ސަލަފުން އެބައި މީހުންގެ ޒަމާނުގައި އުޅުނު އަނިޔާވެރި ޚަލީފާއިންނާއި މެދުގައި މުޢާމަލާތް ކުރައްވާފައިވަނީ ކިހިނެތް؟ - الشيخ العلامة محمد بن صالح العثيمين رحمه الله
الشيخ العلامة محمد بن صالح العثيمين – رحمه الله ވިދާޅުވިއެވެ. "ކޮންމެ އިންސާނަކަށް ވާޖިބުވެގެންވަނީ ވިސްނުމެވެ. ނުކުންނަ ނަތީއްޖާއަށް ބެލުމެވެ. އަދި ސަލަފުންގެ ޒަމާނުގައި އުޅުނު ޚަލީފާއިންނަށް ބެލުމެވެ. އެ ޚަލީފާއިން އެއިރުގައި ތިބި ޢިލްމުވެރިންނާއި މެދުގައި ޢަމަލުކުރީ ކިހިނެތް ހެއްޔެވެ. އެ ޚަލީފާއިން ޢިލްމުވެރިން ޤަތުލު ނުކުރޭތޯއެވެ. މައުމޫނު ކިތައް ޢިލްމުވެރިން ޤަތުލުކުރި ހެއްޔެވެ. ޤުރުއާނަކީ މަޚުލޫގެއް ކަމުގައި ނުބުނި ކިތައް ޢިލްމުވެރިން ޤަތުލުކުރި ހެއްޔެވެ. އެތައްހާސް ބަޔަކު ޤަތުލު ކުރިއެވެ. އެތަކެއްހާސް ޢިލްމުވެރިންނެއް ޤަތުލު ކުރިއެވެ. އަދި މިބާޠިލް ބަސް ބުނުމަށް މީސްތަކުންނަށް މަޖުބޫރު ކުރުވިއެވެ. އިމާމް އަޙްމަދު އަދި އެހެން އެއްވެސް އިމާމެއް އެހެން އެއްވެސް މަންހަޖަކަށް ދިޔަކަމެއް އަހަރެމެން ދުވަހަކުވެސް އަޑެއް ނާހަމެވެ. އަދި އެއިމާމުން ޚަލީފާގެ މައްޗަށް އަޢިބު ބަސްތައް ބުނެ ހެދިކަމަށް ދުވަހަކުވެސް އަރެމެން އަޑެއް ނާހަމެވެ. އަދި މީސްތަކުންނަށް އެ ޚަލީފާގެ މައްޗަށް ރުޅިވެރިވުމާއި އަދި ވެރިކަމާއި ދެކޮޅުވުމަށް އަމަލު ކޮށްފައެއް ނުވެއެވެ.
ފަހެ، ކޮންމެ އިންސާނަކުވެސް އެހެނިހެން ޤައުމު ތަކުގައި ކަން ހިނގާފައިވާ ގޮތް ބަލައިފި ނަމަ އޭނާއަށް އެނގިގެންދާނީ ފިތުނަތަކަކީ އެއިން އެއްވެސް ހެޔޮކަމެއް އެއަށްފަހުގައި ނުކުންނާނެ ކަމެއް ނޫނެވެ. އެފިތުނަ ތަކުން ނުބައިކަންތައް ނޫން އެހެންއެއްޗެއް ފާޅެއް ނުވާނެއެވެ. ޙައްޤަކީ މީސްތަކުން އެކަތިގަޑެއްގައި ވުމަށް ހިތްތަށް އެކުވެރިވެ ދެމިތިިބުމަށް ގޮވާލުމެވެ. މިއަހަރުތެރޭގައި އެކަނި ކަންހިނގާފައިވާ ގޮތަށް ބަލާށެވެ. ޒުވާނުން ވަނީ ބައިބައި ވެގެން ގޮސްފައެވެ. އެކަކު އެއްދިމާލަށް، އަނެކަކު އަނެއް ދިމާލަށް ދެއެވެ. އެހެނަސް އިއްޔެ އެ ޒުވާނުންނަކީ އެއް އަތެއްގެ މަތީގައި، އެއް ހިތެއްގެ މަތީގައި ތިބި ބައެކެވެ. މި އެންމެހައި ކަންތައްތައް އައިސްފައިވަނީ ވިސްނުމެއް ނެތި އަދި ރަގަޅު ގޮތަށް ނުބަލައި އަދި ސަލަފުއް ޞާލިޙުންގެ ޢަމަލުތަކަށް ނުބަލައި ކޮށްފައިވާ ޚިލާފްވެގެންވާ ކަންތައްތަކުންނެވެ. އަހަރެން ދެކޭ ގޮތަކީ އެއީ ޝަރުޢީ ގޮތުން ބަލާއިރުގައި ކުށެއް ކަމުގައެވެ. އަދި އިޞްލާޙު ކުރުމުގެ ގޮތުން ކުރެވޭ ނުބައި ކަމެއްގެ ގޮތުގައެވެ. އަދި އޭގެއިން ނުބައި ޙާލަތަށް ދިއުން ނޫން ގޮތެއް ނެތެވެ.
http://goo.gl/GtNPX