އަވަސްކޮށް ތަރާވީޙް ކުރުން - فضيلة الشَّيْخُ عُبَيْدُ الجَابِرِيْ حَفِظَهُ الله
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
فضيلة الشَّيْخُ عُبَيْدُ الجَابِرِيْ حَفِظَهُ الله
ސުވާލު: އަހަރެމެންގެ ތެރޭގައިވާ ހުރިހައި މިސްކިތްތަކުގައި ތަރާވީޙް ނަމާދުކުރަނީ ވަރަށްވެސް އަވަސްކޮށެވެ. އެގޮތުން 11 ރަކުޢަތް އެބައިމީހުން 20 މިނިޓުތެރޭގައި ނުވަތަ އެއަށްވުރެ މަދު ވަޤުތުކޮޅެއްގެ ތެރޭގައި ނިންމާލަ އެވެ. އެމީހުންނާއެކު ނަމާދު ބިރުވެތިކަމުގައި ހުރެ ކުރުމަށް އެއީ އަހަރެންނަށް ކުރެވޭނެ ކަމެއްނޫނެވެ. ފަހެ، މިގޮތުން އަހަރެންނަށް އެންމެ ހެޔޮކަންބޮޑީ އެމީހުންނާއި އެކުގައި ޖަމާޢަތުގައި ޚުޝޫޢަތްތެރިކަމެއް ނެތް ގޮތުގައި ޙަދީޘްއަށް ޢަމަލުކުރުމަށް އެމީހުންނާއި އެކުގައި ކުރުންތޯއެވެ. (مَنْ قَامَ مَعَ الْإِمَامِ) "އިމާމްއާއި އެކުގައި ނަމާދުކޮށްފި މިހާ". ނުވަތަ އަހަރެންނަށް އެންމެ ހެޔޮކަންބޮޑީ އަހުލުންނާއި އެކުގައި ގޭގައި ނަމާދުކުރުންތޯ އެވެ؟
ޖަވާބު: އަހަރެންނަށް ތިބާ ތިޔަހުރި މައިދާނުގައި ހުރެއްޖެ ހިނދުގައި އެ އިމާމުންނާއި އެކުގައި ނަމާދު ނުކުރާނަމެވެ. ތިބާ ޛިކުރުކޮށްފައިވާ ފަދައިން، ތަރާވީޙް ނަމާދު 11 ރަކުޢަތް 20 މިނިޓު ތެރޭގައި ކުރެޔޭ!!! ތިޔައީ ނަމާދެއް ނޫނެވެ. ތިޔައީ ނުހަނު އަވަސްކަމާއި، ނުހަނު ލުއިކޮށް ކުރުމެކެވެ. ފަހެ، ތިބާ ގޭގައި ނަމާދުކުރުން ހުއްޓެވެ.
***
ފަތުވާ ނަގާފައިވަނީ : http://goo.gl/WpDUvR