5 ޞަޙާބީން އަދި އުއްމަތުގެ ސަލަފުއް ޞާލިހުން ރަމަޟާން މަހާއި ބައްދަލު ކުރާގޮތް - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޞަޙާބީން އަދި އުއްމަތުގެ ސަލަފުއް ޞާލިހުން ރަމަޟާން މަހާއި ބައްދަލު ކުރާގޮތް - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ރޯދަ

 

الإِمَامُ العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ޞަޙާބީން އަދި އުއްމަތުގެ ސަލަފުއް ޞާލިހުން ރަމަޟާން މަހާއި ބައްދަލު ކުރާގޮތް

 

ސުވާލު: ޞަހާބީން رضوان الله عليهم މި މަތިވެރި ރަމަޟާން މައްސަރާ ބައްދަލު ކުރުމުގައި، އެބައިމީހުންގެ ޙާލަތަކީ ކޮބައިތޯ އެވެ؟


ޖަވާބު: ފުރިހަމަ ސަނަދުތަކުން، ރިވާޔަތްތައް ލިޔެވިފައިވާ ފޮތްތަކުން، އެބަޔަކަށް އިތުބާރު ހިފޭ އަހުލުވެރިންގެ ފަރާތުން އަހަރެމެންނަށް ބަޔާންވެގެންވަނީ، މި އުއްމަތުގެ ސަލަފުއް ޞާލިޙުން (ރަމަޟާން މަހާއި އިސްތިޤްބާލު) ކުރުމުގައި އެބައިމީހުންގެ ޙާލަތީ، އެބައިމީހުން ﷲ ގެ ޙަޟުރަތުން އެބައިމީހުންނާއި ރަމަޟާންމަސް ބައްދަލުކޮށްދެއްވުން އެދި އެބައިމީހުން ދުޢާ ދަންނަވަ އެވެ. އެއީ، އެމައްސަރުގެ މަތިވެރިވެގެންވާ، ބޮޑުވެގެންވާ ހެޔޮކަން އެބައިމީހުންނަށް އެނގިވަޑައިގެންފައި ވުމުންނެވެ. އަދި އެ މައްސަރުގެ މަންފާ އަކީ ބޮޑުވެގެންވާ މަންފާއެއްގެ ގޮތުގައި އެބައިމީހުންނަށް އެނގިވަޑައިގެންފައި ވުމުންނެވެ. އެއަށްފަހު، އެބައިމީހުންނާއި ރަމަޟާން މަސް ބައްދަލުވުމުން، އެބައިމީހުންނަށް ހެޔޮ ޞާލިޙް އަމަލު ކުޅައުމަށް ވާގިދެއްވުން އެދި އެބައިމީހުން ﷲ އަށް ދުޢާ ދަންނަވަ އެވެ. އެއަށްފަހު ރަމަޟާން މަސް ނިމި ދިއުމުން އެބައިމީހުން އެ މައްސަރުގައި ކުރި އަޅުކަންތައް އެބައިމީހުންގެ ފަރާތުން ޤަބޫލުވޮޑިގެންނެވުމަށް އެދި ﷲ އަށް ދުޢާ ދަންނަވަ އެވެ. އެއީ ﷲ ވަޙީ ކުރައްވާފަދައިންނެވެ. ﴿والذين يؤتون ما آتوا وقلوبهم وجلة أنهم إلى ربهم راجعون أولئك يسارعون في الخيرات وهم لها سابقون﴾ "އަދި އެބައިމީހުންނަކީ އެބައިމީހުންގެ ވެރި އިލާހުގެ ޙަޟުރަތަށް، އެބައިމީހުން އެނބުރި ދާނޭކަމާއި މެދު އެބައިމީހުންގެ ހިތްތައް ބިރުވެތިވެގެންވާ ޙާލުގައި ހެޔޮ ޞާލިޙް ޢަމަލު ކުޅައުމުގައި ދެމިތިބޭ ބައެކެވެ. (އެބައިމީހުން ކޮށްފައިވާ ހެޔޮ ޞާލިޙް ޢަމަލުތައް އެކަލާނގެ ޤަބޫލުވޮޑި ނުގަންނަވާނެ ކަމުގައި އެބައިމީހުންނަކީ ބިރުވެތިވެގެންވާ ޙާލުގައި ދެމިތިބޭ ބައެކެވެ.) އެބައިމީހުން އެންމެންނީ ހެޔޮކަންތަކުގައި އަވަސްވެގަންނަ މީހުންނެވެ. އަދި އެބައިމީހުންނީ އެކަންތައްތަކުގައި ކުރިއަރައި ދާ މީހުންނެވެ."


އެބައިމީހުން ހެޔޮ ޞާލިޙް އަމަލު ކުޅަކުމުގައި ވަރަށްބޮޑަށް ގަދައަޅާ، ބާރުއެޅުމުގައިވެ އެވެ. އެހެނަސް އެ ހެޔޮ ޞާލިޙް ޢަމަލުކުރުމަށްފަހު އެބައިމީހުން އެ ޢަމަލުތަކުގެ މައްޗަށް ކަންބޮޑުވެ، ދެރަވުމުގައިވެ އެވެ. ސަބަބަކީ އެ ޢަމަލުތައް އެބައިމީހުންގެ ފަރާތުން ޤަބޫލު ކުރެއްވި ކަމެއް ނުވަތަ ޤަބޫލު ނުކުރެއްވޭ ކަމެއް އެބައިމީހުންނަށް އެނގިވަޑައި ނުގަންނަވާތީ އެވެ.


ސަބަބަކީ އެބައިމީހުންނަށް ﷲ ގެ މާތްވަންތަ ކަމާއި މަތިވެރިވަންތަ ކަމުގެ ޢިލްމު ލިބިވަޑައިގެންފައި ވުމެވެ. އެގޮތުން އެއިލާހު އެއްވެސް ޢަމަލެއް، އެ ޢަމަލަކީ އެއިލާހުގެ ޙަޟުރަތަށް ޚާލިޞް ކަމާއެކު އަދި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތާއި އެއްގޮތަށް އެސުންނަތަށް މުޥާފަޤާ ވެވޭ ގޮތަށް ކުރެވުނު ޢަމަލެއް މެނުވީ ޤަބޫލުވޮޑި ނުގަންނަވާނެ ކަން އެބައިމީހުންނަށް އެނގިވަޑައިިގެންފައިވާތީީ އެވެ.  


ފަހެ، އެބައިމީހުންނަކީ އެއްވެސް ގޮތަކަށް އަމިއްނަނަފްސަށް ތަޒްކިޔާ (އަމިއްލަ ނަފްސު ހެޔޮ، ރަނގަޅު، ހެޔޮލަފާ ކަމުގައި) ދެކޭނެ ބައެއް ނޫނެވެ. އެބައިމީހުންނަކީ، އެބައިމީހުންގެ ޢަމަލުތަށް ބާޠިލްްވެގެން ގޮސްދާނެ ކަމަށް ބިރުވެތިވާ ބައެކެވެ. ފަހެ، އެބައިމީހުން އަމަލު ކުރުމަށް އުފުލާ ވަރުބަލިކަމާއި ވޭނަށް ވުރެ ބޮޑު ވަރުބަލިކަމާއި ވޭނެއް އެބައިމީހުން އެ ޢަމަލުތައް ﷲ ޤަބޫލު ކުރެވިގެން ދިއުމާމެދު އުފުއްލަވަ އެވެ. ސަބަބަކީ އެކަލާނގެ ވަޙީކުރައްވާފައިވެ އެވެ. ﴿إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِين﴾ "ހަމަކަށަވަރުން ﷲ އަޅުކަންތައް ޤަބޫލުވޮޑިގަންނަވަނީ ތަޤްވާވެރިންގެ ފަރާތުންނެވެ."

 

 

****
ފަތުވާ ނަގާފައިވަނީ : http://goo.gl/oB88CU

ރޯދަ: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ރަމަޟާން މައްސަރުގެ ބޮޑުބައި ފާއިތުވެއްޖެ! ﷲ އަށްޓަކައި ރޯދަހިފާ ފަރާތްތަކަށް އޮތީ ކޮން ގޮތެއް؟ - الشَّيخ الإِمَام ابن بَاز رحمه الله | 12 މެއި 2020

ރޯދައަށް ހުރި ދުވަހެއްގައި މަޣްރިބް ފަހުން އަންހެނަކު ޙައިޟުވުން - سَماحة الشَّيخُ الإِمَامُ العَلَّامة عَبْدُ العَزِيز بن بَاز رحمه الله كتب بوا | 01 މެއި 2020

ރޯދަވެރިޔާ އަނދުން އެޅުން އަދި ރޯދައަށް ހުންނަ އަންހެނާ މޭކަޕް ކުރުން - الشَّيْخُ الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله | 01 މެއި 2020

 ރޯދަވެރިޔާ ޤިޔާމަތް ދުވަހު ރޯދައިގެ ޘަވާބާއި ދަރުމަ ފެނި އުފާވާނެ ކަން - الشَّيخ عَبْدُ الرزَّاق بن البدر حفظه الله | 30 އޭޕްރީލް 2020

 ރޯދަވެރިންގެ ރޯދައިގެ ޘަވާބު އުނިކުރާނެ އެންމެހައި ކަންތައްތަކުން ދުރުވުން - الشَّيخ خَالد بِنْ ضَحْوِي الظّفيْرِي حفظه الله | 30 އޭޕްރީލް 2020

العَلَّامَةَ الإِمَام ابْن العُثَيْمِيْن رحمه الله ގެ ފަރާތްޕުޅުން ރަމަޟާން މަހަށް އިސްތިޤުބާލުގައި އިޚުވާނުންނަށް ބަޔާންކޮށްދިވި ކަލިމަތަކެއް | 23 އޭޕްރީލް 2020

ރަމަޟާންމަހަށް އިސްތިޤްބާލުކޮށް ތަހުނިޔާ ކިޔުން - الإِمَامُ محمد ابن العثيمين رَحِمَه الله | 25 އޭޕްރީލް 2019

 ޤަޟާ ރޯދަތަކެއް ހިފަންޖެހިފައިވާ މީހާ ޝައްވާލު މަހުގެ 6 ރޯދަ ހިފުން - الإمام العلامة الشيخ صالح الفوزان حفظه الله | 15 ޖޫން 2018

 ފަރުޟު ރޯދަ ޤަޟާ ކުރަން ޖެހިފައިވާ މީހަކު ސުންނަތް ރޯދަހިފުމުގެ ޙުކުމަކީ ކޮބާހެއްޔެވެ؟ - الإِمَامُ محمد بن صالح العثيمين رَحِمَه الله | 15 ޖޫން 2018

 ރަމަޟާން މަހުގެ ހެޔޮކަމާއި، މާތް، މަތިވެރިކަމުގެ މައްޗަށް ޣާފިލު ނުވުން - الشَّيخ د. مُحَمَّد غَالِب العُمري حفظه الله | 02 ޖޫން 2018

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...