ޢަރަބި ބަހުގެ ޤަވާއިދު – الحركات (ޢަރަބި ބަހުގެ ޙަރަކާތްތައް)
حركة ޙަރަކާތަކީ ފިލި ތަކެވެ. ޢަރަބި ބަހުގައި ތިން ފިއްޔެއް ވެއެވެ.
1. الحركات الثالثة | ތިން ޙަރަކާތް (ފިލި)
ضَمَّةٌ ـُ |
كَسْرَةٌ ـِ |
فَتْحَةٌ ـَ |
އުބުފިލި | އިބިފިލި | އަބަފިލި |
2. التنوين | ތަންވީން
ކަލިމައެއް ނިމޭއިރު ކުރުފިލި ދެ ފިލި އެއްވުމުން އެއަށް ކިޔަނީ تنوين ތަންވީން އެވެ. ތަންވީންވެސް ތިން ގޮތަކަށް ވެއެވެ.
ضَمَّتان ـٌ | كَسْرَتان ـٍ | فَتْحَتان ـً |
އުންބުންފިލި | އިންބިންފިލި | އަންބަންފިލި |
އިތުރުވާ ފިލިން ރަމްޒުކޮށްދެނީ (نْ) ސުކުންވެގެންވާ ނޫނެވެ. ލިޔާއިރު نْ ނުލިޔާނެ އެވެ. އެހެނަސް ކިޔާއިރު ކިޔާނީ ސުކުންވެގެންވާ ނޫނުގެ އަނޑު ފާޅުވެގެންވާ ގޮތަށެވެ.
މިސާލަކަށް؛
ﺑَﻦْ - بً
ﺑِﻦْ - بٍ
ﺑُﻦْ - بٌ
مَسْجدُنْ - مَسْجدٌ
3. ޢަރަބި ބަހުގައި ފިލީގެ އިތުރުން ބޭނުން ކުރެވޭ ނިޝާންތައް
* سكون ـْ (ސުކުނަކީ އެ އަކުރެއްގެ އަޞްލު އަޑުގެ މައްޗަށް ހިމޭންވާންޖެހޭ ކަމުގެ ނިޝާނެކެވެ.)
* الشدة ـّ (ޝައްދާ ނުވަތަ ތަޝްދީދަކީ އެއަކުރެއް ޖެހިގެން އައުމުން، އަކުރުގެ އަޑު އެއްވެގެންދާކަން އަންގައިދިނުމުގެ ގޮތުން ބޭނުން ކުރެވޭ ނިޝާނެކެވެ.)
* المد ~ (މައްދަކީ ދެމޭ އަޑުގެ ނިޝާނެވެ.)