތް ކުރުމަކީ ހަރާމްވެގެންވާ މުންކަރާތެއް - ސަޢުދި އަރަބިއްޔާގެ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޝެއިޚް ޑރ. عرفات بن حسن المحمدي حفظه الله | 01 އޭޕްރީލް 2015

ޖަމާޢަތް ހަދައިގެން ދުޢާކުރުމަކީ ބިދުޢަވެރި މުންކަރާތެއް - العلامة الإمام ابن باز رحمه الله | 01 އޭޕްރީލް 2015

އެއްވެސް މުއައްސަސާއެއްގެ، ޢިމާރާތެއް، މަދަރުސާއެއް، މިފަދަ އެއްވެސް ތަނެއްގެ ރިހިޔޫބިލް، ރަންޔޫބީލް ފާހަގަ ކުރުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫން - الشيخ عبد العزيز بن عبد الله بن باز رحمه الله | 01 އޭޕްރީލް 2015

އިސްލާމްވި ދުވަސް ފާހަގަކުރުން، ޤައުމީ ދުވަސް ފާހަގަކުރުން، ޝަހީދުންގެ ދުވަސް ފާހަގަކުރުން އަދި ޤައުމީ ލަވައަށް ތެދުވުން މިކަންތައްތަކަކީ ހުއްދަވެގެންވާ ކަންތައްތަކެއްތޯއެވެ؟ | 23 ޖެނުއަރީ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...