މުސްލިމް ވެރިންނާއި ދެކޮޅަށް ނުކުތުމަކީ ހަމައެކަނި ކަނޑި ހިފައިގެން ނުކުތުކުން ކަމަށް ބުނާ މީހުންނަށް ރައްދު - الشيخ العلامة ربيع بن هادي المدخلي حفظه الله
الشيخ العلامة ربيع بن هادي المدخلي -حفظه الله އާއި ސުވާލު ކުރެވުނެވެ.
މުސްލިމް ވެރިންނާއި ދެކޮޅަށް ނުކުތުމަކީ ކަނޑި ހިފައިން ނުކުތުން ތޯއެވެ. ވެރިންނާއި ބެހޭގޮތުން ވާހަކަ ދެއްކުމަކީ ޚުރޫޖްވުން ކަމުގައި ބެލެވޭނެ ތޯއެވެ؟
الشيخ العلامة ربيع بن هادي المدخلي -حفظه الله ޖަވާބުގައި ވިދާޅުވިއެވެ. "ތިޔަ އެންމެހައި ގޮތްތަކަކީ ދެކޮޅަށް ނުކުތުމެވެ. (ޚުރޫޖްވުމެވެ.). މީސްތަކުންނަށް އެކިކަހަލަ ބަސްތަށް މުޚާޠަބުކޮށް އެގޮތުން ދެކޮޅުވާ މީހުންނަކީ ޤަޢިދީއްޔާ، އިބާޟިއްޔާ އިންނެވެ. މީސްތަކުންނަށް ޖިހާދުކުރުމަށް ގޮވާލާއެވެ. މީސްތަކުންނަށް ނުކުތުމަށް ބާރުއަޅާ އެހެނަސް އެބައިމީހުން ނުނިކުމެވެ. މިފަދަ މީހުންނަށް ދެވިގެންވާ ނަމަކީ ޚަވާރިޖުންގެ ޤަޢިދިއްޔާ އިންނެވެ. ކަނޑި ހިފައިގެން ދެކޮޅަށް ނުކުންނަމީހާ އެއީ ފާޅުވެގެންވާ ގޮތުގައި ނުކުންނަ މީހެކެވެ. އެއީ ޚާރިޖީއެކެވެ. މި ބައިގަނޑު ކަމުގައި ވިޔަސް އަނެއް ބައިގަނޑު ކަމުގައި ވިޔަސް މިއެއްމެހައި މީހުންނަކީ ޚަވާރިޖުންނެވެ."
ފަތުވާ ނަގާފައިވަނީ شرح أصول السنة لشيخ ربيع ص 62