އެއްވެސް މުއައްސަސާއެއްގެ، ޢިމާރާތެއް، މަދަރުސާއެއް، މިފަދަ އެއްވެސް ތަނެއްގެ ރިހިޔޫބިލް، ރަންޔޫބީލް ފާހަގަ ކުރުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫން - الشيخ عبد العزيز بن عبد الله بن باز رحمه الله
ސަޢުދީ ޢަރަބިއްޔާގެ ލަޖްނާގެ ފަތުވާ: މިނިވަން 50 ފާހަގަކުރުމަކީ ބިދުޢައެއް
ސުވާލު : މިހާރު މީސްތަކުންގެ ތެރޭގައި ޢާންމުވެފައިވާ ކަމެއްގައި ތިޔަފަރާތުގައި ސުވާލުކުރަމެވެ. އެއީ: ބައެއް މީސްތަކުން، ވަކި މީހަކު އުފަންވާތާ 25 އަހަރު ވުމުން އެއަށް ރިހިޔޫބީލް އޭ ބުނެ އަދި 50 އަހަރު ހޭދަވުމުން އެއަށް ރަންޔޫބީލް އޭ ބުނެ އަދި 75 ހޭދަވުމުން އަލިމަސް ޔޫބީލް އޭ ބުނެ އެދުވަސްތައް ފާހަގަ ކުރަމުން ދެ އެވެ. އަދި ހަމައެފަދައިން ބައެއް ކުންފުނިތައް ނުވަތަ އިދާރާތައް ހުޅުވުމަށްފަހުގައި މިފަދަ ދުވަސްތައް ހޭދަވުމުން ފާހަގަކުރެ އެވެ. މިއީ ނުހަނު ބޮޑަށް މީސްތަކުންގެ ތެރޭގައި ފެތުރިފައިވާ، ޢާންމު ވެފައިވާ ކަމެކެވެ. .... މިފަދަ ޙަފްލާތައް ބޭއްވުމަކީ ސުންނަތްވެގެންވާ ކަމެއްތޯ ނުވަތަ އެއީ ބިދުޢައެއްތޯ އެވެ.
ސުވާލަށް ޖަވާބު ދެއްވުން އެދެމެވެ.
ޖަވާބު : ތިޔަ މައްސަލައަށް ރިޢާޔަތްކޮށް ބެލުމަށްފަހުގައި ޖަވާބުގައި ބަޔާންކޮށްފައިވެ އެވެ.
"އެއްވެސް ޙަފްލާއެއް ބޭއްވުން، ނުވަތަ ހަދިޔާ ބެހުމާއި މިފަދަ އެއްވެސް ކަމެއް އަހަރުތަކެއް ހޭދަވެދިއުމުގެ މުނާސަބަތުގައި ކުރުން ހުއްދައެއް ނުވާނެ އެވެ. އެއީ މީހަކު ދުނިޔޭގެ އަލިކަމަށް ފާޅުވިތާ އަހަރުތަކެއް ހޭދަވެގެން ދިއުން ކަމުގައިވިޔަސް ނުވަތަ ތަނެއް ހުޅުވިތާ ވަކި މުއްދަތެއް ހޭދަވެ ދިއުން ކަމުގައިވިޔަސް ނުވަތަ މަދަރުސާއެއް ނުވަތަ މަޝްރޫޢަކަށް ދުވަސްތަކެއް ފާއިތުވެ ދިއުމަށްފަހުގައި ވިޔަސްމެ އެވެ. ސަބަބަކީ
މިއީ އިސްލާމް ދީނަށް އަލަށް ގެނެވިފައިވާ ބިދުޢަވެރި ޢީދުތައް ފާހަގަ ކުރުމެކެވެ. އަދި ހަމަކަށަވަރުން މިކަމަކީ ކާފަރުންނާއި މިކަންތައްތަކުގައި ތަޝައްބުހު ވެވޭ ކަމެއްގެ ގޮތުގައިވެ އެވެ.
ފަހެ، މީސްތަކުންނަށް ވާޖިބުވެގެންވަނީ، މިފަދަ ކަންތައްތައް ދޫކުރުމެވެ. އަދި މިފަދަ ކަންތައްތަކުން އެއްކިބާވެ އިންޒާރު ލިބިގަތުމެވެ. ހަމަކަށަވަރުން މިކަމުގައި ފަތުވާތަކެއް (ލަޖުނާއިން ނެރެފައިވާނެ އެވެ.)
و صلى الله على نبينا محمد و آله و صحبه و سلم"
ފަތުވާ : ސަޢުދީ ޢަރަބިއްޔާގެ ލަޖުނާ ގެ ފަތުވާ ނަންބަރ : 17779
މިފަތުވާ ދެއްވުމުގައި އެންމެ އިސްފަރާތެއްގެ ގޮތުގައި އިންނެވީ الشيخ عبد العزيز بن عبد الله بن باز رحمه الله